ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަން އުޅުއްވާ ޕާޓީއަށް އަމާޒުކޮށް ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިލެކްޝަންސް ކޮމިޝަނުން އިސްލާހުތަކެއް ގެނައި ނަމަވެސް އެޤަވައިދުގައި ބަޔާންކޮށްފައި ހުރި ފިޔަވަޅުތަކުން އެޕާޓީ ސަލާމަތްވެއްޖެއެވެ.

ޤަވައިދުގެ ދަށުން ޕީއެންސީގެ މައްސަލަ ބަލަން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ކޮމެޓީ އިން ބުނީ ޤަވައިދު ގެޒެޓް ކޮށްފައި ވަނީ ޕީއެންސީ އުފެއްދުމުގެ ހުއްދަ ދިން ފަހުން ކަމަށް ވާތީ އެޤަވައިދުގެ ދަށުން އެޕާޓީ އާއި މެދު ފިޔަވަޅު އެޅެން ނެތް ކަމަށެވެ.

ޕީއެންސީގެ މައްސަލަ ބަލަން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ މުގައްރިރު ރިއްފަތު އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ޕީއެންސީ އުފެއްދުމުގައި ބޭނުން ކުރާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

މިމައްސަލަ އަކީ މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ގޮތައް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކޮމެޓީ އިން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކުގެ ޤަވައިދު އައިސްފައި ވަނީ ޕީއެންސީ އުފެއްދުމުގެ ހުއްދަ ދިން ފަހުން. އެހެންކަމުން ޤަވައިދާއި ހަވާލާ ދީގެން ހުށަހަޅާފައިވާ މައްސަލަ ބެލެން ނެތް ކަމަށް އަޅުގަނޑުމެން ނިންމީ." ރިއްފަތު ވިދާޅުވިއެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަހްފޫޒް ސައީދު ވިދާޅުވީ ގެޒެޓް ކުރެވުނު ޤަވައިދުގައި ހުށަހެޅިފައި ހުރި ކަންކަން އެގޮތައް ހުރިކަން ކޮމެޓީއަށް އެނގުނު ކަމަށާއި ނަމަވެސް ޤަވައިދު ގެޒެޓް ކުރުމުގެ ކުރިން ޕީއެންސީ އުފެއްދުމުގެ ހުއްދަ ދެވިފައި ވާތީ މައްސަލަ ބެލެން ނެތް ކަމަށެވެ.

މިއީ ޕީއެންސީ އުފެއްދުމަށް ދީފައި އޮތް ހުއްދަ ހިފެހެއްޓޭނެ ހާލަތެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ލަފާ އަރުވަން ކޮމެޓީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީގެ ގަވައިދު" ގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 24 ވަނަ ދުވަހު އަމަލު ކުރަން ފެށި ޤަވައިދުގައި ބުނެފައި އޮންނަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވައިލައިގެންކަމަށް އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވިއްޖެނަމަ ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލް ކުރެވޭނެ ކަމަށެވެ.

ހުއްދަދީފައިވާ ފަރާތުން އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ ނިސްބަތްވާ ފަރާތްތަކަކަކީ ހިނގަމުންދާ އެހެން ޕާޓީއެއްގެ ލީޑަރޝިޕްގައި މަސައްކަތްކުރާ ފަރާތްތަތަކަށްވެފައި، އެފަރާތްތަކުން އެ ޕާޓީއެއްގެ ނަން ބޭނުންކޮށްގެން އިތުރު އެހެން އާންމު ފަރުދެއްގެ ނުވަތަ މަޢުނަވީ ޝަޚްޞެއްގެ މަޞްލަޙަތާ ގުޅިފައިވާ މުއާޢާމަލާތެއްގެ ތެރެއަށް ޕާޓީ ވެއްދުމަށްފަހު، ޕާޓީގެ ފަރާތުން އަދާކޮށްދޭންޖެހޭ ޒިންމާ އަދާކޮށްފައިނުވާނަމަ ވެސް ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ގަވައިދުގައި ވެއެވެ.

މީގެ އިތުރުން ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުންދަނީ ރަޖިސްޓަރީކުރެވި ހިނގަމުންދާ އެހެން ޕާޓީއެއްގެ ވަސީލަތްތައް ނުވަތަ މުވައްޒަފުން ބޭނުންކޮށްގެންކަން ނުވަތަ އެ ޕާޓީއެއްގެ ކަންކަމުގައި ޒިންމާވާނެ އިސްފަރާތެއް ނެތުމުގެ ސަބަބުން އެ ޕާޓީއެއްގެ ހިނގުން ހުއްޓިގެން ހިނގައިދާނެ ފަދަ ގޮތަކަށްކަމަށްވާނަމަ ވެސް ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލް ކުރުމުގެ ބާރު އަލަށް ހެދި ގަވައިދުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.

މިކަންކަމުގައި ޖިނާއީ ކުށުގެ ޢަމަލެއް ހިމެނޭކަމަށް ފެންނަނަމަ، އެ މައްސަލައެއް ތަޙުޤީޤުކުރުމަށް ކަމާބެހޭ އިދާރާއަށް ފޮނުވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށް ވެސް ގަވައިދުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންސީއަށް ހާއްސަކޮށްގެން ގަވައިދެއް ހެދީ ޕީއެންސީ އުފެއްދުމުގެ ހުއްދަ ވެސް ނުދީ އެތައް ދުވަހަކު ބޭއްވުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ފާޑުކިޔުންތައް އިތުރުވުމުން ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ޕީއެންސީއަށް އިލެކްޝަންސް ކޮމިޝަނުން ދިނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    އިންޝާ ﷲ

  2. ސިޒާ

    އަލްޙަމްދުﷲ

  3. މާފޮޅޭ އަލީ

    ވަގުފައިސާ ޝަރީފު ކަލޭ ހަނދާނަކުރާތި

  4. ދެންލަލަލާ

    ދެން ތިބޭ ފިއްތާލާގެން.... ސަރީފޫ

  5. Miadhu

    ޝަރީފް އަވަހަށް އެހެންގޮތެއްރާވާ ތިޕާޓީ އުފެއްދިޔަދީގެންނުވާނެ ތިޕާޓީއުފެއްދިއްޖެނަމަ ރިސްވަތުގެ ލާރިގަނޑު އަނބުރާ ދޭންޖެހިދާނެ

  6. ނުރަބޯ

    އަލްޙަމްދު ލިﷲ ޙަމްދަން ކަޘީރާ. ފަސްމާމުލުންގެ ފަސްވަގުން ގެ އަތްދަށުން ސަލާމަތްވުމަކީ އުފާކުރަން ޖެހޭ ކަމެއް.

  7. މުހައްމަދު އަޙްމަދު

    ﷲ ގެ އިރާދަ ހުރިހާ ކަމަކަށް ވުރެން ބާރު ބޮޑުވާނެކަން އަދިވެސް ޤަބޫލު ނުކުރެވޭތޯއެވެ.

  8. ނަފުރަތު

    ތިމަރަބުރި ސަރީފޫ ދެން ލަލަލަ

  9. ރަސީ

    އަލްހަމްދު ﷲ ކިތަންމެ މޮޅަށް ރޭވިޔަސް ހައްގަށް ނަސްރު ދެއްވާނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަން ހަނދާން ބަހައްޓަން ޖެހޭ އިރާދަ ކުރެއްވިއްޔާ ގިނަދުވަހަކަށް މި އަނިޔާވެރި ކަމެއް ނޯންނާނެ.

  10. ނާފިޒް

    އީސީ އުޅެނީ ކަނޑައެޅިގެން ޔާމީނާ ޖައްސާލައިގެންނެވެ. އެހެންނޫންނަމަ ހައިކޯޓުން ނިންމި މަސްއަލް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އެކަމުގައި ފައިވިއްދައިގެން ނޫޅުނީހެވެ. ޕީޕީއެމް އަކީ އީސީ ޝަރީފުގެ އަމިއްލަ މިލްކެއް ނޫނިއްޔާއެވެ.

  11. އިންސާނާ

    ކުއްލި ކުއްލި އަށް ގަވާއިދު ހެދުމީ ވަރަށް ނާތަހުޒީބު ގޮތެއް އެކަން ދޫކޮށްލައްވާ ތަންދޮރު އޮޅުން ފިލާ މީހުން އެއް ވެސް ހާލެއްގައި ޒާތީ ސިފަ އިސް ނުކުރާނެ މާދަމާ ތިޔަ ބޭފުޅުން ވެސް މިދަންތުރައިގާ ޖެހިދާނެ އެކަން މިދަނީ ފެންނަމުން ބިޑަކާ ނުލާ ރިސޯޓް ހަދަން ދިނުން ގޯސް ކުރި މީހުން ބިޑަށް ނުލާ ސަރުކާރުގެ މަސްރޫޢުތައް ހިންގަން ގަވާއިދު ހަދާ މިހާރު ވަނީ ގެޒެޓް ކޮށްފަ....

  12. ސަރީފޫކަލޯ

    ކަލޭ އަތަށް ތޮި ގޮވީ. ޕިއެންސީ ވެސް ލިބުނީ ޕީޕީއެމް ވެސް ލިބުނީ. ދެން ބާރަށް އަތްޖަހާ. މި ފަހަހަރު ޖަރީމާގެ އަގު ދައްކަންޖެހޭނެ! މަޖިލސް ފެށޭއިރަށް ބޭރުވާން ތައްޔާރުވޭ! އެގެ ބަިއިވަރުގަޑު ހޯދައިގެން ހުރިކަންވެސް. އެކަމަކު އެ މައްސަލަވެސް ބަލާނަން!

  13. އަފީ

    އަލްޙަމްދުﷲ

  14. އުސްތާޒް ޝިފާޒް

    އަލް ޙަމްދު ލިﷲ . އިލެކްޝަނުގަ ތިބި މަދުބަޔަކު ރާވާ ނުބައި ރޭވުން ނާކާމިޔާބު ކުރައްވާށި.

  15. ދދދދދދ

    ފަސް،މާމުލު ފަސް ވަގުންނަށްވެސް އަބަދަލު އަލިފާން ކައިގެން ބޭނުންހާ ގަނޑެއް ނުގަނެވޭނެކަން ހަނދާން ކުރާތި

  16. ޙފ

    ދެންކީކޭބާ ބުނާނީ ?

  17. ލަބީބު

    ނުބައި ނުލަފާ ރިޝްވަތުމަލްޢޫނުން ދުނިޔޭގައި އުޅެއެވެ. އެކަމަކު މި ރިޝްވަތު ޝަރީފާ އަރާ ހަމައެއް ނުކުރެވޭނެއެވެ.

  18. ރަދީފު

    ﷲ އަށް ހަމްދާޝުކުރު.

  19. ފާސިރު

    ﷲ އަށް ހަމްދާޝުކުރު.

  20. އަދަބު

    ފުނޑާލަން ރޭވި ޝަރީފަށް ކޮޅުކެހި. އޭނާ ހީކުރީ ޔާމީނުައަތުން ލާރިގަނޑެއް ލިބޭނެކަމަށް. ހުސް ކޮޅުކެހި