ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދުމަށް ވީޑިއޯއެއް ޢާންމުކޮށްފިއެވެ.

ފުލުހުން ޢާންމުކުރި ވީޑިއޯއިން ފެންނަ މީހުންނަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕަރޓްމެންޓުން ތަޙްޤީޤު ކުރަމުންދާ، ސައްހަނޫން އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައަކާއި ގުޅިގެން ހޯދަމުންދާ ދެމީހުންނެވެ.

މި މީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕަރޓްމެންޓް ނަންބަރު 9631696 އަށް ުޅުއްވާ މަޢުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.

މީގެއިތުރުން، ސައިކަލުތަކެއްގެ މަޑީގައި ކަޓަރު އެޅި މީހަކު ހޯދަންވެސް ފުލުހުން މިއަދުވަނީ އިއުލާން ކޮށްފައެވެ.