ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ ބޭސް ފަރުވާގެ ކަންކަންކުރުމަށް ފާއިތުވި ދެ އަހަރު އަދީބަށް ނުދޭހާ ފުރުޞަތު، މި ސަރުކާރުގެ ވޭތުވެ ދިޔަ ދެ މަސްދުވަސް ތެރޭގައި ދީފައިވާނެކަމަށް ، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިޅާދުވީ، ޖަލުތަކުގައި ތިއްބަވާ ޤައިދީންގެ ބޭސްފަރުވާއާއި ގުޅޭގޮތުން މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

" އަޅުގަނޑު ދަންނަވާލަން ބޭނުން އަދީބު ބަންދުވެގެން ވޭތުވެދިޔަ ދެ އަހަރަށްވުރެ ގިނަ މުއްދަތުގަ އަދީބު ބޭސްފަރުވާއަށް ނުދޭ ފުރުޞަތު މިދިޔަ ދެ މަސްދުވަސް ތެރޭގަ ވާނީ ދީފަ. އަޅުގަނޑު ވަރަށް އުފަލާއެކު މިކަން ފާހަގަ ކުރަން. އަދީބުގެ ބޭސްފަރުވާގެ ކަންތަކުގެ އަޅުގަނޑުމެންގެ އެއްވެސް އިހުމާލެއް އިރާދަކުރެއްވިއްޔާ ނޯންނާނެ" އިމްރާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްވަކަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ، އަދީބުގެ ބޭސް ފަރުވާއާއި ގުޅިގެން އެއްވެސް ޒާތީ ގޮތެއް ނުގެންގުޅުއްވާ ކަމަށާއި، ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ފުރުޞަތުތައް އަދީބަށްވެސް ލިއްބައިދީފައި ވާނެކަމަށެވެ. އަދި ވޭތިވެދިޔަ ސަރުކާރު ތަކުގައި އަދީބު ބާއްވައިގެން އުޅުނީ ، "ބަންދު ކޮއްޓެއް" ގައި ކަމަށާއި ، މިއަދު އަދީބު ވާނީ ސްޕެޝަލް ޕްރޮޓެކްޝަން ދެއްވަން ކަނޑައެޅިފައިވާ ބޭފުޅުނަށް ޙާއްޞަކުރެވިފައިވާ ތަނުގައި، ފުރިހަމަ ޚިދުމަތްތަކާއެކު ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

" ރޭގަނޑު 9 އިން ހެނދުނު 7 އަށް ބަންދުކުރެވިފަ ހުންނަ ރޫމްގައި ބަންދު ކުރެވިފަ ހުންނާނީ. ހެނދުނު 7 ން ރޭގަނޑު 9 އަށް ޔާޑު ތެރެއަށް ދޫކޮށްލެވިފަ ހުންނާނީ . އެކުގަ އެހެން ބޭފުޅަކު ހުންނާނެ. ކާބޯތަކެތިވެސް އަދި ޖަލުގެ ތެރެއިން ލިބެންޖެހޭ އެހެން ޚިދުމަތްތައްވެސް ބަރާބަރަށް ލިބެމުން ދާނީ . 24 ގަޑިއިރުން އެއް ފަހަރު ޑޮކްޓަރުން ޗެކްކުރައްވަމުން ގެންދާނެ. އެ ޑޮކްޓަރު އިރުޝާދު ދެއްވައިފިނަމަ ލަސްނުކޮށް މާލެ ގެނެވޭނެ. " އިމްރާން ވިދާޅުވިއެވެ.

ޖަލުތަކުގައި ތިއްބަވާ ޤައިދީންގެ ބޭސްފަރުވާގެ ކަންކަމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީ މަޢުލޫމާތު ދެއްވާފައި މިވަނީ އަދީބުގެ ބޭސް ފަރުވާގެ މައްސަލައިގައި ހޯމް މިނިސްޓްރީން ވަރަށް ބޮޑަށް އިޙުމާލުވެފައިވާކަމަށް ، އަދީބުގެ ވަކީލުންނާއި ، އަދީބު ނިޞްބަތްވެވަޑައިގަންނަވާ އެމް.ޓީ.ޑީން ވެސް ވަރަށް ބޮޑަށް ތުޙުމަތު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މިރުސް

  މިސަރުކާރުގެ އޯގާތެރިކަން ތިފެންނަނީ ......

 2. މިއަދު

  2 އަހަރުތެރޭގައި އަދިބު ގަންނުހިންގާވަރަށް ގަންހިންގުވައިފީމު އަދި ދެކޮޅަށް ދަމައިފީމު ނުވިތާކަށް ޢާޢިލައަށް ހިއްދަތިކަން ގެނުވައިފީމު

 3. ބަކުރުބެ

  އަދީބު ކައިރިން އަވަހައް ވަރިވޭ، އަދީބު ސަލާމަތެއްނުވާނެ

  • ހިލް

   އަދީބަށް ހައްގު އަދަބު ލިބެންޖެހޭ.

 4. ބެއްޔާ

  އިސްތިއުފާ އިމްރާން. ތީ ބޭކާރުމީހެއް.

 5. އއސ

  އިމްރާނޫ ، ނަޝްވާ ދެކެ ހާދަ ބިރެކޭ ތިގަންނަނީ.. އަދީބް އެކަނިތަ ޖަލުގަ އޮތީ.. ނިކަމެތި ކިތަން މީހުން ޖަލުގައެއޮތީ..

 6. ބަރަބޯ ހޮއްކޮ

  މަނިކުފާނަށް ސާބަސް! ތިއަށްވުރެ ބޮޑު އިތުފުޅެއް ދެން މަނިކުފާނުގެ ޙަޔާތުގައި ނަހައްދަވާނެ ކަމަށް އުއްމީދު ކުރަން. ތިވަރުން ފުދިނިމިއްޖެ! މިސަަރުކާރަށް 100 ދުވަސް ފުރި ފެތުރޭ އަޑުތަކާއެކު މަނިކުފާނަށް ތިޔަފުރުވާލެވުނީ 360 ދުވަސް. މަނިކުފާނުގެ ފޭރާން ތިއޮތީ ސާފުރީނދޫ ފޭރާމަށް ރަގަޅަށް ބަދަލުވެފަ.