ފޭސްބުކް މެދުވެރިކޮށް ހިންގާ ޕޭޖަކުން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނަގަމުން އަންނަ މައްސަލައެއް ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، "މުހައްމަދު ޓެލެކޮމިއުނިކޭޝަން އެލްޓީޑީ"ގެ ނަމުގައި ފޭސްބުކްގައި ހިންގާ އެ ޕޭޖުން އައިފޯން އެކްސް ވިއްކާ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ދެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި މި މައްސަލާގައި ހިމެނޭ ފަރާތްތަކުން ފައިސާ ޖަމާކޮށްފައި ވަނީ ރާއްޖޭގެ އަންހެނެއްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މައްސަލާގައި އެ އަންހެން މީހާ ފުލުހަށް ހާޒިރުކޮށް މައުލޫމާތު ސާފްކޮށްފައިވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ފޭސްބުކްގައި ޕޭޖުން އޭނާއަށްވެސް އޮޅުވާލާފައިވާކަމަށާއި، އައިފޯން ގެެނެސްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު ފޯނު ގެނެސްދީފައިނުވާކަމަށް އެ އަންހެން މީހާ ބުނެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"އަދި ފަހުން އޭނާއަކީ ރާއްޖޭގެ އެޖެންޓެއް ކަމަށް ނިންމައި އެހެން ދިވެހިންގެ އަތުން ތަފާތު އަދަދުތަކުން ފައިސާ ނެގުމަށްފަހު އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރަމުން ދާކަމަށާއި، ފައިސާ ޖަމާކުރި ސްލިޕް ވައިބާ މެދުވެރިކޮށް އޭނާއަށް ބޭރު ނަމްބަރަކަށް ފޮނުވުމަށްފަހު، ވެސްޓާން ޔުނިއަން މެދުވެރިކޮށް "މުހައްމަދު ޓެލެކޮމިއުނިކޭޝަން އެލްޓީޑީ" އިން ބުނެފައިވާ ނައިޖީރިއާގެ އެޑްރެސް ތަކަކަށް އެ ފައިސާތައް ފޮނުވަމުންދާކަމަށް ތަހުގީގަށް މައުލޫމާތު ދީފައިވޭ". ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީސް މީޑިއާ މެދުވެރިކޮށް މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަކީ މިހާރު އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަބީބު

    މިއޮތީ ވަގުވެރިކަމެކެވެ. މި ވެރިކަން ދެމިއޮތްނަމަ ވަގުން ގިނަވެ ، ވަގުންގެ ވައްކަމުގެއުކުޅުތައް މޮޅުވާނެއެވެ. ވޯޓްއޮޅުވާލާގެން ވަގަށްގެނައި މި ޙަރާމީ ވެރިކަން ނިންމަން ނުކުންމާހިނގާށެވެ.

  2. ލަބީބާ

    ކަލޭމެންގެ ވަގު ސަރުކާރު ނިމުނީމަކަޑަވީ ދޮތަ.