ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ސްޕްރީމް ކޯޓުން މިހުކުމް ކުރި އިރު، ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އާންމު ދެ މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު އެބައޮތެވެ.
އެ މައްސަލަ ޕީޕީއެމްއިން ކޯޓަށް ވެއްދީ އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ބަލައިނުގަންނަން ނިންމުމުންނެވެ.
އަސާސީ ގަވައިދާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުނެ ކޮންގްރެސް ބާތިލް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޕީޕީއެމްގެ މެންބަރުން ނޫން މީހުން ވެސް ކޮންގްރެސްގައި ވޯޓު ދީފައިވާތީއެވެ.
ޕީޕީއެމް ކޮންގްރެސް އެންޑޯޒް ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ހައި ކޯޓުން ނިންމާފައި ވަނީ ޕީޕީއެމް ކޮންގްރެސް ބާއްވާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި އިންތިޚާބުތަކާ ބެހޭ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ޕީޕީއެމްގެ ކޮންގްރެސްއަކީ ޕާޓީގެ އަސާސީ ގަވައިދާ އިންތިހާބުތަކާ ބެހޭ ގަވައިދުތަކާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއުތަކެއް ފުރިހަމަކޮށްފައި ބޭއްވި ކޮންގްރެސްއެއް ކަމަށް ހައިކޯޓުގެ ޙުކުގައި ވެއެވެ.
އެޕާޓީގެ ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންގޮސް ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ ބަލަން ފަށާފައެވެ. އެމައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ. ދެން އެމައްސަލައިގައި އޮންނާނީ ޙުކުމް އިއްވުމެވެ.
ޙައްޤަށް ނަޞްރު ދެއްވާނެކަން އެއީ މީގެ އެތައްސަތޭކަ އަހަރުކުރިން އައިސްފައިވާ ބަސްފުޅެއް. ބައެއް މީހުން ދުނިޔޭގެ އެދުމާއި ޙައްޤުނޫން މާލީ މަންފާއާއި، ޒާތީ ހަސަދަވެރިކަމުގެ ސަބަބުން މީހުންނާއި ޖައްސާލައިގެން ކަމެއް ކުރެވޭތޯ މަސައްކަތްކުރަނީއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ މިފަދަ މީހުންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން.
ޙަމްދާ ޝުކުރު ޙައްޤު ފަރާތަކީ، ގަދަ ކީރިތިވަންތަ އިލާޙް. އެކަލާނގެއީ ކަމަކަށް އިރާދަކުރެއްވުމުން އެކަމެއް ވާނެކަމަށް ޔާސީން ސޫރަތުގައި ވަހީކުރެއްވި އިލާޙް. އަލްހަމްދު ލިއްލާހް.
ކޮބާނާދިރާ މިހާރުފިލީދޯ
އިންޝާ ﷲ
ސުކުރިއްޔާ
ޅޭ ސަރީފޫ ދެން ނެތްތަ ވައްދާނެ ކޯޓެއް. އުޅޭ ކޮމިޓީއެއް އުފައްދަން.
ދެން ލަލަލާ!??
އީސީ އިން ގަސްތުގައި ޕޕމ ފއަށް ދިން ގެއްލުމުގެ ބަދަލުހޯދަން ދައުވާކުރުމަށް ޕޕމ ގެ ރައީސް އަށް އިލްތިމާސް ކުރަންމެވެ ރައްޔިތުން
ގެ މަޖިލީހަށް ވާދަ ކުރިއަ ނުދިނުމަށްޓަކާ ވަރަށްގިނަ ހުރަސްތައް ކުރިމަތި ކުރުވައި ޕޕމ
ހަލާކު ކޮށްލުމުގެ އަގަކީ ކުޑއެއްޗެއް ކުގައި
ނުބެލެވޭނެއެވެ.
ﷲއަށްހަމްދުކުރަން ރައީސްޔާމީނަށް މަރުހަބާކިޔަން
ދެންއަތްޖަހާ ބާރަށް އަތްޖަހާ އެއްމެން އަތްޖަހާ އުފަލުންނަށާ ރިސްވަތު ޝަރީފް ރޮވިއްޖެ ހެދުނުގޯހުން ބޯހަލަކުތިވީ ދެން ލަލަލަަާ
އަލްޙަމްދު ލިﷲ. އަނިޔާވެރިންގެ ވަކިތަކުގެ ނުރައްކަލުން ޕީޕީއެމް އާއި ޕީއެންސީ ސަލާމަތް ކޮށްދެއްވިކަމަށްޓަކައި މާތްﷲ އަށް ކޮޅުނެތްކޮޅަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ.
ދެންއޯކޭ މައުމޫނަށްޕާޓީދިނަސް ޕީޕީ އެމްގެ ރައީސަކީ ޢަބުދުﷲ ޔާމީނު ޢަބުދުލްޤައްޔޫމުގައި އެނިންމީ ޕީޕީ އެމްގެ ރައީސަކީ މައުމޫނު ޢަބުދުލްޤައްޔޫމުކަމަކަށް ނުވާނެދޯ ޝަރީފޫ ހިފަހައްޓާފައިހުރި ޕީޕީ އެމްގެ ފައިސާ ތަކުން ވިޔަފާރިއެއް ނުކޮށް އަވަހަށް ފައިސާކޮޅުދީ އިތުރަށް ފައިސާ ހިފަހައްޓަން ނުހަދާ ކުރިމަގުއޮތީ އެއިރުން ނޫސްކޮންފަރެއްސެއްބާއްވާ ދެންބުނޭ އެކަންކުރީ ސަރުކާރުންއެނެގީމައޭ މަޤަބޫލުކުރަމޭދޯ ޕީޕީ އެމްގެ ކޮންގުރަސް ސައްޙަކަމަށް
ހަމުދާ ސުކުރުހުރީ އެއްކައުވަންތަ މާތްﷲ އައް މަރްހަބާ ރައީސް ޔާމީން ،،
ދެން އިބޫ މައު މޫނަށް ދައްކާނީ ކޮންމޫނެއް
ޕީޕީއެމްގެ ރައީސަކީ.ޢަބުބުﷲ ޔާމީނު.ޢަބުދުލްޤައްޔޫމު އެއީ ޕީޕީއެމްގެ ކުރީގެރައިސް މައިމޫނުގެ ކޮއްކޯފުޅު މައުމޫނު ޕީޕީއެމް ހިންގުމުގައި ޔާމީގެފަރާތުން ބޮޑު އެއްބާރުލުމެއްލިބިފައިވާއިރު ޔާމީނުގެ ރައިސްކްމިގައި ޕީޕީއެމް ހިންގުމަށް މައުމޫގެ އެހީތެރިކަން ލިބޭނެކަމަށް ގަބޫލުކުރަން މިދެބޭފުޅުން ގުޅިގެންކުރާމަސައްކަތުން މެނުވީ މިގައުމު އިންސާފުގެ މަގުގައި ނުބޭއްވޭން މިދެބެން ވަކިވެއްޖެނަމަ ގައުމު އިންސާފުގެމަގުން ކައްސާލާނެ މައުމޫނާއި ޔާމީނަކީ މިގައުމުދެކެ ލޯބިވާ ދެދަރިން މިދެބޭފުޅުން ގުޅިން ގައުމު ހަމަމަހަށް ގެނައުމަށް ކުރާ މަސައްކައް ދެކިލުމަށް ދިވެހިންމިތިބީ ކެއްމަދުވެފައި
އަޅުގަނޑުމެން އަބަދުވެސް ސްޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް އަށާއި، ދެން ތިއްބެވި ފަނޑިޔާރުންނަކީ ވަރަށް ލޯ ހުޅުވިފަ ތިއްބެވި އިލްމީ ޤާބިލް ބޭފުޅުން.. މިނިންމެވުމުގެ ސަބަބުން ރާްއްޖޭގެ ޑިމޮކްރެސީ ހަރުދަނާވެ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ޖުޑިޝަރީއަށް ލިބިގެންދާނެ. ޝުކުރިއްޔާ ފަނޑިޔާރުން.