ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް އެމަޖެންސީގައި ފަރުވާދޭން ފެށުމުން ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ކުރިކަމަކީ އިރުޝާދާއި ހިފާލަށް ޖަލަށް ގެންދިޔުން ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުއްޖެއެވެ.

ނަޝްވާ މިހެން ވިދާޅުވީ، އަދީބުގެ ބޭސް ފަރުވާގެ ކަންކަންކުރުމަށް ފާއިތުވި ދެ އަހަރު އަދީބަށް ނުދޭހާ ފުރުޞަތު، މި ސަރުކާރުގެ ވޭތުވެ ދިޔަ ދެ މަސްދުވަސް ތެރޭގައި ދީފައިވާނެކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ވިދާޅުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ނަޝްވާ ވިދާޅުވީ، މިދިޔަ ނޮވެމްބަރު މަސް ތެރޭގައި އަދީބަށް އެމާޖެންސީކޮށް ފަރުވާދޭން ފެށުނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

"އެއީ ޝައިހް އިމްރާން މަގާމާއި ހަވާލުނުކުރައްވަނީސް. ޝެއިހް އިމްރާން ކުރެއްވި ކަމަކީ ޑޮކްޓަރުންގެ އިރުޝާދާއި ހިލާފަށް ދެ މަސް ނުވަނީސް އަދީބު ޖަލަށް ގެންދިއުން". ނަޝްވާގެ ޓްވީޓްގައި ވެއެވެ.

ނަޝްވާ މިގޮތަށް ވިދާޅުވިިއިރު، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިހް އިމްރާން ވިދާޅުވީ، އަދީބުގެ ބޭސްފަރުވާގެ ކަންތަކުގެ އެއްވެސް އިހުމާލެއް ނޯންނާނެ ކަމަށެވެ.

އަދި އަދީބުގެ ބޭސް ފަރުވާއާއި ގުޅިގެން އެއްވެސް ޒާތީ ގޮތެއް ނުގެންގުޅުއްވާ ކަމަށާއި، ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ފުރުޞަތުތައް އަދީބަށްވެސް ލިއްބައިދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ރައްޔިތުންގެ ލާރިތައް ނިކަމެތި ރައްޔިތުންނަށްދީ

    • އުހުން

      އަހަރުމެންގެ ލާރިގަނޑު ކެޔަސް ބޭސްފަރުވާ ކޮންމެ އިންސާނަކައްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައިލިބެންޖެހޭނެ.

  2. ޙފ

    އިމްރާން އެހެއްދެވީ ހަމަރަނގަޅަށް ޢަދީބު ޖަލުން ނުނެރޭތި އޭގަ ބައިއެޅި އެންމެން ޖަލަށް

  3. ޙފ

    ނަޝްވާ އަކީ ކާކުހޭ އަޖައިބެއް

  4. ހުސޭނުބޭ

    އަނެއްކާ އިމަޖެންސީގައި ދެނީ ކޮން ފަރުވާއެއްތަ؟ ވަގަށް ނަގާފައިހުރި ލާރިތައް ލޮނުމިރުހާއެކު ގިރާފައި ބޯންދެނީތަ؟

  5. ނުރަބޯ

    އަދީބު ދިވެހިދައުލަތުގެ ބެލުމުގެ ދަށުގައިހުރި ދިވެހި ރައްޔިތުންގެ ފައިސާގެތެރެއިން އެތައް ބިލިއަން ރުފިޔާ އެއްގައި ޖެހި، އެވަރުން ނުފުދިގެން ގައުމުގެ ވަލިއްޔުލް އަމުރު އަވަހާރަކޮށްލައިގެން ކުރު މަގަކުން ރާއްޖޭގެ ވެރިކަންހޯދަން އެހެދި ޙީލަތްތަކެއް އެހެދީ ކާކު ދިން އިރުޝާދަކާ އެއްގޮތަކަށްތަ.....؟؟؟ އަޖައިބުވޭ.

  6. ކައުންސިލަރު

    ޢަހަރެންގެ ނަސޭހަތަކީ ނައުޝާ ދެން ތި އަދީބު މަތިން ހަދާނެތިވެގެންދާނެ ފަދަ އަފިހުނެއް ކާގެމް ވިޔަސް އެހެން ލައިފަކަށް ދިއުން ބުއްދިވެރި. ދައުލަޔުގެ ޚަޒާނާ ދޮވެލާފަ ހުރި މީހަކު ފަހަތުން ދުވުމެކޭ ފޫނެތް ފަޔަށް ފެންފުރުންފަދަ ކަމެއް. އެއްވެސް ސަރުކާރަކުން އަދީބު ފަދަ ގައުމަށް ގައްދާރު ވެފަ ހުރިމީހަކު ދުލެއް ނުކުރާނެ. ރަންކޮޅާ އަވަހަށް ސަލާމަތްވޭ.

  7. ކޮމާންޑަރު

    ޝައިޚް އިމްރާނަކީ އެއްވެސް މީހަކަށް އަނިޔާވެރި ވާނެ މީހެއް ނޫން. ރޯ ބުހުތާނު ދޮގު ހަދާނެ ވައްކަން ކުރާ ކޮންމެ ފިރިހެނެއްގެ ފަހަތުގަ ފޯރި ނަގަން ހުންނަ ކޮންމެ އަންހެނަކު ވެސް.

  8. ސާބަސް

    ކޮންމެ މީހަކު ކުއްވެރިވެގެން ޖަލައްލާ ހިސާބުން މިޔޮއްޖެހޭ ބަލިތަކެއް؟ ހޭބަލިތަ؟ ﷲ ބިރުވެތިވެބަލަ! އެއް ކުއްކުރެވުނީމަ އެކަމުން ސަލާމަތްވާން 100 ދޮގު ނަހަދަބަލަ! ވަގުންގެ ދިފާއު ގަ ވާހަކަ ދައްކާނީވެސް ވަގުން.