ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަހަލަ މޮޔަ، ފިނޑިއެއް ނޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެެއްޖެއެވެ.

ހަލީލް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާ ތަކާއި ގުޅިން މީގެ ކުޑަ އިރުކޮޅެއް ކުރި ޓްވީޓް ތަކެއްގައެވެ. ހަލީލު ވިދާޅުވީ ވެރިކަމުގައި ހުންނެވީ ނަޝީދު ކަހަލަ މޮޔަ ފިނޑިއެއް ނޫން ކަމަށާއި ދަންވަރު ގަޑީގައި ނިކުމެ ކުންނާރު ބިންނާވާ ބޭފުޅެއްވެސް ނޫން ކަމަށެވެ.

ހަލީލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ހަމަނުޖެހުން އުފައްދާ ފަރާތްތަކާއި ގާނޫނު އަރާ ހަމަ ކުރާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ އަމާޒަކީ ހަމަނުޖެހުން އުފެއްދުމާއި އަލިފާން ރޯކުރުން ކަމަށާއި އަދި ހަމަ ނުޖެހުން އުފައްދާ ފަރާތްތަކާއި ގާނޫނު އަރާ ހަމަކުރާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.

އިދިކޮޅުން " ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދާއިރު މިއަދު ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަމީތު ވިދާޅުވީ މިރޭ ގެޔަށް ވަންނާނީ ރައީސް ޔާމީން "ހުއްޓުވާފައި" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެން

    އަމީތު މާކުރިންފިލައިފި. ވިލާގެ ރިސޯޓުތަކުން ގެނައި ކުދިންކޮޅު އާޅާލާނެ ބަޔަކުނެތިގެން މުލިމާލެތެރޭ އެބައެބުރެ.

  2. ޢާދިލް / އެމްޑީޕީ

    އަމީތު ހުރީ ހައްދާފަ! މިގޮވީ އަތަށާ ފަޔަށް!

  3. ހަސަނު

    ހަލީލް ކަހަލަ ދެއުލި އެއް ނުވާމީހެއްބާ