ރާއްޖޭގެ އެއްވެސް ތަނެއްގައި ދީނީ ނަސޭހަތް ދެވޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނަގައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިއަދު އާއްމުކުރި ސާކިއުލާގައި ވަނީ، ދީނީ ޝިއާރުތައް ފާޅު ކުރުމުގެ ބެލެނެވެރި ފަރާތަކީ އެ މިނިސްޓްރީ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެއްވެސް ތަނެއްގައި ދީނީ ނަސޭހަތް ދޭނަމަ އެ މިނިސްޓްރީގެ ހުއްދަ ނަގަން ވާނެ ކަމަށް އެ ސާކިއުލާގައި ވެއެވެ.
"ޢަދި މި ވާހަކަތަކަކީ މި މިނިސްޓްރީގެ ފަރާތުން ތަކުރާރްކޮށް އަންގާފައިވާ ވާހަކަތެކެކެވެ. ވީމާ މި އެންގުމާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެކަން މި ފުރުސަތުގައި ހަނދުމަކޮށް އަރުވަމެވެ". އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާގައި ވެއެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ދީނީ ތަގްރީރުކޮށް، އާންމުކޮށް ދީނުގެ ހުކުމްތައް ބަޔާންކުރަންވާނީ، އިސްލާމިކް މިނިސްޓްރީން އެކަމުގެ ހުއްދަ ދީފައިވާ މީހުންނެވެ.
މިވެރިކަން ވައްޓާލަން ނިކުންނަން ތައްޔާރު
ގޭގައި ދަރިންނަށް ނަސޭޙަތްދޭންވެސް ހުއްދަ ނަގަންޖެހޭތޯ؟
ސޮނި ބެއަށް ޖެހޭނެ ލާދީނީ ނަސޭހަތް ދެވެން..
މިއުޅޭ އިމުރާނު ޝޭކު ކިޔަސް މީނައަކަށްވެސް ދީނީ ދަރުސެއް ނުދެވޭނެ ތާދޯ. އެފެންވޜެއްވެސް ނެތް މީނާގެ ދީނީ ނަސޭހަތް، އިޔާޒުގެ ދީނީ ލަފާ އަޑުއަހަންވެސް ހެޔޮނުވާނެ
ދީނީ ނަސޭހަތް ދެވޭނީ ހުއްދަ ނަގާގެން. ނަމަވެސް ލާދީނީ ފިކުރުތަކުގެ ވާހަކަ ދެއްކުމަށް ހުއްދަ ނަގާކަން ނުޖެހޭ. މިސާލަކަށް ޒުވާން އަންހެން ކުދިންގެ އިހްސާސްތައް ދަނެގެން ދަރިންނުލިބޭގޮތައް އެކަން ކުރެވޭނެ މަގު ފަހިކުރުން. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. އިލްމުވެރިން އަދިރިގަޑަކަށް ވެއްޖެއެވެ.
ބަލަގަ އިސްލާމް ދީނާ ޚިލާފު ވާހަކަ ދައްކާ މީހުންނަށް އެއްވެސް ފިޔަވަޅެއް އިސްލާމިކު މިނިސްޓްރީއިން ނާޅައި ދީނީނަސޭހައް ދޭފަރާއްތްކާމެދު ފިޔަވަޅުއަޅަނީތަ! ދީނީ ނަސޭޙަތްދޭކަށް ހުއްދައެއް މިނިސްޓަރ އަރިހުން ހޯދާކަށް ނުޖެހޭ! އެކަމުގެ ހުއްދަވަނީ "ހެއުގޮތުގައިކުރާނަމަ" އެންމެ ބާރުގަދަ ފަރާތުން ދީފައި!
ހުއްދަ ނުނަގާ ރަނގަޅުވާޙަކަދައްކާ މީހުން ހައްޔަރު ކުރަންވީ
އެކަމަކު އިސްލާމްދީނަށް ފުރައްސާރަކުރާމީހުން ހިމާޔަތްކުރަންވީ