ޕީޕީއެމް އަށް ނުދީ ހިފަހައްޓާފައި ހުރި ފައިސާތައް ދޭން މާދަމާ، މިނިސްޓްރީ އޮފް ފިނޭންސްގައި އެދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމްއަށް ފައިސާ ދޫކުރުމަށް ޓަކައި މާދަމާ ފިނޭންސްގައި އިލެކްޝަން އިން އެދޭނެކަމަށެވެ.

"ކޯޓުން ނިންމާ ގޮތެއްގެ މަތީން އަޅުގަނޑުމެން އަމަލުކުރާނަން އެހެންވީމަ ޕީޕީއެމްއަށް ފައިސާ ދިނުމަޓަކައި މާދަމާ ފިނޭންސްގައި އަޅުގަނޑުމެން އެދޭނަން." އަކްރަމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު އިލެކްޝަންސް އިން މީގެ ކުރިން ބުނިގޮތުގައި، ޕީޕީއެމްއަށް ޤާނޫނުން ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް ފައިސާ ހިފެހެއްޓިފައި ހުރީ، ޕީޕީއެމްގެ ލީޑަރޝިޕާ މެދުގައި ސުވާލު އުފެދިފައިވާތީ، އެ ޕާޓީގެ ލީޑަރޝިޕާ މެދުގައި ކޯޓުގައި އޮތުމުންނެވެ. އަދި އެ ޕާޓީއަށް ލިބެންޖެހޭ ފައިސާ ހަވާލުކުރެވޭނީ އެ މައްސަލަ ނިމުމުންކަން އެ ޕާޓީއަށްވެސް ވަނީ އަންގާފަކަމަށެވެ.

ސުޕްރީމު ކޯޓުގެ ހުކުމާއިއެކު ޕީޕީއެމް އަަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުމުގައި އިލެކްޝަން އަށް ދެން އިތުރު ހުރަހެއް ނޯންނާއެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާ ދޫކުރުމުން، ޕީޕީއެމްގެ ދަރަންޏެއް ނޯންނާނެ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Miadhu

    އެފައިސާއިން ނަހަމަގޮތުގަވެސް ވިޔަފާރި ކުރިކަމަށްވާނަ އެއިގެ ފައިދާއާއިއެކު ލިބުމަށް

  2. ބޮކި

    އަވަހަށް ތިލާރި ކޮޅުވެސް ކާލާތި އިގޭ !

  3. ާަާމަ

    އަހަންނަށް ހަމަހެވެނީ ????

  4. ނުރަބޯ

    ސަރިއްޕޭ ކޮބާ ކިހިނެތްހީވޭ؟ އަނިޔާވެރިކަމާ، މަކަރުވެރިކަމާ، ގަސްދުގައި މީހަކާ ނުވަތަ ބަޔަކާ ޒާތީވެ، ރޯމާދުވާލުގެ އިރުއަލިކަމުގައި ވައްކަން ކުރާހެން މީހެއްގެ މޫނަކަށް ކަނދުރާ އަކަށް ބެލުމެއް ނެތި ބޭއިންސާފުން ކަންކަންކުރާނަމަ އެކަމަކަށް ދާދި އަވަހަށް ނިމުން އަންނާނެއެވެ. އެގޮތުގެ މަތިން އަނިޔާ ލިބެމުންދާފަރާތަށް މާތްﷲ ނަޞްރު ދެއްވީއެވެ.
    ދެން ހިފަހައްޓާފަ ހުރިފައިސާއޭ ބުނިއިރުގައި ބަލަ އެފައިސާ ހިފެހެއްޓުވީ ސަރީއްޕެ ނޫންތަ؟ ވީމާ ހިފެހެއްޓި ފައިސާއޭބުނެ ފިނޭންސް މިނިސްޓްރީގެ ބޮލަށް ކަނޑާނުލާ ތިމަންމެން ހިފެހެއްޓި ފައިސާއޭ ބުނިއްޔާ މާ ތާހިތުވާނެ.