މި އަޒުމެއް ނުގުޑާނެ ކަމަށާއި، އަދި ހިތްވަރެއް ނޭލޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިގޮތަށް ވިދާޅުވެ މިއަދު ވަނީ ޓްވީޓް ކުރައްވާފައެވެ. މައުމޫން މިގޮތަށް ޓްވީޓްކޮށްފައި ވަނީ ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅުވައިގެންނެވެ.

ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސްޕްރީމް ކޯޓުން މިހުކުމް ކުރި އިރު، ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އާންމު ދެ މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު އެބައޮތެވެ.

އެ މައްސަލަ ޕީޕީއެމްއިން ކޯޓަށް ވެއްދީ އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ބަލައިނުގަންނަން ނިންމުމުންނެވެ.

އަސާސީ ގަވައިދާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުނެ ކޮންގްރެސް ބާތިލް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޕީޕީއެމްގެ މެންބަރުން ނޫން މީހުން ވެސް ކޮންގްރެސްގައި ވޯޓު ދީފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. Anonymous

    މަނިކުފާނުގެ ނިޔަތް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.

  2. މުހައްމަދު

    ޚޮބާއިތޯ އެއްކަލަ 13 މެންބަރުން.
    މިފަހަރުވެސް ރައްޔިތުން އެބޭފުޅުން ހޮވާނެތޯ.

  3. ނަސްރީނާ

    މައުމޫނޫ ތީ މިހާރު އަޒުމެއްނޫން. މިހާރު މައުމޫނު އައް ތާއިދު ކުރާ ބައެއް ނެތް. އަހަރެން ކުރިން މައުމޫނު އައް ކުރިން ތާއިދު ކުރިން ދެނެއް ނުކުރާނަން

  4. ޜާއްޖެ އިސްލާމް

    ޢަޒުމް ނުގުޑާނެކަން އެނގޭ ދުވާލަކު ގޮތްނޭގޭ ގޮތަށް މީހުން މަރުވަމުންދާއިރުވެސް ތިހުންނެވީ ހަމަހިމޭނުން ވިއްޔާ 30 އަހަރު ވަންދެން ޤައުމް ހިތަކަށް ދީގެން ރައްޔިތުން ތިބިތިބުން މިޔަދު މިސިފަވަނީ އިންޑުއާގެ އަޅުވެތި ކަމުގަ 30 އަހަރު ދިވެހިން ތިބިކަމަކަށެވެ.

    ކޮއްކޮއަށް 5 އަހަރު ވެރިކަން ކޮއްލުމުގެ ފުރުސަތުވެސް ނުދިނުން ދޭހަވަނީ ރައްޔިތުންނަކީ ތިމާ ފަހަތުން އުޅެންޖެޙެނެ ބައެއް ކަމަށެވެ. ތިމާ ބޭނުން ކޮންމެ ގޮތަކަށް ރައްޔިތުން ތަރުތީބު ކޮއްލެވޭނެ ކަމަށް ހީކުރި ހީކުރުން މިހާރު އެވަނީ މާޒީވެފައެވެ.

  5. އެލެކްސް

    މައު މޫނަށް ކޮންމެވެސް ކަމެއް ވެއްޖެތާދޯ ލައްކަ ހިތިގައި ޖެހިއްޖެ.

  6. ނުރަބޯ

    ޢަޒުމު ނުގުޑާ ހިތްވަރު ނުއެލި ހުންނަންވީ ސާފު ސީދާ ގޮތުގައެވެ. ބޯހަރުކަމާ، ނުބައިނުލަފާ ޖައްބާރު ކަމާ، ޙަސަދަވެރިކަމާ، ގައުމަށް ޖަމާޢީ ގޮތެއްގައި ބޮޑެތި ގެއްލުންތަކާ ނިކަމެތިކަން ލިބި ގައުމުގެ މިނިވަން ކަން ގެއްލި ބައެއްގެ އަޅުވެތިކަމުގެ ތެރެއަށް ދާފަދަ ގޮތެއްގައެއް ނޫނެވެ.

  7. ކަލޯބެ

    މައުމޫން!! ކަލޭ ތީ ބޯގޯހެއް. އަހަރުމެން ކައިޜީގަ އެއްވެސް އަގެއް ހުރި މީހެއް ނޫން!!

  8. ޖަހާންގީރު

    މިޞްރުން ޣައިރުދީން ކިޔަވައިގެން މުސްލިމެކޭ ކިޔައިގެން އަނބިދަރިން ޤަރުނެއް ވަންދެކަށް އޮރިޔާމުން ބަހައްޓައިގެން އުޅެނީ ހިތްވަރު އަރާތީ

  9. އަބުﷲ

    ޢަޅުގަޑު މެން ދަންނަންމައޫން މަތީރައްފުޅު
    މީދަލެއްހެން ތިރީބުރިވާވެފާއޮތަސް ބުނާނީ
    އަޒުމުނުގުޑާނެ ބޮދެތިކެކުރިނުގުޑާނެ

  10. ހުސޭނުބޭ

    ގޮތްހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައި ތިހުރީ! ޢަޒުމް ނުގުޑަން މިހާރު ކުރެވޭނެ ކަމަކީ ކޮބައިތަ؟ ދެއިރު ދެ ދަޅައަށް ޓްވީޓްކުރުންދޯ! ޓްވީޓް ޢަޒުމް. ޒިންދާބާދު!

  11. ފުތާބެއްޔާ

    މިހާރު ދެން ކޮން ހިތްވަރެއް ކުރެވޭނީ. ތި އުމުރަށް ދިޔައިމަ ދެން ބޭސްކައިގެން ވެސް ހިތް ވަރު ނާރާނެ. އެހެންވީމަ ދެން މިހާރު ތެޅޭނީ ނަކަސް.

  12. އާތު

    އަހަރެން އިތުބާރު ނުކުރަން

  13. އަލީ

    ރ.ނަސީދުގެ ބަސްމަގާ ހާދަ ވައްތަރޭ..?

  14. ައަހުމަދު

    ތިއަޒުމު ނުގުޑާތީތާ ޖަލަށް ގެޅީމަ އާދޭސް ކުރީ ހޯހޯ ގޮވީ

  15. ހަސަން

    ސްޕުރިން ކޯޓުގެ ފަނޑިޔާރުން ފޮށި ތަންމަތި ބަދެ ތައްޔާރުވާން އޮތީ މިއަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހާ ހަމަޔަށް .

  16. ޙފ

    މައުމޫން ވިދާޅުވާ އެއްޗެއް ބަލާކަށް ނޫޅެމޭ

  17. ަްަާއާދަނު

    އަޒުމެއްނެތްމީހެއްގެ ގުޑާނި ކޯއްޗެއްތޯ؟ ތަތިހުރީ އެކްސްޕެއާރ ވެފަމިހާރު.

  18. ދދދދ

    ދެން ކަލެއާއި ދެ ދަރިން ނާދިރާ ގޮވައިގެން ގޮސް ހަތަރު ގޮލާ ޕީއެންސީ އަށް ވަންނަންވީ.

  19. ހައްޕުޑު

    ތިބޭ ހިތްވަރު ނުގުޑާނެކަން މާކުރިންވެސް އެނގޭ އަންހެނުން މިވީހާދުވަހު މުސްކުޅިވީވެސް އޮރިޔާމުން ހުރެކަން ރައްޔަތުން ދަންނާނެ ލާދީނީ ވިޔަސް ތީ ތަންފުކެއް ބޮޑުވަރު.

  20. ޢެލޭ

    އެލިފަ އޮތް ހިއްވަރެއް އަލަކުން އެލޭނެ ތަނެއް ނުފެންނާނެ.

  21. ދިޔާނާ

    އަމިއްލައެދުމް ފޯވެފައި އުމުރުން 88ވީއިރުވެސް ހުވަފެނުން ފެންނަނީ ގައުގެ ވެރިކަން ކުރާތަން 30 އަހަރު ހިތުހިގޮތަކަށް ވެރިކްން ކޮށްފައި! މިހާރު ރައްޔިތުންނެއް ސަޕޯޓެއް ނުކުރޭ

  22. އަޙްމަދް

    އާނއެކޭ ތީހަމަ ވަރަށް ބޮޑު ތެދެވެ.
    އާޙިިރަތް ހަނދުމަ ނައްތާލާ އެކަންޤަބޫލު ނުކުރާ މީހަކު ފޫހިކަމެތް ނެތި ނުގުޑާ އަޒުމަކާއި ގަދަ ހިއްވަރާއި އެކު ދުނިޔޭ ހޯދުމާއިގެން ގަދައަޅާ މަސައްކަތް ކުރާނެތެވެ.!
    އެއީ އެފަދަ ފަނާކުރުވަނިވި ފިކުރުގެ އިންސާނާގެ ހުރިހާވެސް އެއްޗަކީ މި ފަނާކުރުވަނިވި ދުނިޔެއެވެ.

  23. ޔަގީން

    ތިވަރެއް ހަމަ ނެތް.ސާބަސް

  24. ސަލްމާ

    ތިޔައީ އިރެއްގައި ރަނަކަސް މިހާރު ދަގުއި!

  25. ނަގުލުރޯޅި

    ރައްޔިތުނަނަށް އޮޅުވާލާ މަކަރުހެދުމުގައި ހިއްވަރެއް ނުއެލޭނެ ތިކަން އޮތީ ދިގު 30 އަހަރުގައި ފެނިގެން ގޮސްފައި! ލެމެއްހެދި މީހާވެސްލީ ކުޑަގޮޅިޔަށް! ރައްޔިތުންނަށް ބޯހިޔާވެހި ކަމެއް ލިބިފައިނުވާއިރު އަމިއްލަބޯހިޔާވެހިކަށް އެޅި ގަޑުކޮބައިތަ! މި އީވެސް ވެންނަންހުރި މިސާލު!

  26. މުރާދު

    ތިބޭފުޅާ ބައެއްކަންކުމުގައަޒުމުނުގުޑާ ހިތްވަރުނޭލޭ ބައެއްކަންކަމުގަ އަޒުމްގުޑާ ހިތްވަރު
    އެލޭކަން ފާހަގަކުރެވޭ އެއީ އަނބިދަރިން މިއަދާޖެހެންދެން ބުރުގާނާޅުއްވާއޮރިޔާންހާލުގަ
    ބަހައްޓަން މިއަދާހަމައަށް އަޒުމެއްނުގުޑާ 30 އަަހަރުވަންދެން އިންސާފުވެރިނޫންގޮތަށް
    ވެރިކަން ކުރައްވަން ( ޝައްކަކަށް މީހުންޖަލަށްލާ އަނިޔާކުރުމަށް ) އަޒުމެއްނުގުޑާ
    ނަމަވެސް ފޯންނުދިން މައްސަލާގައި ޖަލަށްލުމާ،65 އަހަރުވުމުން ރައީސްކަމަށްކުރިމަތި
    ނުލެވޭގޮތަށް ގާނޫނުފާސްވުމުންނާ، އަބުރާބެހޭގާނޫނު ފާސްކުރެއްވުމުންނާ ކޮއްކޯފުޅު
    ވެރިކަމަށްވަޑައިގެން ތިބޭފުޅާގެ ވެރިކަމުގެދިގުމުއްދަތުގައި ގައުމަށްނުގެނެވުނު ތަރައްގީ
    ކޮއްކޯފުޅުގެ ވެރިކަމުގެ ކުޑަދުވަސްކޮޅު ޑަބަލްކޮށް ގައުމަށްގެންނަންފެށުމުން އަޒުމްގުޑާ
    ހިތްވަރު އެލޭމަންޒަރު ފެނުނު

  27. ީދީމާ

    ތިޔަ ބުނާ މީހުންެނެއް ދުވަހަކުވެސް މުސްކުޅި ނުވާނެބާ؟

  28. ނަމަ

    މި ހިތްވަރެއް ނޭލޭނެ ދެން ކޯޗެއްބާ މިއެލެނީ

  29. ޝާމް

    ލުއްޗާ އެހުރީ މުޅި ޤަވްމުގެ ދިރުމަށް ޒަހަރުލާ ޤަވްމު ހަނާކޮށްލާފަ! ދެން މިއެއްޗެތީގައި ހުންނާނީ ކޮން ގޮތެއް؟