އޭޕްރީލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި 36 ދާއިރާއަކަށް ވާދަކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި މިރޭ ނިންމީ ޖޭޕީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދާކުރާނެ ބޭފުޅުން ނިންމީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. ޖޭޕީގެ ޓިކެޓް ދިން ބޭފުޅުންގެ ނަންތައް ޖޭޕީ އިން މިރޭ ވަނީ އިއުލާން ކޮށްފައެވެ.

އެ ޕާޓީގެ ޓިކެޓުގައި 61 ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި 97 މީހުންގެ ތެރެއިން ގާސިމް ވަނީ މިހާރު މެންބަރުކަމުގައި ތިއްބެވި ބޭފުޅުންނަށް ޓިކެޓް ދޭން ނިންމަވައިފަ އެވެ. އޭގެ އިތުރުން ދެން ޓިކެޓް ދީފައި ވަނީ ޖޭޕީއަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވޭ ދާއިރާތަކަށެވެ.

ޖެޕީ އިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް އަދިވެސް އިތުރުވެދާނެ ކަމަށް ޖޭޕީ އިން މިރޭ ވިދާޅުވިއެވެ.

ގާސިމް މިރޭ ވެސް ވިދާޅުވީ މަޖިލިސް އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ލިބުމަކީ ނުރައްކަލެއް ކަމަށާއި ރިޔާސީ ނިޒާމެއްގައި ސަރުކާރު ހިންގާ ޕާޓީއަށް މަޖިލިސް އަޣުލަބިއްޔަތު ކޮންމެހެން ބޭނުން ވެސް ނުވާ ކަމަށެވެ.

ޓިކެޓް ދޭން ނިންމި ބޭފުޅުންގެ ތެރޭގައި، ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އިރްތިޝާމް އާދަމާއި ވޮލީ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހިމެނެ އެވެ.

ޖޭޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރާނެ ބޭފުޅުން މިކަނޑައެޅީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް މަޝްވަރާކޮށްގެން ދާއިރާތަކަށް ވާދަކުރުމަށް އެޕާޓީ އިން ވަރަށް ބޮޑަށް މަސައްކަތް ކުރުމަށް ފަހު އެކަމުގައި އަލިމަގެއް ނުފެނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނާއްޕެ

    މަރުހަބާ މުބީން

  2. Miadhu

    އެކަމުބުނަމުދޯ ސޯލިހަކީ ސާލިހެކޭ އެމްޑީޕީއަކީ އަންނި އަންނިއަކީ އެމްޑީޕީ އަންނިނުވާނަމަ އެމްޑީޕީއެއް ނުވާނެ އަދި އިސްލަމްދީން ނުވާތަނެއްއިވެސް އެމްޑީޕީއެެްނުވާނެ އެއިރު އެމީހުން ކުރާނެ މަސައްކައްވެސް ނޯންނާނެ

  3. ސަޒަން

    ވެރިކަމުގައިވާ ޕާރޓީއަށް ވުރެން ގިނަ ގޮނޑި އިދިކޮޅަށްލިބުން އަދި އެއީ ގާސިމްއަށް ލިބުން އެއީ ކޮންމެހެން ވާންޖެހޭކަމެއްތަ؟ އެހެންނޫނަސް ޖޭޕީއަށް ލިބުމަކީ ބިރުވެރިކަމެއް ސަބަބަކީ އެއީ ބަގާވާތެއް ގެނައިބައެއް އެކަން ތަކުރާރުކުރަަން އިހައްދުވަހުވެސް މަސައްކަތް ކޮށްފި ..... ނިކަން ވިސްނާލަބަލަ ވެރިކަންކުރާ ޕާރޓީއަށްވުރެ ގިނައިން ޖެޕީ ގޮނޑި ބޭނުންވުން އެއީ ވަރަށް ބިރުވެރިކަމެއް!

  4. މާމިގިލީ މީހާ

    ކަލޭ އައުވާނުން ނެއް ނުހޮވޭނެ. ކަލޭ ވެސް މިފަހަރު ނުހޮވޭނެ. ދެއަތައް އެބުރޭ ބުރުމާ.

  5. ޞޯގަޅިބެ

    ޖާސިމަށްވެސް ބޭނުން ބަޔަކު ނެރެގެން ވާދަކުރެވިދާނެ އެކަމު އިއްޔެއާ ޖެހެންދެން ކުރީގެ ސަރުކާރުން ހިންގިހާ ވައްކަމާ ނާއިންސާފުގަ ބައިވެރިވެ ސަރުކާރުގެ ޕްރޮޖެކްޓްތަކާ އަމިއްލަ ފައިދާއަށް މަސައްކަތްކުރި މީހުން މިއަދު ގޮސް ޖާސިމުގެ ކިއްލާއަށް ވަނަސް އެމީހުން ހިންގި ޖަރީމާތައް ދޮވެވި ފޮހެވިގެނެއް ނުދާނެ ރައްޔިތުން އެފަދަމީހުންނެއް ދެނެއް ނުހޮވާނެ ޖާސިމުވެސް އެވަރުދަނެގެން ރައްޔިތުންގެ ކުރިމައްޗަށް މީހުން ނެރޭ

  6. ނޫރު

    މިފަހަރު ލުބޭނީ 5ގޮޑުވަރު. ރައްޔިތުން
    ގަބޫލްކުރަނީ ޕާޓީތަކުން ނެރޭ މީހުންނަށްވުރެ މިނިވަން މީހުން މާރަގަޅެވެ. ޤާސިމްއަށް އެއްވެސް ސިޔާސީ މުސްތަގްބަލެއްނެތް އެމްޑީޕީ އާއެކު އޮވެގެން. ލެޓްސް ސީ.

  7. ވަގުކަލޭގެ

    ރަސްގެފާނު ބޭނުން މީހަކަށް ތަބަކަކަށްލާފަ ޓިކެޓްދެނީ.. އެކަމް ޑިމޮކްރެސީއޭ ކިޔާފަ ހަޅޭއްލަވާނެ..

  8. ނަމަ

    ހާދަމަދުންނޭ