ޕިލިޕީންސްގެ މީހެއްގެ ފޫކޮޅުގައި އަތްލި މަންޒަރު ދައްކުވައިދިން ވީޑިއޯއެއް މީސްމީޑިޔާގައޮ މީގެ ހަތްފާއެއް ކުރިން ވަނީ ދައުރުވެފައެވެ. މިވީޑިއޯގައި ބުނެފައިވަނީ ފިރިހެނަކު އޭނާ ހިނގާފައިދަނިކޮށް އޭނާގެ ފޫކޮޅުގައި އަތްލި ކަމަށެވެ.

ނަމަވެސް "ވަގުތު" އަށް މަޢުލޫމާތު ދެމުން މިއީ މިކަން ހިނގާދިޔަ ގޮތް ނޫން ކަމަށް މިމީހާ މިވަނީ ބުނެފައެވެ. "ވަގުތު" އަށް މަޢުލޫމާތު ދެމުން ދިވެހި މީހާ ބުނެފައިވަނީ އޭނާގެ ފޫކޮޅުގައި އަތް ޖެހުނު ކަމަށާއި ނަމަވެސް މިގޮތަށް ކަންހިނގީ އޭނާ ވެއްޓެން ދިޔަ ވަގުތު ބޭއިޚްތިޔާރުގައި ކަމަށެވެ.

"އަޅުގަނޑު ގަސްދަކު އަތެއް ނުލަން. އަޅުގަނޑަކީ އެގޮތަށް އުޅޭ މީހެއް ނޫން. ވެއްޓެން ދިޔަ ގަޑީގައި އަތް ޖެހުނީ. ވެއްޓުނު އިރަށް ވަރަށް އަވަހަށް އަޅުގަނޑު ތެދުވިން." އޭނާ ކިޔައިދިނެއެވެ.

އޭނާ ކިޔަދިން ގޮތުގައި އޭނާ ތެދުވެ އެ ބިދޭސީ އަންހެން މީހާ ކައިރީ މަޢާފަށް އެދުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭނާ ވަރަށް ބޮޑަށް ރޯގާ ޖެހިފައި ހުރުމުން އެކަން އެގޮތަށް ނުކުރާ ކަމަށެވެ. ނަމަަވެސް ފަހުން އަނެއްކާ އެމީހާ ކުރެން މަޢާފަށް އެދުމަށް ދިޔަ ކަމަށާއި އެފަހަރު އޭނާ ފަހަތުން އެ އަންހެން މީހާ ވީޑިއޯ ކުރަމުން އައި ކަމަށެވެ.

މާލޭގެ މަގުމަތީގައި އަންހެނަކަށް ފުރައްސާރަ ކުރި މީހަކު ލަދުގަންނަވާލައިފި

ދިވެހި މީހާ ބުނެފައިވަނީ މިކަންތަކާ ހުރެ އޭނާއަށް މަގުމަތިން ގިނަ ބަޔަކު ދިމާ ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫންކަން އޮޅުން ފިލުވައިދެން ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސާބަސް

    ލޮލް!!!ނެކްސްޓް ޖޯކް ޕްލީސް

  2. އަލީ

    މައާފަށް އެދޭކަމުގައި ބުނުމުންވެސް ކޮންމެވެސް ވަރަކަށް އެކަން ގަބޫލުކުރަންވާނެ..

  3. ނަން

    ހުސްދޮގު ދިވެހި މީހާ

  4. އާދަނު

    ރާއްޖޭގެ ހެދުން ލުމުގެ ވައްޓަފާޅި ބަދަލް ކުރަން އެބަޖެހޭ އިލާމްދީނާ އެއްގޮތަށް، ގަޔަށް ބާރު ކުރު ހެދުލައިގެން މަގުމަތީ ހޫރެންނާ މީސްމީހުންގެ އަތާފައި އޮޅިގެން އެދިމާލައްދާނެ

    • ރޯޒީ

      މަގޭޙިޔާލަކީ ހުރިހާ އަންހެން ކުދިންނަށް ހިޖާބު ހެދުން ލާން ސަރުކާރުން މަޖްބޫރު ކުރުން. ގެއިން ބޭރަށް މަގުމަށްޗަށް ދާނަމަ ހިޖާބު ހެދުން ލާން މަޖްބޫރު ކުރަން އަންގާ. މިކަން މިހާރުގެ ރައީސުލް ޖުމްހޫރީޔާއަށް ދަންނަވާ
      ޝުކުރީއްޔާ

    • ަާަަަާލޮލް

      ލައިގެން ހުނަ ހެދުމުގެ ސަބަބުން ވާކަމެއް ނޫން އެއީ، ހަމަ ޖާހިލުކަން ބޮޑީ!

      • ދދ

        The women who makes herself a dazzling display, by uncovering her beauty and make-up for every body to enjoy excites dormant desires. This exposure causes her to be harmed by the the hands of human wolves. On the other hand, the covered women hides her beauty and make-up, so that only her eyes are exposed. What desires this covered women excites, and what instincts does she incite?
        Allah - the High and Almighty - ordered the cover" to protect women from harm. He knows Praise his name that displaying make-up and beauty is in fact an invitation to increase sex crimes and stir dormant instincts. Sex is an instinct which both sexes possess and which Allah High is He In His infinite wisdom, created to ensure our survival. Try to imagine procreation without it! If a person is sane, and accepts the existence of this instinct, then he should not make the absurd request of men to act completely normal in front of scenes of nudity.

  5. ޙަލުވާ

    ބައެއް ފިރިހެނުން މިކަހަލަ ކަންތަކާގުޅިގެން ބުނާވާހަކައެއްތީ. ވެއްޓެންދާއިރު އެކަހަލަކަމެއް އަބަދުވެސްވާނެ. އަތްލާހިތްވިޔަސް ކެއްކޮށްކޮށްލައިގެން ހުންނަ ނަމަދޯ.

  6. މެލޮޑީ

    އާނ! ކަލޭ ހަމަ ބަސް އަހައިން ދަނިކޮށް އެމަންޖެ ގޮސް ހޭކޭނީ ތި!!ކަލޭ ނުކުރާނެ

  7. ތުނިޔަ

    ރޯގާ ޖެހިފަ ހުރީމައޭ! އަންތަރީސް!

  8. ރައްޓެއްސެއް

    ތީ ހުސްދޮގު. މިއީ އެކަން ކުރިމަތިވިމީހާގެ ރައްޓެއްސެއް. ތިކަން ހިނގީ އޮޅުމަކުން ކަމަށްވަންޔާ އަންހެންމީހާ އޭނާގެ ގައިގަ ޖެހި އިރު ހިނިއައީ ކީއްވެ؟ ކީއްވެ ނޭހީ ކީއްވެހޭ ޖެހީ؟ އެންމެ ފަހަރަކު ނޫން ދެ ފަހަރު މީނަ ގައިގަ އެއަންހެންމީހާ ޖެހި. އޭރުވެސް އޭނަ ހުރީ ހިނި އައިސްފަކަމަށް އޭނަ ބުނި. މީހުން ދިމާކުރާތީ އަވަހަށް ވާހަކަ އޮޅުވާލަނީ ތި!!

  9. މޮޔަ

    ކަލޯ ތިކަހަލަ މޮޔައިންނެއް ނޫނޭ އެންމެންނަކީ..................!
    ހިތުން އެންމެން ގުނބޯ ހެދިފަދޯ ތިބޭނީ............!
    މިހާރު މިވާ ގޮތުން ވެއްޓޭ ކޮންމެ މީހެއްގެ ކުރިމަތީގައި ބުރިއެއް ހުންނަން ޖެހޭދޯ........!

  10. ޙުސެއިން

    ޢަންހެނުން ހޭއަރުވާލީ ދޯ

  11. ނަން

    ބައެއް މީހުންނަށްވާ ކަމެއް އެއީ ހާސްވީމަ ހިނިއައުން، ހަދާނެގޮތް ހުސްވާނެ، ކަމުގެ ދެކޮޅު ބެލުން ރަނގަޅު. ކުރިން އުފެދުނު ސުވާލެއް، މިމީހާ އަނބުރާ އަންހެންމީހާ ގާތަށްއައީ ކީއްވެބާއޭ. މިހާރު ލިބިއްޖެ ޖަވާބެއް

    • ޙހ

      ދެން އެމީހާ އެހެން ބުނީމަ އެންމެން ވީ ގަބޫލް ކޮއްގެން ތިބެން؟ ލޮލް
      ސްޓުޕިޑް ލޭމް އެކްސްކިއުސަސް

    • ވިސްނާ

      ރޯގާޖެހިފަ ހުރީމަ މާފައްނޭދި ދިޔައީ. އަނެއްކާ އަނބުރާލާފަ ދިޔައިއްޔޯ މާފައް އެދެން. އެހާ އަވަހައް ރޯގާ ރަނގަޅު ވީބާ ?

  12. ކިިޅު

    ކޮބާތަ އެ ވީޑިޔޯ!

  13. ހެހެ

    ނަސީބެއް ވެއްޓެން ދިޔަވަގު އަންހެން މީހާގައި މައްޗައް ނުވެއޓުން ކަން