ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު ފަޅާލައިގެން ވަދެ ތިޖޫރީ ހަލާކުކޮށްލައި އޭގައި ހުރި ފައިސާތައް ރޭ ވަގަށް ގެންގޮސްފި އެވެ.

ފުލުހުން ވިދާޅުވީ ވަގުންތައް ކޯޓަށް ވަދެފައި ވަނީ ކޯޓުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ. ކޯޓްގެ ތިޖޫރީ ހަލާކު ކޮށްލައިގެން އެއިން ގެންގޮސްފައި ވަނީ 13،500ރ. އަށް ވުރެ ގިނަ ފައިސާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާރު ގެންދަނީ ވައްކަމުގެ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ. މިމައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ތިޖޫރި ފަޅައިގެން ވައްކަން ކުރުން ވަނީ އިތުރުވެފައެވެ.

މިދިޔަ ހަފްތާގައި ރ.އަތޮޅު މާކުރަތުގެ މެޖިސްޓްރޭޓް ކޯޓާއި ކައުންސިލާއި ހެލްތު ސެންޓަރުގެ ތިޖޫރި ވެސް ފަޅާލިއެވެ.

މާކުރަތުގައި ހިންގި ވައްކަމާއި ގުޅިގެން ބަޔަކު ހައްޔަރު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނައީސް

  ވަގުވޯޓުން އައި ވެރިކަމެއްގައި އަމާންކަމެއް ހަމަޖެހުމެއް ނޯންނާނެއެވެ. މުޅިންވެސް އޮންނާނީ ނާމާންކަމާ ބިރުވެރިކަމެވެ. ވައްކަންކުރުން މިވަނީ އިންތިޙާގައެވެ. ކުއްލިއަކަށް މަރުވަމީހުންގެ ގިނަކަމާ ވައްކަންގިނަވުމާ ޑްރަގްގެ ތިޔާގިކަމުން ރާއްޖެ މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނުކިޔަވާ ވަގުކިނބޫ އަދިވެސް ވިސްނާކަށްނުވޭހެއްޔެވެ؟

 2. ފޯއްބެ

  ތިވެސް ވާނީ ޔާމީނުގެ ކަމަކަށް

 3. ޙާމުދުރު

  މިގައުމުގެ ޓޮޕްޗާރޓް.
  1 ވައްކަންކުރުން އާއްމުވުން.
  2 ގޮތްނޭގޭ މަރުތައް ގިނަވުން
  3 ކޮމެޓީތައް ގިނަވުން..
  4
  5

 4. ހުސޭނުބޭ

  އިންސާފު ވަގަށް ނަގައިގެން ގެންދިޔައީބާ؟