އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތައިލެންޑާއި ބަންގްލަދޭޝްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މަޖިލިސް އިންތިޚާބުގައި އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ތައިލެންޑާއި ބަންގްލަދޭޝްގައި ވޯޓު ފޮށި ބަހައްޓަން ނިންމައި ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ބޭރު ގައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނީ 100 އަށްވުރެ ގިނަ މީހުން ވޯޓުލާން ރީރަޖިސްޓްރީވެއްޖެ ނަމަ އެވެ.

ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށި ބެހެއްޓީ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގަ އެވެ. ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާސިލް ކުރަމަށް ވަޒަންވެރިވެގެން އުޅެއެވެ. ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރި ކުރުމަށާއި ޗުއްޓީ ހޭދަ ކުރުން ގޮސް އުޅޭ ގައުމެކެވެ. އަދި ސިއްހީ ފަރުވާ ހޯދަން ވެސް ފަހަކަށް އައިސް ތައިލެންޑަށް ދިވެހިން ވަރަށް ގިނައިން ދަތުރު ކުރެއެވެ.

ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށި ބެހެއްޓީ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ވަނީ ލިބިފަ އެވެ. އަދި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވި ރަށަށް ބަދަލެއް ނާންނަ ނަމަ އަލުން ރީރެޖިސްޓްރީވާކަށް ނުޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ދުނީޔޭގެ އެންމެ ކުރި އަރާފައި ހުރި ގައުމު ތަކުގައި ނުކުރާ ފަދަ ކަންކަން ތިޔަ ކުރަނީ ޚަރަދު ބޮޑު އިންތިހާބެއް . ކީއްވެ ބާ ބަގުލަދެޝް ސަރުކާރުން ރާއްޖޭގައި ވޯޓް ފޮއްޓެއް ނުބަހައްޓަނީ ދިވެހި ރާއްޖޭގައި އެމީހުން ނަށް ވެސް ބެހެއްޓޭނެ ދޯ ތީ އެއްގޮތަކަށްވެސް ކުރަން އަހަރެން ތާއީދު ކުރާ ކަމެއް ނޫން .އަބަދު މިކިޔަނީ ޚަރުދު ކުޑަކުރާ ވާހަކަ