މިއަދު ހާމަކުރި ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ނަތީޖާ ދައްކާގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 277 މިލިއަން ރުފިޔާ ބޭންކުން ހޯދައިފިއެވެ.

ބޭންކުން ބުނެފައި ވަނީ އެ އަދަދަކީ އޭގެ ކުރީ ކުއާޓާއާ އަޅާބަލާ އިރު، 3 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

ބޭންކުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހިންގުމުގެ ހަރަދު އިތުރުވުމާއި، އަލަށް ބޭނުންކުރަން ފަށާފައިވާ އެކައުންޓިން ސްޓޭންޑާޑު އައިއެފްއާރުއެސް 9ގެ ދަށުން ލޯން ޕްރޮވިންސްގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރުވެފައިވުމާއި، އަހަރެންގެ ބޭންކް ޕްރޮގްރާމް ދަށުން މުޖުތަމައުއަށް ފޯރުކޮށްދިން އެހީތެރިކަން އިތުރުވެފައިވީ ނަމަވެސް، ލޯން ސެކްޓަރާއި އިތުރު ދާއިރާތަކުންވެސް ފައިދާ ބޮޑުވެފައިވުމާއެކު ބޭންކުން ނިންމާލީ ފައިދާއާއެކުގައި ކަމަށެވެ.

ބޭންކުން ބުނެފައި ވަނީ 2018 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރަމުންދާ އިރު، މުޅި އަހަރުގެ ފުލް ހިސާބެއް އަދި ދެވެން ނެތް ނަމަވެސް ބޭންކުން ލަފާކުރަނީ ކުރީ އަހަރަށްވުރެ އިތުރަށް މިއަހަރު ބޭންކަށް ފައިދާ ވާނެ ކަމަށް ކަމަށެވެ.

ބޭންކް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ބޭންކުގެ ކާމީޔާބީތަކުގެ އެންމެ ބޮޑު ހިއްސާއަކީ މުއްޒަފުން ކަމަށެވެ.

" ބޭންކުން ދަމަހައްޓަމުންދާ ކާމިޔާބީ މިދިޔަ އަހަރުވެސް ހޯދިގެން މިދިޔައީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ބުރަކޮށް
މަސައްކަތްކުރަމުންދާ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތުން. މިދިޔަ އަހަރު މާލީ ގޮތުން ކާމިޔާބު ހޯދައި، ވިޔަފާރި އިތުރަށް ފުޅާކުރެވި، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމާއި ބޭންކިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތައް އެކުއެކީގައި ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނޫރައްދީން ވިދާޅުވިއެވެ.

ބޭންކުން ބުނެފައި ވަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސޯކާބެ

  މިއަދު ހާމަކުރި ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ނަތީޖާ ދައްކާގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 277 މިލިއަން ރުފިޔާ ބޭންކުން ހޯދައިފިއެވެ.މާދަމާ ގޮވާނެ ބެންކުންވަނީ ގެއްލުމޭ މީދިވެހިންނަށް މިޒަމާނުގެ ފެންވަރަށް ބެންކު ހިންގާކަށް ނޭގެޔޭ ބޭރުބަޔަކަށް ހަވާލް ކުރަންވިއްޔޭ ވިއްކާލަނީކީނޫނޭ ކުއްޔަށްދެނީއޭ 99އަހަރަށް ކޮބާހޭމަސްއަލަޔަކީ އެސްޓީއޯވެސްގޮވި ފައިދާވާވަރު މިހާރު ކިޔނީ މުޅިން ގެއްލުމޭ ވިއްކާލަންވިއްޔޭ ހުޅުމާލޭގައި އެސްޓީއޯ އިން އެޅިގެސްޓްހައުސް ވިއްކާލާވާހަކަ އޮތް ނޫހެއްގަ އަމިއްލަ މީހުން ގެސްޓް ހައުސް އަޅައިގެން ފައިދާ އެސްޓީއޯ އަށްގެއްލުން މީހަށްތާ އަރަތް ރޯދަމަހު ރޯދަކުރުކުރަން ކިޔާކަހަލަ ކުރުވާހަކަޔަކަށް މިވަނީ ސަރުކާރުން ދަށްކާވާހަކަ

 2. ނަޞްރީނު

  2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ޙަވާލުވިއިރު ، އެސްޓީއޯ ، އެމްޓީސީސީ ، ބީއެމްއެލް ، މިފްކޯ ފަދަ ކުންފުނިތަކަކީ ބަނގުރޫޓްވެފައިވާ ތަންތަންކަން ހުރިހާ ދިވެހިން ދަންނާނެއެވެ. ކުންފުނިތައް ނަގާ ކޮޅަށްޖަހާ އެތަންތަނަކީ ފައިދާވާ ، ބޮޑުފައިދާ ލިބޭތަންތަނަށް ހެއްދެވީ ރައީސް ޔާމީންގެ އިޤްތިޞާދީ ހަރުދަނަ ސިޔާސަތެވެ. މީގެ ފައިދާ މިއަދު ލިބުނަސް ދެން އަލުން ކުންފުނިތައް އަޑިއަޅަމުންދާތަން ދިވެހިން ދެކެން ތިބޭށެވެ.

 3. ޙަސަން

  ހަމަ ކަށަވަރުން މާތްﷲ ވިޔަފާރި ހުއްދަކުރައްވައި ރިބާ ޙަރާމް ކުރެއްވިއެވެ.

 4. ޒިޔާމް ހާދީ

  ރައްޔިތުން ފެލައިގެން ތިނަގާ އިންޓަރރެސްޓް ބޮޑުކޮށްލާ އަދިވެސް.އެއިރުން ފައިދާ އިތުރުވާނެ.

 5. ކަމާލު

  ސޭވިންއެކައުންޓްތަކުން ވިޔަފާރިކޮށް ބޮޑުނަފާ ހޯދާފައި އެކައުންޓުގެ ވެރިންނަށް އެއްޕަސެންޓް ދީފަ ލޯނަށް 15 ޕަސެްޓް އަތުލީމާ ފައިދަވާނެތާ! ލުއި އެކްޕްރެސްލޯނޭކިޔައިގެން ލުއިކޮށް ދޭ 50000 ރުފިޔގެލޯނު ހަތަރު އަހަރުން ނިމޭއިރު 85000 ރުފިޔާ އަތުލާ! އެއީ އިތުރަށް 35000 ރުފިޔާ ފެލައިގެން! ދެން ފައިދާ ވާނެނު؟

 6. ޝާން

  ބަލަ ލަދެއްވެސް ނުގަނޭ ދޯ ރިބާ އިން ލިބުނު އެއްޗެކޭ ތިބުނީ ދިރާގު ބޭންކު މީ ހަމަ ރިބާކާ ތަންތަން އެމީހުންގެ ސުޓާފުންގެ މުސާރަ އެނގިއްޖެޔާ މޮޔަވާނެ އަހަރެމެން ބުރަމަސައްކަތުން ލިބޭ ފައިސާކޮޅު ދަވާލާގެން ފައިދާ އޭ ބުނުމަކުން ބަލައި ނުގަެވޭނެ ކޮބާތަ ރައްޔިތުންގެ ވަކީލު ރައީސް ނަޝީދު މިކަމާތެދުވާން ވީ