ގައުމު ދެކެ ލޯބިވާން، ގައުމަށް ހިދުމަތްކުރަން، ގައުމަށް ހެޔޮ އެދޭނެ ވަކި އުމުރެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ، މައުމޫން ރިފޯމް މޫމަންޓް (އެމްއާރްއެމް)، މޯލްޑިވްސް ރިފޯމް މޫމަންޓުގެ ނަމުގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރައްވާނެކަން އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައެވެ.
މައުމޫން ކުރިން ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކަނޑައަޅާ ނިންމާފައިވާ ކޮންގްރެސްއަކީ ސައްހަ ކޮންގްރެސްއެއް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް އިއްޔެ ސްޕްރީމް ކޯޓުންވެސް ތާއީދު ކޮށްފައިވާ އިރު، އެ ޕާޓީ މައުމޫނަށް ލިބުން އޮތީ ދުރުގައެވެ.
މައުމޫން މިއަދު ވިދާޅުވީ އިއްޔެގެ ނިންމުމާއެކު އެމްއާރްއެމްއަށް ހިތާމައަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އެހިސާބުން ހުރިހާ ކޮމެޓީތަކެއް ބައްދަލުވެ މައުމޫނުގެ ފިކުރުގެ މީހުން ކަންކުރާގެ ވަކިގޮތެއް ނިންމުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި އެ މަޝްވަރާތަކުން އެނގުނީ އެއްވެސް މީހަކުން ގެއަށް ވަންނަން ބޭނުން ނުވާ ކަމަށް ކަމަށާއި، ހުރިހާ އެންމެންވެސް ބޭނުން ވަނީ ޖޯޝާއެކު ގައުމީ ރޫހުގައި ޕާޓީއެއް ހަދައިގެން ކުރިއަށް ދިޔުމަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަލަށް އުފައްދަން މައުމޫން ނިންމަވާފައިވާ ޕާޓީގެ އިސް މަގާމަކުން ފެންނާނެތޯ މައުމޫނު ކުރެން ނޫސްވެރިޔަކު ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ޕާޓީ އުފެއްދުމުގެ ތެރެއިން އާންމު ޖަލްސާއަށް އެމަނިކުފާނުގެ ނަން ހުށަހަޅައިފި ނަމަ، އެކަމަށް އިންކާރު ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުގެ ނަން ހުށަހަޅައިފި ނަމަ އެކަމަށް އިންކާރު ނުކުރާނަން. މީގަ އެބައޮތް އަޅުގަނޑު ދަންނަވާލާނެ އިތުރު ވާހަކައެއް. ގައުމު ދެކެ ލޯބިވާން، ގައުމަށް ހިދުމަތްކުރަން، ގައުމަށް ހެޔޮ އެދޭނެ ވަކި އުމުރެއް ނޯންނާނެ،" މައުމޫން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނަކީ ރާއްޖޭގެ ވެރިކަމުގައި 30 އަހަރު ހުންނެވި ބޭފުޅެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތުމުން އެމަނިކުފާނު ސިޔާސީ ކަންކަން ދޫކޮށްލެއްވުމަށް ނިންމެވި ނަމަވެސް، މިހާރު އަނެއްކާވެސް ސިޔާސީ ކަންކަމުގައި އެކްޓިވް ކޮށް ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް މިދިޔަ ސަރުކާރުގެ ފަހު ދުވަސް ކޮޅުގައި ޖަލުގައިވެސް ދުވަސްތަކެއް ހޭދަ ކުރެއްވިއެވެ.
ޢެހެންވީމަ ދޯ މުސްކުޅިވެ ގައިބާރު ނެތް ދުވަހުވެސް ގައުމު ވިއްކާލާ ބަޔަކާ އެއްބައިވެގެން ތި އުޅެނީ. !!
އާދެ ލައްބަ ގައުމު ދެކެ ލޯބިން ނުނިދިގެން ދެއްތޯ މީހާ މުސްކުޅިވެ ޢަޖޫޒު ވީމާވެސް ވެރިކަމުގެ ދަހިވެތި ކަމުގައި ތިމާމީހާގެ އަމިއްލަ ލެޔާ ދުޝްމަނުވެ. ޣައްދާރު ޚާއިނުންގެ އަތްމައްޗަށް މިގައުމު ވައްޓާލީ؟ މުސްކުޅިބެގެ ލަދުކޮބާ؟
ޤައުމުދެކެ އެއްއިރަކުވެސް ލޯތްބެއް ނުވޭ އަބަދުވެސް ބެލީ ސިޔާސީ މަންފާ ތިމާގެ އަތުގައި ބާއްވަން ދަރިން ރަނގަޅު ނަމަ އެމީހުންވެސް ތިބޭނީ މިހާރު ނުފޫޒުގައި 88 އަހަރު ވީ މުސްކުޅިއެއްގެ މުއްފަތުން އުޅޭކަށް ނުޖެހޭނެ
ގައުމު ދެކެ ލޯބިވާން، ގައުމަށް ހިދުމަތް ކުރަން، ގައުމަށް ހެޔޮ އެދޭން، ވަކި އުމުރެއް ނެތް. އެކަމަކު ގައުމަށް ބޫތުކާން މިހާރު ތަންކޮޅެއް މުސްކުޅިފުޅު ވެއްޖެނޫންތޯ! އެހެން ބަޔަކަށް ފުރުސަތުދީފަ ގޭގަ މަޑުކޮށްލަބަލަ ހެޔޮނުވާނެ. އިހުގެ ރެލީ ވެސް މިހާރު މަގުމައްޗަކުން ނުފެނޭ ނޫންތޯ.
ތިޔައީ އެކަމަކު ޤައުމަށް ހެޔޮއެދޭ މީހެއްނޫން ތިޔައީ މިޤައުމުގެ ހަލާކު
ގައުމު އިދަޖައްސާލަންވެސް ނޯންނާނެ ވަކި އުމުރެއް ވަކި ފިކުރެއް. ހުސް ބަތާ ހަރާމީން އަމިއްލަ އެދުން އެހެންބައެއް ނެތް
ތިއުޅެނީ އަމިއްލަ އެދުމައިގެން ރައްޔިތުންނަށް ހިދުމަތް ކުރާކަށް ނޫން ގަވްމްގެ ހަލާކު... ކުރިއަށް އޮތްޖީލު ހަލާކުކޮށްލަން ވެގެން ވެރިކަމުގަވެސް ޒުވާނުންތައް ހަލާކުކޮށްލީ ޑްރަގް ގެ ވަބާގަ ޖައްސައިގެން..
ވަކިއުމުރެއްނެތޭ ކިޔާނެ ކަމެއްނެތް މުސްކުޅިވެ ނުހިގޭ ހާލުގަވެސް މައިތިރި ނުވެގެން ތިއުޅެނީ ވެރިކަމުގެ ދަހޮވެތިލަމުގަ.. މިހާރަކު މުސްކުޅިން ބޭނުމެއް ނުވޭ ކިޔަވައިގެން ތިބި ޒުވާނުން އެބަތިބި
ގައުމު ފަސާދަކުރި މުސްކުޅި ބޭގަނޑު.
އަމިއްލަނަފުސަށް ލޯބި ނުކުރި މީހަކު ޤްއުމަށާއި ވަޠަނަށް ކޮން ލޯތްބެއްތޯ ހުއްނާނީ.
ކަލޭގެ ކެހިވެރިކަމާއި ނުބައި ކަމުން އަހަރެން ބަރީއަވަން.
ޜީތި ރަގަޅު ގޮތުގައި ގޭގަ މޑުކޮއްލެއްވުން ބުއްދި ވެރި
މަނިކުފާނަކީ ވަރައްއަމިއްލަ އެދުންބޮޑު މީހެއް.. މިހާރު ތިޔަ އުޅެނީ މަހާތީރު ހިގިމަގުން ހިނގަން.. މައުމޫނަކީ މާޒީ..
1978 ވަނަ އަހަރާހަމައަށް މިރާށްޖޭގައި ދޭތެރެ ދުރުކޮށްފައެއް ނެތް ކުއްޔަށްއުޅޭ ރަށްޔަތަކުނޫޅޭ ކުޑަކުދިންގެ ހިޔަލެށްނެށް ޑުރަގް ތިޔާގިއެއްނޫން ރަށްޔަތުން އަބުރުވެރިކަމާއެކު އުޅެމުން އައީ 1978އައިމޮޅު ޑިމޮކްރަސީއެއްގެ ދަށުން މިހާރުމިތިބީ ރަށްޔަތުން އަޅުވެތިކޮއްފައި ވަޒީފާޔަށް ފޮނުވާނެ މީހަކުނެތް ދޭތެރެ ދުރުކުރިކުރީނުން ދަރިފަސްކޮޅެއްނަށްތާލީ ބިންތައް ހިސޯރުކުރިކުރީނުން ދަރިއަކުވެސް ވައްދާނެ ބޯހިޔާވެހިކަމެއް ނެތުމުން ކުޑަކުދިންގެ ހިޔާއުފެދުނީ ޑުރަގް އިސްތިހާރު ކުރިކުރީނުން ޑުރަގް އާއްމުވީ ފުލެޓްގެނަމުގައި ރިޔަލްސްޓޭޓް ވިޔަފާރި ކުރިކުރީނުން ރަށްޔަތުން ބިކަވީ ދެންކޮން ގައުމެއް ދެކެތޯ ތިޔަވިދާޅުވާ ލޯއްބެއްވީ
މުސްކުޅިވެ ގައިބާރުދޫވެ ހަމަބުއްދިފިލީމަ ދެންޖެހޭނީ ޒުވާނުންނަށް ފުރުސަތުދޭން،
ޣައްދާރުކަލޭގެ ޤަވްމުދެކެ ލޯބިވާކަން ، ޤަވްމަށް ހެޔްއެދޭކަން ، އެގި ބާވެއްޖެ ދެން ފުދިއްޖެ! އެހެންވީމާތާ އަމިއްލަ އެދުން ކުރިޔަށްނެރެ ބާރަށް ކުރިޔަށް ގޮސްގޮސް އޮތް ޤަވްމެއް ރިޝްވަތު އަޅައިގެން ޣައްދާރުންނެރެ ޤަވްމު ފަހަތަށް ތިޔަ ސޮއްސުވާލެއްވީ؟ގައްޑާ ގޮލައެއްތާ މީ؟
ޖައްވަށް، ފަޒާޔަށް، ހަވަޔަށް ވާއިގެ ތެރެޔަށް އެއީވެސް ވަކިއުމުރަކަށް އޮތް ކަމެއް ނޫން " ތިމާ ފޭހުނު އިލޮށި ގަނޑު ތިމާގެ ލޮލަށް"
ގައުމަތް ޚިދުމަތް ކޮށްދެވުނުނަމަ ވެރިކަމުގައި ހޭދަކުރި 30އަހަރު ގައި ގައުމުގައި ހަރުދަނާ އިސްލާމީ ބިންގަލެއް އަޅާދެވުނީސް.
މުހައްމަދު
ރައީސް މައުމޫނަށް ރައްޔިތުންގެ މެޖޯރިޓީ ބަޔަކުވަރަށް ބޮޑަށް އިޙްތިރާމްކޮށް ޤަދަރުކުރެއްވި، އަދި ލޯބިވެސް ލިބިވަޑައިގަތްކަމީ ޝައްކެތްއޮތްކަމެއް ނޫން. ނަމަވެސް ހިތާމަޔަކީ ސިޔާސީފިކުރު ހުއްޓަވާލީކަމަށް އިޢްލާން ކުރައްވައި މާގިނަދުވަސްތަކެއްނުވި. 2008 ގައި އިންތިޚާބުވީ ސަރުކާރު ވެއްޓުމުގައި އެންމެ އިސް ދައުރެއް އަޑަީގައި ހުންނަވައިގެން އަދާކުރެއްވީ ރައީސް މައުމޫނުކަން ގިނަބަޔަކު ދަނޭ! ދެންވަޑައިގެންނެވީ ކޮއްކޯފުޅުގެ އަތްޕުޅުގައި ހިއްޕަވައިގެން 2013ގަ. ކޯލިޝަނަކާއެކު ދެވަނަރަންއޮފްގައި ކޮއްކޯފުޅަށް ވެރިކަން ލިބިވަޑައިގަތް. ނަމަވެސް ކޮއްކޯފުޅު ބަދުނާމު ކުރައްވައި ދެން އަތްދިއްލެއްވީ 30އަހަރުގެ ވެރިކަމުގައި ދުއްޕާނެއް ކުރިމަތިކުރުވި ހަތުރު ކެނެރީގޭ ނަޝީދުއަށް. އެހިސާބުން އަނެއްކާވެސް ގެއްލިގެންދިޔައީ އެތައްރައްޔިތުންނެއްގެ ލޯތްބާއި ކުލުނު. ދެންކޮން ޢަޒުމެއްތޯ؟ އެމްޑީޕީބޭނުންވީ ވެރިކަން. ޢެއިންވެސް ދިނީދޯކާ! ޢަމިއްލަފުޅަށް ރައީސް މައުމޫނުގެ ދަރިކަލަކު ނިކުންނަވާ ވެރިކަމަށް. ތާއީދު ހޯއްދަވާ! ކިލަނބުވީ ވަޅު ސާފުކުރެވޭ ދިިޔަހިއްކައި ދޮވެ ސާފުކޮށްގެން. ހަނދުމަފުޅު ބަހައްޓަވާ ކޮއްކޯ ފުޅަށް ދެއްވި ލަނޑު.
ތިމީހާ ހިތްފުރޭނެތަ؟ މުޅި 30 އަހަރު މީހުންގެ ގައިން ހަންދަމާފަ، އެޖީލުގެ މީހުންގެ ދަރިންތައް ވެސް މިބޭބެ މަރުވުމުގެ ކުރިން ފުނޑާލަން މިކަލޭގެ ހިފާފަ ތިހުރީ.
ތިޔަބުނާ އަމިއްލަ އެދުން ނެތް މީހަކު ނުފެނޭ.
އަޅެ ވަރެއްހެބަހުއްޓެއްނު ހަމަރަގަޅަށްވެސް ވެރިކަމާހެދި މޮޔަވެފަ އެހުރީ އިރެއްގަ ގަދަބާރުންވެރިކަން ކުރެވުނީމަ ހީކުރީތަ ލައްކަޔެކޭ އެޒަމާން މިހާރު މާޒީވެއްޖެ ދެން އެހެން އެކަންކުރަން ހީނުކުރާތި މިހާރު ތިޔަދައްކާވާހަކަ އަހުރެން ހަމަޔަގީނުންވެސް އަޑެއްނާހާނަން އެއްވެސް ބުރަދަނެއްނެތް ތިޔަވާހަކަތަކުގައި ހެހެހޭ
ޢަދިވެސް މަކަރާހީލަތުން އެއުޅެނީ
މަނިކުފާނު ގައުމު ދެކެ ލޯބިން ކޮށްދެއްވި ކަމެއް ކޮބައިތޯ؟؟؟؟؟؟؟