ދިހަ ހާސް މީހުންގެ އާބާދީއެއް ކުޅުދުއްފުށީގައި މިހާރު އޮތްނަމަވެސް ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރާނެ ތާރީޚެއް ސަރުކާރުން އަންގާފައިނުވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފު ޙަސަން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމާއި ގުޅޭގޮތުން "ވަގުތަށް" މަޢުލޫމާތު ދެއްވަމުން ލަޠީފު ވިދާޅުވީ، އަންނަ ފެބްރުއަރީ މަސްތެރޭގައި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވާނެ ކަމަށް މީޑިޔާ ތަކުގައި ދެކެވިފައިވާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި، ސަރުކާރުގެ ކަމާއި ބެހޭ މުޢައްޞަސާތަކާއި އެކު ބޭއްވުނު ބައްދަލުވުންތަކުގައި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރާނެ ތާރީޚު ކަނޑައަޅާފައި ނުވާކަމަށެވެ.

"އަޅުގަނޑުމެން މި އައީ މިމަހު 20ން 24 ށް މާލޭގެ އެކި އެކި މިނިސްޓްރީތަކަށް ޒިޔާރަތްކޮށްފަ. ސިޓީއަކަށް މި ރަށް ބަދަލުކުރުމަކީ އޭގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމެއް. އަތޮޅު ކައުންސިލަށްވާނީ ކިހިނެއްތޯ، ތިން އަހަރުގެ މުއްދަތަށް ޢައްޔަނު ކޮށްފައި ތިބި ކައުންސިލަރުންނަށް ވާނީ ކިހިނެއްތޯ. މޭޔަރަކު ހޮވަން އިންތިޙާބެއް ބާއްވާކަމަށްވަންޏާމުން އެކަން ކުރާނީ ކިހިނެއްތޯ. މިހުރީ ހައްތަހާވެސް ސުވާލު" ލަޠީފު ވިދާޅުވިއެވެ.

މީގެ އިތުރުން ލަޠީފު ވިދާޅުވީ، ތަނެއް ސިޓީއަކަށް ބަދަލުވެގެންދާއިރު، އެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮންނަ ކަމަށާއި، އެ ހުރިހާ ކަމެއް ހަމަޖައްސަން ވަގުތު ބޭނުންވާނެ ކަމަށެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރާ ހިސާބުން ފެށިގެން އެ އަތޮޅުގެ އަތޮޅު ވެރިކަން އެހެން ރަށަކަށް ބަދަލުކުރަން ޖެހޭނެ ކަމަށް ބައެއް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. އެހެންކަމުން، އަތޮޅު ވެރިކަން ހޯދުމުގެ ގޮތުން ހދ.ގެ ގިނަ ރަށްރަށުން މިހާރުވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުޅުދުއްފުށީ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކަށްވާނީ ވީ އެންމެ އަވަސް މުޞަތަޤުބަލެއްގައި އެރަށް ސިޓީއަކަށް ބަދަލުވެ، ރަށުން ލިބެންޖެހޭ ޚިދުމަތްތައް އިތުރަށް ފުރިހަމަ ވެގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުރަބޯ

    ރ. މަޖްލިހުގެ އިންތިޚާބަށް ކުޅުދުއްފުށީ ރައްޔިތުން ނަށް ދައްކާ ދަޅައަކަށްވެސް ވެދާނެ. ސިޓީއެއްގެ ހުވަފެން ދައްކައިގެން އެންމެފަހުން އާޚިރުގައި އެރަށު ރައްޔިތުންނަށް ލިބޭނީ ސިޓީއުރައެއް. މިއީ ކޮންކަމެއްތޯ އެހީމާ ބުނާނެ ފުރަތަމަ ލިބޭނީ ސިޓީއުރަ އޭ އޭގެފަހުންނޭ ސިޓީ ލިބޭނީ. އެއިރު އެމްޑީޕީ އޮންނާނީ މަޖްލިހުގެ މެޖޯރިޓީ ހޯދާފަ. ފަހުން ސިޓީ ލިބޭއިރު އޭގައި ލިޔެފައޮންނާނީ ސިޓީއެއްގެ ދަރަޖަ ދޭވާހަކަ އެއީ އޮޅުމެކޭ ވަރަށްސޮރީއޭ.?

  2. ކިންގްފިޝަރ

    އެއްވެސް ބޮޑު މަޝްރޫޢެއް އަދި ނިންމުމެއް ނިންމާނީ މަޖްލިސް އިންތިޚާބުގައި ރީނދޫކޮޅަށް ވޯޓުލާ ސަރަޙައްދުތަކަށްވާތީ އަދި އެއްވެސް ކަމެއް ނުނިމި އެއުޅެނީ.

  3. Anonymous

    ހދ. އަތޮޅުގައި ދެންއަތޮޅުވެރިކަންކުރަން އެއްމެ ރަނގަޅީ ހދ. އަތޮޅުން ހދ. ހަނިމާދޫ އެއީ އަތޮޅުއޮފީހުގެ ބޭނުންނިއްމައިގެން ފުލައިޓުން ބޭނުންތަނަކަށް ފުރަންވީ.

  4. ހދ. އަތޮޅުގެ ދަރިއެއް

    ހދ. އަތޮޅުގައި ދެންއަތޮޅުވެރިކަންކުރަން އެއްމެ ރަނގަޅީ ހދ. އަތޮޅުން ހދ. ހަނިމާދޫ އެއީ އަތޮޅުއޮފީހުގެ ބޭނުންނިއްމައިގެން ފުލައިޓުން ބޭނުންތަނަކަށް ފުރަންވީ.

  5. މެޑަމް އައިސަ

    ދުވާސަރުކާރު ވަރުބަޅި ވެއްޖެ .ރައީސް އުޅެނީ ދައުރު ނުނިމިގެން