ކޯލިޝަން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުންވެސް މިހާރު ބޭނުން އަދަދަކަށް ވާދަކުރެވޭނެ ކަމަށް އެމަނިކުފާނު ބުނެފިއެވެ.

މައުމޫން މިހެން ވިދާޅުވީ، މައުމޫން ރިފޯމް މޫމަންޓް (އެމްއާރްއެމް)، މޯލްޑިވްސް ރިފޯމް މޫމަންޓުގެ ނަމުގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރައްވާނެކަން އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައެވެ.

މައުމޫން ކުރިން ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކަނޑައަޅާ ނިންމާފައިވާ ކޮންގްރެސްއަކީ ސައްހަ ކޮންގްރެސްއެއް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް އިއްޔެ ސްޕްރީމް ކޯޓުންވެސް ތާއީދު ކޮށްފައިވާ އިރު، އެ ޕާޓީ މައުމޫނަށް ލިބުން އޮތީ ދުރުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނާއެކު މި ސަރުކާރަށް އެއްބަސްވުން ނެހެދި އޮތީ އެމަނިކުފާނު އޭރު ޖަލުގައި އޮތުމުން ކަމަށާއި، އެހެން ނަމަވެސް އިތުރު ޕާޓީތަކާއެކު އެއްބަސްވުމުގައި ސޮއި ކުރި ކަމަށެވެ.

"އަޅުގަނޑާއެކު އޭރު ސޮއިނުކުރެވި އޮތީ، އަޅުގަނޑު އޭރުގައި އޮތީ ޖަލުގައި. އެކަމަކު އެހެން ހުރިހާ ޕާޓީތަކާއެކު، ރައީސްއަކީ ސޯލިހު ކަމަށް ތާއީދުކޮށް ސޮއިކުރެވުނު. އެކަމަކު މިހާރު އެއްބަސްވުމެއް ނެތް. އެކަމާ ހަމަ ޔަގީނުންވެސް ހިލާފުވެއްޖެ،" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވި ގޮތުގައި ސަރުކާރު އެކުލަވާލަން ވީ އެއްބަސްވުމާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިގެން ވާދަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވެއެވެ. އެ އެއްބަސްވުމާ އެއްގޮތަށް ވާދަކުރާ ނަމަ އެމްޑީޕީ އަށް 35، ޖުމްހޫރީ ޕާޓީ އަށް 22، އެމަނިކުފާނަށް 17 އަދި އަދާލަތު ޕާޓީ އަށް 13 ދާއިރާ ލިބޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އެގޮތަށް އޮތް އެއްބަސްވުމާ މިހާރު ހިލާފުވެފައިވާ ކަމަށާއި، ޕާޓީތަކުން މިހާރު ގިނަ ގޮނޑިތަކަކަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީން 86 ދާއިރާއަށް ވާދަކުރަން ނިންމާފައިވާ އިރު، ޖޭޕީންވެސް މިހާރު ވަނީ 36 ދާއިރާގެ ގޮނޑިއަށް ޓިކެޓް ދީފައެވެ. މައުމޫން ވިދާޅުވީ އެ ޕާޓީތަކުންވެސް މިހާރު އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި، މައުމޫންގެ ފަރާތުންވެސް ވާދަކުރާ ދާއިރާތައްވެސް އެއްބަސްވުމަށްވުރެ އިތުރު ކުރެވިދާނެ ކަމަށެވެ.

މައުމޫނުގެ ތާއީދާއެކު ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 100އަށްވުރެ ގިނަ ފަރާތްތަކުން ނަން ހުށަހަޅާފައިވާ އިރު، މައުމޫން ވިދާޅުވީ އެ ފަރާތްތަކުން ވާދަކުރާނެ ދާއިރާތައް ނިންމާ ތާއީދު ސިޓީއެއް ފޮނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖޭމުސްބޮންޑު

    30 އަހަރު ވެރިކަން ކުރެއްވި އިރުވެސް ޑިމޮކްރަސީ ނޭނގުނީމަ ދެރަވޭ..

  2. ޓަކި މޫނާ

    "ވަޢުދެއް ވެއްޖެ ނަމަ އެ ވަޢުދާއި ޙިލާފުވާނެ" އެއީ މުނާފިޤުން ގެ އެއް ސިފަ. އެމްޑީޕީ ކުދިންނަށް ހެޔޮ ވިސްނުން ދެއްވާށި. ޢާމީން.

  3. ބަޗީ

    ދެން ދެމީދާ ފެހި ބުޅަލަށް ވީވަރުވެސް ނުވާނޭދޯ ތިބުނީ. ހަހަހާ....

  4. ލަބީބު

    އެއްބަސްވުމާ ޚިލާފްވީ ކޮން އެބަސްވުމަކާބާ؟ ކޯލިސަން އެއްބަސްވުމާ ޚިލާފްވެއްޖެނަމަ ކޯލިސަން އުވޭނެ!!1 ދެނޯ؟؟؟ ކަލޭ ގޮހޮރޭ ކިޔާބަލަ!

  5. ޢަބުދުލް ވާހިދު

    ޙުރިހާ ގޮނދިޔަކައްވެސް ހުރިހާ ޕާޓީތަކުންވެސް ވާދަކުރައްވާ އެއީ އެންމެ ރަނގަޅުގޮތް އެޔާއިއެކު އެންމެން އެކީގަ މަސަތްކަތް ކުރައްވާ.

  6. މުހައްމަދު

    މިހުރީ ރަގަޅަށްވެސް ދުނިޔެއާހެދި މަރުދަންޖެހިފަ އަބަދުވެސް ތިމާބޭނުންގޮތެއް ނޫނީ ހަމައެއްގޮތެއް ގަބޫލު ނުކުރޭ ނޫނޭވާ ޑިމޮކްރަސީއެބަހުރި ފިސާރިދަސްކޮށްފަ ލަދުންބޯހަލާކު ހެހެހެހޭ

  7. މުހައްމަދު އިބްރާހީމް ދީދީ

    އެމްއާރުއެމްގެ ނަމުގައި މައުމޫނު ޕާޓީ އެށް އުފައްދަވައިފި ނަމަ އެޕާޓީ އަށް އަޅުގަޑު ސޮއި ކުރާނަން މައުމޫނާ އެކީ ހުރުމުން ލިބޭ ހިތްހިމަޖެނުން މާބޮޑު ވާނެކަން ޔަގީން. ތި ޕީޕީއެމް އެއޮތީ ޔާމީނު އާއި އޭނަގެ ބައިވެރިން މުޅިން ހަލާކު ކޮއްފާ

  8. ވަގުކަލޭގެ

    އަދިވެސް ތިއުޅެނީ ކުޑަ ކާފް އާއި ބޮޑު ކާފް ދުވަސްވަރުގަތަ؟