ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިސްކޮށް އުޅެއްވާ ހެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓަރީ ކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. މިޕާޓީގެ ރަޖިސްޓްރީ މިރޭ ހަވާލުކުރުމަށްވަނީ ނިންމާފައެވެ.
ޕީޕީއެމްގެ އިސްބޭފުޅުންތަކެއް އިސްވެ ތި ޕީއެންސީގެ ނަމުގައި ޕާޓީއެއް ހަދާފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ސައްޙަތޯ ނުވަތަ ނޫންތޯ ބެލުމަށް ކޯޓަށް މައްްސަލައެއް ހުށަހެޅުމާއި ގުޅިގެންނެވެ. ނަމަވެސް ކޯޓުންވަނީ ކޮންގްރެސް ސައްޙަ ކަމަށް ހުކުމްކޮށްފައެވެ. ކޮންގްރެސް ޕާޓީގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ލަސްވެގެން އީސީ އަށް ފާޑުކިއުން ތަކެއް މީގެ ކުރިންވަނީ އަމާޒުކުރެވިފައެވެ.
މީގެ އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ކޮންގްރެސް ޕާޓީގެ ހުއްދަ ލަސްވީ، ހުށަހެޅި ފޯމުތަކުގައި ސައްހަ ނޫން މައުލޫމާތު ހުރުމުންނާއި އެ ޕާޓީ އުފައްދަން ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ.
މިމައްސަލަ ކޮމިޓީއެއް އުފައްދައިގެން ބެލުމަށްފަހު ބުނެފައިވަނީ ޕީއެންސީ އުފެއްދުމަށް ހުއްދަ ދީފައިވަނީ އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން ޕާޓީއެއް ނޫފެއްދޭނެ ކަމަށް ބުނާ ޤާނޫނަށް އަމަލު ކުރަން ފެށުމުގެ ފަހުން ކަމަށެވެ.
ޕީއެންސީއިންވަނީ އެޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބާއްވާފައެވެ. އަދި އެޕާޓީގެ ވަގުތީ ރައީސެއްގެ ގޮތުގައި އަދުރޭ ވަނީ ހަމަޖައްސާފައެވެ.
މިހާރު މިވީގޮތުން ޕީޕީއެމް މިލިބުނީ ސްޕްރީމްކޯޓަށް. މައުމޫނަށް އެމްރާއެމް ޔާމީނަށް ޑިއެންސީ. މީ މިގައުމުގެ ކޯޓުތަކުގެ ހާލަތު. މައްސލަތަކުގައިވެސް ހަސްމުންނަށްވުރެ ގާޒީންނަށް ދޭންޖެހޭބައި ބޮޑު.
މިހާރު އިލެކްޝަން އިންވެސް ގާނޫނު ނެރެން ފެށީތަ.
ހެހެހެހޭ ސަރިއްޕޭ ދެން ދިޔާއެއްޗެއް ހިއްޕަވާ.