އެމްޑީޕީގެ ކެންޑިޑޭޓް ހޮވައިގެން މެނުވީ އަމިއްލަ އެދުމަށް މަސައްކަތް ނުކުރާނެ ބަޔަކު މަޖިލީހަކަށް ނުލެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕޭން ހަރަކާތްތައް ދާއިރާގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުނެވެ. ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އަންނަ ރައްޔިތުންގެ މަޖިލީހަކީ ތަފާތު މަޖިލީހަކަށް ވާނެ ކަމަށާއި އެ މަޖިލީހަކީ އެމްޑީޕީގެ އެޖެންޑާ ތަންފީޒު ވެގެންދާނެ މަޖިލީހެއް ކަމަށެވެ. އަދި އަމިއްލަ އެދުމަށް މަސައްކަތް ނުކުރާނީ އެމްޑީޕީ މެންބަރުން އެކަނި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އެނގިއްޖެ، ސާފުވެއްޖެ، އޮޅުންފިލައިފި، ދިވެހިރާއްޖޭގެ މިސްރާބު އެ ރައްޔިތުންނަށް އެބަފެނޭ. ރައްޔިތުންނަށް އެބަ އެނގޭ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހޮވައިގެން މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އަމިއްލަ އެދުމަށް މަސައްކަތް ނުކުރާނެ ބަޔަކު އެ މަޖިލީހަކަށް ނުލެވޭނެކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައިއިތުރަށް ވިދާޅުވީ، މެންބަރުން ހޮވުމުގައި ބަލަންވީ "ތިޔަ ބޭފުޅުން ބޭނުންވާ ކަންކަން ތިޔަބޭފުޅުންގެ އެދުންތައް ތިޔަ ބޭފުޅުން ބޭނުންވާ ކަންކަމުގެ މައްޗަށް" ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީއިން އަންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބައެއް ކަންކަންވެސް ރައީސްވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ދދދދދދ

  އާނ ކަލޭ ވެރިކަން ބޭނުން ނޫން ގޮތަށް އަމިއްލަ އެދުމެއްވެސް ނެތް އުތަ؟ މީނަގެ ހަޔާތް އޮތީ ކޮން ތާކު؟

 2. ޢަހަންމާ

  ޕަކާސް. ދިވެހީން މީ ކަނޑުކޮހުންތަ. ސަބައްޑި ބޮއިގެންތަ ކަލޭތިހުރީ.

 3. ކަމަނަ

  އެމްޑީޕީގަ ތިބެނީ އަމިއްލަ އެދުމުން ފޯވެފަތިބި މީހުން. ތީ އެއްމެ އަމިއްލަ އެދުން ބޮޑު މީހާ.

 4. ޜާއްޖެ އިސްލާމް

  ޢެދުމެއް ނޯންނާނެ ޤައުމް ދިރުވާލަން މިހާރުވެސް ރާވަމުން ތިގެންދަނީ އެހެންނަމަވެސް ހީއެއްނުވޭ އިންޓޯލްވަންދެންވެސް ހިފެހެއްޓި ދާނެހެނެއް.

 5. ރެކިބޭބޭ

  ކަލޭގެ އަމިއްލަ އެދުމާ ހެދި ގައުމު ފަނާވެގެން މިދަނީ. އަމިއްލަ އެދުން ނެތްނަމަ ކަލޭގެ ކޮއްކޮ އީވާ، އިމްތިޔާޒް ފަހުމީ، ރާބޯ އަސްލަމްމި މީހުން ފަހަތައް ޖެހިފަ އެހެން ބަޔަކަށް ފުރުސަތު ދޭންވީނު. މޮޔައިން ގުނބޯ ހައްދާ. އަހަރުމެން ނެހެއްދޭނެ

 6. 2018 ކާފަބޭ

  އެތައްމިލިއަންރުފިޔާއެއް އެގޮތްމިގޮތުންހޯދައިގެން ތިޔަމަރުފަލިޖަހަނީކީއްކުރަން ؟ ތިޔަހޯދާރުފިޔާތައް ރައިއްޔަތުންނަށްހަދިޔާކޮށްފަ ރަށުތެރޭން އެހެންކަމަކާއުޅެންވީނު

 7. ބޮކިބެ

  ބޮޑު ކޮލީޝަނެއްގެ ތެރޭ އޮވެ ތިޔަހެން ބުނެ ބަސް ނިމޭއިރުވެސް ތިޔޮތީ އަމިއްލަ އެދުން ބޮޑުވެފައި.

 8. ނުރަބޯ

  އެމްޑީޕީ އަކީ ލާދީނީ ޢަލްމާނީ ފިކުރުގެ ކްރިމިނަލް ކަލްޓެކެވެ. އެއްވެސް ކަމެއްގައި ހަމައެއް ލަމައެއް އުސޫލެއް އޮންނަ ބައެއްނޫނެވެ. މިމީހުން ކޮށްފިއްޔާ ކޮންމެކަމެއްވެސް ރަގަޅުވެފަ ހަމައެކަން އެހެންބަޔަކު ކުރުމުން އެކަން ގޯސްވާ ބައެކެވެ. ތިމާމެން ބޭނުންވާ ކަމެއްނަމަ ގަދަބަދަވިކަމުންވެސް އެކަމެއް ނިންމަން ބޭނުންވާ ބައެކެވެ. އަމިއްލަ އެދުމުން ފުރިފައިވާ ދަހިވެތި ބައެކެވެ. ތިމާމެންގެ އަމިއްލަ މަގްޞަދެއް ފުރިހަމަ ކުރުމުގެ ގޮތުން ކުރާކަމެއްގައި. ގައުމުގެ މިނިވަން ކަމާ އިސްތިގުލާލު ނުރައްކަލަށް ހުށަހޮޅި ޖަމާޢީ ގޮތެއްގައި ރައްޔިތުން ބޮޑު ނިކަމެތިކަމަކާ ނާމާން ކަމެއްގެ ތެރެއަށްވެސް ވައްޓާލާފާނެ ނުރައްކައުތެރި ބައެކެވެ. އަދި ވަކި ފިކުރަކަށް ކުލަ އަކަށް ނުބަލައި ހުރިހާ ރައްޔިތުން ޝާމިލްވާ ގޮތެއް ގައި ތަރައްގީ އާއި ފާގަތިކަން ފޯރުކޮށްދީ ހެޔޮ ވެރި ކަމެއް ކޮށް ނުދެވޭނޭ ބައެކެވެ. ތިނޯހަކަށް ރޮއްޖެއް ލައްވާލަން ވިޔަސް އެކަމަށްވެސް ބޭރު ގައުމަކުން ލޯނުނަގައިގެން އެކަންކުރަން ކުރިމަތިލާ އަމިއްލަ ފުދުންތެރިކަމާދުރު ވިސްނުމުގެ ބައެކެވެ. ބުނާބަހާ ޢަމަލާ ދިމާނުވާ އަނިޔާވެރި ބައެކެވެ. އެހެންވީމާ އެމްޑީޕީ އާއިމެދު ބުނެވޭނީ “އެމްޑީޕީ އަކީ ދިވެހި ރާއްޖޭގެ މިނިވަންކަމާ، އިސްތިޤުލާލާ، އެއްބައިވަންތަ ކަމާ، އަމިއްލަވަންތަ ކަމާ، ތަރައްގީ އާއި ތަނަވަސް ކަމާއި ފާގަތިކަމުގެ އިތުރުން މާތްވެގެންވާ އިސްލާމް ދީނަށް އޮތް ބޮޑުބިރެކޭ” އެވެ.

 9. ޙާމިދާ

  މިހިރަ މިޔައާ. އެދުމެއްނެތި ހަމަ އެކަނި މަސައްކަތް ކޮށްދޭނީ މައިން ބަފައިން އެމީހެއްގެ ދަރިންނަށް

 10. ޑިމޮކްރަސީ

  ރާއްޖޭގެ ރައްޔަތުން ތެރޭގައި ހުރި އެންމެ އަމިއްލަ އެދުންބޮޑު މީހަކީ ނަޝީދު. ޥެރިކަމުގެ ދަހިވެތިކަމުގަ އިންޑިޔާސިފައިން ރާއްޖޭގައި ބައިތިއްބާ ޤައުމު އަޅުވެތިކުރީ. ދުވަހަކުވެސް ރާއްޖޭގެ ރައްޔަތުންނަށް ރަގަޅުކަމެއް ނަޝީދުނުކުރާނެ. މިހާތަނަށް ޤައުމަށް ކޮށްދިންރަގަޅުކަމެއްހޯދަބަލަ.

 11. ޢަބުދުﷲ

  އެމްޑީޕީ ކެންޑިޑޭޱުން ތިބެނީ ހޯޖާކޮއްފަދޯ؟؟

 12. ވަރަށް

  ގައުމުގެ ރައީސްކަންކޮށްފަ އަދި މަޖްލިހުގެ މެމްބަރުކަން ކުރަންއުޅެނީވެސް ހަމަ އަމިއްލަ އެދުމެއް އޮވެގެނެއްނޫން؟؟

 13. Anonymous

  މުރުތައްދުން ދައްކާނީ މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ