ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަން ފަސް އަހަރުގެ މުއްދަތަކީ މާދިގު މުއްދަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަން ފަސް އަހަރު ދިގު ކަމަށް ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ޚިޔާލު ހޯދަން ރޭ ބޭއްވި "ޖަޒީރާ ހޮޅިއަށި" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކައުންސިލްތަކުގެ ދައުރު ތިން އަހަރު ދުވަހަށް އޮންނާތީ ބައެއް ފަރާތްތަކުން ފޯރަމްގައި ފާޅުކުރި ޚިޔާލުތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ތިން އަހަރުގެ މުއްދަތައް ކައުންސިލްތައް ބޭއްވުމަށް އެމަނިކުފާނު ތާއިދު ކުރައްވާ ކަމަށެވެ.

"ދެ އަހަރުގެ ބަދަލު، ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލުކުރާ ވާހަކަ. އަޅުގަނޑު ހަމަ ހިތަށްއަރާ އެއްޗެއް އިނގޭތޯ. އިންތިޚާބުކުރާ މީހުން އަވަސް އަވަހަށް ރައްޔިތުންގެ ކައިރިއަށް ދިޔުން ނޫންތޯއޭ ރަނގަޅީ، ގިނަދުވަހު ތިބުމަށްވުރެ. ދެންމެ މާޅޮހުގެ ކައުންސިލްގެ ރައީސް ވިދާޅުވި، ތިންފަހަރު ހޮވިއްޖައީމޭ. ރަނގަޅަށް މަސައްކަތް ކުރާ ކަމަށްވަންޏާ، އަޅުގަނޑު ހިތުން ރައްޔިތުން ހޮވާނެ. އަޅުގަނޑަށް ފަސް އަހަރު ދިގު، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަން. އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުވެސް ދިގު، ފަސް އަހަރު. އެއަށްވުރެ އަވަހަށް ރައްޔިތުންގެ ކައިރިއަށް ދާންޖެހޭނެހެން އަޅުގަނޑަށް ހީވަނީ." ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކަށް މާލީ ފުދުންތެރިކަން ދިނުމާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އަތޮޅުތަކަށް ލިބޭ އާމްދަނީގެ ބައެއް، އަތޮޅުތަކަށް ދިނުން އެއީ ތަންފީޒުވެގެންދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރިޒޯޓްތައް ހަދަން ދީފައި މިހުރި ރަށްރަށް. ލޭންޑް ރެންޓް ދެމާ ހިނގާށޭ އަތޮޅުތަކަށް. އެއީ އަތޮޅުތަކުގައި ހުރި ރަށްރަށެއް. ދެން މި ނަގާ ބެޑް ޓެކްސް ހިނގާށޭ ދައުލަތަށް ސީދާ ސެންޓްރަލް ގަވަރންމަންޓަށް ނަގަން. އެހެންވީމާ، އެ އަތޮޅެއްގައި ހުރި ރަށެއްގެ ބިން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ދޭންވީނޫންހޭ އެ އަތޮޅަކަށް ތަރައްޤީ ކުރަން. މިހިރީ ގެންގުޅެވޭ ޚިޔާލުތައް. އަދި ވަކިގޮތެއް ނުނިމި މިހުރީ." ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެކަމުގައި މައްސަލައެއް ނިކުންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް، އަރިއަތޮޅު. އެހެންކަމަށްވަންޏާ، އަރިއަތޮޅަށް ވަރަށްގިނަ ފައިސާ ލިބޭނެ. އަރިއަތޮޅުގެ ހުރިހާ ރަށެއް ހުރީ ރިޒޯޓްތައް ހަދަންދީފައޭ. އެހެންވީމާ، އަރިއަތޮޅުގެ ރަށްތަކުގެ ލިބޭ އާމްދަނީ އެކީ އަރިއަތޮޅަށްދޭ ކަމަށްވަންޏާ، ކޮބައިހޭ ފުވައްމުލައް. ކޮބައިހޭ އައްޑުއަތޮޅު. ކޮބައިހޭ އަދި ހއ. އަތޮޅު. މިކަހަލަ އެތައް މަޝްވަރާތަކެއް ކޮށްގެން މީގައި ގޮތެއް މި ނެރެންޖެހެނީ." ރައީސް ވިދާޅުވިއެވެ.

ފޯރަމް ނިންމާލަމުން ރައީސް ވިދާޅުވީ ފޯރަމުން ވަރަށް ގިނަ ޚިޔާލުތައް ލިބިވަޑައިގެންފި ކަމަށާއި އަދި އިތުރު މަޝްވަރާތައް ލާމަރުކަޒީ އުސޫލާއި ބެހޭ ގޮތުން ކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

63 ކޮމެންޓް

  1. އަސާށީ

    ފުރަތަމަ އަސާސީ ބޯހިޔާވަހިކަން ހަމަހަމަ އުސޫލުން ދީބަލަ މަގޭ ފައިސާއިން ހިއްކި ހުޅުމާލެން މާލޭ މީހާއަށް ގެވަޅުދީފަ މާލޭގަހުރި ބިންވެސް ދައުލަތަށް ބޭނުންނުކޮށް ގެވަޅުލިބުނު މީހުންނަށް ދެކޮޅުން ކާންތިދެނީ އެމްޑީޕީއަށް ތާއީދުކުރާތީތޯ

  2. ކނބ

    ލޭންޑް ރެންޓޭ ތިއަށްވުރެ ގިނައިން ފައިސާ ލިބޭނެ ލޭންޑް ހިލޭދީފަ އެލޭންޑުގަ ހަދާ ޕްރޮޑަކްޓެއް ހިންގޭނެ ނިޒާމެއް އޮތިއްޔާ

  3. Anonymous

    އެއްވެސް ވަރަކަށް ވިސްނާ ފިކުރު ކޮށްފަތަ ތިވާހަކަ ދައްކަނީ.

  4. ދިންބެ

    ގާބިލު ބިލު ކަމެއް ނެތާމަ އަތައް ގޮވާ ފާނެތީ ބިރުން ތެޅިގަތީ

  5. މުހައްމަދު

    މިހާރު އެނގިއްޖެއެއް ނޫންމީކީ ތިމަންނާމެން (ރީނދޫ )މީހުންނާ ގުޅޭކަމެއްނޫންކަން. މަށަން ފެންނަނީ ބެއްޔާޔާ ހަވާލުކޮށްފާ ރައްކާވާން..

  6. ރަސީދު

    25 އަހަރުަ މަޖިލީހުގަ ހުރި ބުދެއްހެން
    5 އަހަރު ގަނަވަނީ ޖިންމާއެއް ނަގަން ނޭގޭ ވަރުހު ގެ ބޮޑު މަގާމަކާ ހަވާލު ވެވުނީމަ

  7. ބާރީ

    ވިޝަން އެއް ނެތް މީހަކު ބުނާނީ ދުނިޔޣަ އުޅެން 1 ދުވަސްވެސް ދިގޭ. ވިޝަންގެ ތެރެއިން ވުޖޫދަށް ގެނެވޭ ސްޓްރެޓެޖިކްޕްލޭނާ ބިޒިނަސް ޕްލޭން އަކީ ކިހިނެއް ކޮންމުއްދަތަކަށް އެކުލަވާލެވޭ އެއްޗެއްކަމާ އެ ޕްލޭން ތަންފީޒު ކުރެވޭނީ ކިހާ މުއްދަތަލުންކަމާ އަދި އެކަމުގެ ކޮންޓިނިއުޓީއަށް ޝައުގުވެރިކަން ނެތްފަރާތަކުން ވަކި ބަޔަކު ހިތްރުއްސަން މި ގައުމުގެ ތަރއްގީއާ ކުރިއެރުމުގަ ނަމުގައި ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް. އެފަދަ ބޭފުޅުން ގޭގަ ތިއްބަވަން ވީނުންތޯ؟؟؟؟؟

  8. ލާމު

    2 އަހަރާއި ބައި ހަމަކޮށްފަ އިސްތިޢުފާ ދެއްވާ.

  9. ކަސް

    ކަންކަމާއި ވާނުވާ ނޭނގި ވެރިކަމަށް އައީމަ ވާނެ ތިހެން.

  10. މުހައްމަދު

    އޮހޯތް އެންމެ ފަހުން ބޭޒާރުމިވީ އަމުއްލަޔަށް މުޅުދައުލަތް ދަވާލައިގެން ފިލުންތާ ތިޔައީ ބަލަގަ ދިގުވެގެން ތިޔައުޅެނީ އަދި މިހާތަނަށް ކުރެވުނުހާވެސް ކަމަކީ މުޅިގައުމު ހުއްޓުމަކަށް ގެނެސް ހުރިހާވަގުން ކުއްވެރިން ރަސްކަމުގައި ވެޑުވުން ނޫންތަ އިތުރުން ހުރިހާ ރައްތަކެއްގައި ފުޅާކޮށް ކުރަމުނަގެންދިޔަ މަޝްރޫއުތައް ހުއްޓުވައި މުޅިގައުމު އިންޑިޔާއަށް ވިއްކާލީ ނޫންތަ ދެން ވެރިޔާއަށްވެގެން ބޮޑުމުސާރަނަގައި އެކައުންޓުތައް ފުރާލީ ވީމާ ތިޔަވެވުނީ ރައްޔިތުންނަށް އަނިޔާ ގައުމަށް ތިވީ ޚިޔާނާތް ފެންވަރުނެތްއިރު ދޮގުތައް ހަދައިގެން ހަވާލުވީ ކީއްވެތަ އަހަރުމެން ދެނަހުރިން ވެރިކަމަށް އަންނި ގެންނަށް ނިންމާފައޮތްކަން ހެހެހޭ

  11. ޛޖ

    ކަމެއްނުކުރެވޭ ވެރިޔަކަށް 1 އަހަރުވެސް ދިގުވާނެ!

  12. ނުރަބޯ

    ޕާޓީން އޮތީ ދޮޅުއަހަރު ދޯ ސޯލިހަށް ދީފަ. އޭގެފަހުން އަންނި ތަޚުތައް އިސްކުރާގޮތަށް.

  13. ބަޗީ

    ފަސް އަހަރު ދިގުކަން ތި ވިސްނުނީ ފުރަތަމަ 100 ދުވަހުގެ އަމާޒަށް ވާސިލު ނުވެވޭނެކަން އެނގުނީމަދޯ؟

  14. ބޮއްބޮ

    ޢަޖައިބުވޭ. ޞޯލިޙުމެންނަކަށް ރިޔާސީ ނިޒާމެއްވެސް ކަމަކުނުދޭނު؟ އެހެންދީންތަށް ނުއޮންނާތީވެސް ފަޅެއްނު؟ ޓެމްޕަލް ތަކާ ޗާރޗްތަކުން އިވޭ ރަގަބީލް ގެއަޑާ އޯމްހަރިއޯމް ގެ އަޑުނީވޭތީވެސް ސަކަރާތެއްނު؟

  15. Anonymous

    އެހެންވީމަ އަމިއްލައަށް ބުނެވިފަ މިއޮތީ ރައްޔިތުން ކައިރިއަށް ދާންޖެހޭނީ ވޯޓު ހޯދަން ވީމައޭ

  16. ފޯއްބެ

    ކޮމިޓީ ރައީސް ނާގާބިލު ރައީސް

  17. ގޑން

    ކޮމެޓީތައް ތި އުފައްދަނީ އެހެންވެ ދޯ. ޒިންމާ ނަގަންނޭނގޭތީ އެހެން މީހުންބޮލުގައި އަޅުވާފައި ނިންމާލަންދޯ

  18. ޑިމޮކްރަސީ

    މިހާރު ވެރިކަން ކުރަންވަންތޯ؟ ސަރުކާރުން ކުރާކަމެއްވެއްޖެއްޔާ މިހާރުވެސް ކުރަނީ މެޑަމް އައިޝާއާ އައިޝަތު އަލީ އާ ދެކުދިންނެއްނު. ޢެމްޑީޕީ ވަޒީރުން ކުރާކަމަކީ އިންޑިޔާއަށް ޤައުމުވިއްކާ އަޅުވެތިކުރުމެއްނު.
    ޢެއީ ސަރުކާރު ހިންގަނީތަ.

  19. ޟަގޭ

    5އަހަރު ކިއްކުރަން 5މިނެޓް ވެސް ދިގު މަށައް އިސްތިއުފާދެއްވާފަ ވަޑައިގަންނަވާ

  20. ހެހެެހެެ

    ޕޯޑިއަމްތަކަށް އަރާ ވާހަކަ ދައްކަން ނޭގޭ މީހަކަށް ޕޯޑިއަމްގައި ވާހަކަ ދައްކަން އެންމެ މިނިޓެއްވެސް ދިގުވާނެ އެކަމު މޮޅުވާހަކަ ދެއްކުން ތެރިޔަކަށް 2 ގަޑިއިރުވެސް މަދުވާނެ. މި ފެނިގެން ދަނީ ކަމެއް ކުރަންނޭގޭ މީހަކު އެމީހަކާ ނުބައްދަލު ކަމެއް ކުރަންޖެހުނީމަ ވާގޮތް، މަހުރަބު އިއްބެގެ މަޖާ ޑްރާމާއެއްގެ ބުނާހެން އަދި މީނަވެސް ބުނާނެ މަށެއްނޫނީ ރައީސަކީ މީ މަށަށް މިއުޅޭ ގްރޫޕް ދިން ބޮޑިއެކޭ. އެމީބުންޏޭ ކަމެއް ވާއިރަށް ކޮމިޓީއެއް ހަދާލާށޭ. އޯކޭ ވާނޭ.

  21. އައިޑޯންނޯ

    ކޮންގްރެސް ޕާޓީގެ ރަޖިސްޓަރީ ހަވާލުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލުކޮށްފައިވަނިކޮށް ރާއްޖެ ރޮޓެން ކަންޓްރީ އަކަށް ބަދަލު ކުރަނީ އެއީ ރަންރީނދުލޭ މެންގެ ކޮރަޕްޓް ވަގުވެރިކަމުގައި ކަމަށް މަމެންނަށް ފީލްވާން ފަށައިފިއޭ މަމެން ޕިންކީންގެ ވެރިކަމުގެ ފުރަތަމަ ދުވަސް އެއީ ރީތި އަބަދުވެސް ރީތި ދުވަހެކޭ އެކަމަކު މަމެން ޕިންކީން ރިޔާސީ އިންތިޚާބުން ފެއިލް ވުން އައި ޑޯންނޯ ވައި އައި އޭމް ސްޓިލް ސަޕްރައިޒްޑް..

  22. އާދަމްއެބެ

    ޥާނުވާނޭގި ތަނެއް އޮތިއްޔާ ބޯކޮށްޕާލާތިއަދިވެސް. ޜޔ ހަވާލުކޮށްފަ ރައްކާވޭ. ރއް

  23. ދދދދދ

    އަވަހަށް ރައްކާވޭ. ވަރަށް ފަސޭހަ ކަމެއް ކަމަށް ހީކޮށް ހަވާލުވިރު ވާވަރު ކަމެއް ނޫން ދޯ

  24. ާަކަސަބު

    ވެރިކަންވެސް ކޮމިޓީ އަކާ ހަވާލުކުރޭ. އޭރުން ހުރިހާކަމެއް ވީ. އަދިވެސް ވާނޭ ކިޔާފަ ބޯކޮއްޕާލާތި.

  25. އަހްމަދު

    އިބޫ ކާކުތަބުނީފަސްއަހަރު ވެރިކަމުގަހުންނާށޭ އަވަހައް އިސްތިއުފާދީ

  26. ހުސޭނު

    ރައީސް ސޯލިހު އިންޑިރެކްޓްލީ ވިދާޅު ވެފައި މިވަނީ ގައުމުގެ ހާރިޖީ އަދި ދިފާއީ ސިޔާސަތުގެ މައްޗައް އެމަނިކުފާނުގެ ކޮންޓްރޯލް ނެތްކަން އަދި އެމަނިކްފާނުގެ ބޮލުގަ އެޅޭގޮތައް ރައްޖޭގެ އިސްތިގްލާލް އައް ނުރައްކާ ސިޔާސަތުތައް ތަންފީޒު ކުރާވާހަކަ އިންގޭތޯ.....

  27. ހޭބަލި

    ޕަޕެޓް ރައީސް އެއްލަމެއްވެސް ނުވާ ރައީސް، ހުރިހާ ބާރެއް އޮވެ އެންމެ ނިކަމެތި ރައީސް ހަހަހަހަހަ

  28. ކިންގްފިޝަރ

    އެކަށީގެންވާ ޢަދަދުތަކެއް މިހާރު އެކައުންޓްތަކުގައި ފޮރުވުނީމާ ދެން ބޭނުންވާނީ އަންނިއާ ހަވާލުކޮށްފައި ނުކުންނަން. އެއީ ޕްލޭން އަކީ.

  29. އަބުދުﷲ

    އިހުލާސްތެރިކަމެއްނެތް ބޭނުންވަނީ ރަމުޒީފޮތޯއެ

  30. ސުރައްޔާ

    ކަލެޔަށް ތިފަދަ މަޤާމެއްގައިހުންނަން ތިންމަސްވެސް ދިގު! މަޤާމަށް އާދެވިފަވެސްތިހުރީ ވަގުވޯޓުން. އެއްވެސް އުރަތްޕެއް ޤާބިލްކަމެއް ތަޢުލީމެއްނެތް! ޤަވްމަށްޓަކައި އަވަހަށް އިސްތިއުފާ ދީ!

  31. ހެޕީ

    ވިޝަންއޭ މިޝަންއޭ ކިޔާ މޮޅެތި ވާހަކަ ދައްކާއިރު އެއޮއްބޮޑު އެމެރިކާގެ ރިޔާސީ ދައުރަކީވެސް 4 އަހަރު

  32. އެލެކްސް

    އެހެންވީރު އިސްތިއުފާދީފަ ހިންނަވަރަށް ޕްލީޒް

  33. ޞޮޑުފޮށި

    ދެންކީކުރަން ތިކަމަށް ކޮފުނީ

  34. ސަންސާ

    ރައީސުލް ޖުމުހޫރިއްޔާ އަކު ގައުމު ތަރައްގީ ކުރުމައް ކޮނޑުގަ އަޅަންޖެހޭ ބުރަ މައްސޫލިއްޔަތާއި ޒިންމާގެ ދަށުން ކުރަންޖެހޭހާ ގިނަ ކަންކަމާއި އެކަމުގައި އުފުލަން ޖެހޭ ވޭނާއި ދަތިތަކާއި އުނދަގޫ ނޭނގި ވެރިކަން ލިބުނީމަ ކުރާނެ ކަމެއް ނޭނިގެން މެރަތަން ދުވުމާއި ކޭކުފެޅުންތަކުން ފޫހިވީމަ ދެން އޮންނާނީ ދެވިފައޮތް 5 އަހަރުގެ ކުރުމުއްދަތުވެސް ދިގުވެފައެވެ. ހަގީގަތުގައި ކުރަން ޖެހޭ ކަންކަން އިނގޭ މީހަކު މިފަދަ ބޮލު ރޮދިވާހަކަތަކެއް ނުދައްކާނެ.. އެހެނީ އެފަދަމީހަކު އުޅޭނީ ޒިންމާ އުފުލުމުގައި އަވަދިނެތި.

  35. Miadhu

    އަޅުގަނޑުމެން އަބަދުވެސްބުނަމު އިބޫވެރިކަމާއި ހަވާލުވަނީ 5 އަހަރުގެ ދައުރުފުރިހަމަކުރާކަށްނޫނެ އެއީ އަންނިވެރިކަމަށްއައުމަށްއޮތް ހުރަސްތައް ނެތިކޮށްލާށެ މިހާރު އެކަންވެއްޖެ އެހެންވީމް ދެންދައްކާނީ އިސްތިއުފާދޭވާހަކަ ތިއީ އެއްމެނަށް އެގޭ ބޮޑުސިއްރެއް

  36. ލައްކަ ޑޮލަރު

    ޙުޅުމާލެއިން ފުލެޓް ދީފައިވަނީ މާލޭެ މީހުންނަކަށްނޫން، ރާއްޖެތެޜޭ މީހުންނަށް.

    • ޏިސް

      ނާ ހަމަތެދެއް؟ ދެން މާލޭބޭކަލުންނައް ލިބުނީ ކޮންތާކުން؟ ގާދޫކޮލުންބޭރުން؟

  37. މާކަނާކަލޯ

    ޜައްޔިތުން ގެ ކަންކަން ކުރުމަށް ތިޔަ ހޮވާ ކައުންސިލްމަނުން ނަކީ ޕާޓީގެ ތާއީދު ދަމަހައްޓަން ހޮވިފާ ތިބޭބައެއް.ރައްޔިތުންގެ ބޭނުންތަކާއި ތަރައްގީ ޢާއި ތިމާގެ ޒިއްމާ ފަހުމްވޭބާ ތިޔަ މަނުންނަކާއި ރައްޔިތުންނަކާއި ގުޅުމެއްނެތް.ލާމަރުކަޒީ ކުރައްޏާ ކާބަފައިން ގެނެސްދީފަ އޮތް ނިޒާމް ތަރައްގީ ކުރަންވީ.ޢޭތި މިވެއްޓާއި ރައްޓެހީ. މަމެންގެ ފައިސާ އިސްރާފުނުކުރުމަށް ޝުކުރީބެ އާއި އިމްރާންބެއަށް ދައްނަވަން.

  38. މޯދީ

    ހޫމމ...ފައިބާ ދެން. ޖެހިގެން އަންނަ ދުވަހު ބުނާތި

    4ކގަ ބަޑި ޖެއްސީއޭ. އެމްޑީޕީ އަކަށް ނުވާނެ ވެރިކަމެއް

  39. ބާބު

    ދޮޅުއަހަރަށް އެއްބަސްވެގެން ވެރިކަމަށް އައި މީހަކަށް 5 އަހަރުވެސް ދިގުވާނެ

  40. އެހެންތޭ

    ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށް ރައީސް ވިދާޅުވެ ކައުންސިލް ތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ސްޓްރެޗް ކޮށްލަން ދެކޮޅު ހަދަނީނަމަ އެއީ އެއްގޮތަކަށް ވެސް މަމެން ގަބޫލު ކުރާނެ ކަމެއް ނޫނޭ މިރާއްޖޭގެ ލޯކަލް ކައުންސިލް ގެ އިންތިޚާބަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދަކީ އެއީ މާލެ ސަރަހައްދުން 25 ހާސް މީހުންނަށް ގޯތި ދޭން މާލެ ސަރަހައްދުން ފަޅެއް ހިއްކުމުގެ ޚަރަދޭ މި 3 އަހަރުގެ ބަދަލުގައި 10 އަހަރަށް ހަދާފައިވާނަމަ ނަތީޖާ ނެރެދެވޭނެއޭ އިބޫ އެދައްކަނީ ކަނޑުކޮސް ވާހަކަ ތަކޭ ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބެލިއްޔާ މާތާހިރުވާނެ އެއް ނޫންތޭ...

  41. ރީޒަން

    ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށް ރައީސް ވިދާޅުވުން މަމެން އުއްމީދު ކުރަމޭ އިބޫ އަހަރު ދުވަސް ވެރިކަމަށް ވުމުން އިސްތިއުފާ ދޭނެ ކަމަށް އެއިރުން ދެން މަމެން ޕިންކީން ނަށް ޕީޕީއެމް ވެސް ލިބި މަމެންނަށް ރިޖެނެރޭޓް ކުރެވޭނެއޭ އިބޫ އިސްތިއުފާ ދިނުމުން ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށް އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ...

  42. ވެންއިޓް

    ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށް ރައީސް އިބޫ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އިބޫ ވެރިކަމުގެ ދަހިވެތި ކަމުގައި ވެރިކަމުގައި ބަގުޑި ބައްދައިގެން ނުހުންނާނެ ކަމަށް އެހެން ކަަމަށްވާނަމަ މަމެން އުއްމީދު ކުރަމޭ އިބޫގެ ވެރިކަމަށް 100 ދުވަސް ފުރޭ ތަނުން އިބޫ އިސްތިއުފާ ދޭނެ ކަމަށް އަދި ނައިބް ރައީސް ވެސް އިސްތިއުފާ ދޭނެ ކަމަށް ވެން އިޓް ކަމްސް ޓު ޔޫ ޑޯންޓް ބީ ބްލައިންޑް އޮން ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ޖަމްޕް ޖަމްޕް އެން ޑާންްސް ޑާންސް ޑާންސް...

  43. ސަލީމު

    ވެރިކަންފޭރިގަނެގެން އުޅޭމީހުނަށްވާނީތިަރު.

  44. ޑޯންވޮނާ

    ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށް ރައީސް އިބޫ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އިބޫގެ ވެރިކަމަކީ އެއީ ދެން ވަރަށް ރަނޑު ކަންކަން ކުރާ ނަތީޖާ ނެރެނުދެވޭނެ ވެރިކަމެކޭ އަދި އިބޫ ކެނެރީގެ ނަޝީދު އާއި ގުޅިގެން އެދަނީ މިރާއްޖެ ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ރުހުން ނެތި ބަދަލު ކުރަންއޭ އެއްގޮތަަށް ވެސް އެކަން އެގޮތަށް ވިޔަދީގެން ނުވާނެއޭ ޖޭޕީ އާއި އެމްއާރުއެމްއާއި ޕިންކީން ނާއި އަދި ޕީއެންސީ ގުޅިގެން އައި ޑޯން ވޮނާ ކްލޯސ މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް...

  45. ވެންއިޓް

    ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށް ރައީސް އަށް ފެންނަ ނަމަ ޗޮއިސް އެބައޮތޭ ރައީސް އަށް ރައީސް އިބޫގެ ވެރިކަމުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށް ނުދެވުނު ކަމަށްވާތީވެ އިބޫގެ ވެރިކަމަށް 100 ދުވަސް ފުރޭ ދުވަހު އިސްތިއުފާ ދީފައި ގެއަށް ކަނޑާލުމުގެ ވެސް މަމެން އުއްމީދު ކުރަމޭ މިއޮޕްޝަން ވެސް ކޮންސިޑަރ ކުރާނޭ ކަމަށް އޯއް ޔޭއް ވެން އިޓް ކަމްސް ޓު އިސްތިއުފާ އަވަހަށް އިސްތިއުފާ ދޭން ރައީސް ހަދާން ކުރަންވީއޭ ވެން އިޓް ކަމްސް ޓު ޔޫ ޑޯންޓް ބީ ބްލައިންޑް ޓު ރިޒައިން..

  46. ނުރަބޯ

    އިޚްލާޞްތެރިކަމާއެކު ވަކިފިކުރަކަށް ކުލައަކަށް ނުބަލާ ހުރިހާރައްޔިތުން ޝާމިލްކޮށްގެން ގައުމު ތަރައްގީކޮށް ހެޔޮލަފާ ވެރިކަމެއް ކުރަންޏާ 5 އަހަރު މާ މަދެވެ.

  47. ކޭންވީބީ

    ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށް އިބޫ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ އައި އޭމް ޖަސްޓް ކިއުރިއަސް އެބައުޓް ދެން އިސްތިއުފާ ދޭނެ ދުވަހެެއް ފެނޭތޯ ބެލުން މިއަހަރުގެ ކަލަންޑަރުން އައި އޭމް ވޮންޑަރިންގް ތަމެން ނަށް ވެރިކަން ކުރަން 5 އަހަރުގެ މުއްދަތު ދިގު ނަމަ ތަމެންގެ ވެރިކަމަށް 100 ދުވަސް ފުރޭ ދުވަހު އިސްތިއުފާ ދޭނެ ކަމަށް އިއުލާން ކުރުން ވޮންޑަރިންގް އިފް ޔޫ ތިންކް އެބައުޓް ދިސް އައި އޭމް ވޮންޑަރިންގް ކޭންޔޫބީ އިސްތިއުފާ އިސްތިއުފާ...

  48. ނުރައްކަލޭ

    ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށް ރައީސް ކަމުގެ ހުވާ 5 އަހަރަށް ކޮށްގެން ހުރި މީހަކު ވިދާޅުވާނަމަ އެއީ އެމަގާމްގެ ލެޖިޓިމަސީ މިހާރު ގެއްލިފައިވާ ކަމެކޭ މިކަމަކީ އެއީ ނުރައްކާތެރި ކަމެކޭ މަޖްލީހުން އެބަޖެހޭ ބަލަން 5 އަހަރު ދުވަހު ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް އެވިދާޅުވަނީ އެއީ ކިއެއްވެތޭ އެއީ ސިއްޚީ ގޮތުން ތަން ނުދެނީތޭ ވެސް ބަލަން ޖެހޭނެ ނޫންތޭ ދިސް ސީމްސް ޑޭންޖުރެސް ނުރައްކަލޭ ދޯ ނުރައްކަލޭ ނުރައްކަލޭ ހާއްހާއް ހޯއް

  49. ޝިހާ

    ރާވައިގެން ވަގުހަދައިގެން ހޯދި ވެރިކަމެއް ބައިވެރިން އެއްބަސްވެފަ ވާގޮތަށް ކަން ކުރަން
    ޜައީސް އިބުރާހިމް ވާނީ އެއްބަސްވެފަ އެއީ އޭނާ ވީހާވެސް ވައުދަކީ އެކަނަން އޭނާ ހަމަ ކުރާނެ!!!!

  50. ޖޭމްޖޭމް

    ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށްވާނަމަ މީގެ ފުރަގަހަތުގައި އޮތީ ކޮން ކަމެއްތޭ ބަލަން އެބަޖެހެއެއް ނޫންތޭ މިވެރިކަމުގައި ސީދާ ރައްޔިތުންނާއި ގުޅިފައިވާ އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެއޭ މުޅިން ވެސް ފެންނަނީ ކޮންފިއުޝަން ކޮންޓްރެޑިކްޝަން އޭ މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދިފައވާ އެންމެންނަށް ކުރީ ސަރުކާރުން ފްލެޓްސް ތައް ދޭނެ ކަމަށް ބުނެފައި ވަނި ކޮށް އެ އެންމެންނަށް ފްލެޓްސް ތައް ނުލިބޭނެ ކަމަށް މިސަރުކާރުންބުނުން އެއީ އެމެންގެ އިބޫ ގެ ވެރިކަން ޖޭމް ވަނީ އެއް ނޫންތޭ ހިއަރ ކަމްސް ރަންރީނދޫ ޓްވިޓަރޭ ދަ ބަލާބޮޑޭ ޖޭމް ޖޭމް ޖޭމް ބިންގޯ ބިންގޯ ޖިންގޯ ޖިންގޯ ތަމެން އިސްތިއުފާދީފައި ގެއަށް ކަނޑާލާ ތަމެން ތިޔާ ކަމެއް ނުވިއެއް ނޫންތޭ ޖޭމް ޖޭމް..

  51. ޖޭމްޖޭމް

    ލޯނު ދިނީ ރާއްޖޭން އެދުނު ގޮތަށް؛ ދަރަންޏާ މެދު މަޝްވަރާކުރަން ތައްޔާރު ކަމަށް ޗައިނާ އިން ބުނާނަމަ ރައީސް އިބޫ ޖެހޭނެއޭ އެކަން ކުރަން އެއީ ޔަގީން ކަމެކޭ ކުރިން ވެސް ލޯން ނެގީ އެއީ 2013 ވަނަ އަހަރު ވޯޓް ލީ ރައްޔިތުންގެ %85 އިން ވޯޓް ލިބިގެން ވެރިކަމަށް އައިސް ފައިވާ ވެރިކަމަކަށްވާއިރު އެލޯން ތައް ނުދައްކާނަމޭ މިހާރު އޮތް ކަމެއް ނުކުރެވޭ ސަރުކާރަށް ނުބުނެވޭނެއޭ ތަމެންގެ ވެރިކަން މިހާރު ތިޔާ ދަނީ ޖޭމް ވަމުންނޫންތޭ ޖޭމް ޖޭމް ބިންގޯ ބިންގޯ ޖިންގޯ

  52. Anonymous

    މިހާރު އެއުޅެނީ ޒިންމާ ނަގަން ޖެހުނު މޮޔަ ހީވެގެން. މިހާރު އެނގޭ ތިމަގާމަކީ ޓަފް ކަމެއްކަން . އަވަހައް ރައްކާ ވެވޭތޯ އެބަލަނީ

  53. ހަސަދު

    ރައީސްކަމުގެ އިއްޒަތް ބޭނުން ބޭފުޅުންނަށް 5 އަހަރު ދިގުވާނެ. ގިނަމަސައްކަތް ތަކެއް ކުރަން ނިންމައިގެން ހުންނަ ވެރިއަކަށް 5 އަހަރު ކިރިޔާ ނިންމާ ލެވޭނީ. އެވެސް ރެއާ ދުވާލު މަސައްކަތް ކޮށްގެން.

  54. ކަލޯބެ

    ޙެ ހެ ހެ ރަގަލު ވާހަކައެއް ތި!!! މަނަމަވެސް ވާނީ ތިހެން.!! ސާލިހާ!! މީހުން ގިނަ ތަނެއްގައި ތިމާ ބޭނުން ނުވާ ހިނދު ސްޕީޗް އެއް ދޭން ޖެހުނީމް ވާގޮތް ތިވީ! އެކަހަލަ ވަގުތެއްގައި 5 މިނުޓްވެސް ދިގުވާނެ! ޢެހެންނު ވާނީ !! މަށަކަށް ނޭގޭ މީ ކިހާވަރެއްގެ ކަމެއްކަން.!! މަށަކީ ތަޢްލީމެއް ހުރި މީހެއް ނޫން.!! މަގޭ އަމިއްލަ ބާރެއް ނެތް. !!!މަށަށް ރިޕޯޓް ކުރާ މީހުން ކޮންޓްރޯލް ކުރެވެނީ އެއް ނޫން. !!!މަށަށް އެމީހުންނަށް ޕްރަޑަކްޓިވް ޚިޔަަލެއް ދެވެނީއެއް ނޫން.!! މަށަކީ ކުރިން އެއްވެސް އޮފީހެއް މެނޭޖް ކުރުމުގެ ތަޖްރިބާ ކުރި މީހެއް ނޫން.!!!މަ ވެރިކަމަށް އައީ ޕާޓީއަށް މަނޫން މީހަކަށް އިތުބާރު ނުރެވިގެން! މަ ކުރީ ސަރުކާރުގެ ކަރަޕްޝަނޭ ކިޔައިގެން ވާހަކަ ދެއްކީ އެހެން މީހުންވެސް ކިޔާތީ!! މަށަށް ރައިޔިތުންނާށް ވި ވާއްދުތައް ފުއްދަން ފުރުސަތު ލިބިދާނެ ކަމަށް ހީއެއް ނުކުރަން ވިއްޔާ! މަގޭ ޕާޓި އަށް ވެރިކަން ހޯދަ ދޭންވެގެން ޔޫރަޕާއި އިންޑިޔާ އަށް އެތަށް ކަމެއް ފަހި ކުރާނެ ކަމަށް ޕްރޮމިސް ކުރިން ވިއްޔާ!! ޢަނެއްކާ މިކަން ކާމިޔާބުވެސް ވީ ވޯޓް އޮޅުވާލައިގެން ވިއްޔާ!!މަށަށް ޕާޓި ރުހުންވެސް ލިބެން އޮތީ މަގޭ ރޫހާނީ ލީޑަރަށް ފުރުސަތު ދީގެން ވިއްޔާ!! ދެން ކާކު މަށަކީ!!
    މަށަކީ ފަހުގެ ތާރީކެއްގައި ގައުމް ފުށް އެންމެ ނާގާބިލް ޣައްދާރު!!

  55. ހަސަންކޮއި

    ރިޝްވަތާ ވައްކަމާ މަކަރާ ހީލަތުން ލިބުނު ވެރިކަމެއް އެއްދުވަސް ވެސްދިގު އިސްތިއުފާދީ ﷲއަށް ބިރުވެތިވޭ!!!!!!

  56. މާޕު

    އަނީގެ ބަލާ ބޮޑުކަމުން ތިއުޅެނީ އެއްދުވަހުވެސް ހަމަނޭވާ ނުލެވިގެން،،ދެންކިހިނެއް 5 އަހަރު ހުންނާނީ.
    އޭނަޔަށް ވެރިކަން ދެންދެން މައިތިރިއެއްނުވާނެ..

  57. ާަާމަ

    ޢީސްތިއުފާ ދީފަ ކެނެރީ ނަޝީދަށް ވެރިކަން ހަވާލުކުރަން ރާވަނީދޮގެއް އެސޮރު މަޖިލީހަށް ވަދެފަ ތިޔަގަނޑު ގަންނާނެ ތިބޭބަލަން ވަރަށް ފޫހިވޭ?

  58. ޓެމްްޕަލް ފްލާވަރ

    މިވާހަކައިންވެސް ހާމަވީ ކިނބުލައް އެއްޗެއް ނެންގޭ ޖާހިލުކަން. އިގްތިސާދު ކިހިނެއްތޯ 3 އަހަރު ދުވަސް ތެރޭ ރަނގަޅު ކުރާނީ؟ މަށަށް ހީވަނީ ލާދީނީ ނަޝީދު ބުނެގެން ކޮންމެސް މަޅިއެއް ޖަހަނީހެން މިފަހަރުވެސް.

  59. ކާފަބޭ

    25 އަހަރު މަޖިލީހު ގާއި ގޮނޑި ހޫނުކުރަން ބާއިންދާފާއި އިން ބުދެއް ހެން އިންމީހަކު މަޖިލީހު ގާއި އިންއިރު ވެސް ދާއިރާގެ މީހަކު ސުވާލެއް ކުރިޔަސް ބުނަނީ މީ ތިމަންނާ ގަނެފަ އިން ގޮނޑި އެކޭ އަވަހައް ރަށްކާވާށޭ. ދެން ފަސް އަހަރު ކީކުރަން އެއްއަހަރުވެސް ގިނަވާނެ ދެމަސް ވީއިރު ތިޔާހުރީ ބޯގޮވާފަ.

  60. ކާފަބޭ

    25 އަހަރު މަޖިލީހު ގާއި ގޮނޑި ހޫނުކުރަން ބާއިންދާފާއި އިން ބުދެއް ހެން އިންމީހަކު މަޖިލީހު ގާއި އިންއިރު ވެސް ދާއިރާގެ މީހަކު ސުވާލެއް ކުރިޔަސް ބުނަނީ މީ ތިމަންނާ ގަނެފަ އިން ގޮނޑި އެކޭ އަވަހައް ރަށްކާވާށޭ. ދެން ފަސް އަހަރު ކީކުރަން އެއްއަހަރުވެސް ގިނަވާނެ ދެމަސް ވީއިރު ތިޔާހުރީ ބޯހގޮވާފަ.

  61. ސަގަރު

    ދެން އަވަހަށް ފައިބައިގެންދޭ ނުވާނެޔޭ ބުނެފަ.

  62. ސަގަރު

    ފިލާ ރައްކާވޭ ކާކުބުނެގެން ވެރިކަމަށް އައީ