މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ޢަމުރު އަދިވެސް ތަންފީޒު ނުވާކަމަށް، ރައީސް ޔާމީންގެ ސަރުކާރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވި ޢަބްދުﷲ ނަވާޒު ވިދާޅުވެއްޖެ އެވެ.

ނަވާޒު މިހެން ވިދާޅުވީ، "އަވަސް ހުކުރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދަންނަވަންތޯ. ޤަބޫލުފުޅުކުރައްވަންތޯ ސްޕްރީމް ކޯޓުގެ ޢަމުރު ތަންފީޒު ވެއްޖެ ކަމަށް. މިހާރު ދެން އެހެން ސަރުކާރެއް މި އޮތީ. އަމުރެއް އައީމަ އަމުރެއްގަ އޮތް ހުރިހާ ކަމެއް ނިމެންޖެހޭނެ، ޤަބޫލުފުޅު ކުރައްވަންތޯއޭ އެ ޢަމުރު އެއްކޮށް ތަންފީޒުވެ ނިމިއްޖެ ކަމަށް." ނަވާޒު ވިދާޅު ވިއެވެ.

އިތުރަށް ވާހަފަފުޅު ދައްކަވަމުން ނަވާޒު ވިދާޅުވީ، ޢަމުރެއް އައިސްފިނަމަ އެ ޢަމުރެއް އެއްކޮށް ތަންފީޒުކޮށް ނިންމަންވާނެ ކަމަށާއި، އޭގެތެރެއިން ބައެއް ތަންފީޒުކޮށްފަ އަނެއްބައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"މިއަދުގެ މި ހިސާބަށް އައިއިރުވެސް އެ ޢަމުރެއް ތަންފީޒެއް ނުވެ އަދިވެސް. އިނގޭތޯ. އަދިއެއް ނުވެ ތަންފީޒެއް. އެ ހަމަ ޔަޤީން. އެހެންވީމަ މިއަދު ގައިމުވެސް އަޅުގަނޑަށް ޤަބޫލު މި ކުރެވެނީ ކޮންމެވެސް ސަބަބެއް ހުރީމައޭ އޭރުގަވެސް އެ ޢަމުރު ތަންފީޒުވެ ނުވެ ދިޔައީ" ނަވާޒު ވިދާޅުވިއެވެ.

ހަމައެހެންމެ، އޭރުގެ ސަރުކާރުންވެސް މީޑިޔާ މެދުވެރިކޮށް އެ ޢަމުރުގައި ހުރި ކަންބޮޑުވުންތައް ހާމަކުރަމުންގެންދިޔަ ކަމަށާއި، އަދި ޢަމުރު ތަންފީޒު ކުރުމާއި ގުޅޭ މަޝްވަރާތައްވެސް ކުރިއަށް ދިޔަ ކަމަށް ނަވާޒު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު ޢަމުރަށް މިއަދަށް އެއް އަހަރުވީއެވެ. އެ ޢަމުރަކީ އޭރު ޖަލުގައި ތިބި " ސިޔާސީ ކުށްވެރިން " ކަމަށް ބުނާ ގިނަ ބަޔަކު ދޫކޮށްކުމަށް ކޮށްފައިވާ ޢަމުރެކެވެ. ހަމަ އެހެންމެ، އެ ޢަމުރުގައި ހިމެނޭ މީހުންގެ ތެރެއިން ، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ފިޔަވައި ، އެހެން ހުރިހާ މީހުން ، ކޮންމެވެސް ސިފައެއްގައި ވަނީ މިނިވަންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޮކި

    ނަވާޒޫ ކަލޭގެ ލަދުކޮބާ!

  2. ގަނޑެކޭދޯ

    ނިމިދިޔަ އަހަރުގެ ފެބް އެކެއްގައި ދަނަހަލާލު ކޯޓް އަމުރެއް ނެރެގެން މަމެންނަށް ޝޮކް އެން އޯވް އެއް ދިނީ ތަމެން ނޫންތޭ ތަމެން ހީކުރީ ތަމެން ޖަލުން ދޫކުރާނެ ކަމަށްތޭ ދޫކުރިތޭ ނޫން ނުކުރޭދޯ ލޯންޗަށް އަރާ ހުއްޓާ ދަމާ ފައި އަނެއްކާ ގެންގޮސް އޮންނާނީ ޖަލަށް ގަޅާލާފައޭ މަމެން ޕިންކީން ކުރީ މިރާއްޖޭގެ ތާރީޚް ގައި ވެސް ކުރި ހަމައެކަނި ޖެންޓުލްމެން ސްޓައިލްގެ ވެރިކަމަކީ ތަމެންނަށް މަމެންނާއި 1000 ކިލޯމީޓަރު ގާތަށް ވެސް ނާދެވޭނެއޭ ނުރައްކާތެރި އާލާތް ގަނޑެކޭދޯ..

  3. އެލެކްސް

    ނަވާޒު އަމުރު ތަންފީޒު ނުކުރީނު އެމްޑީޕީ އާއި ޖުމްހޫރީ އިން ދިން ފައިސާ އަށްވުރެ ގިނަ ފައިސާ އެހެންފަރާތަކުން ހައްޕަޅާލީ ނު

  4. މަހަށްދޭބަލަ

    ލޯނު ދިނީ ރާއްޖޭން އެދުނު ގޮތަށް؛ ދަރަންޏާ މެދު މަޝްވަރާކުރަން ތައްޔާރު ކަމަށް ޗައިނާ އިން ބުނާއިރު ވެސް ބްރިޖް އިން އެއްވެސް ޓޮލް އެއް ނުނަގާ ހިލޭ ތަމެން ދަތުރު ކުރަނީ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީއެއް ނޫންތޭ ހަމަ މިހާރު ފައިބާ ބްރިޖް މަތިން ފައިބާ ފައިބާ ފައިސާ ނުދީ ބްރިޖް މަތިން ދަތުރު ނުކުރެވޭނެއޭ މީ ދަ ރާއްޖެތެރެއެއް ނޫނޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  5. ނުރައްކަލޭ

    ސުޕްރީމް ކޯޓުގެ އަމުރަކީ ހުދުމުހުތާރު ވެރިކަމެއްގެ މައިބަދަ ބިންދައިގެން ދިޔަ އަމުރެއް ބުނެ ތަމެން ނެރުނު ދަ ނަހަލާލު ކޯޓް އަމުރު އަދިވެސް ތަންފީޒު ނުކުރެވެއެއް ނޫންތޭ ކިއެއްވެތޭ ބްރޯ ދޫކޮށް ނުލައިގެން އުޅެނީ މިއިން އެގިގެން ދަނީ އެއީ ދަ ނަހަލާލު ކޯޓް އަމުރެއް ކަން ގާޒީ އަކު ވަގަށް ނުނަގާ ކަމަށް ނުނިންމޭނެއޭ އެއީ ލިވިންގް ހެކި ތައް އެބަހުއްޓޭ އެކަމަށް ފެންނާން ތަމެން އަޑީގައި ތިބެގެން ނެރުނު ދަ ނަހަލާލު ކޯޓް އަމުރު އެއީ ނުރައްކާތެރި އަމުރެކޭ..

  6. ރެކިފުތާ

    ތި އަމުރުގައި މިނިވަންކުރަން ބުނާ އަދީބު ވަނީ ހަމަ ސްޕްރީމް ކޯޓުން ފަހުގެ އަމުރަކުން ޖަލަށް ބަދަލުކޮށްފައި. ދެން އޮތީ ނަވާޒްމެން ހައްޔަރުގައި ބާތިއްބައިގެން އަނިޔާކޮށް މެރި މީހުންގެ މައްސަލާގައި ސްޕްރީމް ކޯޓުން ނަވާޒް ހައްޔަރުކުރަން ނެރޭ އަމުރު ތަންފީޒް ކުރުން. އޭގެތެރޭގައ ހުސައިން ސަލާހުގެ މަރުގެ މައްސަލަވެސް ހިމެނޭނެ. ޖުމްހޫރީ ޕާޓީއަށް ސޮއިކުރިއަސް ސަލާމަތެއްނުވާނެ. ކޮންމެސް ދުވަހަކުން އިންސާފު އަރާ ހަމަކުރާނެ. އެދުވަސްވަނީ ދާދި ކައިރީގައި އިންތިޒާރުކޮށްލައްވާ.

  7. ބެއްޔާހުއްތު

    ސްޕްރީމް ކޯޓުން ދެން އެންމެ އަވަހަށް ނެރޭނީ ޖަލުގައި މަރާލި ހުސައިން ސޮލާހުގެ މަރުގެ ތުހުމަތުގައި ނަވާޒް ހައްޔަރުކުރަން ނެރޭ އަމުރު އޭރުން ފެބްރުއަރީ 1 އަމުރުވެސް ތަންފީޒް ވާނެ.

  8. ދަތްދޫނި

    މި ސަރުކާރަށް މަމެން ރައްޔިތުން ގޮވާލަނމު. ނިމިދިޔަ ސަރުކާރަށް ސްޕްރިމް ކޯޓުން އިއްވާފައިވާ އަމުރަށް ތަބާ ނުވެ އެ އަމުރު ތަންފީޒު ނުކުރި ފަރާތް ތައް މިހާރުން މިހާރަށް ހިފާ ހައްޔަރު ކޮއް އެވެރިންގެ މައްސަލަ ބެލުމަށް. ޤާނޫނު އަސާސީ އާއި ޙިލާފުވި ފަރާތް ތަކާއި މެދު ހަރުކަށި ފިޔަވަލު އަލަންޖެހޭނެ.