މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ދިއްގަރު ދާއިރާގެ މިހާރުގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫން ވާދަކުރައްވާނީ މައްޗަންގޮޅި އުތުރު ދާއިރާއަށްކަން އިއުލާން ކުރައްވައިފިއެވެ.

ފާރިސް މައުމޫން މިކަން އިއުލާން ކުރައްވާފައިވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ހަޟުރަތުން ވާތްގަށް އެދި، އެންމެންނަށް އިންސާފާއި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް އެދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަމުގައެވެ.

"މާތް ﷲ ގެ ހަޟުރަތުން ވާގި އެދިހުރެ، އެންމެނަށް އިންސާފާއި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ނިންމައިފިން." ފާރިސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނުގެ ތާއީދާއެކު، ގިނަ އަދަދެއްގެ ކެންޑިޑޭޓުން، އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    އަޅެ މިފަހަރު އެނގިދާނެ މައްޗަންގޮޅި އުތުރު ދާއިރާގެ މީހުންގެ ޙައްޤުތައް ހޯދައިދޭވަރު! ދިއްގަރު ދާއިރާގެ މީހުންގެ ހޯދައިދިން ޙައްޤުތައް ގިނަކަމުން އެމީހުން އެތިބެ އުޅެނީ ސަލާމަތްނުވެގެން!

  2. އެލެކްސް

    އިންޝާﷲ ނުހޮވޭނެ

  3. ވަހީދު

    މާތްﷲގެ ވާގިފުޅާއި އެކު މިމީހާ ނުހޮވުނިއްޔާ ރަނގަޅީ.

  4. ކަލޯބެ

    ހަނދާން ނައްތާލާ!!

  5. ސައިނީ

    އެދާއިރާގެ މީހެއް ނޫނިއްޔާ ހޮވާނެ ކަމެއް ނެއް ދިވެހި ރުޑިންނޭ