ބޭރު ސިފައިން ގެނެސްގެން ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ކުރި މަސައްކަތް ބަލައި ނުގަނެވޭނޭކަމަށާއި ގައުމުގައި ބަޢާވަތް ކުރަން އިދިކޮޅު ފަރާތް ތަކަަށް ފުރުސަތެއް ނުދޭނަން ކަމަށް އެމްޕީއެލްގެ ޕީއާރު މެނޭޖާރ އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް، އެމްޑީއޭ އަދި ޑީއާރުޕީގެ ޔޫތް ވިންގް އިން އިސް ނަގައިގެން "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ، މި ގައުމަތް ބަޢާވަތް ކުރަން އިދިކޮޅު ފަރާތް ތަކަަށް ފުރުސަތެއް ނުދޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު ބަޢާވާތަކީ މުޅި ގައުމަށް ގެންނަން އުޅުނު ބަޢާބާތެއް ކަމަށެވެ.

ނަރީޝް ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އަކީ ދިވެހި ތާރިހު ނުދެކޭފަދަ ބޮޑު ގައްދާރެއް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވީ ވެރިކަން ކުރައްވަން އެނގިވަޑައިނުގަތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކެނެރީގޭ ނަޝީދު އަށް ރައްޔިތުން ވެރިކަން ކުރަން ފުރުސަތު ދިނީމަ ވެރިކަން ކުރަން ނޭގިގެން އަމިއްލަޔަށް އިސްތިއުފާ ދީފަ ގައުމު ދޫކޮށް ފިލީ. އަޅުގަނޑު ދިވެހި ރައްޔިތުންނާއި ކޮޮއްލަން ބޭނުންވާ ސުވާލަކީ، މީނަގެ ކޮންކަމަކަށް ރައްޔިތުން އަރައިގެންފައި އޮތީމަ ތޯ ރައްޔިތުންނަށް އިރު އިރު ކޮޅާ ނޮހޮރައްޕާންކޮށް ރާއްޖޭގެ ވެރިކަން ވައްޓާލަން މިއުޅެނީ" ނަރީޝް ވިދާޅުވިއެވެ.

ގައުމަށް ގައްދާރުވުމުގެ ފުރުސަތު މިގައުމުގެ ޒުވާނުން ނުދެއްވާނެކަން ހާމަކުރައްވާ ރޭގެ ޖަލްސާގައި ނަރީޝް އިތުރަށް ވިދާޅުވީ، ގައުމުގެ ޒުވާނުން ތިބީ އެއްވާނެއްގައި ރައީސް އަށް 2018 ކާމިޔާބު ކޮދިނުމަށް ކަމަށެވެ.

ރައީސް އަބުދުﷲ ޔާމީނަށް ތާއީދުއޮތްކަން ހާމަކުރުމުގެ ގޮތުން ޕީޕީއެމް ރުމާލު ޖަގަހައިގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަރުދޫ

    ނަރީޝް ކަލޭ އަންނި ފަހަތުން ދުވި އިރުގެ ހަނދާން އެބަހުރިތަ .އަދިވެސް ކަލެގެ ހިތް އޮތީ އެފަޅީގަކަން ކަޝަވރު މިވަރަށް ބުނީމައެނގެންާވނެ.ތިކާކުކަން އެނގތީ މިބުނަނީ.

  2. ބޭރުމީހާ

    މިދެން ކާކު.ތިމާވަރެއް ނެތިގެން. ފުރަތަމަ.އަމިއްލަ ނަން ރަނގަޅުކޮށް ގައުމާ ގުލޭގޮތަކަށް ބަދަލުކޮއްބަނަ