މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާއަށް ޓީވީއެމްގައި ނޫސްވެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރެއްވި ހީނާ ވަލީދު ވާދަ ކުރުމަށް ނިންމައިފިއެވެ. ހީނާ ވާދަ ކުރުމަށް ނިންމާފައިވަނީ ޕީއެންސީގެ ޓިކެޓްގައި ރައީސް ޔާމީންގެ ތާޢީދާއި އެކުގައެވެ.

މިހާރު ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އަހުމަދު ފާރިސް މައުމޫން ވަނީ އެ ދާއިރާއަށް ދެން ކުރިމަތިނުލައްވަން ނިންމަވާފަ އެވެ. އެ ދާއިރާއަށް މިފަހަރު ދެން ވާދަ ކުރައްވަނީ ރައީސް މަޢުމޫން ތާޢީދާއިއެކު، ކުރިން ވެސް ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު ނާޒިމެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގައި ވެސް ސިޔާސީ ނޫސްވެރިއެއްގެ ގޮތުން ހަރަކާތްތެރިވި ހީނާ ވަލީދުވަނީ، ޕީއެންސީ އުފެއްދުމުގައިވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ކެންޕެއިން ކުރުމުގައިވެސް ހީނާވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ހީނާގެ އިތުރުންވެސް ބައެއް ނޫސްވެރިން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާހަމްބެ

    ާދިއްގަރުދާއަށް ބޭނުންވަނީ އަންހެން މެންބަރެއްނޫން

  2. އެނޮނީމަސް

    ދިއްގަރު ދާއިރާއަށް ބޭނުންވަނީ ދާއިރާގެ ދަރިއެއް
    ދާއިރާގެ އަޑު އަހާނެެ ދަރިއެއް

  3. ނުރަބޯ

    ހީނާ އަކީ ޢިލްމީ ޤާބިލް އިޚްލާޞްތެރި ޒުވާން ބޭފުޅެކެވެ. އަދި އިތުބާރުކުރެވޭ ވެރިއެއްގެ ދަށުން މަސައްކަތްކުރާ ބޭފުޅެއްވެސް މެއެވެ. ވީމާ ދިއްގަރު ދާއިރާގެ ރައްޔިތުންނަށް އެބޭފުޅުންގެ އުއްމީދުތައް ޙަގީގަތަކަށް ހައްދަވައިދެއްވުމަށްޓަކައި މަޖްލިހުގެ ތެރެއިން ކުރަންވާ ވަކާލާތެއް ކުރުމުގައި އިންޝާﷲ، ހީނާ ފަސްޖެހިވަޑައިނުގަންނަވާނެކަން، ދާއިރާގެ ރައްޔިތުންނަށް ހީނާ ޔަޤީންކޮށްދެއްވައެވެ.

  4. ޕާޓޭ ގެ ޑެޑީ

    ނުހޮވޭނެ ވަރައް ސާފް

  5. ހުސްނުހީނާ

    މީނާ އަކީ އައްޑު ކަނބަލެއް. ދެންް މިއީ ކޮންދާއިރާއެް. ކޮބައިތޯ ދާއިރާއަށް ކޮށްދިން ކަމެއް......