އަންނަ އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ނިކުންނަނީ އަމިއްލަ ކުންފުނި ބޮޑުކުރަން ނޫން ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ނިސްބަތްވާގޮތަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން މަޖިލިސް އިންތިހާބަށް ކެމްޕޭނު ފެށުމުގެ ގޮތުން 'އެޖެންޑާ 19' އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މަސްލަހަތު ހިމެނޭ އެތައް ސަތޭކަ މިލިއަން ރުފިޔާގެ މައްސަލަތަކެއް ކޯޓުތަކުގައި ނުހިނގާ ކަމަށާއި، އެމްޑީޕީން ނިކުމެ އޮތީ ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް ކަމަށެވެ.

އެމްޑީޕީއަކީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ޕާޓީއެއް ކަމަށާއި އެ ޕާޓީން ހިންގާނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ކަމަށެވެ.

" އެމްޑީޕީގެ އަތް އޮތީ ބަންދުވެފައެއް ނޫން އަމިއްލަ ކުންފުންޏެއްގެ ފައިދާ ބޮޑު ކުރުމަކަށް. އަޅުގަނޑުމެންނަކީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ޕާޓީއެއް. މި ޕާޓީން ހިންގާނީ ސުލްހަވެރި ސިޔާސީ ހަރަކާތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ނިކުތީ އިސްލާހީ އެޖެންޑާއަކާއެކުގައެވެ.

" މިނިމަމް ވޭޖް ކަނޑައެޅުމާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގެއް ހޯދައި ދިނުމަށާއި މަޖިލިސް ނަޒާހަތްތެރި ކުރުވުން , އެޖެންޑާގައި ހިމެނޭ , މި ޕާޓީ ކަންބޮޑުވަނީ އެންމެ ކުޑަ އުޖޫރަ މީހަކަށް ނުދެވޭތީވީ، އަޅުގަނޑުމެންނަށް އެ މަސައްކަތް ކުރެވޭނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ގާސިމް އަށް ނުސީދާކޮށް ފާޑުވިދާޅުވެފައިވާއިރު ގާސިމް ވެސް ދަނީ ފަހަކަށް ނަޝީދަށް ނިސްބަތްވާގޮތަށް ޕޯޑިއަމް ތަކުގައި ފާޅުގައި ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ހާހާ ހީހީ ހޫހޫ ހޯހޯ ކޮބާ ޖާސިމް ގައިގަ ޖެހި ގާބުރީގަ ފިސާރި ޗަލަރު އެބަހުއްޓެއްނު!

  2. ހުއްބުލްވަތަން އަސްލު

    ކޮންމެ ކަމެއްވެސް ރީތިކޮށް ކުރުމާ ހުތުރުކޮށް ކުރުމާ ތަފާތު އޮންނާނެ، އޭގެ ކްލެސިކް މިސާލެއް ނަޝީދު ގާސިމަށް ފާޑުކިޔުމާ ގާސިމު ނަޝީދަށް ފާޑުކިޔުން މީ.

  3. ދަތްދޫނި

    ޖޭޕީ އަކީ ސިޔާސީ ޕާރޓީ އެއް ކަމަކަށް މަމެން ޤަބޫލެއް ނުކުރަމުއެވެ. އެއީ ވިޔަފާރި ކުންފުންޏެކެވެ.

  4. ކާސިމާ

    ނަޝީދަކީ އެއްގޮތުން ވަރަށް ބަރާބަރު މީހެއް. ގާސިމް ކަހަލަ ފައިސާއިން ހުރިހާކަމެއް ކުރެވުދާނެކަމަށް ހީވާ މީހުންނާ ޑީލު ކުރަން ނަޝީދު ބަރާބަރު.ނަޝީދުގެ މަސައްކަތް ކުރަނީ އިޚަލާސްތެރިކަމާއެކު ދިވެހިރާއްޖެއަށް ބަދަލެއް ގެނެވޭތޯ ކަމަށް ލަފާވަނީ. ގާސިމް އުޅެނީ ތިބިގޮތަށް ތިބެން. ޢެހެންގޮތަކަށް ބަދަލު ވެއްޖެނަމަ ގާސިމްގެ ހާލަތަށް އަތުވެދާނެ ނުރައްކަލަކުން ދިފާއުވުމަކީ ގާސިމްގެ އެޖެންޑާ ކަމަށްވެދާނެ

  5. މިއަދު

    ޤާސިމުގެ ހިއްވަރެއްހުރިއްޔާ ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލުހުކުމްޝަރުޢީ ނިޒާމުގެ ތެރެއިން އަލުން ފަށުވާ ތީނަގެ ބަލާ މިގައުމަށް އެއަށްވުރެ މަބޮޑުވާނެ މައިބަދަ ބިދިފައިއޮތް ޑިމޮކުރަސީއަކު މާބޮޑު ހަކަތައެއް ނުހުންނާނެ 13 އަހަރުގެ ޖަލުހުކުމް ދެވަނަފަހަރަށްވެސް ރިވިއު ކުރެވިދާނެ ނޫންތޯ ސްޕްރިންކޯޓުން އެފަޑިޔާރުން ތިއްބަވާނީ ހަމަ ތައްޔާރަށް

  6. ގެރި ބޯ

    އެމްޑީޕީ ނުކުތީ؛ 1- ބަރުލަމާނީ ނިޒާމަކަށް މިރާއްޖެ ބަދަލު ކޮށް، އަބަދު މިގައުމުގައި ސިޔާސީ ތަޅާފޮޅުން ހިންގަން.
    2- އިންޑިޔާ އަށް މިގައުމުގެ އެތެރޭގަޔާއި އަދި ބޭރުގަވެސް ބާރުތައްދީ މިގައުމު އަޅުވެތި ކުރުން ދާއިމަށް ވެރިކަމުގައި ހުރެވޭނެ ކަމަށް!
    3- އިސްލާމް ދީނާއި ސަރުކާރު ވަކިކޮށް، މަސްތުވާތަކެއްޗާއި، ރާ، އާއްމުކޮށ ލިބޭނެ ގޮތް ހެދުން!
    4- ބިރަކާއި ނުލާ ޕާޓީ ކުރެވޭނެ ގޮތް ހެދުން!
    5- ޒުވާނުންގެ އާބާދީ ތަޢުލީމާއި ތަހުޒީބުން މަހުރޫމް ކޮށް، ގައުމު ބޮޑު ވަބާޔަކަށް ހެދުން!

  7. އަލި

    ތި އެމް ޑި ޕީ ގެ ކޮރަޕްޝަން ،މައްސަލަތައް ބައިވަރު