ރާއްޖޭގެ ދިހަ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ބީލަމަށް ހުޅުވާލާފައިވަނީ މި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް، މި ނިޒާމު ޤާއިމު ކުރުމަށެވެ.

ފިނޭންސް އިން ހާމަކޮށްފައިވާ ގޮތުގައި، ބީލަމަށް ހުޅުވާލާފައިވަނީ ހއ. އުލިގަން، ގއ. ކަނޑުހުޅުދޫ، ތ. ކިނބިދޫ، ހދ. ނޮޅިވަރަން، ނ. ކެނދިކުޅުދޫ، ށ. މަރޮށި، ށ. ކަނޑިތީމު، ށ. ފޯކައިދޫ، ރ. ރަސްގެތީމު އަދި ބ. ހިތާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ގާއިމް ކުރުމަށެވެ.

އެ މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އުލިގަން، ކަނޑުހުޅުދޫ، ކިނބިދޫ، ކެނދިކުޅުދޫ، މަރޮށި، ރަސްގެތީމު އަދި ހިތާދޫގައި ކުރިއަށްގެންދާ މަޝްރޫޢުގެ ބިޑް ސެކިއުރިޓީ އަދަދަކީ 150،000 އެމެރިކާ ޑޮލަރެވެ. އިއުލާނުގައިވާ އެހެން ރަށްތަކުގެ ބިޑް ސެކިއުރިޓީ އަދަދަކީ 75،000 އެމެރިކާ ޑޮލަރެވެ،

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަދީމް

  މަޖްލިސް އިންތިޚާބަށް ޖަހާ މަޅި! ވިސްނައި ތިބޭތި ރައްޔިތުން!!1

 2. ސޯކާބެ

  މިއީހަމަޔަގީނުންވެސް މަޖިލިސް އިންތިހާބަށް ނުފޫޒް ފޯރާޒާތުކަމެއް ވަކިފަރާތަކަށް ފައިދާވާގޮތައް ކުޅެނީއެެއްކުޅިއެއް އެންމެންވެސް ރާޒުވާ ތަފާތަކީ މަގާމުގެ ތަފާތު ކުޅެނީހަމަ އެއްބަޔެއް ކުލަތަފާތުކޮއްލައިގެން ރަށްޔަތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ރަށްޔަތުންނޭ ހޭއަރައިގެން ސަމާލްވާތި މިވެރިންޖަހާބެރެކަށް ރަށްޔަތުން ނަށްހަދައިގެން މުޅިގައުމު އޮޔާމިދަނީ ސަމާލްވެތިބިއްޔާ ދަތުރޭ މުސްކުޅިން ބުނެ އުޅޭ ދަރިންނޭ ހޭއަރާތި އުލިގަން، ކަނޑުހުޅުދޫ، ކިނބިދޫ، ކެނދިކުޅުދޫ، މަރޮށި، ރަސްގެތީމު އަދި ހިތާދޫގައި ކުރިއަށްގެންދާ މަޝްރޫޢުގެ ބިޑް ސެކިއުރިޓީ އަދަދަކީ 150،000 އެމެރިކާ ޑޮލަރެވެ. އިއުލާނުގައިވާ އެހެން ރަށްތަކުގެ ބިޑް ސެކިއުރިޓީ އަދަދަކީ 75،000 އެމެރިކާ ޑޮލަރެވެ، މިކަމުންވެސް އެއްޗެއް ދޭހަވާނެ ވިސްނާބަޔަކަށް

 3. ދިސްވޭއޭ

  ދިހަ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގެ ބިޑް ސެކިއުރިޓީ އަށް 150 ހާސް ޑޮލަރު އޮތުމުން މިއިން އެގިގެންދާ އެއްޗަކީ މިހާރު މި ބިޑް ދިވެހި އެއްވެސް ކުންފުންނަކަށް ނުދީ ލަންކާ ނުވަތަ އިންޑިއާ ކުންފުންނަކަށް ދޭން އޮތީ ނިންމާފައި ކަން ދިވެހި ކުންފުނި ތަކަށް މަސައްކަތް ދޭނެ ކަމަށް އިބޫ އޮތީ ވައުދު ވެފައި އެކަން ކިއެއްވެތޭ ނުހިނގައިގެން މިއުޅެނީ.

 4. ޢަލީ މުޖުތަބަާ

  ކޮބައިތޯ ބ.ދަރަވަންދޫގައި އަޅަން ބުނި ފެނާއި ނަރުދަމާގެ ނިޒާމް. ކޮން އުސޫލަކުން ތޯ ރަށްތައް ކަނޑަ އަޅަނީ. ކިތައް ގެސްޓް ހައުސް އެބަހުރިތޯ ދަރަވަންދޫ ގައި. މުހިއްމު ވަނީ ކޮން އަުސޫލަކުން ތޯ؟

  • ޕޯޓޭޓޯ

   އަޅެ ކަލޭތިހުރީ ކަރުގަ ކަށްޓެއް ތާށިވެފަތަ..

  • މީ ތެދު

   އަދިވެސް މަދީތަ ކަލޭ މެންނަން ލިބެފަ އޮއް އެއްޗެހި .މުޅި ބ.އަތޮޅު ހިމާޔައް ކޮއްގެން ލާރި ކާ 3 ރަށުން އެއް ރަށް ތީ.އެވެސް މަދީ.؟؟؟؟؟؟