ދިވެހި ސިފައިންނާ ކުރިމަތިލާން ވިސްނުމަކީ ވަރަށް ބޮޑު ގޯހެއްކަމަށާއި އަދި އެއީ އެހާމެ ބޮޑު ޤާނޫނީ ކުށެއްކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އަމިއްލައަށް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ މިރޭ ޕީޕީއެމްގެ އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު އާދޭހާއެކު ދަންނަވާލާނަން! މިހާރު މަގުމަތީގައި ވިއްސިވިހާލިވެގެން ނަމަވެސް އެއުޅޭ ޒުވާނުންގެ ބެލެނިވެރިން...އެމީހުންގެ ދަރިންނާއި މައިންބަފައިންނަށް ދަންނަވާލަން ބޭނުން ދިވެހި ސިފައިންނާ ކުރިމަތިލައްވަން ކެރިވަޑައިނުގަންނަވާށޭ. އޭގެން ލިބޭ ގެއްލުމުގެ ޒިންމާ ނަންގަވަން ޖެހޭނީ އަމިއްލަ ފުޅަށޭ އަދި އެއީ ޤާނޫނީ ވަރަށް ބޮޑު ކުށެކޭ." ނިހާން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން އިތުރަށް ވިދާޅުވެފައިވަނީ މުޒާހަރާގެ ބައިވެރިން ގޮވާ ހުތުރު އެއްޗެހިވެސް، ފުލުހުން ތަހަންމަލުކޮށްފާނެކަމަށާއި އެހެންނަމަވެސް، ސިފައިންނަކީ ވަކިކަހަލަ އަސްކަރީ އަޚުލާޤެއްގެ ބަޔަކަށްވުމުން، އެގޮތަށް ބަލަން ނުތިބޭނެކަމަށެވެ.

ނިހާނު އިތުރަށް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމްގެ ރިސޯޓުތަކުން މިހާރުވެސް 191 މިލިޔަން ޑޮލަރު ނުލިބި ވެއްޖެކަމަށާއި އެފައިސާތައް ލިބިއްޖެނަމަ، ރާއްޖޭގެ ބައިޠުލްމާމް އިބްރާހިމްގެ ރިސޯޓުތަކުން މިހާރުވެސް 191 މިލިޔަން ޑޮލަރު ނުލިބި ވެއްޖެކލު 791 މިލިޔަން ޑޮލަރަށް އަރާނެކަމަށްވެސް ވިދާޅުވިއެވެ.

ހަމައެހެންމެ، އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަމުން އަންނަ މ. ކުނޫޒު ބަންދުކުރަން ޖެހޭނެކަމަށްވެސް ނިހާންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ދީ

    ފުލުހުން ނާއި ސިފައިން އަށް ސެލިއުޓް ކުރަން.

  2. ކުރާތި

    މުޒާހަރާ ކޮށްގެން މަމެންގެ ވެރިކަން ވައްޓާނުލެވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. މަމެން އެއަށް ވުރެން ކުޅަދާނަ ވާނެ އެވެ. ރާއްޖޭގެ ރައްޔިތުން ގެ %85 ވޯޓް އިން ހޮވާފައިވާ ވެރިކަމެއް ކެނެރީގެ ނަޝީދު ކްރޭޒީ ވެ ހުރެ އޭނާ ބޭނުން ވުމުން އޭނާގެ ގޭންގްގެ ކުދިން ކޮޅެއް ނިކުތަސް އެޒާތަށް މަމެންގެ ވެރިކަން ވައްޓާނުލެވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުން ވެސް އެބަޖެހޭ މުޒާހަރާ އަށް ނިކުންނަ މީހުން ގެ ކުރި މަރާލުމަށް ޓަކައި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަން ކަން އިތުރު ކުރަން. މިހިނގަނީ މާރޗް މަސް. އެކަމަކު ސަރުކާރުން ރައްޔިތުންނާއި ގުޅިފައިވާ ކަންކަން ކުރުމުގައި ފަހަަތަށް ޖެހޭ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ. ކީއްވެގެންތޯ މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ނުކޮށް ގެން އުޅެނީ. އަދި ދުވާލަކު ފްލެޓްސް ދޭނެ 100 މީހުންގެ ނަން އިއުލާން ކޮށް ގެޒެޓް ކުރަންވީ. ފްލެޓެއްގެ މަހު ކުއްޔަކަށް ހަދަންވީ 2 ހާސް ރުފިޔާ. ކުރަންވީ މިކަން.

  3. ކުރާތި

    ރާއްޖޭގައި އެމްޑީޕީން ކުރާ މުޒާހަރާ ކޮށްގެން ރާއްޖޭގެ ވެރިކަން ވެއްޓިއްޖެނަމަ އިދިކޮޅު އެމްޑީޕީ އާއި ޖޭޕީ އާއި ދެމެދު ބޮޑު އަރައިރުން ވުމެއް އުފެދުމުގެ ނަތީޖާ އަކީ ގައުުމުގައި އަހުލީ ހަނގުރާމަ އެއް ފެށި ރާއްޖޭގެ ކަންކަމުގެ ތެރެއަށް އިންޑިއާ ވަދެ ރާއްޖޭގެ މިނިވަން ކަން ނަގާލުމެވެ. މީ އީޔޫ އިން އެކަން ކުރަން އުޅޭ ގޮތަކީ. މީ ސީދާ ޔަމަން އަށް ވެސް އެމެން ހެދިގޮތް. މީގެ ފަހަތުގައި ވަނީ އިސްލާމީ ގައުމެއްގެ ގޮތުގައި މިގައުމު އޮންނަ އިރު މިގައުމަށް ހިންދެމިޔަ ނުދޭން. ކަން މިހެން ހުރުމުން ސަރުކާރުން މިކަން ވިސްނާ ދިރާސާ ކޮށް ހެދުމަށް ފަހު މާލޭގައި ވިޔަފާރި ކުރާ ހުރިހާ ފަރާތް ތަަކަށް ގުޅި ފަޅުން ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޫކޮށްލަންވީ 100 އަހަރު ދުވަހަށް. އެމްޓީސީސީ އަށް ދޭންވީ ގުޅިފަޅު ހިއްކަން ހަމަ މިހާރުން މިހާރަށް. ކުންފުނި ތަކުން ކޮންމެ މަހަކު ދައްކާ ކުލިން އެކަން ކުރެވޭނެއެވެ. އެއީ އެއްވެސް ކަމެއް ނޫން.

  4. ބަލާބަލަ

    މުޒާހަރާގެ ތެރެއަށް ކަރުނަ ގޭސް ޖަހައިފި، އެކަމަކު މުޒާހަރާ ކުރިއަށް ގޮސް މުޒާހަރާ ނިމުނީ އިދިކޮޅު އެމްޑީޕީ ބަލި ވެގެންނެވެ. ސަރުކާރުން އެބަޖެހޭ މީ ބޮޑެތި އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދަށުން ކެނެރީގެ ނަޝީދު އޭނާ ވެރިކަމަށް އަތުވެއްޖެނަމަ މާލެ ސަރަހައްދުން އެމެންނަށް ފްލެޓްސް ތައް ދޭނެ ކަމަށް އިއުލާން ކޮށްގެން އޭނާ މަކަރާއި ހީލަތުން ކުރާ ކަމަކަށް ވާތީވެ މިކަން ހުއްޓުވަން. އެގޮތުން ބަލާއިރު ސަރުކާރުން އެބަޖެހޭ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ހައުސިންގް މިނިސްޓްރީ އަށް ފޯރމް ލާފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކޮށް އަދި އެ އެންމެންނަށް ފްލެޓްސް ތައް 2019 ވަނަ އަހަރު ނިމުމުގެ ކުރިން މާލެ ސަރަަހައްދުން ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރަން. ސަރުކާރު ބާރުގައި އޮވެެމެ މިކަން ނުކުރަން ފަސް ޖެހެނީ އެއީ ކީއްވެގެން ކަން އެއް ގޮތަަކަށް ވެސް މަމެންނަށް ނޭގެއެވެ. ހިޔާ މަޝްރޫއުގެ ޝީޓް ޕައިލް މަސައްކަތް ނިމުނު ނަމަވެސް ވަކި ފަރުދުންނަށް ނޭގޭ ކަމެއްވާ ކަމަށް. އެމެންނަށް އިހްސާސް ވެ އެމެންނަށް ވޭކް އަޕް ކޯލެއް ލިބޭނީ އެމެންގެ އަތަށް ފްލެޓްސް ލިބޭނެ ކަމުގެ ލިޔުން އެމެން އަތަށް އަރާ ދުވަހުން ފެށިގެން. އެއިރަށް އެމެން އެތިބީ ސަރުކާރާއި އެކު ސްޓޭންޑް ބައިގައި ކަން ޔަގީންވެ ކަށަވަރު ވާނެއެވެ.

  5. ކީއްވެތޭ

    ސަރުކާރުގެ މަޑުމައިތިރި ކަމަކީ ބަލިކަށިވުމެއް ނޫން ކަމަށް އާޒިމާ ވިދާޅުވުން އޯކޭ އެވެ. އެކަމަކު ސަރުކާރު ބާރުގައި އޮވެމެ ބޮޑު ބަޖެޓެއް މިއަހަރަށް ފާސް ކޮށްދީފައި އޮތުމުން ވެސް ސަރުކާރަށް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަން ކަން ކޮށް ނުދެވޭ ކަން އިނގޭ ނޫސް ތައް ބަލާލުމުން ވެސް. ނޫހުގެ ފަލަ ސުރުޚީ ތަކުގައި ހުންނަނީ މުޅިން ވެސް އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން އަނބުރާ ގޭސް ގަނޑު ގަނޑު. އެއްގޮތަކަށް ވެސް ސަރުކާރުން ކުރިއަށް ނެރޭ އިގްތިސާދީ އެޖެންޑާ އެއް ނުފެނެއެވެ. ސަރުކާރުން ކީއްތޯ ވާނީ މާލެ ސަަރަހައްދު ގުޅި ފަޅުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކޮންމެ ކުންފުންނަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް 100 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް އެއްވެސް ބަދަލެއް ނާންނާނެ އުސޫލުން ދޭން އިއުލާން ކޮށް އަދި އެމްޓީސީސީ އަށް އެތަން ހިއްކަން ހަވާލު ކޮށް އެކަން ނުކޮށް ގެން އުޅެނީ. މިފަދަ ކަންކަން ސަރުކާރު ބާރުގައި އޮވެމެ ނުކުރަނީ އެއީ ކީއްވެގެންތޭ. ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލް އޮތީ ނިދާފައިތޭ. ހޭލާން ވެއްޖެ ނޫންތޭ ވިޔަފާރި ވެރިންގެ ހިތް ތަކުން މޮޅުވާން ވެއްޖެ ނޫންތޯ ވަގުތު އޮތްވާ މިކަން ކުރަންވީ ނޫންތޯ.

  6. ކޮބާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން ބޮޑު ސޯޅަ ޖައްސައިގެން މަމެންގެ ވެރިކަން ވެއްޓުނުތޭ. ނޫން ނުވެއްޓުނު ދޯ. ވެއްޓުނު ތޭ ނޫން ނުވެއްޓުނު ދޯ. ވެއްޓުނު ތޭ ނޫން ނުވެއްޓުނު ދޯ.ވެއްޓުނު ތޭ ނޫން ނުވެއްޓުނު ދޯ.ވެއްޓުނު ތޭ ނޫން ނުވެއްޓުނު ދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  7. ހައުކަމް

    އެެއްވުން މަނާ ސަރަހައްދުގައި މުޒާހަރާ ކުރުމަކީ އެއީ ގާނޫނީ ކުށެކެވެ. އެކަމަކު އެކުށް ކޮށްގެން ހައްޔަރު ކުރެވޭ މީހުން އަނެއް ދުވަހު ޕޮލިހުން ދޫކޮށްލުމުން މީގެއިން އެގިގެން ދަނީ ޕޮލިހުން ގާނޫނު މުގުރާލަން އާންމުން ނަށް ހިތްވަރު ދެނީ ނޫންތޭ. އެއްވުން މަނާ ސަރަަހައްދުގައި އެއްވާ މީހުން ސްޕެޝަލީ ޖުމްހޫރީ މައިދާނަށް އެއްވާ މީހުންނާއި މެދު ޖެހޭނެ ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅެން. އަދި އެކަމަށް ހިތްވަރު ދީ ޓްވީޓް ކުރި ހުރިހާ ފަރާތް ތަކާއި މެދު ވެސް ސަރުކާރުން ޖެހޭނެ ހަރުކަށި ފިޔަވަޅު އަޅަން. ތިޔާ ގޮތަށް މުޒާހަރާ ކުރާ މީހުން އަދި ޓްވީޓް ކުރާ މީހުން ގޮސް ޖަލުގައި ހަފްތާ އެއް ބާއްވާލާއިރަށް ހޭރެން ފަށާނެއެވެ. އެއިރަށް އެމެންނަށް އިނގޭނެ ގާނޫނާއި ޚިލާފު ކަންކަން ކުރުމަކީ އެއީ ކުށެއް ކަން އެއީ ބޮޑު ކުށެއް ކަން. މިކަން ކުރުމުގައި ފުލުހުން ފަސް ޖެހުން މީ ބޮޑު މައްސަލަ އެކެވެ.

  8. ބަލާތި

    އެއްވެ އުޅުމުގެ ގާނޫނާއި ޚިލާފަށް މުޒާހަރާ ކުރަން މިދުވާ ގިނަ މީހުންނަކީ އެއީ ކެނެރީގެ ނަޝީދުގެ ތިމާގެ މީހުން ދެން އޭނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދަށުން ދައުލަތުގެ މާލިއްޔާ ދަވާލި މީހުންނެވެ. ކަން މިހެން ހުރުމުން އެމްޑީޕީގެ ޕީޖީ ގްރޫޕް ވެސް މިކަން ދަނެގެން އެބަޖެހޭ އެމްޑީޕީގެ ލީޑަރޝިޕް އިން ކެނެރީގެ ނަޝީދު ދުރުކުރަން އަދި އޭނާގެ ސެކްރެޓޭރިއެޓް ވެސް ވަޒީފާ އިން ވަކިކޮށްލަން. ގައުމެއްގެ އިދިކޮޅު ސިޔާސީ ޕާރޓީ އެއް ނުހިންގޭނެ އެ ޕާރޓީގެ ބޮޑޭގެ ސެކްރެޓޭރިއެޓް އަކަށް އީގޯ ސިންޑްރޯމް ޖެހިފައި ތިބި ކްރޭޒީ އަންހެނުން ތިބެގެން. އެއީ ވާނެ ކަމެއް ނޫނެވެ.

  9. ޖައްސާތި

    މާލޭގައި ކުރާ މުޒާހަރާ ތައް ހުއްޓުވޭނެ ސަރުކާރުން ހުކުރެއް ހޮނިހިރެއް ނުބަލާ މާލެ ސަރަހައްދުގެ އެކި އެކި ތަރައްގީ ގެ މަޝްރޫއު ތައް އިއުލާން ކޮށް މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުންނަށް މާލެ ސަރަހައްދުން ބިން ދޭން މަސައްކަތް ކޮށް އެކަން ކަން އިއުލާން ކޮށްބަލަ. އެއިރުން ޔަގީން ބަދަލު އަންނާނެ ކަން ރާއްޖޭގެ ސިޔާސީ މައިދާނަށް. ޔަގީން ކަށަވަރު ބަދަލު އަންނާނެ ކަން.

  10. ކުރާތި

    ޔޫރަޕް މީހުން ރާއްޖޭގައި ގާއިމް ކުރަން ބޭނުންވާ ޑިމޮކްރަސީ އަކީ ކޮބައިކަން މުޒާހަރާ ކުރާ މީހުންނަށް ވެސް ނޭގެއެވެ. މުޒާހަރާ ކުރަން ނިކުންނަމީހުންނަށް އެމްޑީޕީން ވިސްނާ ދީފައި އޮންނަނީ ކެނެރީގެ ނަޝީދު މިރާއްޖޭގެ ވެރިކަމަށް ގާނޫނުގެ ބޭރުން ޔޫރަޕްގެ ބާރުގައި ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން ގެނެވޭނީ ހަމަ އެކަނި މިހާރު ރައްޔިތުންގެ %85 އިން ހޮވާފައިވާ ސަރުކާރު ވައްޓާލައިގެން ކަަމަށެވެ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ ރާއްޖޭގައި މިނޫން ގަވަރނިންގް ސިސްޓަމް އެއް ގާއިމް ކުރަން. އެގޮތަކީ އެއީ އަލަށް ގާނޫނެއް އުފަން ކުރަންވީ ގާނޫނާއި ޚިލާފަށް ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާމާލޭގައި މުޒާހަރާ ކުރަން ނިކުންނަ ޕާރޓީ ތައް 1 ބިލިއަން ރުފިޔާ އިން ޖޫރީމަނާ ކޮށް އަދި އެޕާރޓީ އަށް 30 ދުވަހުގެ ނޯޓިސް އެއް ދިނުމަށް ފަހު އެފަދަ ސިޔާސީ ޕާރޓީ އެއް އުވާލެވޭނެ ކަމަށް. އެފަދަ ގާނޫނެއް ހަމަ މިފެށުނު ހަފްތާގައި މަޖްލީހުން ފާސް ކުރަންވީއެވެ. އެއީ މީގައި މަދުވާ އެއްޗަކީ. މަދުވަނީ ގާނޫނެއް މިކަމަށް.

  11. ޟމމ

    މިއަދު ތިހެން ބުނަން އެގިއްޖެ ދޯ. މިއަދު ތިހެން ކަލެއަށް އުޅެވިދާނެ. މާދަމާވެސް އެބައޮތް..

  12. ވިސްނާތި

    އީޔޫގެ މަގްސަދަކީ އެއީ ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ވެރިކަމުގައި ކޮޅު ފައިން ޖެހުމެވެ. އެކަން މިދަނީ މިއަދު ފެނިގެން ވަރަށް ރީއްޗަށް ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށުން. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ ރާއްޖޭގެ ރަޖިސްޓަރޑް މީޑިއާ ތަކަށް ވެސް ޑިފަމޭޝަން ގާނޫނުގެ ދަށުން އިސްލާހެއް ގެންނަން. އެގެންނަން ޖެހޭ އިސްލާހަކީ ރާއްޖޭގެ އެއްވެސް ރަޖިސްޓަރޑް މީޑިއާ އަކުން ކުށްވެރި ވެގެން ޖަލަށް ހުކުމް ކޮށްފައިވާ ބަޔެއްގެ ޚަބަރު އެއްގޮތަކަށް ވެސް ގެނެސްދީގެން ނުވާނެ ކަމަށް. މިކަން ނުހުއްޓުވޭނެ ގަވާއިދަކުން. މިކަން ހުއްޓުވޭނީ ގާނޫނަކުން ނެވެ. މިރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަނީ އެއީ މީޑިއާ އިން ރާވައިގެން ކުރާ ކަންކަމަށް ވާތީވެ އެކަން ކަން އެބަޖެހޭ ހުއްޓުވެން. ކުށްވެރިންގެ ޓްވީޓްސް ތައް މީޑިއާ ގައި ޝާއިއު ނުކުރި ނަމަވެސް މީޑިއާގެ ވިޔަފާރި ހިނގާނެއެވެ. މީޑިއާގެ ވިޔަފާރި އެކަނި ނޫން ގައުމަށް ބޭނުންވަނީ. ގައުމުގެ މިނިވަން ކަން އެއަށް ވުރެން އަގު ބޮޑު.

  13. އެބަޖެހޭ

    އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން ރައްޔިތުންގެ އަޑު މަމެންގެ ސަރުކާރަށް އިއްވަފިއެވެ. އެއަޑަކީ އެއީ އެމެން މުސްކުޅި އަންހެން ވެރިން ވެސް ރޭގަނޑު ދަންވަރު ނިކުމެ ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން އެމެންގެ ފައިގެ ބޮޑުވާ އިނގިއްޔާއި ހަމައަށް ވިސްނައިގެން އެމެން ކުރާ މުޒާހަރާ އަކީ އެއީ ގާނޫނާއި ޚިލާފު މުޒާހަރާ އެއް ކަން އަންގާ ދިނީއެވެ. ކަން މިހެން ހުރުމުން ގާނޫނާއި ޚިލާފަށް މުޒާހަރާ ކުރާ ހުރިހާ މީހުންގެ އައިޑީ ކާރޑް ދިއްކޮށްލުމުން އޭނާ އަށް ލިބޭ އާސަންދަ 1 އަހަރު ދުވަހަށް ސަސްޕެންޑް ކުރެވޭނެ ގޮތް ހެދުމާއި އެ ފަދަ މީހެއްގެ ޕާރސްޕޯރޓް 1 އަހަރު ދުވަހަށް ހިފެހެއްޓުމާއި އަދި އެފަދަ މީހަކަށް ސަރުކާރުން ދޭ ހުރިހާ އިނާޔަތް ތަކާއި ފައިސާ ތައް ސަސްޕެންޑް ކުރުމާއި އަދި އެފަދަ މީހަކަށް ރާއްޖޭގެ އެެއްވެސް ބޭންކް އަކުން ލޯނެއް ދޫނުކުރުމާއި އަދި އެފަދަ މީހެއްގެ ބޭންކް އެކައުންޓް 1 އަހަރު ދުވަހަށް ފްރީޒް ކުރުމާއި މިއުސޫލު ތައް ބަޔާން ކުރާ ގާނޫނެއް އެބަޖެހޭ އުފަންވާން މި ފެށުނު ހަފްތާގައި ސަރުކާރުން.

  14. އެބަޖެހޭ

    ރޭގައި އިދިކޮޅު އެމްޑީޕީ އިސްވެ އޮވެ ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ އެމެން މާލޭގެ ޖުމްހޫރީ މައިދާނަށް އެއްވެ ކުރި މުޒާހަރާ އަކީ އެއީ ޢައިރު ގާނޫނީ މުޒާޙަރާ އެކެވެ. އެމުޒާހަރާ ކުރި މީހުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން އަދަބު ދެވެން ޖެހޭނެއެވެ. އެމީހުންގެ ތެރޭން ޕޮލިހުން ހައްޔަރު ކުރި މީހުން އެއީ އަދި މަޖްލީހުގެ އެމްޕީން ނަށް ވިނަމަވެސް އެމެން ދޫކޮށްގެން ނުވާނެއެވެ. އެއީ ގޯހެކެވެ. މަޖްލީހުގެ މެމްބަރުންނަކީ ފުރަތަމަ ގާނޫނަށް ތަބާވާން ޖެހޭނެ ބަޔަކީ. ރާއްޖޭގައި ގާނޫނާއި ޚިލާފަށް މުޒާހަރާ ކުރާ މީހުން ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށްފިނަމަ އޭނާގެ ޕާރސްޕޯރޓް އެއް އަހަރު ދުވަހަށް ފްރީޒް ކުރެވޭ ގޮތަށް އެއްވެ އުޅުމާއި ބެހޭ ގާނޫނަށް އެބަޖެހޭ އިސްލާހެއް ގެންނަން. އަދި އެފަދަ މީހަކަށް ސަރުކާރުން ދޭ ޕެންޝަން ފައިސާ އާއި އަދި އެހެނިހެން އިނާޔަތް ތައް ކެނޑޭނެ އެއް އަހަރު ދުވަހުގެ މުއްދަތަށް. މީގެ ބޭނުމަކީ އެގޮތަށް ނިކުންނަ މަދު ބަޔެއްގެ ސަބަބުން ގައުުމުގެ އިގްތިސާދު ފުނޑާނުލުމެވެ. އިގްތިސާދު ސަލާމަތުން އޮންނާނީ ގައުމުގައި ހަމަޖެހުން އޮވެގެން. އީޔޫ އިން އަރަބް ސްޕްރިންގް ގެނައި ގޮތަށް މިރާއްޖެ އަށް މޯލްޑިވްސް ސްޕްރިންގް ނުގެނެވޭނެއެވެ. އީޔޫ ޖެހޭނީ ދަނޑި ދަމަން އެކަމުގައި.

  15. ހަދަންވީއޭ

    ޖުމްހޫރީ މައިދާނަށް އެއްވާން މަސައްކަތް ކުރުމަކީ އެއީ އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފު ކަމެކެވެ. އެމްޑީޕީން އަނިޔާވެރިކަމޭ ކިޔާ ފަތުރަނީ އެއީ ޕްރޮޕެގެންޑާ އެވެ. އަނިޔާ އެއް ނުވާނެ އެއް ނޫން ދޯ ގާނޫނާއި ޚިލާފަށް އެމެން މުޒާހަރާ ކުރަން ނުނިކުތް ނަމަ. އެމްޑީޕީން ސަރުކާރަށް އިއްވަން ޖެހޭ އަޑެއް ނޯންނާނެއެވެ. އެމްޑީޕީ ވޯޓް ދީގެން ހޮވާފައިވާ ސަރުކާރެއް މިރާއްޖެ އަކު ނޯންނާނެއެވެ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ މިރާއްޖޭގައި ހަމަ ޖެހުން ނަގާލާ ރާއްޖޭގެ އިގްތިސާދު ފުނޑާލާ ރާއްޖޭގެ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ގާނޫނުގެ ބޭރުން ވައްޓާލަން ކެނެރީގެ ނަޝީދު ކުރާ މަސައްކަތް ތައް ސިޔާސީ ޕާރޓީ ތަކުގެ ގާނޫނަށް ގެންނަ ބަދަލަކުން އެފަދަ ޕާރޓީ އެއް އުވާލަން. ސިޔާސީ ޕާރޓީ ތަކުން މާލޭގައި މުޒާހަރާ ކުރެވޭނީ އެއީ އެޕާރޓީ ގެ ހުރިހާ ގުނަވަން ތަކުން ފާސް ކޮށް އަދި މުޒާހަރާ އަށް ނިކުންނާނެ މީހުންގެ ވަނަވަރު އިލެކްޝަންސް ކަމިޝަނަށް ހުށައަޅާ ހުއްދަ ހޯދައިގެން ކަމަށް ހަދަންވީއެވެ.

  16. ދަބޭލެނިންގް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ޖަނގިޔާޒް އެން ބްރާސް ދަ ބޭލެނިންގް ދޯ ތަމެން. ދަ ބޭލެނިންގް ހާއްހަހަހާހާހާ ހަހަހަހާހާހާޙާ ހޮހޮހޮހޮހޮ...

  17. ގޮނާސަކް

    މާލޭގައި އެމްޑީޕީން ބޮޑު ސޯޅައިގައި ޖެއްސި މުޒާހަރާ އަކީ އެއީ ސީދާ މުތުލަޤު ލާދީނީ ކަންކަން މިގައުމުގައި އަށަގަންނަވަން ބޭނުންވާ އީޔޫ އަށް ދައްކަން ވެގެން އެމެން ޖެއްސި ދަ ލާދީނީ މުޒާހަރާ އެކެވެ. އެއަށް މަމެން ކިޔަނީ ދަ ލާދީނީ މުޒާހަރާ މިހެން ނެވެ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ. އޯއް ޔޭއް އިޓްސް ގޮނާ ސަކް ދޯ.

  18. އިސްތިއުފާ

    އިދިކޮޅު އެމްޑީޕީން ބޮޑެތި އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދަށުން ރާއްޖޭގެ ވެރިކަން ވެއްޓޭނެއޭ ކިޔައިގެން ދަ ރާއްޖެތެރޭ މީހުންނަށް އޮޅުވާލާ ދަ ރާއްޖެތެރޭގައި ތިބި ބިންމަތީގައި ފައިވާން ދަމަމުން ހިނގާ އެއްޗެހި ތައް މާލެ ގެނެސްގެން އެމެން ބޭއްވި ދަ ކަންޓްރީ ސައިޑް އީގޯ ސިންޑްރޯމް މުޒާހަރާ މަމެން ދުއްވާލީ ތޮޅި އަށޭ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. އެއް ގޮތެއް ވެސް ނެހެދޭނެއެވެ. އެމްޑީޕީ އާއި އޮން ބޯރޑް ވާނެ ސިފައިން ނެއް ވެސް ނުތިބޭނެ އަދި ފުލުހުން ނެއް ވެސް ނުތިބޭނެއޭ. އެމްޑީޕީ އަށް އަދި ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެން ނެވެ. އެމްޑީޕީގެ ލީޑަރޝިޕް ގައި ކެނެރީގެ ނަޝީދު އޭނާގެ ސެކްރެޓޭރިއެޓް ގައި ރަންރީނދޫ ޓްވިޓަރޭ މެން ތިބި ހާ ދުވަހަކު އެމްޑީޕީއަށް ޕޮލިހުން ވެސް އޮން ބޯރޑް ނުވާނެ ސިފައިން ވެސް އޮން ބޯރޑް ނުވާނެއެވެ. ކެނެރީގެ ނަޝީދު އާއި އޭނާގެ އާއިލާ އެންމެން އެމްޑީޕީގެ ހުރިހާ މަގާމް ތަކުން އިސްތިއުފާ ދޭންވީ. އީވާ ވެސް އިސްތިއުފާ ދޭންވީ މަޖްލީހުގެ ގޮނޑި ވެސް ހުސްކުރޭ..

  19. ލާދީނިއަންސް

    އެމްޑީޕީގެ އެކްޓިވިސްޓަކު މަޖްލީހުގެ މެމްބަރަކަށް ބިރު ދައްކައިގެން ހައްޔަރު ކޮށްފިނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ބިރު ދެއްކުމަކީ އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އިއްޔެ އެމްޑީޕީން ކުރީ އީޔޫ އަށް ދައްކަން ވެގެން ރާއްޖޭގައި ވެސް ލާދީނީ ފިކުރު ތަކަށް ތާއީދު އޮތް ކަމަށް ދައްކަން ވެގެން ކުރި މުޒާހަރާ އެކެވެ. އެމުޒާހަރާ ލޭބަލް ކުރެވެނީ ބޮޑަށް ލާދީނީ ކަންކަން ދިރުވާ އާލާ ކުރަން ވެގެން އެމެން ކުރި ކަމެއް ކަމަށެވެ. އެކަމަށް ބާރު ލިބޭ އެމެން މުޒާހަރާ ތެރޭން ހައްޔަރު ކުރި އަންހެން ވެރިންނާއި ފިރިހެން ވެރިންގެ ޑްރެސް ކޯރޑް ތަކުން ވެސް. ރަންރީނދޫ ޓްވިޓަރޭ މެން ޖެއްސި ލާދީނީ މުޒާހަރާ މަމެން އެވަނީ ކްރަޝް އަރުވާލާފައެވެ. އެއްގޮތެއް ވެސް ނެހެދޭނެއޭ ލާދީނީ ގެ މައްޗަށް ދީނީ ޕާރޓީން ކުރި ހޯދާނަމޭ ތަމެން ދެން މަހަށް ދޭބަލަ ރަންރީނދޫ ޓްވިޓަރޭ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  20. ލާދީނޭ

    މިހާރު ތާ މަމެންނަށް މިއެނގެނީ އެމްޑީޕީގެ މާރިޔާ ވެސް ބުރުގާ ނާޅާ އީވާ ވެސް ބުރުގާ ރަންރީނދޫ ޓްވިޓަރޭ ވެސް ބުރުގާ ނާޅަނީ އެއީ ކީއްވެގެން ކަން. އެމެން އެއީ އީޔޫ އަށް ދައްކަން ވެގެންނޭ ބުރުގާ ނާާޅާ ބޮލުގެ އިސްތަށި ގަނޑު ކަޅު ކޮށްގެން ކުރު ކޮށް އިސްތަށި ގަނޑު ބުރި ކޮށްގެން އެއުޅެނީ ދޯ. ރޭގައި ވެސް އެމްޑީޕީ މުޒާހަރާ އިން ހައްޔަރު ކުރި ވަރަށް ދުވަސް ވީ އަންހެނުން ވެސް ތިބީ ބުރުގާ ނާޅައެވެ. މީގެއިން ވެސް އެގިގެން މިދަނީ އެމެން ތާއީދު ކުރަނީ އެއީ އީޔޫ ވެސް ތާއީދު ކުރާ ބިލީފް އަށް ކަމަށް. އިއްޔެ ކުރި މުޒާހަރާ އަކީ އެއީ މިރާއްޖޭގައި ލާދީނީ ފިކުރު ޕްރޮމޯޓް ކުރަން ފެނޭތޭ ބަލަން ވެގެން އީޔޫ އިން ވަކަރަށް ޖަހާ ޓެސްޓް ކުރި ދުވަހެކެވެ. އެމެންނަށް މިރާއްޖޭގައި ލާދީނީ ފިކުރުތަކަށް ޖާގަ އޮތް ކަން އިނގޭ މިންވަރަށް މީހުން ގިނައިން މުޒާހަރާ އަށް ނިކުތް ނަމަ ދެން އެމެން ބަލާނީ އިދިކޮޅު ބޮޑޭ މެދުވެރިކޮށް ރިޝްވަތު ފައިސާ ދީގެން ގާނޫނު އަސާސީގެ މިބާބު ބަދަލު ކުރުމަށެވެ. އީޔޫ އެއީ ދަލާދީނީއަންސް ގެ މުއްލާ ދޯ. ރަންރީނދޫ ޓްވިޓަރޭ ވެސް ތިއްތި ކޮޅު ގައި ޓަޓޫ ކުރަހައިގެން އުޅެނީ އޭނާ ލާދީނީ ކަމުންނޭ މަމެން ބުނަން ނެތީމު ދޯ. ލާދީނީ ރަންރީނދޫ ޓްވިޓަރޭ ދޯ. ލާދީނީ ނޫން ނަމަ ތަމެން ބުރުގާ އަޅަންވީއެއް ނޫންތޭ.

  21. ދަލާދީނޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ މެން މަކަރާއި ހީލަތުން އިބޫ ޖުމްހޫރީ މައިދާނަށް ފޮނުވައިގެން އޭނާ ގާތަށް އެމްޑީޕީގެ މީހުން އެއްކޮށް ގެން ރާއްޖޭގައި ލާދީނީ ފިކުރަށް ތާއީދު އޮތް ކަން ދައްކަން ތަމެންނަށް ސްޓަންޓް ޖެއްސިތޭ ނުޖެއްސުނު ދޯ. މަމެން މީ ޔަމަން ގައި ކުރިން އޮތް ސަރުކާރު ފަދަ ކަނޑުކޮހުން ތިބި ސަރުކާރެއް ނޫނޭ މަމެން ނަކީ މީ ބިއުޓިފުލް މައިންޑުންނޭ މަމެން ދަންނަމޭ އީޔޫ އަކީ ކުރިން ވެސް ލާދީނީ ފިކުރު ތައް ޕްރޮމޯޓް ކުރަން ދުނިޔެއަށް ބަލާ ބޮޑު ކުރަން އުޅޭ ބަޔެއް ކަމަށް. އެމެން ލާދީނީ ފިކުރު ކުރިއަރުވާ އެމެންނާއި އެއް ފެންވަރުގެ މީހުން ގާތު. މަމެން ގާތަކު އެކަން ނުކުރެވޭނެއޭ އިނގޭތޭ. ރަންރީނދޫ ޓްވިޓަރޭ ލާދީނޭ ލާދީނޭ ލާދީނޭ ދަ ލާދީނޭ ދަލާދީނޭ.

  22. ހަސަނު

    ނިހާން އަށް އެކަނިދޯ ކުރިމަތިލެވޭނީ އަދި ބެރިކޭޓްސް މަތިން ފުންމޭނީ