އަވައްޓެރި ސްރީލަންކާގެ ބަންޑާނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ޑްރޯން އެރުވި މައްސަލައިގައި ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފިއެވެ.

ހައްޔަރު ކުރި އަންހެނަކާއި ތިން ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް، އަނެއް ދެމީހުން ދޫކޮށްލިއެވެ. ބަންދުގެ މުއްދަތު އިތުރު ކުރި ދެމީހުން ދޫކޮށްލީ ރޭގެ ވަގުތެއްގައެވެ. އެމީހުން ބަންދުން ދޫކޮށްލި ނަމަވެސް މައްސަލަ ފައިލް ކުރީކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ލަންކާގެ ޑްރޯން ގާނޫނު ބުނާ ގޮތުން ކެމެރާ ހުއްޓަސް އަދި ނެތަސް، 200 ގްރާމަށް ވުރެ ބަރު ކޮންމެ ޑްރޯނެއް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. ޑްރޯން އަރުވަން ޖެހޭނީ ދުވާލު މޫސުން ސާފުކޮށް އޮންނަ ވަގުތު އެވެ.

އެއްވެސް އެއާޕޯޓަކާ އަށް ކިލޯމީޓަރަށް ވުރެ ކައިރިން ޑްރޯން އެރުވުމަކީ ލަންކާގައި ވެސް މަނާ ކަމެކެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގެ އެއާޕޯޓްތަކެއްގައި ވެސް ޑްރޯން އެރުވުމަކީ މަނާ ކަމެކެވެ.

ހަތަރު ދިވެހިން ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތުމުން އެއާޕޯޓް ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން އިތުރު ސިފައިން އެއާޕޯޓް ސަރަހައްދަށް ޖަމާކޮށްފައި ވަނިކޮށެވެ. ރައީސް ޞާލިހް މިހާރު ހުންނެވީ ލަންކާ ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝައްތާރު

    ހޭދެބައި ވެފަ ޔޭ ތި ދިވެހިން އުޅެނީ ބޭރުގައުމު ތަކަށް ގޮސް..