ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން އިއްޔެ އޮޕަރޭޓް ކުރި ސްޕްލޭންތަކުގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލްން އިން މިއަދު ބުނީ، ތިނެއް ފެބްރުއަރީގައި ރެކޯޑް މިންވަރަކަށް ސީޕްލޭން އޮޕަރޭޓް ކުރި ކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް ސީޕްލޭންގެ 531 މޫވްމެންޓް ރެކޯޑް ކުރެވިފައިވާކަމަށް ބުންޏެވެ.

ކުރިން އެ ރެކޯޑް ހެދިފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 517 ސީޕްލޭން އޮޕަރޭޓްކޮށްފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއަށް ޖައްސާ ފްލައިޓްތައް އިތުރުވަމުން އަންނައިރު، އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އެ ޓާމިނަލްގެ މަސައްކަތް ނިމުމުން ގިނަ އަދަދަކަށް ފަސެންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ބެލެވެއެވެ.

ވީއައިއޭ އަށް އިތުރު އެއަރލައިންތަކުން ދަތުރުތައް ކުރަން ވަެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙިނި

    ޢިބުރާހީމް ބަހުންނަމަ 260

  2. ފްލައިޓް

    ބަޔަކު އެއާޕޯޓު އަތުލިކަން ރަނަޅެއްނު. އަދިވެސް ޖީއެމްއަރަށް ދީ ބަލަ އެއާޕޯޓު

  3. ނުރަބޯ

    ތިޔަކަމުން ވެސް އެނގިގެންދަނީ ރައީސް ޔާމީންގެ އިޚްލާޞްތެރިކަމާ، ރީނދޫމީހުންގެ ޣަދަރުވެރިކަމެވެ. އެމީހުންނަށް ވެރިކަން ލިބުމާއެކު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އެއަރޕޯޓު ރީނދޫ ޚާއިނުންނަށް ބައިއަޅާ ގޮތައް ދޫކޮށްލައިގެން ޖީބު ހުޅުވައިގެން ޑޮލަރު އަޅާލަ އަޅާލާ ތިބީއެވެ.