އިދިކޮޅު ފަރާތްތަކުގެ މަކަރާއި އޮޅުވާލުމަށް ހެއްލެން ދިވެހި ރައްޔިތުން ބޭނުން ނުވާކަން މިއަދު ސާބިތު ވެއްޖެ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިިނިސްޓަރ މުއިއްޒު މިހެން ވިދާޅުވީ ރޭ އިދިކޮޅު ފަަރާތްތަކުން "ހުއްޓުވާ"ގެ ނަމުގައި ބޭއްވި މުޒާހަރާއާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"އިދިކޮޅު ފަރާާތްތަކުން ހަދާ ދޮގުތަކާއި، މަކަރާއި، އޮޅުވާާލާ އޮޅުވާލުންތަކަށް ހެއްލިގެން، ގައުމު ހަލާކުުގެ ތެރެއަށް ވައްޓާލަން ހެޔޮވިސްނޭ ދިވެހިން މިއަދު ބޭނުން ނުވާކަން ސާބިތުވެ ނިމިއްޖެ." މިނިސްޓަރ ވިދާޅުވިއެވެެ.

މީގެ އިތުރުން ޓްވީޓުގައި ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންގެ ހިތްތަކުގައިވާ ގައުމީ ލޯތްބާއި ސާބިތު ކަމަކީ ގައުމީ ފަޙުރެއް ކަމަށެވެ.

އަތޮޅުތެރެއިން މީހުން ގެނެސްގެން އިދިކޮޅުން ރޭ ބޭއްވި މުޒާހަރާ ރޫޅާލާފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ރޭގެ މުޒާހަރާގައި ހަމަނުޖެހުން ހިންގާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މުޒާހަރާގެ ކުރިން އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، ގެޔަށް ވަންނާނީ ސަރުކާރު ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެހެން ރޭ ރޭގެ މުޒާހަރާާތަކެކޭ އެއްފަދައިން ރޭގެ މުޒާހަރާގައިވެސް އިދިކޮޅަށް އެއްވެސް ކަމެއް ހާސިލު ކުރެވިފައި ނުވެއެވެ.

ޕީޕީއެމް އިން ބުނަމުން ދަނީ އިދިކޮޅުގެ އަމާޒަކީ މާލޭގެ މަގުތަކުގައި ހަމަނުޖެހުން އުފެއްދުން ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ސަމާލުކަން ހޯދުމަށް ޖައްސާ ސްޓަންޓެއް ކަމަށް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޖެނެރަލް

  އަހަރުން ނުނިކުމެ މިތިބީ، ވޯޓް ލާދުވަހަކުން ތިކަން އިރާދަކުރެއްވިޔާ ދައްކަ ދޭނަން. ނުދޭނަން ޔާމީން އަށް ވޯޓް.

  • ޢަލީ

   އޯކޭ ތީ ތިބާގެ ހައްގެއް.

  • ޔޫސުބު

   އެހެންވީރު ވޯޓްލާ ދުވަސް އަންނަންދެން މަޑުން ކެތްތެރިނުވެވިގެން ތިޔައުޅެނީ ކީއްވެތަ ކަލޯ..މުޒާހަރާއަށް މީހުން ނުދާތީ ކަޑަވެގެން ކިޔާ އެއްޗެތި ތިހުންނަނީ...ހަމަ ރަނގަޅަށް އިނގޭ މިހާރު ރައީސް ޔާމީން ވޯޓުން ބަލި ނުކުރެވޭނެކަން ކަލޭމެންނަށް.

 2. ކެެރެޓްމާޓް

  ޑރ މުއިޒަކީ ވަރަށް ހިތްވަރުގަދަ ބޭފުލެއް އެއީ ގޭގަތިބޭ ބޭކާރު މިނިސްޓަރުން ގިނަ ކެބިނެޓަކާއި ބަލާފަ މިސާލަކަށް ޒެނީޝާ ކިޔާ ކުޑަ ކުއްޖާ

 3. Anonymous

  އެހެން މިނިސްޓަރ މުއިއްޒު މާލޭ މަގުތަކުގައި ފެން ބޮޑުވި ހަދާނެން ވެސް ދިވެހިން ނުހުންނާނޭ ބުނި ބީދާއިންދޯ.

 4. ހާޖަރާ

  އަހަރެމެން ނުނިކުމެ މިތިބީ އެންޑީބީ މީހުން ގައިގާ ތަޅާލަން މަޑުކޮށްލައިގެން އަދި ތަޅާނެ ކުދިން ހޯދައިގެން... ބޭނުން ޖެހުނީމާ ނިކުމެ ކުރިމަތިލާނީ ސަރުކާރާއި ދެކޮޅުވާ މީހުންނާ.. ދެން ގަދަބާ ބަޔަކު ގަދަވެ މަރުވާ ބަޔަކު މަރުވާނެ. އޭރުން މިކަން ނިމުނީ... މީ އިދިކޮޅު ލީޑަލުން ބޭނުންވާ ގޮތަކީ... މަޑުކޮށްގެން

 5. ކިނާން

  ސާބަހޭ މިނިސްޓަރ މިދިވެހި ގައުމާ ވަތަނާ ކުޅޭކަށް އެއް ވެސް ފަރާތަކައް ޖާގަދީގެން ނުވާނެ 16 ދިޔަތަނެއްވެސް ނޭގެ