ރޭގެ އިދިކޮޅު ފަރާތް ތަކުން ބޭއްވި "ހުއްޓުވާ" މުޒާހަރާގެ ތެރެއިން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހަންމަދު ސޯލިހް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފިއެވެ.

އެމްޑީޕީގެ ސެކްރެޓޭރިއެޓުން ކުރި ޓްވީޓެއްގައި މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ. ރޭ އިދިކޮޅު މުޒާހަރާގެ ތެރެއިން އިބްރާހިމް މުހަންމަދު ސޯލިހް ހައްޔަރުކުރީ ކޮންތާކުން ކަމެއް ސާފެއް ނުވެއެވެ.

ރޭ ފުލުހުން އިބޫ ހައްޔަރު ކޮށްފިކަމުގެ ރިޕޯޓްތަކެއްވެސް ފެތުރިގެންދިޔައެވެ. ނަމަވެސް، ފުލުހުން އޭރު އިބޫ ހައްޔަރު ނުކުރާކަން އެމްޑީޕީން މީސްމީޑިއާ މީޑިއާ މެދުވެރިކޮށް ކަށަވަރު ކޮށްދީފައި ވެއެވެ.

އިބޫ ޖުމްހޫރީ މައިދާން ސަރަހައްދުގައި ހުންނަވާ ފޮޓޯއެއްވެސް މީސް މީޑިއާގައި އާންމުވެފައި ވެއެވެ. އިބޫ ގާތުގައި އަންހެން ފުލުހަކު ހުންނަ މަންޒަރުވެސް ފޮޓޯއިން ފެނެއެވެ.

އިދިކޮޅުން ރޭ "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިއްޔެ ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަމީތު ވިދާޅުވީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް ރޭގެ މުޒާހަރާ ވެސް ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    ތީ މުގުލުގަ ތިބޭ މިހުން. ޙަރަދު ކުރަނީ ތި ބައިގަނޑު....

  2. ޢަލީ

    ތިމީހުންގެ މައްޗަށް ދަޢުވާކޮށްބަލަ ކޮންމެފަހަރަކު ދޫނިދުއަށް ގެންގޮސްފަ ދޫކޮށްލާތީއޭ މައްސަލައަކީ، އެއްވެ އުޅުމުގެ ޤާނޫނުގެ ދަށުން ކުއްވެރިވާނެކަން ކަށަވަރު. އެއީ ޤާނޫނު އަސާސީން ބާރުލިބިގެން ހަދައިފައި އޮތް ޤާނޫނެއް.