އަދާލަތު ޕާޓީއަށް އެމްޑީޕީގެ ވަރަށް ގިނަ ސިޔާސަތުތައް ގަބޫލު ކުރެވޭކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި، ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތެއް ދިނުން އަދި އަމިއްލަ އާމްދަނީން ޓެކްސް ނެގުންފަދަ ކަންކަމަށް އަދާލަތު ތާއީދު ކުރާކަމުގައެވެ.

"އަދާލަތު ޕާޓީއަށް، އެމްޑީޕީގެ ސިޔާސަތުތައް ޚާއްޞަ ގޮތެއްގައި އެބަ ވަރަށް ގިނަ ފަހަރަށް ޤަބޫލު ކުރެވޭ. އޭގެތެރޭގައި ޝަރުޢީ ނިޒާމު އިސްލާހު ކުރުން، އަމިއްލަ އާމްދަނީން ޓެކްސް ނެގުން، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން، ވަޒީފާއެއް ނުލިބޭ މީހުންނަށް ވަޒީފާއެއް ހޯދައިދިނުމުގައި އިނާޔަތެއް ދިނުން." ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ނަޝީދު މިއަދު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ އެންމެ ބޮޑު ވާޖިބަކީ ގިނަ ގޮނޑިތައް ހޯދުންކަމަށށާއި އަދި ކަންކަން ކުރާއިރު، ޕާޓީގެ އަސާސީ ގަވާއިދުގެ އެންމެ އަކުރަކާވެސް އަދި އެންމެ ފޮޅުވަތަކާވެސް ޚިލާފު ނުވާނެކަމުގައެވެ.

ކުރީގެ ރައީސް ނަޝީދު، މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް
ކުރީގެ ރައީސް ނަޝީދު، މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"އެމްޑީޕީގެ ރައީސްގެ ގޮތުން އަޅުގަނޑުގެ ވާޖިބަކީ މި ޕާޓީއަށް އެންމެ ގިނަ ގޮނޑޮ ހޯދޭނެ ގޮތެއް ހޯދުން. އަޅުގަނޑު އެކަން ކުރަން މި ޖެހެނީ ޕާޓީގެ ލިޔެފައި އޮތް ހިންގާ ގަވާއިދާ އެއްގޮތަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ގަވާއިދުގެ އެންމެ އަކުރަކާވެސް އަދި އެންމެ ފޮޅުވަތަކާވެސް އަދި ލަފްޒަކާވެސް ބަހަކާވެސް އަޅުގަނޑު ޚިލާފެއް ނުވާނަން." އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، މި ފަހަރުގެ އިންތިޚާބުގައި ވަރަށް ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ހޯދައިދޭނެކަމަށާއި އަދި އިރާދަކުރެއްވިއްޔާ އަދަޔާ ޚިލާފު އަޣުލަބިއްޔަތެއް ހޯދާނެކަމުގައެވެ.

"މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަރަށް ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ހޯދާނެ ... އަޅުގަނޑު އިރާދަކުރެއްވިއްޔާ ޕާޓީއަށް އާދަޔާ ޚިލާފު އަޣުލަބިއްޔަތެއް ހޯދާނަން." ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން، ނަޝީދު ވިދާޅުވީ އިއްތިހާދުވީ ސަރުކާރެއް އުފެއްދުމަށްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ކިތަންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނަސް ސަރުކާރު އުފެއްދުމަށް އެމްޑީޕީ ވެފައި އޮތް އެއްބަސްވުމަކާ ހިލާފު ނުވާނެކަމަށާއި އަދި ޚިލާފުވުމުގެ ރޫހެއްވެސް މި ޕާޓީއެއްގައި ނެތްކަމަށެވެ.

"އަބަދުވެސް އެމްޑީޕީން އެންމެ ފާހަގަ ކުރަނީ އިއްތިހާދު މި ވަނީ ސަރުކާރެއް އުފެއްދުމަށް. ސަރުކާރެއް އުފެއްދުމަށް އޮތް އެއްބަސްވުމުގައި އަޅުގަނޑުމެން އަބަދުވެސް އެ އެއްބަސްވުމަށް އިހުތިރާމް ކުރާނަން. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ކިތަންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނަސް އަޅުގަނޑުގެ އަމާޒުގައި ސަރުކާރު އުފެއްދުމަށް އެމްޑީޕީ ވެފައި އޮތް އެއްބަސްވުމަކާ ހިލާފެއް ނުވެވޭނެ. އަދި ވުމުގެ ރޫހެއްވެސް މި ޕާޓީއެއްގައި ނެތް." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހިޔަޅު

    ހައް ހައް ... ބޮޑު ހިޔަޅު.

  2. ލައްޓި

    ކަލޭ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ދައްކާ ވާހަކަތައްވެސް އަދާލަތު ޕާޓީން މިހާރު ގަބޫލުކުރޭ.

  3. ގައިމު

    ވަރަށް ބިރުހުރި މަކަރުވެރި ވާހަކަތަކެއް.

  4. ސުރައްޔާ

    ޤަބޫލުނުކޮށް ނުވާނެތާ؟ ޤަބޫލުނުކޮށްފިއްޔާ ޖެހޭނީ މަޤާމުތަކުން އަތްދޮވެލަންވިއްޔަ! ޤަވްމާ ދީނަށްވުރެ އެމީހުން ބޭނުމީ ނުއުފުލޭވަރުގެ މަޤާމުތައްވިއްޔަ! އެކަން އެމީހުން އެ ދައްކަނީ! ޢިމްރާނަކީ ސަރުކާރާދެކޮޅަށް ފުރަތަމަ ނުކުންނަމީހާކަމަށްވަތީ ޢިމްރާން އެހުރީ ބޮޑު މަޤާމެއްދީގެން ތުން ބަނދެފަ!

  5. ވަށީން

    ވެރިކަން ކުރާ ޕާޓީއައް ޕާލިމެންޓު މެޖޯރިޓީ ދިނުމަކީ ޑިމޮކްރަސީއައް ނުރައްކާތެރި އަދި ކަރަޕްޝަނާއި ޚުދުމުޚުތާރުކަމައް މަގުފަހިކުރާކަމެއް.. ވީމާ މިފަހަރު އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކައް ވޯޓެއް ނުދޭނަން.. އަދި ވަކީން ޚާއްސަކޮއް އާނިޔާ އަދި އިބުރާ ކަހަލަ ފާޅުގައި އިސްލާމް ދީނައް ފުރައްސާރަކުރާ މީހުންނައް ފިޔަވަޅު ނޭޅި ސަރުކާރަކައް އަހަރެމެން ކުރަންޖެހޭ ތާއީދެއް ނޯންނާނެ..

  6. މާރި

    މެޖޯރިޓީ ލިބިއްޖިއްޔާ ޖޭޕީ ޢަދާލަތު ސަރުކާރުން ބޭރު ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. މިކަމުގެ ސިގްނަލެއް އެދިނީ.

  7. އައްޑޫސިޓީ

    ވަރަށް ސާބިތުކަމާއެކު ބަލަންމިތިބީ އެމްޑީޕީގެ ސިޔާސަތު އަދާލަތައް ކަމުދަނީ ކިހާދުވަކަށްތޯ!

  8. ނުރަބޯ

    މިހާރު އެއީ އަދާލަތު ޕާޓީއެއްނޫން ޖަހާލަތު ޕާޓީ. ވިމާ ކަލޭމެންގެ ލާދީނީ ޢަލްމާނީ ސިޔާސަތުވެސް ޢިމްރާނު ވަޒީރުކަމުން ވަކިކުރަންދެން ގަބޫލުކުރާނެ.

  9. ޙފ

    ﷲ ގެ އިރާދަފުޅާއެކު ތިޔަބައިގަނޑު ބަލިކުރައްވާށި އާމީން

  10. ހުސޭނުބޭ

    އޮޅިގެންވެސް ކަލެއަށް ރަގަޅު އެއްޗެއް ބުނެވިއްޖެ! އަދާލަތުން އެމްޑީޕީގެ ލާދީނީ ސިޔާސަތް ލޮލުން ބޮލުން އެދިގެން ޤަބޫލުކުރޭ! އެތިބީނު ޝައިޚް އިލްޔާސްމެން، އިމްރާންމެން! އެމްޑިޕީން އިސްލާމްދީނަށް އެވަރަށް ހަޖޫޖަހާއިރުވެސް ކަހާތަން ހިރުވާލާތަ/

  11. މަ

    ޔާﷲ މިނުބައި މަކަރުވެރި އެމްޑީޕީއާ އެމީހުންގެ ބައިވެރިންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތް ކުރައްވާދޭވެ އާމީން

  12. ސިފްރޯން

    2008 ގައިވެސް މި ދޮގުހަދާ ނަޝީދު އަދާލަތައް ލަނޑު ދިން.. އަދި 2018 ގައިވެސް ކޯލިޝަންފަނިކޮށްލީ މިނުބައިކަލޭގެ.. މިވަރުންވެސް އަދާލަތައް ނުވިސްނޭތަ؟ ރައްޔިތުން ވިސްނާތި... އިލެކްޝަނުން މި އެމްޑީޕީ މޮޅުވެއްޖެނަމަ އިންޑިޔާގެ އަޅުވެތިކަމަށް ރާއްޖެ ގޮސް ނިމޭނެ

  13. ވިސްނާ ވިސްނާ

    ހިތި ކަދޫވެލެއްގެ ބުޑަށް ފެން ކަމުގައި މާމުއި އެޅިޔަސް އޭގައި އަޅާ އެއްޗެއް ފޮންޏެއް ނުވާނެއެވެ.

  14. ވިސްނާ ވިސްނާ

    ހިތި ކަދޫވެލެއްގެ ބުޑަށް ފެން ކަމުގައި މާމުއި އެޅިޔަސް އޭގައި އަޅާ އެއްޗެއް ފޮންޏެއް ނުވާބުޑަށް
    ހިތް އޮންނާނީ ދެލިގަނޑެއްހެންނެވެ.ކަން އޮންނާނީ ވެލިގަނޑެއްހެންނެވެ

  15. އެދުވަސް

    އަދާލަތަށް އެމްޑީޕީގެ ސިޔާސަތުތައް ޤަބޫލު ކުރެވޭ - ނަޝީދު

    ހެހެ މި ވާހަކަޔަށް އަދާލަތުން ރައްދު ނުދީފިނަމަ ދޭހަ ކޮއްދެނީ އަދާލަތަކީވެސް ހަމަ ލާދީނިއްޔަތަށް ގޮވާ މީހުންނަށް ހިތްވަރު ދޭ ޖަމާއަތެކޭ

  16. ބަބުރު

    ބޮނޑިބަތް ކައިގެންތިބޭ އެމްޑީޕީ ފިކުރުގެ މީހުން ނުވާނެ ސަހަލެއް.

  17. އެލެކްސް

    ދެޖަމާއަތަކީވެސް ގައުމު ފަސާދަކުރުމުގަ އަރާތިބިމީހުން ހިމެނޭ ޖަމާއަތްތަކެއް ގައުމިއްޔަތާއި ދިވެހި އިސްލާމް ދީނަށް ބޮޑު މަލާމާތެއް އިމުރާނެކޭ ނަޝީދެކޭއެއްވެސް ތަފާތެއްނެތް

  18. ސަފީގާ

    ރައީސް ނަޝީދު ވެއްޖެނޫންތޯ ދިވެހި ބަހުގެ ހަމަތަކާއި އެއްގޮތައް ހުންނަ އިބާރާތްތަކުން ވާހަކަ ދައްކަން..

  19. މިއަދު

    އަޅުގަނޑުގެ އަމާޒުގައި ސަރުކާރު އުފެއްދުމަށް އެމްޑީޕީ ވެފައި އޮތް އެއްބަސްވުމަކާ ހިލާފެއް ނުވެވޭނެ. އަދި ވުމުގެ ރޫހެއްވެސް މި ޕާޓީއެއްގައި ނެތް." ނަޝީދު ވިދާޅުވިއެވެ. އެހެންވެތަ 86 ދާއިރާއަށް މެމްބަރުންނެރުނީ އެހެންވެތަ ގާސިމު މަޖިލިހުގެ ރައިސްކަމުން ދުރުކުރުމަށް މަސައްކަތްކުރަމުންތިގެންދަނީ އެހެންވެތަ ރާއްޖެގައި ލާދީނީ މީހުންގިނަވަމުން މިދަނީ <<<<<<............""""""""""""""""