އިތުރަށް ރައްޔިތުންނަށް ޑިމާންޑުނުކޮށް ކޯލިޝަން ޕާޓީތަކުން މަޖިލިސް ހޮވުމަށް މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ގޮވާލައްވައިފިއެވެ.

ޝިފާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަތަރު ލީޑަރުން ވިދާޅުވި ގޮތަށް ރައްޔިތުން ވޯޓުދީގެން މިތިބީ ސަރުކާރެއް ގެނެސް، ޕާޓީތަކަށް މަގާމުތައް ދީގެން ކަމަށެވެ.

"ދެން ރައްޔިތުންނަށް އިތުރަށް ޑިމާންޑުކުރަން ނުޖައްސައި، ޕާޓީތައް ޕްރައިމަރީގައި ނުކުމެ ރައްޔިތުން ބޭނުންވާ ފަރާތަކަށް ވޯޓުދީ މަޖިލިސް ހޮވަން ޖެހޭ " ޝިފާ ވިދާޅުވިއެވެ.

ޝިފާ މިހެން ވިދާޅުވެފައި މިވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޖޭޕީއާއި އެމްޑީޕީ މެދުގައި ހިޔާލު ތަފާތުވެ ރައީސް ޔާމީނާއެކުވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްކޮށް މަސައްކަތް ކުިރުމަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނިކޮށެވެ.

މީގެއިތުރުން ޝިފާކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އިރުއިރުކޮޅާ ބައެއް ޕާޓީތަކުގެ ވެރިން، ދެމޭ ރަބަރެއްހެން ފައްތާލި އޮޑިއަށް އަރަން އުޅޭތަން ފެނުމުން ހައިރާންވާ ރައްޔިތުން އެބަތިބި ކަމަށެވެ.

ޤާސިމް ވިދާޅުވެފައި ވަނީ އަނެއްކާވެސް އެމްޑީޕީ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށެވެ. އަދި ގާސިމް ގެންދަވަނީ އެމްޑީޕީ އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފަހަކަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދދދދދ

    ކަޅުދައްތަ ތިހެން ބުނަން ލަދެއް ނުގަނޭތަ؟ ބޭނުން ހުރިހާ އެއްޗެއް ހަދާ ނިންމާގަ އެހެން މީހުން ގާތު މިކިޔަނީ ޑިމާންޑް ނުކުރާށޭ. ހަތަރެސްކަން ފޮށިގަނޑު ހަމައިގަތަ ތިހިރީ.

  2. ޥެރިން

    ރާގު ބަދަލުވީ މަޖިލީ ހަށްފަހު ހަދަން އޮށް އެތި ބޮޑުކަމުން.ވަރަށް ވިސްނާތި ކޯލިށަންގެ ބައިވެރިން

  3. ޝިފާ

    ޝިފާ މޮޔަވީތަ؟

  4. އަހްމަދު

    އަދިވެސް ތިއުޅެނީ މަޖިލިސް ކަންތަކާތަ؟ ބަލަތީ ޝިފާއަކާ ބެހޭކަމެއްނޫނޭ. ތިމާއާބެހޭކަންތައް ކޮށްބަލަ. ކޮބާ މަގުމަތިން ނަގަންބުނި ޕެލެޓްތައް؟ ބޭނުންނުކޮށް ގިނަދުވަސްވެފައި ހުރި އުޅަނދުތައް؟ ހުއްޓުވަންބުނި މަގުމައްޗަށްއަޅާކުނިތަށް؟ ހުރިހާކަމެއް ބޮޑުގުޅައަށް.