ހަތިޔާރު ނަގާ ހަނގުރާމަކޮށްގެންވެސް، މާތް ﷲ ގެ ވާގިފުޅާއެކު މި ޤައުމުގެ ދިފާއުގައި ހަނގުރާމަ ކުރާނެކަމަށާއި، ހަނގުރާމަކޮށްގެން ރާއްޖެއަކީ އިންޑިޔާގެ ސްޓޭޓެއްކަމަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅު ހަދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އޭނާގެ ރަސްމީ ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި، އޭނާ ސިފައިންގޭގައި އުޅުއްވި ދުވަސްވަރުގެ ފޮޓޯއެއްވެސް ހިމަނުއްވާފައިވެއެވެ.
އުމަރު ނަސީރުގެ ފޭސްބުކު ޕޯސްޓުގައި ތުހުމަތު ކުރައްވާ ގޮތުގައި އިންޑިޔާ އިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން ރުއްސައިގެން، ސިޔާސީ ކެމްޕޭންތަކަށް ފަންޑު ކޮށްދީގެން، 2030 އަންނަން ވާއިރަށް ރާއްޖެއަކީ އިންޑިޔާގެ ސްޓޭޓެއްކަމަށް ހެދުމަށެވެ.
"މި ޤައުމުގެ ސިޔާސީ ލީޑަރުން ރުއްސައިގެން، ސިޔާސީ ކެމްޕޭނުތަކަށް ފަންޑް ކޮށްދީގެން، 2030 އަންނަންވާއިރަށް، މި ޤައުމު އިންޑިޔާގެ ސްޓޭޓަކަށް ހެދޭތޯ ޕްލޭން ކުރާ ބިދޭސީންނަށް ދަންނަވަން. ހަތިޔާރު ނަގާ ހަނގުރާމަކޮށްގެންވެސް، ﷲ ގެ ވާގިފުޅާއެކު، މި ޤައުމުގެ މިނިވަންކަން ދިފާއު ކުރާނަން. އިން ޝާ ﷲ" އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވިއިރު، އިންޑިޔާ އިން ވަނީ ރާއްޖޭގައި ރާޑަރުތަކެއް ހަރުކުރުމުގެ މަސައްކަތް ފަށާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލްއަށް ވިދާޅުވެފައި ވަނީ ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ރާއްޖެއިން އެންމެ ބޮޑަށް އިސްކަންދެނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށެވެ.
ސާބަހޭ އުމަރު. ގާތްގަޑަކަށް ތިޑީލް ވަނީ ނިމިފައި މިހާރު.
ﷲ އަކުބަރު. އިރާދަ ކުރެއްވިއްޔާ ތިކަހަލަ ކިތަންމެ
ދަރިންނެއް ތިބޭނެ. އެ ދުވަހަކުން އެމް.ޑީ.ޕީ މުނާފިގު
ބައިގަނޑުވެސް ފޮނުވާލާނަން.
އުމަރާއެކު ތިހަގުރާމައިގަ މަވެސްބާއިވެރިވަން. އިންޝާﷲ. ނުކުންނަމާ އުމަރުގެ އޯޑަރަކަށް އެބައިންތިޒާރުކުރަން.
އުމަރު ނަސީރަށް އަޅުގަނޑު ސެލިއުޓްކުރަން. ޣައްދާރުންނަށް އިސްލާމީ ޝަރީޢަތުގައި އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން.
ރިޔާސީ އިންތިޚާބުވެސް އިންޑިޔާގެ ބޮޑު ރިސްވަތު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ދީގެން ދިވެހި ތާރީޚުގައި ނުހަދާވަރުގެ ބޮޑުމަކަރު ވޯޓް ކަރުދާހަށް ހަދައިގެން އިނޑިޔާ ބޭނުންވާ ގޮތަށް ހުރިހާކަމެއް ކުރާނެ މީހަކު މި ޤައުމުގެ ވެރިކަމަށް އަރުވައިގެން މިޤައުމު އަޅުވެތި ކުރުމަށް ކުރާ މަސައްކަތް ފުނޑާލާނެ ދިވެހި ދަރިން މިފަސްގަނޑުގައި ތިބިކަން އިނޑިޔާއިންވެސް އަދި ޤައުމުގައި ތިބި ޚާއިނުންވެސް ދަންނާތި. ލޭ އޮހޯރުވައިގެން ވިޔަސް މި ޤައުމު ސަލާމަތް ކުރާނެ. ކުރިޔަށް އޮތް މަޖިލިސް އިނތިޚާބުގައިވެސް ރިޝްވަތުގެ ބޮޑެތި ޖަރީމާތށް އިންޑިޔާ ފަންޑު ކޯށްދީގެން ހިންގާނެކަން ޔަޤީން. ރައްޔިތުން ވިސްނަވާތި.1111
ދީނާ، މަގެޤައުމާ މަގެވަޒަނާ ނުކުޅެއްޗޭ. ތާރީޚްބަލާ އެގިތިބެ ޣައްދާރުނުވައްޗޭ ދޭނޭ ދިވެހިންޖާން ވާނޭކެރިޤުރުބާން އީމާންކަންމަތީ އީމާންކަންމަތީ
އުފަލުން ރޮވިއްޖެ... އަޅުގަނޑު އަމިއްލަ ނަފުސާއި ޖާނާއި މާލުން އުމަރާއި އެކީގައި ތި ޖިހާދުގައި ބައިވެރިވާނަން.. ދިވެހިން ޣާފިލްކަމުގެ ނިދިން ހޭލަންވެއްޖެ.
ޢުމަރު އާ އެކު މަވެސް
އުމަރު އެކު ދިވެހި ގިނަރައްޔިތުން ތިޔަ ހަގުރާމާގަ ބައިވެރިވާނެ
އުމަރަކީ ރައްޔިތުން ލޭކައްކުވަން އުޅޭ މީހެއް. ލޭކެކެނީ ތަންދޮރު ނޭގޭތީ. އަހަންނަކީ އެމްޑީޕީ ފިކުރު މީހެއް. އެކަމަކު އަރެން ބޭނުން އިންޑިއާގެ ވިސްނުން އެގެން. ގައުމިއްޔަތޭ، ދީނޭ ކިޔައިގެން ސިޔާސީ މީހުން ވާހަކަ ދައްކަނީ ރައްޔިތުން މޮޔަ ހައްދަން ވެގެން. މޮޔަހެއްދި ވަރަކަށް ލޭކެކޭނެ. ލޭކައްކުވަނީ ނުވާ ކަންކަން ވާކަންކަމަށް ހަދައިގެން އަދި ނުވާ އެއްޗެހި ވާ އެއްޗިއްސަށް ހަދައިގެން
ކުރީ ސަރުކާރުގެ ދުވަސްވަރު ކަލޭ އުޅުނު ގޮތް ކިޔައި ނުދިނަސް ކަލެއަކީ ލާދީނީ ބައިގަނޑު މީހެއްކަން އެނގިއްޖެ. އަހަރުންގެ ހުރީ ދިވެހި ލޭ. މީ މުސްލިމު ދިވެހިން. ލޭ ކެކޭނެ. މާ ތަންދޮރު އެނގިފަ ލޭގަ އެއްވެސް ހޫނު ކަމެއް ނެތް ފިޮއް މަސްގަނޑެއްހެން ކަލޭ ހުރޭ. އަހަރުމެން ނުތިބޭނަން. ކޮރު އިބުރާ ގާތު ބުނޭ އަހަރުމެންގެ ލޭ ނުކައްކުވާށޭ
ތަންކޮޅެއް ލަސްވެއްޖެ.
މަނިކުފާނު ސަރުކާރު ތެރޭގައި ހުންނެވި އިރު އިންޑިޔާގެ ކަންކަން މަޑުޖައްސާލި ސަބަބު އެއިރުއްސުރެ ބަޔާން ކުރަމުން އައިނަމަ މިވެރިކަން މޑޕ އަކަށް ނުލިބުނީސް.
ތިކަމުގައި އެމީހުންގެ ކަންކަން ޔާމިންވެސް، އުމަރުވެސް އެއިރު ފާޅުކަން ބޮޑުކޮށް ނުދައްކާ. ވީމާ ނޭގޭ ދެން ބުނާނެ އެއްޗެއް
އައިލްވް ޔޫ އުމަރ
މިފަހަރު ބުރުމާވެސް ޖެހޭނެ ބައިބެރިކުރަން! ޢަދާލަތުގެ ތުބުޅިބޭ ބަހަށްޓާ! ދީނަށްޓަކާ ގައުމަށްޓަކާ މިނިސްޓަރުކަން ދީފަ ބަހަށްޓާ!
ތިޔައީ ކިތަންމެހާވެސް މުހިންމުއަދި ބޭނުންތެރިކަމެއް. ނަމަވެސް މިއަދުިޔަވަރު ކަމެއްގަ އަޑައްބާބާރުލާ އުމަރާއިއެއްކޮޅައް ބަސްކިޔާ މީހާވެސް މާދަމާ ފައިސާއަށް ހެއްލި ހޭރިޔާކޮށް ނުލާނެކަމުގެ އޮތީ ކޮންޔަގީކަމެއް؟ ދުނިޔެއާއިމެދު މިރާއްޖޭގެ ރައްޔިތުން މިވަނީ ހޭކެނޑިދާވަރުވެފަ.
ސާބަހޭ އުމަރަށް ތިޔަކަހަލަ ޤައުމުދެކެލޯބިވާ ދަރިން ގިނަކުރަށްވާށި ????
އަޅުގަނޑު މިހިރީ ތިކަމަ ތައްޔާރަ. މިޤައުމު މިދަނީ އަޅުވެތިކަމަކަ. ދިވެހި ކޮމެދަރިއަކު މި ޤައުމު ސަލާމައްކުރަން ޖެހޭ.
އުމަރާބުނާކަށް ރާއްޖެ އިންޑިއާގެ ސްޓޭޓަކަށް ހަދަން ހަދާކަށް ނެތް ހަދާނިމިއްޖެ. މާކުރިން އެއޮތީ ނަންވެސް ކިޔާފަ. ޖަޒީރާރާއްޖެ ދެއްތޯ.
އަޅުގަނޑު މިހިރީ ތި "ހަނގުރާމައިގަ" މިހާރުވެސް ބައިވެރިވެގެން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެން ދިފާއު ކުރާނަން. ލާދީނީ ސަރުކާރަށް ހަމަ ހިލާ ތަންފުކެއްވެސް ތިކަމުގަ ދޫ ދޭކަށް ނޫން މިތިބީ.
އުމަރު ޤާނޫނީ އިމުގަހުރުން ރަންގަޅު އުމަރު ހަތިޔާރު ނަގައިފި ނަމަޤާނޫނާ ޚިލާފުވާނެ މިހާރު އުމަރަކައް ހަތިޔާރު ގެންގުޅުމުގެ ހުއްދައެއް ނޯންނާނެ ހަތިޔާރު ނަގައިފި ނަމަ ކުރީގެ ކުރެވުނު ކުށުގެ މައްޗައް އަނެއް ކުއް ކުރެވޭނީ،ޤައުމުބައިބައި ކުރުވަނިވި ބީދައިން ވާހަކަ ނުފެތުރުން ލާބަޔާ މަންފާ ބޮޑުވާނެ
އެއްކަލަ މޮޔަ ސޮރު
ޢުމަރާ ކަލޭ ދުނިޔޭގައި ހުރިކަން އަންގާލަނީތަ؟
ޢުމަރު ތިހެން ބުނީމަ މުސްލިމް ދިވެހިންނަށް ވަރައް ހިއްވަރު އާދޭ ބޭނުންވަނީ ތިކަމުގަ އިސްނަގާނެ ފާރާތެއް އޭރުން ފެނިގެންދާނެ ބޯމަތިން ކުބު އަނބުރަމުންދާނެ ދަންޑަހިލުން. ޔަގީން ނުންވެސް ސަރުކާރުގެ މިޢަމަލުގަ ބައިވެރި ވަމުންގެންދާ އެއްވެސް މީހަކަށް އަމާންކަމެއް އެދުވަހަކުން ދިވެހިން ނުދޭނެ . ލަސްނުކުރޭ ވަގުތު ފާއިތުވަނީ.
ޔަގީން ނިކުންނާނަންކަން
ނުނިކުންނާނެ.. ރަސޫލައް ފާޑުކީމަ ނުނިކުމެވުނު ބަޔަކު ދެން ނިކުންނާނެތަ ވަކި މުސްލިމުންނައް ވީތީއޭ ކިޔާފަ.. މިރާއްޖޭގެ ކުރިމަގުއޮތީ ކޮންމެވެސް ބޭރުގައުމެއްގެ އަޅުވެތިކަމުގަ..މި ދަނީ އެމިސްރާބައް ކުރިއައް ކިރިއައް ބާރައް ކުރިއައް.. މިތާކު މިހާރު ދިވެހިކަމުގެ އެއްވެސް ނިޝާނެއް ދިވެހި އަދަބިއްޔާތެއް ދިވެހި ކަލްޗަރެއްވެސް ނެތް.. ބޮޑުބެރުވެސް ކުޅެނީ ފަރަންޖީ ސުޓައިލައް.. މަހައްދަނީވެސް ފަރަންޖީ ސުޓައިލައް.. އަންހެނުންނާއި ފިރިހެނުން ހެދުން އަޅަނީވެސް ދިރިއުޅެނީވެސް ފަރަންޖީ ސުޓައިލައް.. ޕުރީ ސުކޫލް ކުދީން ވާހަކަ ދައްކަނީ އެކަކު އަނެކަކާއި ފަރަންޖީ ބަހުން.. ނޫސްތަކުގަ ލިޔާ އުޅެނީ ދިވެހި ބަހުގެ ހަމަތަކާއި ޚިލާފައް އެމީހަކު ހިތައް އެރި ހަމައަކުން. މިތާގަ ދިވެހި ލިބާސް އަދި ކަނޑިކިލާ ބަޔަކު ނޫޅޭ.. އަންހެންވެރީން ވެސް މާ ވެފަ ދަނީ ހިންދޫންގެ ޔޯގާހަދަން..
މަޝްހޫރުވާން ކޮންމެވެސް ރޮކެޓެއް ޖަހާލީދޯ....... ކަލޯ ހަރުގަނޑު ކޮބާތަ.... އޭގެ ވާހަކަ ދައްކަބަލަ
ޢުމަރާ ކަލެއަށް ކޮން ހަގުރާމައެއް ކުރެވޭނީ.ތިއީ ހައްޕުޑު.މީނާގެ ވާހަކައެއް މީހަކު ނުދައްކާތީ ހުރިކަން އަންގާލަނީ.ކިހާ ރަގަޅު.
އުމަރަށްވެސް އެނގޭ ބޮޑުވަޒީރުހެން އަނގަދިޔާވެގެން އުޅެންޏާ ލަދަކުބެދިދާނެކަން. ކަލޭމެންކުދިންތިބޭ ބޮޑުވަޒީރުދިނީމަ ކައިގެން ބޮޑުވަޒީރު އެޅިހާ ބަތަކަށް ރިހަ ކިޔަން.
މީނަ ފޮނުވަންވީ އިޒްރޭލާ ހަގުރާމަ ކުރަން.މިއީ މިޤައުމުގެ 2023 ރައީސް.
މުޅިންވެސް ކަރާޓީ ވާހަކަ ދެއްކުން މީނަގެ ކަމަކީ. މިނިސްޓަރުކަންދިނީމަ ގަޑިއެއްހާއިރު ގަލޮޅުދަނޑުގަ އަޅަން ދޫލައެއް ގަނެފި ދިހަބާރަ ރަށުގަ ބަނދަރުހެދޭހާ ފައިސާއިން.
އިންޑިޔާގެ ދަޅަޔަށް ހެއްލުނު އެމްޑިޕީއަށް ރަގަޅު ލޮޓިއެއް އިންޑިޔާ އަތުން ލިބުން އެދި ދުއާ ކުރަން.
ދިވެހި ޤައުމީ ޒުވާނުން ކެރޭ
ދިވެހި އާރޫޙް ސާބިތު ކުރޭ...
މި ޗީފް މީ ހޭބަލިވެފަ ހުރި މީހެއްތަ؟ ކަލޭ ލަދެއް ނުގަނޭތަ ސިފައިންގެއަށް ވަންނަން. ޗީފްއަކީ އަބަދުވެސް ސިފައިންގެ ތެރެއިން ވުޖޫދުވާ މަގާމަގަށްވާއިރު އިނޑިއާގެ އަޅުވެތިކަމަށް މި ގައުމު ގެންދިއުމަށް ކަލޭ ފޫގަޅާފަ ތިހުރީ ލަދެއް ހަޔާތެއް ނެތީމަ.
ސާބަހޭ އުމަރު.
ރާއްޖޭބެލެހެއްޓުމަށް ސިފައިންނަށް ފަސޭހަކުރަން ރާޑަރު ސިސްޓަމެއް ހަރުކުރަނީ 2016 ގައި ޔާމީން ސަރުކާރުން އިންޑިއާ އާއި އެކީ އެގްރީމެންޓެއް ހަދާ ސޮއިކޮށްފައި އޮވެގެން. މިކަހަލަ އަސާސެއް ނެތް ފިތުނަވެރި ވާހަކަ ދެއްކުން މިބޭފުޅާގެ ކަމަކީ.
1988 ނެވެމްބަރު 3 ގައި ރާއްޖެއަށް އިންޑިއާ ސިފައިން ހަތިޔާރާއި އެކު ގެނައި. ކޮބާތޯ ވީ ގެއްލުމެއް؟ އިންޑިޔާއަކުން އަދި މީހާތަނަށް ރާއްޖެއަށް ގެއްލުމެއް ދީފައެއް ނެތް. އެއީ ހަމަ ގާތް ރަހުމަތްތެރިއެއް. އަވަށްޓެރިންނާއި ގުޅުން ބާއްވަންޖެހޭ.
ޢުމަރާ، ތިޔަކަންކުރާނެ ކަމެއްނެތް. ދިވެހިން ބޭނުންވަނީ ރާއްޖެ އިންޑިޔާއަށް ބިލިއަން ޑޮލަރަށް ވިއްކާލަން. އުމަރާ ކާސިމާ ކީއްކުރާނީ؟
އިސްރާއީލަކީވެސް ދެވަނަބޮޑުހަނގުރާއިމައިގެ ދުވަސްވަރު ފަލަސްތީނުގައި ޓެންޓު ޖަހަން ބިންދީގެންއުޅުނުބައެއް މިއަދު ފަލަސްތީނުގެ ހާލު ހުރިހާދިވެހިންނަށްވެސްއެނގޭނެ
މަވެސް މީ ސިޔާސީ މީހެކެވެ. ޙަރުގަޑު ފީވިއަސް ކޮންމެވެސް އެއްޗެއް ބުނަން ޖެހޭނެ އެއް ނޫން
ގުދާރު ވެސް ބިންދާނަމޭ ހިތުގަ އެބައޮތްބާ އަނެންކާ
މަވެސް ބައިވެރިވާނަނަ.
މިތަން ޗައިނާގެ ސްޓޭޓަކަށް ޔާމިން ހެދި އިރު އުމަރު ކިޔާމިހަކު ސަރުކާރުގެ ވަޒީރަކަށް އުޅުނުބާ؟؟ ކީއްވެބާ އޭރު ހަނގުރާމަ އިއުލާނު ނުކުރީ؟؟
އެއީ ކަލޭ ދައްކައިގެން އުޅުނު ފުލޯކު ވާހަކަތަކެްް. އޭރު ޗައިނާއާއެކު ކުރެވުނީ ވިޔަފާރި މުއާމަލާތް. އިންޑިއާ އަކީ ހީލަތްތެރި ނުބައި ނުލަފާ، ދިވެހިން އަޅުވެތި ކުރަން ގަދައަޅާ މަސައްކަތް ކުރާ ބައެއް. އޮޅުވާލަން ނޫޅޭ.
އަލް އަޚް އުމަރުނަސީރަށް އައްސަރިބަހާއި
ސާބަސް ދަންނަވަމެވެ އަޅުގަނޑުމެން ތިބޭނީ
މަނިކުގާނު ފަހަތްޕުޅުގައެވެ އިސްލާމް ދީނާއި
ގައުމުގެ ދިފާއުގައެވެ.
ޢުތުރު ކަރައިގެ ރާޖާމެންނަށް މިދީބަށް ބޭނުންހާގޮތެއް ނެހެދޭނެކަން މާޒީ ގައި އެވަނީ ދައްކާފައި.މިއީ ދިވެހިންކަން ދެންވެސް ދައްކާނެ.
ސާބަހޭ ޢުމަރު އަހަރެން މިހުރީ ފަހަތުގައި
ހޭވައްލާ ތައްޔާރު.
އުމަރުގެ ހިތްވަރަށް ސާބަސް މަވެސް އުމަރާއެކީގައި ކަނޑުހުރަސްކޮށް ފެތިހެން ވާއެއްޗެއްވާނަން. އަޅުވެތި ކުރަން އުޅޭކަމީ އެއްވެސް ޝައްކެއް ނެތްކަމެއް.
ސާބަހޭ އުމަރު. އެކަމަކު މިވަގުތު ކީއް ކުރާނީ، ފޮރިންމިނިސްޓަރަކަށް ހުރި ޝާހިދަށްވެސް މި މިނިވަން ޤައުމު ފެންނަނީ އިންޑިއާގެ ކިބަޅި ފަރާތް ގޮތުގަ ވިއްޔާ! ކޯޅޭޝަނަށް ވޯޓުދިން މީހުން ދެން ބާރަށް އަތްޖަހާ.
ދީނީ ފަތުވާދޭން އިސްލާމިކްމިނިސްޓްރީން ހުއްދަނެގީ ކޮންއިރަކު. އިބިލީސް އޮވޭ ޖަހަންނަމައިގަ.
ރާޑަރު ތައް ބެހެއްޓުން ހުއްޓުވާ މުޒާހަރާކޮށް އެތަކެތި ނައްތާލުމަކީ ގައުމީވާޖިބެއް.
އިންޑިއާ ކަނޑުގެ ފިތުނައަކީ ރާއްޖެބާ؟ އެފިތުނަތައް ނައްތާލުމައް ރާޑަރ ރާއްޖޭގައި ދޯ! ދިވެހިން އިނޑިއާއަށް ނުރައްކަލަކަށް ވަނީބާ؟
ސާބަހޭ ތިޔައީ ހަގީގަތުގަ ގައުމުދެކެލޯބީ ދަރިންނަކީ! އަޅުގަނޑުވެސް އުމަރާއެކު މިގައުމު އިންޑިޔާމީހުންގެ އަތްދަށުން މިނިވަންކުރަން ނިކުންނާނަން އިރާދަކުރެއްވިއްޔާ.....
ހަގީގަތް ހާމަ ކުރީމަ ބައެއް މީހުންނަށް ކަމު ނުދަނީއެވެ. އުމަރަކީ ކެރިގެން ވާހަކަ ދައްކާ މީހެކެވެ.
މިހާރުވެސް ލަސްވެއްޖެ.ބޮޑު މުޒާހަރާއަކަށް ނަންނޯޓު ކުރަން ހުޅުވާލާ
އުމަރާ ޔޫއާ ޓޫލޭޓް..މިހާރު މިއީ އިންޑިއަން ސުޓޭޓްސް އޮފް މާލޭނާޓަކާ. މިތާގަ ވެރިކަމުގަ މިއޮތީ ބީޖޭޕީގެ ލާދީނީ ނަމަކައް ކިޔާ ގޮތްޕެއް. އަދި ވެރިޔަކައް މިހުރީ ޗީޕް މިނިސްޓާ ގޫލިހު އެވެ.
ބުނަންތަ ވާހަކައެއް އުމަރާ.. މިރާއްޖޭގަ ތިބި ބުއްދިން ފެންހިކިފަ ތިބި ދިވެހީން.. މިއީ ސޭކިސްތާނުގެ ސޭކު ދިވެހީން.. މިފަދަ ސޭކު އާބާދީއެއް މިނިވަންކަންމަތީ މާގިނަ ދުވަހަކު ނޯންނާނެ.. ލެޓުސް އެކްސެޕްޓު ދަ ފެކްޓުސް.. މިރާއްޖެ ކޮންމެވެސް ބަޔެއްގެ ދަށައް ނުގޮހެއް ނޯންނާނެ. މިތާކު ގައުމީ ވަތަނީ ސިފައިންނެއްވެސް އަދި ރައްޔިތުންނެއްވެސް ވެރީންނެއްވެސް އިލްމުވެރީންނެއްވެސް ނުތިބޭ.. އިހުޒަމާނުގަ މިތަން އަމާންކޮއް އޮތީ މިތާގަ ސަލްޓަނޭޓެއް އޮތުމުގެ ސަބަބުންނާއި މިތަނާއި ގުޅޭ މައުލޫމާތު ބޭރު ދުނިޔެއައް ނޭނގޭތީވެ.. މިހާރު އެހެނެއް ނޫން. ވީމާ ލެޓްސް ކައުންޓް ޑައުންޓު ދަ ޑޭ ވީ ބިކަމް އަ ޕާޓް އޮފް އިންޑިޔާ.
ޢަޅުގަންޑު ތާއިދު އުމަރު އަށް
ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމަށް ގެއްލުންވާނެ ކިތަންމެ ގަނޑެއް މިސަރުކާރުން އެބަ ގަނޭ.
އުމަރަކީ ރައްޔިތުން މޮޔަހައްދަން، ލޭކައްކަުވަން އުޅޭ މީހެއް. މީނަ ބަލަނީ އަބަދުވެސް ރައްޔިތުންގެ ސިކުޑިއާ ކުޅެލެވޭތޯ. އެކަމަކު އަހަރެން ބޭނުން އިންޑިޔާގެ ވިސްނުން އެގެން.
އުމަރަކީ ސިޔާސީގޮތުން މާބޮޑު އުރަތްޕެއްހުރި މީހެއްނޫން. މިހެންވެ މަސްހޫރުވުމަށް މޮޅު ވާހަކައެއް ދެއްކޭތޯ އަބަދުވެސް ބަލާނެ.
އިންޑިޔާއިން ނޫޅޭ ރާއްޖެ އެމީހުންގެ ސްޓޭތަކަށް ހަދަން. ޖިއޯޕޮލިޓިކްސްގެ އިޝޫ އެއް މިއުޅެނީ. ހުރިހާ ގައުމަކާވެސް އަހަރަމެން ގުޅުން ބަދަހި ކުރަންޖެހޭ. އުމަރު އެއުޅެނީ ފަސާދަވެރި ވާހަކަދައްކައިގެން ރައްޔިތިން ލޭކައްކުވަން. ތަންދޮރު އޮޅުންފިލާނީ ފޮތް ކިއީމަ. ސްކޫލް ސިސްޓަމަކުން ތަންދޮރެއް އޮތަޅުމެއް ނުފިލާ. އުމަރު ގަސްތުގައި ރައްޔިތުން ރުޅިއަރުވަން ދައްކާ ވާހަކަތަކެއް މިއީ. މިހާރު މިއުޅެނީ 2012 ގެ ދިވެހިންނެއް ނޫން. މިހާރު ދިވެހިން މާ ވިސްނުންތޫނުވެއްޖެ. ދިވެހިން މިހާރު އިލްމީ ފޮތްތައް ކިޔަވަން ފައްޓައިފި.
އިންޑިޔާއިން ނޫޅޭ ރާއްޖެ އެމީހުންގެ ސްޓޭތަކަށް ހަދަން. ޖިއޯޕޮލިޓިކްސްގެ އިޝޫ އެއް މިއުޅެނީ. ހުރިހާ ގައުމަކާވެސް އަހަރަމެން ގުޅުން ބަދަހި ކުރަންޖެހޭ. އުމަރު އެއުޅެނީ ފަސާދަވެރި ވާހަކަދައްކައިގެން ރައްޔިތިން ލޭކައްކުވަން. ތަންދޮރު އޮޅުންފިލާނީ ފޮތް ކިއީމަ. ސްކޫލް ސިސްޓަމަކުން ތަންދޮރެއް އޮތަޅުމެއް ނުފިލާ. އުމަރު ގަސްތުގައި ރައްޔިތުން ރުޅިއަރުވަން ދައްކާ ވާހަކަތަކެއް މިއީ. މިހާރު މިއުޅެނީ 2012 ގެ ދިވެހިންނެއް ނޫން. މިހާރު ދިވެހިން މާ ވިސްނުންތޫނުވެއްޖެ. ދިވެހިން މިހާރު އިލްމީ ފޮތްތައް ކިޔަވަން ފައްޓައިފި.
ބަލަ ކާކުތަ އުޅެނީ ރާއްޖެ އިންޑިޔާ ސްޓޭޓަކަށް ހަދަން އުމަރު ކިތަންމެ ތާއީދެއް ހޯދަން އުޅުނަސް ނުލިބޭނެ ފޭކްމީހެއްތީ ވޯޓްވެސް ނުލިބޭނެ ކުރިމތި ލިޔަސް ދެ ހީހީހީ ހީހީހީ
ދޮގު ހެދިޔަސް ބޮޑުވަރު. ކަލޭ ހަތިޔާރު ނަގައިގެންނޫންބާ މިހާރުވެސް ތިހުރީ. ޙީ
ޤައުމުގެ ޚާއިނުންތަކެއްބައިވެރިވެ ޤައުމު އަޅުވެތިކޮށްފި. ﷲ ގެ ރަހުމަތްފުޅުން އުމަރުނަސީރުކަހަލަ ފަހުލަވާނުން ނުކުމެ ޤައުމު މިނިވަންކުރާނެ. ޢަންނަން އޮތް ޖީލްތަކުގެ ދަރީންވެސް މިމީހުންނަށް މާފެއްނުކުރާނެ.
އެކަހަލަ ދަނޑިވަޅެއް އަތުވެއްޖެޔާ ވެސް ތިސޮރު ފިލާނީ. ތީކާކު މިހާރު މާ އަނގަގަދަ ވެގެން ތިއުޅެނީ މިނިވަންކަން ލިބުނީ ދޯ.
އެމްޑީޕީ އައް ދެވޭ ކޮންމެ ވޯޓަކީ އިންދިޔާގެ ލުައަވެތިކަމައް ދެވޭވޯތެއް އުމަރު ކުރާމަސައް ކަތައް މަރުހަބާ
އުމަރާ ތިހެންޗަ ގޮވަގޮވާ ހުއްޓާ މާރި އެއޮއް ގައުމިއްޔަތު ގާދޫ ކޮލުން ދޫކޮއްލީ
2018 ރިޔާސީ އންތިހާބުގަ އުމަރުގެ ނަން އޮންނާނޭ ކިޔާ ފޮނިކެނޑި.
ކިހިނެއް އިތުބާރު ކުރާނީ
މީ ދެން ކާކުތޭ. ރައީސްކަމަށް ކުރިމަތިލާ އަވަހަށް.
ބަރާބަރު ނަމަ ސަޅި
ސާބަހޭ