މާލޭގައި ހުންނަ ބުކްޝޮޕެއް ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މިހާރު ދަނީ މި މައްސަލަ ބަލަމުންނެވެ.

ބިދޭސީއަކު މިކަން ކޮށްފައިވާއިރު، އެނގިފައިވާ ގޮތުގައި މިކަން ހިނގާދިޔަ ބުކްޝޮޕް ހުންނަނީ މާލޭގެ ހެންވޭރު އަވަށުގައެވެ.

މިކަން ހިނގާދިޔަކަން އެނގިފައިވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ކުއްޖާގެ އާއިލާގެ ފަރާތްތަކުން މިކަން މީސް މީޑިޔާގައި ހިއްސާކުރުމުންނެވެ. ކުއްޖާގެ އާއިލާގެ މެންބަރަކު، އެކަން ކުރި ބިދޭސީ މީހާގެ ފޮޓޯވެސް ވަނީ މީސް މީޑިޔާގައި އާއްމުކޮށްފައެވެ.

މީސް މީޑިޔާގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މި ބިދޭސީ މީހާވަނީ ކުއްޖާގެ އުރަމަތީގައި އަތްލައިފައިކަމަށެވެ. އަދި އެމީހާ އެކަން ކޮށްފައިވަނީ ކުއްޖާގެ މަންމަ ކައިރީގައި ހުއްޓާކަމަށްވެސް ޕޯސްޓުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފިޔަވަޅެއްގެ ގޮތުން ބުކްޝޮޕުން ވަނީ، އެކުންފުނީގެ ދަށުން ހިންގާ އެހެން ތަނަކަށް މި ބިދޭސީ މީހާ ބަދަލުކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖިންސީ ގޯނާގެ އެތައް މައްސަލައެއް، ކޮންމެ މަހަކުވެސް ތަހުގީގު ކުރަން އެމިނިސްޓްރީއަށް ހުށަހަޅައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޯދީ

    އިންޑިއާގެ ބާރުގެ ދަށަށް ރާއްޖެ ގޮސްފި ކަމުގެ އަލާމާތް

    11
    4
  2. ކޮސް

    ބުކްޝޮޕްގެ ނަން ޖަހަން ވާނެ. ނަން ނުޖެހީ ވިޔަފާރިއަށް ގެއްލުން ވެދާނެތީތަ؟ ނަން ބުނީމާނު ތިޔަ ތަންތަނަށް ނުވަދެ އުޅޭވޭނީ.

    16
    1
  3. މާމިގިލީ މީހާ

    ބަންގާޅިން ރާއްޖެއިން މަރާ ހުސް ކުރާންވީ. ސަރުކާރުން ނޫޅޭ އަދިވެސް މިކަން ހުއްޓުވާކަށް.

    12
    11
  4. ތ.ނ

    ބިދޭސީން މަދުވާނެ ދިވެހިން ވަޒީފާ ތަކަން ނުކުންނަ ނަމަ.ގިނަ ދިވެހިން ލަދުގަނޭ އެކަހަލަ ވަޒީފާ ކުރަން

    20
    5
  5. ދިވެހިމީހާ

    ދިވެހިންނަށް އެކަށީގެންވާވަރުގެ މުސާރަ އެެއް ދޭންނުކެރޭތީ ދިވެހިން ތިވަޒީފާތަކުގަ ހަރުނުލަނީ

    24
    3
  6. ގަންޖާބޯ

    އެހެންފިހާރައަކަށް ބަދަލު ކުރުން ތިޔައީ އަދަބެއްނޫން. އެގޭކަމަކީ ވެރިފަރާތް ތިޔަ ބިދޭސީގެ ދަށުވެފަ އޮތްވަރު. ވިޔަފާރި ފަށަން ކެޕިޓަލް ދިނީ ތިޔަސޮރު ކަމަށްވާނީ. ޢަނެއްކާ އެހެންހިސާބެއްގެ ކުއްޖަކު ފިލުވާލަން ކައިރިވީ.
    މިކަންކަމާ އަޅާލެވޭނެ ފެންވަރެއް ހުރިމީހަކުވެސް
    ނެތިއްޔަ.