ސަރުކާރު "ހުއްޓުވާ" ސަރުކާރު "ވައްޓާލަން" އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާ އަދިވެސް ކުރިއަށްދާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް މުޒާހަރާ ކުރާ އެއްވެސް މީހަކު މާލޭގެ އެއްވެސް ސަރަހައްދަކުން ނުފެނި މަގުތައް ވަރަށް އަމާންކަމާއި އެކު އެބައޮތެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރޭ މެންދަމު 03:40 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިރޭ ފަތިހުވެސް، މާދަމާ މެންދުރުވެސް މާދަމާ ރޭވެސް މުޒާހަރާ ދާނީ ކުރިއަށް. މިކަން ނިންމާނީ ޔާމީން ހުއްޓާފައި." ކަމަށެވެ.

ނަމަވެސް އޭރު ވެސް އަދި އޭގެ ފަހުން ވެސް މާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ބަޔަކު މުޒާހަރާ ކޮށްފައެއް ނުވެއެވެ. އަދި ހަސަން ލަތީފް ވެސް މަގުމަތިން ފެނިފައެއް ނުވެއެވެ.

ރޭ 00:30 ހާއިރު މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ކަރުނަގޭސް ޖެހުމާއި އެކު މުޒާހަރާ ވަނީ ރޫޅިފައެވެ. އޭގެ ފަހުން މަދުމަދުން މީހުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔަަ ނަމަވެސް އެމީހުން ހަރަކާތްތެރިވަމުން ދިޔައީ މުޒާހަރާ ކުރުމުގެ ބަދަލުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް އުނދަގޫ ކުރާށެވެ. ފުލުހުން ފެންނަ އިރަށް ބައެއް މީހުން މިސްރާބު ބަދަލުކޮށްލާ އަވަހަށް އެހެން މަގަކަށް އަޅުވާލާ މަންޒަރު ފެނިގެން ދިޔައެވެ.

ރޭ 00:00 ހާއިރު މުޒާހަރާގައި 200 ވަރަކަށް މީހުން ބައިވެރިވަމުން ދިޔައިރު ވެސް އިދިކޮޅު ފަރާތްތަކުން މީސް މީޑިއާގައި ބުނަމުން ދިޔައީ މުޒާހަރާގައި ދިހަވަރަކަށް ހާސް މީހުން ބައިވެރިވަމުންދާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ހާސިލް ކުރަން ބޭނުންވި މަޤުޞަދު ހާސިލް ނުވެ ރޭ ވެސް މުޒާހަރާ ނިމިގެން ގޮސްފައި މިވަނީ އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް މީހުން މަގުމައްޗަށް ނިކުތުމަށް ތަކުރާރުކޮށް ގޮވާލަމުން ދިޔަ ގޮވާލުންތަކަށް އެކަށީގެންވާ އިޖާބައެއް ނުލިބިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢަލީ

    އެބުނަނީ ގޭގަ އޮވެގެން އ އާއި ދ އާ ތިންމީހުން މުޒާހަރާ ކުރާވާހަކަ، މީ ވަރަށް ވާހަކަ. ޙަސަނާ ދެންވެސް ތިކަން ހުއްޓާލާފަ ޙަސަން ނަމަވެސް 2018 އަށް ނިކުންނަށް ކެމްޕޭން ފަށަންވެއްޖެއެއްނު. މީހުންނަށް ނފރއޕނ ކުރަން ނޫޅެ ޒިންމާދާރުކަމާއެކު މަސައްކަތްކޮށްބަލަ.

  2. އިންތި

    މުޒާހަރާކުރަނީ ގޭގޭ ކޮޓަރި ތެރޭގަ

  3. ކެރީ

    ކުރިޔަށް ދަނީ ލަންކާ ލަންޑަން އަދި ޖާރމަނީގެ ސިޓިންގ ރޫމްތަކުން

  4. ތައިމޫރު

    ފޭސް ބުކުގަ ތިމީހުން މުޒާހަރާކޮށްކޮށް ތިބޭ!

  5. ލައިލާ

    ތި ހަސަން ލަތީފްގެ ނަން އަންނަ ކޮންމެ ތަނެއްގެ ކުރީގައި “އާންމުކޮށް މިކަހަލަ ދޮގު ޓުވީޓް ކުރާ” ކަހަލަ އެއްޗެހި ލިޔެލީމަ ނަޝީދު ބުނާހެން ހަބަރު ފުރިހަމަވާނީ.

  6. ހުސްނާ

    މިނޫހުން ރަގަޅަށްބާު މުޒާހަރާް ޚަބަރު މިގެނެސްދެނީ އެހެންނާފަހެ އިދިކޮޅު މީހުން ބުނަމުން ދިޔަ އެތައްހާސް ބަޔަކު އިއްޔެ މާލެއައިކަމަށް އެހުރިހާ މީހުންވަނީ ކޮންތާކަށް

  7. ފައިޒް

    ތިމީހުން ދުވަހަކުވެސް ތެދެއްހަދާފަ ނެތް.

  8. ފަލަ ބޮލި

    އެޕްރީލް 16 ދެން ނިކުމެ ހަމަ ނިންމާލާނީ

  9. Anonymous

    މަގުމަތީގަ އެކަނިތަ ނުޒާހަރާ ކުރަނީ ބަލަގަ މިވަގުތު އެދުމަތީގައޭ ނުޒާހަރާ ކުރަމުންދަނީ

  10. އަހްމަދް

    އިދިކޮޅޭމެން އެބުނަނީ ވަރަށް ބޮޑުތެދެއް! އެއީ އެބައިމީހުންގެ މުޒާހަރާތަކުގައި "ޝައިޠޯނުން" ބައިވެރިވާ ވާހަކައެވެ. އެއްވެސް ޝައްކެތް ނުވާގޮތުގައި އިންސާނުން ކުރާ މުޑުދާރު ފާޙިޝް ޢަމަލު ތަކުގައި ޝައިޠޯނުން ގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބޭނެއެވެ.
    ވީމާ ރޯމާ ދުވާލުވެސް އެ ޝައިތޯނުން ތަށް މިބައިމީހުންނަށް ވަސަވާސް ދިނުމުގައި ހަރަކާތް ތެެރިވަމުން ގެނަދާނެއެވެ
    އިދިކޮޅޭމެން އެބުނަނީ އެވާހަކައެވެ. މި ކަމާ ދޭތެރޭ އެއްވެސް ޝައްކެތް ނެތެވެ.އެއީ ތެދެކެވެ.

  11. ބަޢާވާތްކުރުމާދެކޮޅު

    މުޒާހަރާ ކުރިޔަށްދަނީ މިގަޑީގަ ބަދިގޭގަ.. މިތަނުގަ ޕެޕަރސް ސްޕްރޭއާ ޕެޕާރގެ ހިކިވައްތަރާ ރޯވައްތަރުވެސް ބޭނުންކުރަމުންދަނީ.. އެކަމަކުވެސް ބާއިވެރިން ވަރަށްހިއްވަރުގަދަކޮށް ފެންނަނީ.. ޓިޔާގޭސްގެ ގޮތުގަބޭނުންކުރަނީ އަނިއޮންގިޔާރ.. މީގެދިލަ ވަރަށްދުރަށް ފެތުރި ގިނަބަޔަކަށް އަސަރުކުރާކަން ފާގަވޭ އެމީހުންގެ ލޯތަކުން ފާއިބަމުންދާ ކަރުނައިން... އެވާހަކަ ހަސަންލަތީފު އެބުނީ.. ފަތިހުއެހެން އެބުނީ ހެދުނުގެ ސާއިގެވާކަ.. މެންދުރުގެ ކެއްކުން މިހާރު... އޭގެފަހުން ހަވީރުސަޔާ ރޭގަޑުގެ ކެއްކުން... ކުރިޔަށްދާނެނުން މިކަންތަ ނުހުއްޓި... ލުނބޯގެ ބަދަލުގަ މިމީހުން ބޭނުންކުރަނީ ގުނބޯ.... ވަރަން ހެދިފަތިބޭ...

  12. ހުސޭނުބޭ

    މުޒާހަރާގެ ބާކީބައި ކުރިޔަށްދަނީ އަންހެނުން ކައިރީގައި.

    • ޔޫސުބު

      އަނބިން ތިބީ ދޫދޭ ގޮތަކަށްނޫން....އެހެންވެ މާޔޫސްވެގެން މަގުތަކަށް ނިކުމެ ރަނބަތަޅަނީ

  13. ހާމިދު ދާއީ

    ތިވާނީ އެބައިމީހުން ގާފިލުކަންމަތީގައި ރޭ ދަނަވަންދެން ތިބުމަށް ދަހު މިހާރު ދެފާ ދަމާފައި ނިދަނީކަމަށް. ތިއައީ ވަރަށް ވަރެއްގެ ބައެއް. 200 އެއްހާ މީހުން ގޮވައިގެން ނުކުމެ، 4 ލައްކަ މީހުންގެ ސަރުކާރެއް ވައްޓާލަން އުޅެފާނެ. މިކަހަލަ ގަޅީގެ ކަންތައް ނުކޮށް، ކެންޑިޑޭޓަކު ހޮވައިގެން ކޭމްޕޭން ކޮށް، 2018 ގެ އިންތިހާބުގައި ވާދަކޮށް މޮޅުވެގެން ވެރިކަމަށް އަރަން މަޑުކޮށްލީއާ ކީއްތޯ ވާނީ. ކޮންމެ ރެއަކު މަގުތައް ބައްދާލައިގެން މިޖަހާ ސަކަރާތެއްގެ ސަބަބުން އެތައް ހާސް ޢާންމު ރައްޔިތެކަށް އުނދަގުލާ ދުއްތުރާ ލިބިގެންދޭ. ރޭވެސް ބިޓް ގޮވައިގެން ސީކްރެޓް ރެސިޕީއަށް ކޭކް ފަޅާލަން ދާން ނިންމާފައި އޮތީ މާކުރިން. އެކަމަކު މިބައިމީހުންގެ ނޮހޮރުއްޕާނާ ޖެހި ޕްލޭން ބަދަލުކުރީ އޮކްސިޖަން އަށް.

  14. ބަބުރު

    ރެކްރޫޓް ޕޮލިސް ދަރިންކޮޅެއް ނެރެގެން މުޒާހަރާ ހުއްޓުވަން. ހަހަހަހަހަހަ ބޮޑުވަރު

  15. މުޙަންމަދު

    އެސޮރުމެން ރައްކާތެރިކަމާއިއެކު ގޭގައި ވާނުވާއެއް ނޭނގޭނެ!