ކ. ކާށިދޫ ވަލުތެރޭ ކުއްޅަވަށްފާ ސަރަހައްދުގައި ރޯވި އަލިފާންގަނޑު އެ ރަށުގެ އާންމު ރައްޔިތުން ނުކުމެ ނިއްވާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތިގައި އެރަށު ވަލުތެރޭގައި އަލިފާން ރޯވެފައި ވަނީ މިއަދު މެންދުރުފަހު 2:40 ހާއިރު ކަމަށެވެ. އަލިފާން ނިއްވުމުގައި ގިނަ ރައްޔިތުންތަކެއް ބައިވެރިވެފައިވާ އިރު، 3:30 ހާއިރު އަލިފާން ގަނޑޫ ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

ކާށިދުއަކީ މާލެއާ 86. ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެކެވެ. ރަށުގެ އާބާދީގައި ގާތް ގަނޑަކަށް 2000 މީހުން އުޅޭ އިރު، މާލޭގައި ރަށުގެ ގިނަ ބަޔަކު އުޅެމުން ދެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ހޫނުގަދަ ދުވަސް ވަރަކަށްވާ އިރު، ވަލު ތެރޭގައި އަލިފާން ބޭނުން ކުރާ އިރު، ސަމާލުވާން ޖެހެއެވެ. ގަސްތައް ހިކިފައި އޮތުމުގެ ސަބަބުން ބައެއް ދަނޑުވެރިން ޖަހާ އަލިފާން ގަނޑުތަކުންވެސް އަލިފާނުގެ ހާދިސާތައް މިހާރު ހިނގަމުންގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުއްޅަވަށްފަލު ރަނި ކަމަނާ

    ތިޔައީ ކާށިދޫގައި އުޅޭ ތިމާވެއްޓާ ދޭތެރޭ ނުވިސްނާ އުޅޭ މަދުބަޔަކު ތަކުރާރުކޮށް ހިންގަމުންދާ ނޭދެވޭ އަމަލެއް.