ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީޢާ އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓްތަކުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ މި މަހުގެ ނިޔަލަށް ކުރިއަށްދާ އިރު، މި ޕްރޮމޯޝަން ކުރިއަށްގެންދާ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް 15،000 ރުފިޔާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރު 3 ފަރާތަކަށް 5،000 ރުފިޔާގެ އިނާމެއްވެސް ވަނީ ކަނޑައެޅިފައެވެ.

ބީއެމްއެލް އިސްލާމިކްއިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން އެކި ކުންފުނިތަކުގެ މުވައްޒަފުންނާއި، ރާއްޖޭގެ އެކި ރަށްރަށުގައި ދިރި އުޅޭ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އެކައުންޓް ހުޅުވަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން އެކައުންޓް ހުޅުވުމަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވާކަމަށެވެ.

ދާދި ފަހުން ބީއެމްއެލް އިސްލާމިކްއިން ވަނީ ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓް އާއި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް އަދި ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ތައާރަފްކޮށްފައެވެ.

ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓް އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެ ފައިސާ އިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރާ ހިދުމަތެކެވެ. ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގް ހިދުމަތް ދިނުމަށް ޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް އަކީ ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށް ތައާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިންގް އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ.

ބީއެމްއެލް އިސްލާމިކްގެ މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަނޑިޔާ!!!

    ތީ ކޮންކަހަލަ އިސްލާމިކެއް...ނަސީބު ހުރިގޮތް ބެލުމާއި ފާލު ބެލުމާއި މިކަހަލަ ކަންތަކަކީ ނަހީ ކުރެވިފައިވާ ކަންތައްތައް... ތި ވަންނާނީ ޖުވާގެ ތެރެއަށް. މީ މިވާ އިސްލާމިކްއަކީ.

    • ހާމާނު

      ދިވެހިކިޔަން ނޭނގުނަސް ބޮޑުވަރު. ނަސީބުހުރި ގޮތް ބަލާވާހަކަ އެބައޮތްތަ؟