ހުރިހާ ދާއިރާ އަކުން ޗައިނާ އާއި އެކު ގުޅުން ބަދަހިވެގެން ދާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޗައިނާގެ ރައީސް ޒީ ޖިންޕިން ދެވަނަ ދައުރަކަށް އިންތިހާބުވުމުން އެމަނިކުފާނަށް ފޮނުއްވި މަރުހަބާގެ މެސެޖުގައެވެ. އެ މެސެޖުގައި ރައީސް ވަނީ ދިވެހި ސަރުކާރުގެ ނަމުގައިއާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޗައިނާގެ ރައީސްއަށް މަރުހަބާ ވިދާޅުވެފައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ ޒީ ޖިންޕިން ދެވަނަ ދައުރަކަށް އިންތިހާބުވުމަކީ އެމަނިކުފާނުގެ ފަސް އަހަރުގެ ޒައާމަތުުގައި، އެމަނިކުފާނުގެ ލީޑަރުކަމުގެ ދަށުން ޗައިނާއަށް ހުރިހާ ދާއިރާއަކުން އައި ތަރައްގީ ރައްޔިތުން ބަލައިގެންފި ކަމުގެ ހެއްކެއް ކަމަށެވެ.

ރައީސް ވިދާޅުވި ޒީ ޖިންޕިންގެ ދުރުވިސްނުމާއެކު ޗައިނާ ތަރައްގީގެ މުޅިން އައު ހަރުފަތްތަކަށް ވާސިލް ވާނެ ކަމަށެވެ. އަދި ގައުމުތަކާއެކު ގުޅުން ބަދަހިވެ އެކުގައި ތަރައްގީވުމުުގެ އިތުރު މަގުތައް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެެވެ.

އެ މެސެޖުގައި އިތުރަށް ރައީސް ވިދާޅުވީ ޒީ ޖިންޕިން ދެވަނަ ދައުރަކަށް އިންތިހާބުވެފައި މިވަނީ ދެފަރާތަށް ވެސް ފައިދާވާ ތަރައްގީގެ މަޝްރޫއުތަކާ އެކު ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން އިންތިހާއަށް ވަރުގަދަ ދުވަސްވަރެއްގައި ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް ޒީ ޖިންޕިންއާއެކު މަސައްކަތް ކުރައްވައި ދެ ގައުމުުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެ ގުޅުން އިތުރަށް ހަރުަދަނާ ކުަރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާއާއެކު އިތުރަށް ގުޅުން ބަދަހި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު މިހާރުވެސް ޗައިނާގެ އެހީގައި ރާއްޖޭގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކުރެވެނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫއުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަސަނު

    އެހެން އެހެންވީމާ ރާއްޖޭގެ ވެރިކަން ވެސް އަވަހާ ބަދަލު ކޮއްލަން އުޅެމާދޯ ގާނޫނުން އުމުރު ދުވަހު ހުރެވޭގޮތައް

  2. ސާބާސް

    މަރުހަބާ ރައީސް ޔާމީން.. ސާބަހޭ ތިޔައީ އަހަރެމެން ފަޙުރުވެރިވާ ރައީސެއް... ހިއްވަރާއެކު ކުރުޔަށް ބާރަށްކުރިޔަށް ވިސްނުންތެރިކަމާއެކު ވަޑާއިގަންނަވާ... ވީ ލަވްޔޫ ރޔާމީން...

  3. ޝަރީޒް

    ނަޝީދު ވީކުނީ އީންޑީޔާއައް ޔާމީނު ވީކުނީ ޗައީނާއައް.. ބަލަ ނުވީކީ ތީބެ ވެރީކަން ކުރަން ނޭނގެނީތަ.. މީ ގައުމުގެ ވެރީކަން މައުމޫނު ތީރީސް އަހަރު ކުރީ އީރު ނުވީކޭ.. އީބްރާހީމް ނާސީރުވެސް ނުވީކޭ.. ނުވީކީ ތީބެ ގައުމައް އެބޭފުޅުން ތަރައްގީ ގެނެސްދީނީ...މައީ

    • ޔޫސުބު

      ކުބާތަ ވިކުމަކީ؟

      • ބޮލުރޮއްޖާ

        ވީކުމޭ މީކީޔަނީ އާދަޔާއީ ޚީލާފައް ބަޔަކައް ބަރޯސާވެގަތުމަށް.. ވީސްނީއްޖެތަ..

        • ނުރަބޯ

          އެހެން ލައްބަ އާދެ.....!! އެއްވެސް ވަރަކަށް ބޭރުބަޔަކަށް ބަރޯސާނުވާ މީހެއް ރީނދޫ ކެރަފާ ނަޝީދަކީ، އެހެންވީމަތާ އޭނާގެ ވެރިކަމުގައި ދެން ތިމަންމެން އދ ގައި ވޯޓު ދޭނީ އިންޑިއާ ވޯޓުދޭކޮޅަކަށޭ ބުނެ އެގޮތަށް ޢަމަލުކުރީ؟ މިއީ ވިކުމެއް ނޫންތަ؟ ފައްކާ ގަމާރެއްދޯތީ.

  4. ދުމާ

    ޗައިނާ ޔާ އިންޑިއާ އަޅާކިޔޭވަރެއްނުވާނެ. އިންޑިއާ އުޅެނީ ދީފަ ފެލާލައިގެން އެގައުމެއްގެ އެތެރޭގެ ކަންކަމަ ބެހެވޭތޯ. ޗައިނާ ބަލަނީ ދީފަ އެމީހުންގެ މަސްލަހަތު ޙިމަޔަތްކޮށް އެގައުމަކާ ގުޅުންބަދަހިކޮށް އެގައުމެއްގެ ކަންކަމާ ނުބެހި އަތްއުރާލައިގެން ތިބެވޭތޯ. އިންޑިއާވެސް ބަލަނީ ޗައިނާގެ އެހީތެރިކަމަށް.

  5. އަބްދުއްލާ

    ގައުމު ތަރައްގީވާނަމަ އުމުރަށް އެކަކު ހުރުން ރަނގަޅީ . އިންތިހާބުތައްބާއްވާ ބޭކާރު ހަރަދުތައްކުރުމުގެ ބޭނުމެއްނެތް. ބޭނުމީތަރައްގީ ކުންފުންޏާ ވަޑާންގެ ހިންގަންނޭގުނުމީހާގެ ވެރިކަމެއް ބޭނުމެއްނޫން.

  6. ރާއްޖެ

    ޗައިނާ އާއިއެކު އަސްކަރީ ގުޅުން ގާއިމުކޮށް
    ހަރުދަނާކުރުން ރާއްޖެއަށް ވަރަށް މުހިއްމެވެ
    އަވައްޓެރި ގައުމަކުން ރާއްޖެ އަޅުވެތިކޮށް
    އެގައމުގެ އަވަށެއްގެ ގޮތުގައި ރާއްޖެ އޮތުމަށް
    ކުރެވޭ މަސައްކަތްތައް ދަނީ އިތުރުވަމުންނެވެ
    އެކަކަމަށް މުޚާތަބު ނުކުރެވިެްޖެނަމަ ރާއްޖޭގެ
    މިނިވަންކަށް ހުރަސްތަކެއް ކުރިމަތިވުން
    ވަރަށްގާތެވެ

  7. ލާދީނިއަންސް

    މުޒާހަރާއިން 141 މީހަކު ހައްޔަރުކުރީތޭ. އެހެންތޭ. ހައްޔަރު ކުރީ ކީއްކުރަނި ކޮށްތޭ. މުޒާހަރާ ކުރަނި ކޮށޭ. އެހެންތޭ. ދެން ތިޔާ ލާދީނީ ޕްރޫޕް ޗެކް ކުރަން ބޭއްވި މުޒާހަރާ މާލޭގެ މަގުމަތީގައި ކުރުމަކީ އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫންތޭ. ލައްބައޭ މަނާ ކަމެކޭ އެކަމަކު މަމެން ވެރިކަން ބޭނުން ވާވަރު ބޮޑު ކަމުން ކެތް ނުކުރެވިގެން ވެރިކަމުގެ ދަހިވެތި ކަމުގައި ކަހާތީވެ މުޒާހަރާ ކުރީއޭ. އެހެން ވެއްޖެނަމަ ހައްޔަރު ކުރާނެއޭ އެއީ 141 ނޫން 1000 މީހުން ވިނަމަވެސް. އެއީ އޭ ޕޮލިޓިކަލް ސައެންސް ގައި އޮންނަ ޕަބްލިކް އެޑްމިނިސްޓްރޭޝަން މިކިޔާ ބައި މަސައްކަތް ކުރާ ގޮތަކީ. ހައްޔަރު ކުރާނެއޭ މުޒާހަރާ މާލޭގައި ކުރާނަމަ. ދަގަ އައްޑޫ އަށް މުޒާހަރާ ކުރަން. އެއިރުން އެކަން ފެންނާނީ ހަންޑިންނަށާއި ސަންތި މަރީ މެންނަށޭ މަމެން ބުނަން ނެތީމު ދޯ.

  8. އަލީ

    އިންޑިޔާއާއި ގުޅުން ބަދަހި ވެގެން ރާއްޖެ ތަރައްގީ ބާރުސްޕީޑެއްގައި ނުދިޔަ. އެކަމް ޗައިނާއާއި ގުޅުން ބަދަހި ކޮށްގެން މިހާރު ތަރައްގީ މިއޮތީ މެކުހައްޖަހާފައި. އެހެންވީމަ ރައީސް ބޭނުންވަނީ ޗައިނާއާއި އެކީ ގުޅުންބަދަހި ކުރަން. ރައީސް ޔާމީން އަކީ ނަޝީދު ކަހަލަ މޮޔައެއްނޫން. ނަޝީދުއަށް އިންޑިޔާއިން ބްރިޖްއަޅަން އިންވެސްޓަރުން ނުލިބުނު. އެއީ ރައީސް ޔާމީންގެ ކުށެއްނޫން.

    • ބޮއްބޮ

      ބަލަގަ ތިޔަބުނާ ނަޝީދަށް އުތުރު ކަރައިން ބުރިޖު އަޅަން އިންވެސްޓަރުން ލިބޭނީ ބުރިޖަކީ އެޅޭ އެއްޗެއްކަން އެކަލޭގެ އަށް އިނގޭނަމަނު؟ އަދި ބްރިޖެއް އެޅުމުގެ ވިސްނުން އެކަލޭގެ ކިބައިގައި ހުރިނަމަނު؟ އޭނާއުޅުނީ އޭނާއަށް ބައިއަޅާގޮތަށް އިންޑިއާއަށް މިގައުމުގެ ބައިބައި ވިއްކަން. އެކަންތައް ވަރަށްފުރިހަމައަށް އޭނާކުރި. ދެން އެހެން ބަޔަކު ބުރިޖު އަޅަން އުޅެންފެށީމާ ހަރުއަޑުން މިގޮވަނީ ބްރިޖެއްނޭޅޭނެޔޭ އަނހަ މިބުނީނޫންހޭ ނޭޅޭނެޔޭ ކޮންއެއްޗެއް ހަދަންހޭ އެއުޅެނީ. އެއުޅެނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާށޭ....!! ކޮންމެއަކަސް މިހާރު ކަނޑުހުރަސްކޮށް މާލެއިން ހުޅުލެއަށް އެއްކަލަ ނޭޅޭނެޔޭ ގޮވި ބުރިޖު އެޅެމުން ދާތަން ފެނުމުން ސަހަރޯހީވެ ރާޑި ވެގެން މިއުޅެނީ ބްރިޖް އަޅާނިމޭއިރަށް ބްރިޖް ހުޅުވާ ފީތާފަށް ކަނޑަން އަންނަން. ކޮބާ ލަދު.....؟؟؟