ވައިބާރު ވެދާނެކަމަށް ލަފާކޮށް މެދު ރާއްޖެތެރެ އާއި އުތުރުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް( އިން ނެރުނު އެލާޓްގައި ބުނެފައި ވަނީ، ނ. އަތޮޅާއި، ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި 23 މޭލާއ، 29 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން އެ އެލާޓް ނެރެފައި ވަނީ، މިރޭ 21:45 އިން މިރޭ ދަންވަރު 2:00 އާއި ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު