ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރުން ބޭރު ކުރުމަށް ވެރިކަންކުރާ އެމްޑީޕީގެ އެންމެ ސީނިއާ އެއް މެންބަރު އަދި އެޕާޓީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ޚާމިދު އަބްދުލްޣަފޫރު ގޮވާލައްވައިފިއެވެ.

ވިލާ ކުންފުންޏަށް ސަރުކާރުން ކުރިން ދީފައި އޮތް ރަށްތައް އަތުލި މައްސަލަ ސުޕްރީމް ކޯޓުން ވިލާ އާއި އެއްކޮޅަށް ނިމިފައި ވާތީ އެރަށްތައް ވިލާ އާއި ހަވާލު ކުރުމުގެ މަަސައްކަތް ކުރިއަށްދާ ކަމަށް ޓްއަރިޒަމް މިނިސްޓްރީން ވިދާޅުވުމުން ޚާމިދު ވަނީ ގާސިމް ފަނޑިޔާރުންނަށް ރިޝްވަތު ދޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ޚާމިދު ވިދާޅުވީ "މަޖިލިސް ރައީސް އަކަށް އިނދެ، އަމިއްލަ ވިޔަފާރި މަސްލަހަތު ދަމަހައްޓަން ފަނޑިޔާރުންނަށް ރިޝްވަތުދީ، ވަޒީރުންގެ މަޖިލިސް އަށް އަރައިގަނެ، ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއަށް ކިޔާ، ދައުލަތައް ނުރައްކަލަކަށް (ގާސިމް) ވެއްޖެ." ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމްގެ ވިލާ ކުންފުނިން އަތުލަން ނިންމި ރަށްތަކުން ދައުލަތައް 2.9 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވިލާ އާއި އެއްކޮޅަށް މައްސަލަ ނިންމުމުން އެފައިސާ ވިލާ އިން ދައުލަތައް ދައްކާކަށް ނުޖެހޭނެއެވެ.

ރިސޯޓް ހަދަން ދޫކޮށްފައިވާ އެތައް ރަށެއް ވިލާ ކުންފުނިން އަތުލިއިރު އޭގެ ތެރެއިން ބައެއް ރަށްރަށުގައި ރިސޯޓް ހަދަން ދޫކުރިތާ ވިއްސަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް އެރަށްރަށުގައި މަސައްކަތް ވެސް ފަށާފައެއް ނުވެއެވެ.

ވިލާ އާއި ރަށްތައް ހަވާލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި ވާއިރު ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ރައީސް އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އޯއްއޯއް

    ހާއް މަމެން ހީކުރީ ރައީސް އިބޫ ލަންކާ އަށް ކުރެއްވި ރަސްމީ ދަތުރު ގައި އެގައުމު ތިބި ރާއްޖެ ތަމްސީލް ކުރާ ޑުއަލް އެމްބެސެޑަރުންނާއި ބައްދަލު ކޮށް ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތު ތައް އެމެންނަށް ކިޔާ ދޭނެ ކަމަށް އެކަމަކު އެމެން އެގޮތަށް ކަން ނުކުރެއޭ ޑެއިލީ ސްޓްރަގުލް ތަމެން ތިޔާ ބުނަނީ އެއްބާރުލުން ލިބޭނެއޭ މަމެންނަށް ގަބޫލުކުރަން ވަރަށް ދަތިއޭ މިޝަން ކާމިޔާބު ކަމަށް އައި އޭމް ގޮނާ ރޮކް ދިސް އޯއް އޯއް އޯއް..

  2. މާމިގިލީ މީހާ

    ގާސިމަކީ ރާއްޖެއިން ވެސް ބޭރުކުރާންޖެހޭ މީހެއް... މި ގައުމު ހަލާކު ކުރި މީހަކީ ގާސިމް. ދެއަތައް އެބުރޭ ބުރުމާ.. ވެރިކަމާ ހެދި ކާއްބަ ގަނެގެން.

    1
    1
    • މަވެސް މާމިގިލި

      ބަރާބަރު

  3. ހާމިދު ޝާހިދު

    ޔާމީންވެސް ގާސިމް އެތައްފަހަރެއްގެ މަތިން ގާތްކޮށްގެން ގެންގުޅެވޭތޯ ބެލި. އެކަމަކު ވިޔަފާރި ކަންކަމުގައި ހާއްސަ އިމްތިޔާޒުތަކެއް ގާސިމަސް ދޭންޖެހޭތީ، ރައީސް ޔާމީން ވިދާޅުވީ "ހޯހޯ" ތިޔަހެން ނޫޅުއްވާ. ތިކަމަކަށް ޖާގައެއް ނުދެއްވޭނެ.

  4. ޙަސަން

    ތިޔަ ޙާމިދަކީ ހޮނޑައިދޫ ބޮޑުކަތީބު. ހަމަހޭގައިބާ ތިޔަ ކަލޭގެ ހުރީ؟

  5. ދުރުމި

    ހާމިދު ނުގޮވިޔަސް ތިޔަކަމަކީ ނިމިފަ އޮތްކަމެއް..ހާމިދުއަކީ އަނގަގަދަ މިތުރު ވީމަ ކެއްނުލަވައިގެން ގޮވާލީތަ..

  6. ހުސޭނުބޭ

    ޤާސިމް ބޭރުކޮށްލާއިރަށް ވެރިކަން ބަދަލުކުރަން ވަގުތުން ނުކުންނާނެ!

  7. ކިނބޫ

    އޭ ހޮނޑައިދޫ ދޮންވެލި ޑުވާފް! ކަލޭގެ ރޫހާނީ ލީޑަރު ބޮޑު ޓެރަރިސްޓު ޖަލުން ނިކުމެ އެއުޅެނީވެސް ތިބުނާ ކަހަލަ ވަތެއްގެ އެހީގައެއްނު. އަނގަ ނުގެޅިއްޔާ މާ ތާހިރެއްނު.

  8. އަޅޯބެ

    ހައްޕުކިޔައިގެން ތިބީމަ މީހުން ގަދަރު ކުރާނެ
    ހެެހެހެހެ މީލަވައެއް

  9. ބޯބުރާންތި

    ހޮންޑައިދޫ ހާމިދު ކީކޭ މިކިޔަނީ؟؟؟؟ މި ހާމިދުގެ ރަލުގެ މައްސަލަ އޮބުނީތަ އަހަރެއްހާދުވަހު ލަންކާގަ އުޅެފަ އައީމަ؟؟؟

  10. ޑެއިލް

    ގާސިމުގެ ބޭނުން އެމްޑީޕީއަށް ހިފި ނިމިއްޖެ. ޢަވަހަށް ބޭރުކުރޭދެން. ޔަޙޫދީން ވަކިކުރަން ގާސިމްއަށް ނޭގުނީމަ ހިތާމައަކީ.

  11. ތިމަންނަ

    ކިއްލި ބައިސާ ގެ ޕަވަރުގައި މިއަދު މަކިޓާ ޖެހުނު ކޮންމެ ތަނެއް ތޮރުފާލާނެ

    1
    1
  12. އަހްމަދު

    މި ހާމިދު މިދައްކަނީ އާންމުންގެތެރޭގައި މިހާރު އަންނި އަށްދައްކަން ނުކެރޭވާހަކަތައް، އެ އިއްވަނީ އަންނިގެ އަޑު.

  13. ބަނާނަ މޭން

    ގާސިމް ރާއްޖެއިންވެސް ބޭރުކުރަންޖެހޭ

    2
    1
  14. ނުރަބޯ

    ގާސިމުގެ މުޅި ތާރީޚަށް ބަލާލިޔަސް އެނގިގެން ދަނީ އޭނާއަކީ އެއްވެސް ސާބިތުކަމެއްނެތް އަމިއްލަ އެދުން ބޮޑުމީހެއްކަމެވެ. އެމްޑީޕީ އަށް 2008ގެ ރިޔާސީ ރޭސް ކާމިޔާބުވުމުގައި ގާސިމުގެ ހިއްސާ ބޮޑެވެ. އެހެންނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީ ނުބައިމީސް ކޮށްފައި ނިކުމެ އެމްޑީޕީގެ ނުބައިކަމާ ނުރައްކައުތެރިކަމުގެ ވާހަކަ ދައްކާ، އެމީހުންނަށް ވެރިކަން ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެނުކަމުގެ މައްޗަށް ހިތާމަކޮށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފަ ދެންއެރީ ޕީޕީއެމް ފަޅިއަށެވެ. ޕީޕީއެމަށް ރިޔާސީ ރޭސް ކާމިޔާބުވުމުގައިވެސް ގާސިމްގެ ޙިއްސާ ބޮޑެވެ. އެސަރުކާރު ގާއިމުވުމާއެކު އެސަރުކާރުގެ މޮޅު ކަމާ ފުރިހަމަކަމާ އެސަރުކާރުން ރައްޔިތުންނަށް ލިބޭނެ ފައިދާޔާ ލާބަޔާ މަންފާ ކިޔައިދީ، އެސަރުކާރުން ތިމައްނަ އާއި ފާޚާނާ ސާފުކުރުމުގެ ވަޡީފާ ޙަވާލު ކުރިޔަސް އެކަމުގައި ދެމިހުންނާނެ ކަމަށް ބުނެފަ. ކުޑަ ދުވަސްކޮޅެއްވީތަނާ ރައީސް ޔާމީނު ނުބައިމީސް ކޮށްފަ އެތަނުން ފޭވެ، މައުމޫނުވެސް ގޮވައިގެން އަނެއްކާވެސް މިދިޔައީ ހަމަ ކުރިންވެސް އެބަޔަކާ ބައިވެރިވެވުނު ކަމުގެ މޮޔަހީވި އެމްޑީޕީގެ ފަހަތަށެވެ. އަމިއްލަ އެދުމާ ޖެހުނީމާ އެއްކަލަ ކުރިން ވީވަޢުދުތައް ހަނދާނެއް ނެތެވެ. ކޮންމެއަކަސް އެމްޑީޕީ ވަރުގެ މާތް މޮޅު ރަގަޅު ބައެއްނެތޭ ގޮވަމުން އެމީހުންގެ ފަހަތަށްގޮސް ބަޣާވާތްކޮށްގެން އަނެއްކާވެސް އެމްޑީޕީ އަށް ވެރިކަން ކާމިޔާބުކޮށްދީފިއެވެ. މިހާރު މުޅިއޮޑީގައި ހަސަނުގެ ދެފައޭ ބުނާގޮތަށް މުޅިސަރުކާރުގައި ގާސިމެވެ. ތިމާ އަކީ ވަޒީރެކެވެ، އަނބިގޮއްޔެ އަކީ ވަޒީރެކެވެ. އަރިހު ގައި ގެންގުޅޭ ކޮރަޕްޓް މީހުންނަކީވެސް ވަޒީރުންނާ ދައުލަތުގެ ވަޒީރުންނާ ނައިބު ވަޒީރުންނެވެ. އެކަމަކު ވެސް އަދިވެސް މިއުޅެނީ ނުފުދިގެންނެވެ.

    4
    1