ނ.އަތޮޅު މެދުފަރުގައި ހިންގަމުން އަންނަ ސޮނެވާ ޖާނީގައި މަސައްކަތްކުރާ މުވައްފަޒުންނަށް އޮޅުވާލައިގެން ސާރވިސް ޗާރޖް ދެމުންދާ މައްސަލައެއް، ވަޒީފާއާއި ބެހޭ ޓަރައިބިއުނަލުން ބަލަން ފަށައިފިއެވެ.

ސޮނެވާ ޖާނީގެ މެނޭޖްމަންޓާއި ދެކޮޅަށް މި މައްސަލަ ހުށަހަޅާފައިވަނީ، އެ ރިސޯޓުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނ.ހޮޅުދޫ ރީޓާ، ޙަސަން ޒަރީރެވެ.

މި މައްސަލައިގެ ތަފްޞީލް ޙަސަން ވަނީ "ވަގުތު" އާއި ޙިއްޞާކޮށްފައެވެ.

"2016 ވަނަ އަހަރު، ފުރަތަމަ އަހަރެމެންނަށް ދެމުން އައީ ފިކްސްޑް ސާރވިސް ޗާރޖެއް. ނަމަވެސް ރިސޯޓު ރަސްމީކޮށް ހުޅުވުމަށްފަހު، ރިސޯޓަށް ލިބޭ އެއްޗަކަށް ބަލާފައި ސާރވިސް ޗާރޖް ދެމުން އައީ. ނަމަވެސް ވަކި ހިސާބަކުން، ބ.އަތޮޅުގައި ހިންގާ ސޮނެވާ ފުއްޓާއި ސޮނެވާ ޖާރނީގެ ސާރވިސް ޗާރޖް އެއްކޮށްލައިގެން ދޭ ގޮތަށް ނިންމީ. އެހާ ހިސާބުން މުވައްޒަފުން ހިތް ހަމަ ނުޖެހިގެން 2017 ވަނަ އަހަރުގެ ތެރޭގައި ޕެޓިޝަނެއް ހެދުމުގެ މަސައްކަތް ފެށީ. ދެން މެނޭޖްމަންޓުން ބުނީ، ތިކަމަށް ހައްލެއް ހޯދާނަމޭ ޕެޓިޝަން ހުށަނާޅާ މަޑުކުރާށޭ. ދެން އަނެއްކާވެސް ވަކިން ސާރވިސް ޗާރޖް ދޭން ފެށީ. އެއްހާސް ޑޮލަރުން މަތީގައި ސާރވިސް ޗާރޖް އާއްމުކޮށް އުޅޭނީ." ޙަސަން ބުންޏެވެ.

"ވަގުތަށް" މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސޮނެވޭ ޖާނީ ހިންގަމުން އަންނަނީ ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް ސޮނެވާ ފުށި ހިންގަމުން ދަނީ ބަނީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. ކަންމިހެން ހުރިއިރު، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަލާއިރު، ދެ ކުންފުންޏަކުން ހިންގާ ދެ ރިސޯޓަކަށް، އެއް ރިސޯޓަށް ލިބޭ އާމްދަނީ ބަހާލައިގެން ސާރވިސް ސާރޖްގެ ގޮތުގައި ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ދެކުންފުންޏަކުން ދެ ރިސޯޓް ހިންގި ނަމަވެސް ދެ ރިސޯޓަކީ ވެސް އެކެއްގެ ދެ ރިސޯޓެވެ.

މި މައްސަލައާއި ގުޅޭ އެހެން ވާހަކައެއްވެސް ޙަސަން ވަނީ "ވަގުތު" އާއި ޙިއްޞާކޮށްފައެވެ.

"މި މައްސަލަ ބޮޑުވެގެން ދެން ފަހުން ރިސޯޓުގެ މެނޭޖްމަންޓުން ބުނީ، މިހާރު އޮންނާނޭ އެހެން ކުންފުންޏެއް ހަދާފައި. ދެ ރަށުގެ މުވައްޒަފުންވެސް މިހާރު ތިބޭނީ އެ ކުންފުނީގެ ދަށުގައޭ. އެ ކުންފުންޏަށް ކިޔާ ނަމެއް ކަމަށް ބުނީ ސޮނެވާ މެނޭޖްމަންޓް ބީ.ވީ.އައި ލިމިޓެޑް. ދެން އެހެންބުނެފައި އަނެއްކާވެސް ހަމަ އެއްކޮށްލައިގެން ސާރވިސް ޗާރޖް ދެމުން ދިޔައީ. މިހާރުވެސް ދެނީ އެގޮތަށް. އެހެންވެ މި މައްސަލަ ބަލަން ބޭނުންވީ. ވަރަށް ގިނަ މުވައްޒަފުން ތަކެއްގެ ހައްޤާއި ގުޅުންހުރި މައްސަލަ އަކަށް ވާތީ." ޙަސަން ބުންޏެވެ.

ވަޒީފާއާއި ބެހޭ ޓަރައިބިއުލަނުން ބަލަމުންދާ މި މައްސަލައިގެ، އިޖުރާޢީގޮތުން ނިންމި ގޮތުގެ ރިޕޯޓު "ވަގުތަށް" ވަނީ ލިބިފައެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައަށް ޖަވާބުދާރީ ވުމުގެ ގޮތުން، ސޮނެވާ މެނޭޖްމަންޓް ބީ.ވީ.އައި ލިމިޓެޑަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ސިޓީއެއް ސޮނެވާ ޖާރނީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް މައްސަލަ ބެލިބެލުމުން، އެ ކުންފުންޏަކީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނޫންކަން އެނގެން އޮންނަ ކަމަށެވެ.

"މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސިޓީއަކީ އިސްވެ ދެންނެވުނު މައްސަލަ ރައްދުވާ ފަރާތާއި ސޮނެވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑް ކުންފުންޏާއި ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުންތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އިޢުތިރާޒު ނުކުރާކަން ދަލީލުކޮށްދޭ ސިޓީއެއް ކަމުގައި ބުނި ނަމަވެސް، އިސްވެ ބުނެވުނު ސިޓީގައި މައްސަލަ ރައްދުވާ ފަރާތާއި ސޮނެވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑް ކުންފުނީގެ މައްޗަށް ޝަރުތުތަކެއް ލާޒިމުކޮށް، ޝަކުލީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް މަތިކޮށްފައިވާކަން އެނގޭ" އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.

މި މައްސަލަ ހުށަހަޅާފައިވާ ޙަސަން ޒަރީރުގެ ވަކީލުވެސް ވަނީ މި މައްސަލައާއި ގުޅިގެން "ވަގުތަށް" މަޢުލޫމާތު ޙިއްސާކޮށްފައެވެ. ޙަސަންގެ ވަކީލު ވިދާޅުވީ، ސޮނެވާ ޖާރނީން ވަނީ މުވައްޒަފުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށާއި، އެތަށް މުވައްޒަފުންނެއްގެ ޙައްޤު ގެއްލިފައިވާކަން ޤަބޫލުކުރެވޭ ކަމަށެވެ.

"މި މައްސަލަ މި ނިމުނުގޮތަށް ބަލާއިރު، އެމީހުން އެ ދެއްކި ވާހަކަ ތަކަކީ އޮޅުވާލުމަށް ދައްކާފައިވާ ވާހަކަ ތަކެއް. އަދިވެސް މުވައްޒަފުންގެ ޕެންޝަން ފައިސާވެސް ޖަމާވަނީ ހިލްސައިޑް ވިލާގެ ނަމުގައި. އެއިން އެނގެނީ ހަމަ ކުރީގެ ކުންފުނީގެ ނަމުގައި ކަމަށް މުވައްޒަފުން ތިބީ. ދެން އެބުނަނީ މިހާރު އެހެން ކުންފުންޏެއް ހަދައިފީމޭ. ޤާނޫނު ބުނާގޮތުން މުވައްޒަފުންގެ ހައްޤުތައް ފުރިހަމަ ނުކޮށްދީ އެހެން ކުންފުންޏަކަށް މުވައްޒަފުން ބަދަލެއް ނުކުރެވޭނެ." ވަކީލު ވިދާޅުވިއެވެ.

މި މައްސަލާއި ގުޅިގެން ސޮނެވާ ޖާނީ ރިސޯޓުގެ އެޗް.އާރު ގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ، މުވައްޒަފުންގެ ފަރާތުން އެކަހަލަ ޝަކުތާތަކެއް ހުށަހަޅަމުން އަންނަ ކަމަށާއި، އެކަމުގެ ތަފްޞީލީ މަޢުލޫމާތު ދެވޭނީ މެނޭޖްމަންޓްގެ އިސް ބޭފުޅަކަށް ކަމަށެވެ.

މި މައްސަލ ބާޠިލުކޮށްދިނުމަށް ހިލްސައިޑް ވިލާއިން ހުށަހެޅި ނަމަވެސް، މި މައްސަލަ ބާޠިލު ކުރެވެން ނެތްކަމަށް ކަނޑައަޅާ، މައްސަލާގައި މައުޟޫޢީ ގޮތުން ޖަބާދުދާރީ ވުމަށް ހިލްސައިޑް ވިލާއަށް ވަނީ އަންގާފައެވެ.

ސޮނޭވާ ޖާނީ އަކީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓެވެ.

ރާއްޖޭގެ ގިނަ ރިސޯޓްތަކުން މުވައްޒަފުންނަށް އިންސާފުވެރިކަމާއި އެކު ސާވިސް ޗާޖް ނުދޭތީ މުވައްޒަފުން ވަރަށް ބޮޑަށް ޝަކުވާ ކުރެއެވެ. ނަމަވެސް އެ ޝަކުވާތައް ހައްލު ކޮށްދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މާސްޓަރ

    ތިކަމެއްނުވާނެ. ތިޔައީ އިންޑިއާ މީހެއްގެ ރިސޯޓެއް.

  2. މެނޭޖަރު

    ހަސަނާ ސާބަސް?

  3. ސާޔާ

    ސޮނޭވާއަކީ އެންމެގިނައިން ގަވައިދާ ޚިލާފަށް ބޭރުމީހުންގެންގުޅޭތަން. ސޮނޭވާގެ ދެރިސޯޓް ޗެކްކޮށްބަލަ. ޢިންޑިޔާ މީހުންގެ އުނދަގޫ

  4. ޏަސް

    ސަން ސިޔާމް އެއްވެސް ރިސޯޓެއްގަ ފުލްކޮށް ދޭންޖެހޭވަރާށް އެއްވެސް މަހެއްގައި ސާވިސް ޗާޖް ދޭތޯ އޭނަކައިރިން އަހާބަލަ

  5. ޖޫސް ޕެޓީ

    ތިޔަކަހަލަ ކިތައް ރިސޯރޓް

  6. ޜިސޯޓު ބޯއީ

    ޗަންޕާ ރިސޯޓުތަކުން ހިންގާ ޖަރީމާތައް ހުއްޓުވަން ސަރުކާރު ނުކުޅެދިފަ.
    ައަހަރީ ޗުއްޓީ ، ސިކްލީވް، ޕަބްލިކް ހޮލިޑޭ ނެގުމުން ސާވިސް ނުދޭ.

  7. އަސްލު

    ރާއްޖޭގެ ގިނަ ރިސޯޓް ތަކުގަ ތިބެނީ ބިދޭސީ މެނޭޖްމަންޓް މިހާރު ގިނަ ރިސޯޓް ތަކުގައި މުވައްޒަފުންގެ ގޮތުގައި ދިވެހިން ތިބޭނީ ވެސް އެ ރިސޯޓެއްގެ މުވައްޒަފުންގެ %20 މީ ހިންގަމުން އަންނަ ގާނޫނާ ޚިލާފު ކަން ކަން މިކަން ކަން ބަލާނެ ބަޔަކު ނެތް ސަރުކާރުން ވެސް މިކަން ކަން ނުބަލާ އަދި ބަލަން ވެސް ބޭނުން ނުވޭ ކޮންމެ ރިސޯޓެއްގެ %60 އަކީ ދިވެހިން ކަމަށް ގާނޫނުގައި ލިޔެވިފަ އޮންނަނީ އެއީ އަމަލު ކުރާ ކަމެއް ނޫން އެކަމް ވޯޓް ހޯދަން ވީމަ ވަޒީފާ އާއި ދެންޖެހުނު ހައްގެއް ހޯަދައި ދޭނަމޭ ބުނެ ކޮންމެ މީހަކު ވާހަކަ ދައްކާއިރު ކީއްވެ ގާނޫނީ ގޮތުން ދިވެހިންނަށް ލިބިދީފަވާ މިފަދަ ވަޒީފާގެ ހައްގު ހިމާޔަތް ނުކޮށްގެން އުޅެނީ ހަމަ އަޖައިބުވޭ މި ކަން ކަމާ

  8. ަީައީސަ

    ހުރިހާ ރިސޯޓަކުން ވެސް ހަދާނީ މަކަރު

  9. ދަސީލާ

    ސަރުކާރުން ވަކިން ޚާއްސަ ކޮށް އިބޫގެ ސަރުކާރުން ދަނީ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތަކުން ވެސް ދިވެހިން ކަނޑާލާ ބޭރު މީހުންނަށް އެޖާގަ ދޭން އެމެންނަށް ވާރކް ވިސާ ވެސް ދެމުން ދިވެއްސަކު ރިސޯރޓްގެ މަތީ މަގާމަކަށް ކުރިމަތި ލައިފިނަމަ ޝޯރޓް ލިސްޓް ވެސް ނުކުރޭ ބޭރު މީހުން އެކަނި ޝޯރޓް ލިސްޓް ކުރަނީ ދެން ބުނަނީ ދިވެއްސަކު ނުލިބެނީއޭ ކިޔާ ރޯ ބުހުތާނު ދޮގު ހަދަނީ ނޫނު އަތޮޅުގައި އޮތް ވެލާ އާއި ރަންދެލި ވެސް ހަދަނީ މިހެން އަދި މާލެ ބުޑުގައި އޮތް އެނބޫދޫ ފަޅު ވެސް ހަދަނީ މިހެން ދެން ކޮބާތޭ ސަރުކާރެއް އޮތުމުގެ ބޭނުމަކީ އެކަމަކު ރައީސް އޮފީސް ޕޮލިސީ ސެކްރެޓަރީ މެން ބޮޑެތި ކޯޓް އަންހެންވެރިންނަށް ވާއިރު ވެސް ލައިގެން ލަންކާ ގައި ބަނޑުދަމަން ތިބެނީ ދެން އެއްވެސް ކަމެއް ނުކޮށް މިއާލާތުން ސަރުކާރުގެ ފައިސާ ގަނޑު މަޅާލަނީއޭ ކިއެއްވެތޭ ރިސޯރޓްސް ތަކަށް ވާރކް ވިސާ ބޭރުމީހުންނަށް ދޭންވީ ދޭންޖެހޭނީ ބިޒްނެސް ވިސާއޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ތަމެން ދެން ސީލަބަލަ ސީލާ ސީލާ ސީލާ ދަ ސީލާ..

  10. އަމްދީ

    މީގެކުރިންވެސް މިގައުމުގައި ބުންބާ ނުވތަ ބޮންބޭ މީހުން ދިވެހިވިޔަފާރިތަކުގެ މައްޗަށް ގަދަވެގަނެގެން މިގައުމުންނުފައިބަން މަސައްކަތްކުރިދުވަސް ހަނދާއެބަހުރި އަނެއްކާވެސް އެދުވަސްތައް އަނބުރާ އިއާދަކުރުމުގެ ކޮޅުމަތިފެށިގެންމިދަނީ އަތޮޅުފިހާރަތަކުގައި ތަރުކާރީ ވިއްކަންމިތިބެނީއޭގެމީހުން މިބައިގަނޑު ވަކިހިތްޕާލައިފިނަމަ ވަކިތައްނައްޓަން ވަރަށްއުނދަގޫވާނެ

  11. ކުމާރު ސާނޫ

    ރިސޯރޓްތައްބަލަހައްޓާ ކޮމެޓީއެއް ހަދަންފެނޭ..

  12. ބަނާނާ

    އަސްލު ހަމަތެދެށް ވަރައް މަކަތުހަދާ.މިކަންބެލޭނެގޮތެއް ނެތީތަ؟ހަސަނައް ސާބަސް.ސޮނެވަާފުށީ ގަ މުވައްޒަފުންގެމެދުގައި ތަފާތުކުރުން ވަރައްބޮޑު.ސާވިސްޗާޖްވެސްދެނީ މަހުގެ ފަނަރައިގަ މީވާތަނެއް،،،،،،،،،،،،

  13. ރިސޯޓް މުވައްޒަފެއް

    ސޮނޭވާއަކީ އެންމެގިނައިން ގަވައިދާ ޚިލާފަށް ބޭރުމީހުންގެންގުޅޭތަން އަދި ފުރަވެރި ރިސޯޓު ވެސް.............. ހަސަނާ ސާބަސް

  14. އަލީ އަލީ

    ސެންތާރާ ރަސްފުށި އަދި ސެންޓާރާ ގްރޭންޑް ގަ ސަވިސްޗާރޖް ފިކްސް ކޮށްފައި! ރަސްފުށީގައި 425 ޑޮލަރު އަދި ގްރޭންގްއި 475 ދޮލަރު ! މިއީ އެއްމެ ގިނައިން ގެސްޓުން އަންނައެއް ރިސޯޓް! ސާވިސްޗާޖު 10% އަށް ލިބޭހާ ލާރި ވަންނަތަނެއް ނޭނގޭ!

  15. ހަމަ މަ

    ޗަމްޕާ ރިޒޯޓްތަކުގެ ކުރެއްދޫ ކޮމަންޑޫ ތަންތަނުން ނުހައްގުން މީހުން ވަޒީފާއިން ވަކިކޮށް، ސާވިސް ޗާރޖް ފިކްސް ކޮށް، އިންޑިޔާ ސްރީލަންކާ އާލާތުން މެނޭޖްމެންޓްގަ ބައިތިއްބައިގެން ބޮޑު ޖަރީމާތަކެއް ހިންގާ އެބަ. އޮޑިޓަރުން ދިޔަޔަކަސް ރެސްޓޯރަންޓްތަކަށް ވައްދާ މީރުކޮށް ކާންދީފަ ފޮނުވާލަނީ!! ސްޓާފުންނާ އެއްވެސް ސުވާލެއް ނުކުރާނެ. މިހާރުވެސް ތީގެއިން ރިޒޯޓަކަށް ގޮސް ސްޓާފުންގެ ފައިލުތައް ބަލާބަލަ ނާއިންސާފުން ގާނޫނާ ހިލާފަށް ކޮށްފަ ހުންނަ ކަންތައް. އަހަރުންނަށް ޓްރައިބިޔުނަލް އަށް ދާންވެސް ނުކެރެނީ އެއްވެސް ސަރުކާރަކުން ޗަމްޕާޔާ ކުޅޭން ނުކެރޭތީ!! ޗަމްޕާ އަކީ ހަމަ ކޮރަޕްޝަންގެ ބޮޑު!!

  16. ސޭޓް އަންހެނުން ފިރިމީހާ

    ނުޖެހޭ ދޭާކަށް

  17. މާޓިން

    ބަލާ އަހަރުމެން ސިކުސެންސުގާ ނުދޭނަމު ސާާވިސްޗާޖެއް

  18. ާއިއްސުއޭ

    ނޮކުމޯލްޑިއުސް ގަވެސް ދިވެހިނަވުރެ ގިނައީ އިންޑިއާ ލަންކާ މީހުން އެމީހުގެ މުސާރަވެސް ބޮޑު ކާކު މިކަންކަން ބަލަނީ މީން ކަމަކާ އުޅެފިޔާ ގެލޭނީ އުޅޭ މީހެގެ ވަޒީފާ

  19. މުގުރި

    ދިވެހިންގެ ހަލާކު ދިވެހި ސަރުކާރުގެ ދޯހަޅިކަމުން. އެއްވެސް ކަމެއްގެ ހައްލެއްނެތް.