ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 139 މީހުން މިހާރު ވެސް ފުލުހުންގެ ބަންދުގައި އެބަތިބި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މުޒާހަރާގެ ތެރެއިން 141 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ނަމަވެސް މިހާރު ފުލުހުންގެ ބަންދުގައި ތިބީ 139 މީހުން ކަމަށެވެ. އެއީ 26 އަންހެނުންނާއި 113 ފިރިހެނުންނެވެ.

ސަރުކާރު "ހުއްޓުވާ" ސަރުކާރު "ވައްޓާލުމަށް" އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ވަނީ ރޭ 00:30 ހާއިރު ރޫޅާލާފައެވެ. ނަމަވެސް އޭގެ ފަހުން ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރާ މީހުން ހަރަކާތްތެރިވިއެވެ.

ރޭ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރީ ރޭގެ މުޒާހަރާ އަކީ ޣައިރު ޤާނޫނީ އެއްވުމެއް ކަމަށާއި އެހެންކަމުން މުޒާހަރާގައި ބައިވެރި ނުވުމަށް ފުލުހުން ތަކުރާރުކޮށް ގޮވާލާފައި ވަނިކޮށެވެ.

މުޅި ރާއްޖެ އިން މީހުން ގެނެސްގެން މުޒާހަރާ ކުރިއަށް ގެންދިޔަ ނަމަވެސް މުޒާހަރާގައި ބައިވެރިވީ ނިސްބަތުން މަދު ބައެކެވެ. މުޒާހަރާ އަށް އަތޮޅުތެރެއިން މީހުން އައުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ގެންދިޔަ ނަމަވެސް ގިނަ ބައެއްގެ ތަރުޚީބެއް އެކަމަށް ލިބިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަލާދީނިއަންސް

    ހައްޔަރުކުރި މީހުންގެ އަދަދު 100 އަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމުގައި ވަނީ ނަމަ އެއީ އެއްވެސް މައްސަލަ އެއް ނޫނޭ އެކަން ދާން ޖެހޭނީ އެމަގުންނޭ މުޒާހަރާ ކުރުމަކީ މާލޭގައި މަނާ ކަމެއް ތަމެން ކިޔާ އެއްޗެއް ސޯޝަލް މީޑިއާގައި ކިޔަންވީ އެއްގޮތަަކަށް ވެސް ދަ ރާއްޖެތެރޭން މާލެ އަށް ބިންމަތީގައި ފައިވާން ދަމަމުން ފެގް ބޮމުން ދާ ބަގަ ތައް އަރާ މުޒާހަރާ ކުރާނެ ކަމެއް ނެތޭ މާލޭ މީހަކު ނުދޭ ދޯ ދަ ރާއްޖެތެރެއަށް މުޒާހަރާ ކުރަން. މިކަން އެމްޑީޕީން ދަނެގަންނަންވީއޭ ތަމެން ބޭނުން ނަމަ އައްޑޫ ހުޅުދޫ ދިގު ފަރުގައި އަށި އަޅައިގެން އެތަނުގައި 100 އަހަރު ދުވަސް ވަން ދެން މުޒާހަރާ ކުރިއަސް މައްސަލަ އެއް ނެތޭ. ތަމެންނަށް ހުއްދަ އެތަނުގައި މުޒާހަރާ ކުރަން. ދަ ގްރޭންޑް މާލެ އަކު މުޒާހަރާ ނުކުރެވޭނެއޭ. މަހަށް ދޭބަލަ ދެން ރަންރީނދޫ ޓްވިޓަރޭ މެން. މަހަށް މަހަށް މަހަށް ދޭބަލަ. ކޮން ގިނަ ބަޔެއްތޭ މުޒާހަރާ އަށް ނިކުތީ އެއީ ލާދީނިއަންސް އޭ މަމެން ބުނަން ނެތީމު ދޯ.

    • Anonymous

      ކަލޭ މެން ފިޔާތޮށި ލައިގެން ކިތަންމެ ވަރަކަށް މުޒާހަރާ ކުރިޔަސް ހެޔޮ ދޯ؟

  2. އަބުދުﷲ ޖަމީލް

    ނިސްބަތުން މަދުވީމަތަ ރާއްޖޭގެ ހުރިހާ ފުލުހުންނާއި ސިފައިން ނުކުމެވެސް ތިނެއްޖަހަންދެން މުޒާހަރާހުއްޓާނުލެވި 141 މީހުން ހައްޔަރުކުރީ

  3. ހަސަނު

    139 މީހުން ފުލުހުން ދޫކޮއްލީމަތާދޯ ނުޒާހިރާ އެއް ދެން ކޮށްލެވޭނީ ވެސް

  4. އަދް

    ޓިނު ވަގު 100 ހަމަ ނުވޭތަ އަދިވެސް