އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި ބައެއް ސަރުކާރުގެ އޮފީސްތަކުގެ ތަޅުދަނޑި ރައްކާ ކޮށްފައި ހުންނަ ތަނުގެ ތަޅުދަނޑި ގެއްލުމުން މިއަދު އައްޑޫގެ ބައެއް އޮފީސްތައް ހުޅުވުން ލަސްވެ، މުވައްޒަފުން ގަޑި ޖެހިއްޖެއެވެ.

އައްޑޫގެ ޚަބަރުތައް ގެނެސްދޭ "އައްޑޫލައިވް" އިން ބުނީ އޮފީސް ގަޑިއަށް ނުހުޅުވުނީ ސަރުކާރުގެ އޮފީސް ތަކުގެ ތަޅުދަނޑި ބަހައްޓާފައިވާ ކޮޓަރީގެ ތަޅުދަނޑި ގެއްލުމާއި ގުޅިގެންނެވެ. އައްޑޫގެ ސަރުކާރު އޮފީސްތަކުގެ ތަޅުދަނޑިތައް ހުންނަނީ ހިތަދޫ ޕޮލިސް ސްޓޭޝަންގައެވެ. ކޮންމެ ދުވަހަކު އޮފީސް ބަންދު ކުރުމަށް ފަހު ތަޅުދަނޑިތައް ޕޮލިސް ސްޓޭޝަނަށް ގެންދަން ޖެހެއެވެ.

އައްޑޫ ކައުންސިލް އިދާރާގެ މުވައްޒަފަކާއި ހަވާލާދީ "އައްޑޫލައިވް" އިން ބުނީ މިއަދު ހެނދުނު ތަޅުދަނޑި ބަލައި ހިތަދޫ ޕޮލިސް ސްޓޭޝަނަށް ދިއުމުން ފުލުހުންނަށް، ތަޅުދަނޑި ދެވޭގޮތް ނުވުމުން ހުރިހާ މުވައްޒަފުން ގަޑި ޖެހިފައިވާ ކަމަށެވެ.

މިއަދު މުވައްޒަފުން ގަޑި ޖެހުނު އޮފީސް ތަކުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި، ހިއުމަން ރައިޓްސް ކަމިޝަންގެ އިތުރުން އޮޑިޓް އޮފީސް ހިމެނެއެވެ.

އޮފީސްތަކުގެ ތަޅުދަނޑި ހަވާލު ނުކުރެވުނު ސަބަބާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުވައްޒަފު

    ތަންދޮރު ބަލަާފަ ހަބަރުލިޔަން ފެނޭ! އެއްވެސް މުވައްޒަފަކު ގަޑި ނުޖެހޭ !! އެެއީ ޙާއްސަ ހާލަތެއް މެދުވެރި ވީމަ.

  2. އަބޫ ނިޝްޥާން

    ތަޅުދަނޑި ގެއްލިގެންނުވާނެ އެބުނާ ތަޅުދަނޑިއަކީ ތަނުން ބޭރަށް ގެންދަންޖެހޭ އެއްޗަކަށްނުވާތީ ކަމަށް ކަމޭނުހިތުމުގެ ސިފަތިފެންނަނީ

  3. ޢަލްހާން

    ކުރިންވެސް ތިއީ ގަޑިއަކައް އަންނަ ބައެއްނޫން މޮޅުވށހަކަ ދައްކަނީ

  4. ނުރަބޯ

    މުވައްޒަފުން ގަޑިޖެއްސުން އެއީ މަތިން އައި އަމުރު ފުޅަކަށް ކުރާކަމެއް ނޫން. މުވައްޒަފުން ގަޑިއަށް ޙާޒިރުވެ ތިބިއްޔާ ތިބިމުވައްޒަފުންގެ ލިސްޓެއްނަގާފަ ފަހުން އެކަން ގަޑިޖައްސާ މެޝިނުން ހަމަޖެއްސީމާ އެ ނިމުނީ. ތަނެއްގެ ތަޅުދަނޑި ނުފެނުމުންނާ، ކަރަންޓް ގޮސްގެން ގަޑިޖައްސާ މެޝިން ބޭނުން ނުކުރެވުމުން ވިޔަސް ގަޑިއަށް ޙާޒިރުވެތިބި މުވައްޒަފުން ގަޑިއެއް ނުޖެހޭނެ. އެއީ އެމީހުންގެ ކުށެއްނޫން.

  5. ބެއްޔާ

    ހެހެހެ! ކޮންފަދަ ލިއުމެއް! ވިއްސާރެ ވީމާ ވެސް ގަޑިނުޖެހޭ!