2012 ފެބްރުއަރީ ހަތެއްގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ޖެހިގެން އައި ދުވަހު، 8 ފެބްރުއަރީގައި ބޮޑުކަންނެލި ދަމާހެން ރައްޔިތުން މަގުމަތީގައި ދެމި މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 8 ފެބްރުއަރީގައި ބޮޑުކަންނެލި ދަމާހެން މަގުމަތީގައި ރައްޔިތުން ދަމައި، ރައްޔިތުންނާ މެދު އަނިޔާވެރި އަމަލު ހިންގުވި ވެރިންނަށް ފިޔަވަޅު އަޅަން އިލްތިމާސްކުރާ ކަމަށެވެ.

"އެތަށް ޒަމާނެއް ވަންދެން ރައްޔިތުންނަށް އަނިޔާކޮށްފައި އެކެއް ފެބްރުއަރީ 2018 ގެ ކުރިން ހަދާން ނައްތާލީމަ ނިމުނީކީ ނޫން " މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އަނިޔާވެރިކަން ފިލާނީ މުލުން ލުހެލައިގެން ކަމަށެވެ.

މީގެ އިތުރުން މޫސަ ކުރި އެހެން ޓުވީޓެއްގައި 2004 އޮގަސްޓް 12 , 13 ގައި މިނިވަންކަމަށް ގޮވާލައި ޖުމްހޫރީ މައިދާނަށް އެއްވި މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގުވި ވެރިންނަށް ފިޔަވަޅު އަޅައި ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

8 ފެބްރުއަރީގައި ހިންގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އޭރު ހުންނެވި މޫސާ މަނިކުއަށް ފުލުހުން އަނިޔާކުރި ކަމަށް މޫސަ ދަނީ އޭރުވެސް އަދި މީހާރުވެސް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އާންމު މީހާ

  މިހާރު ތަ ތިކަންކުރާށޭކިޔުން ރީއްޗެއްނޫން ކަލޯ، މިވީ ދުވަސްތަކުގަ އެބައިގަނޑުގެ ފަހަތުގަ ހުރެގެން ހުރިހާ ފައިދާއެއް ނަގާފަ މިހާރު ކޮންވާހަކައެއް ތިދައްކަނީ..

 2. ޖޮއްބެ

  މިއަދު ބޮޑުކަންނެލި ދަމާހެން ރައްޔިތުން ދެމިޔަސް އެންމެރަގަޅު ދެއްތޯ؟ އިހަށްދުވަހުވެސް ލާދީނީ މީހަކު ހިންގާ ކޮލެޖެއްގެ ކައިރީގައި މަޑުކޮށްލިބަޔަކު ބޮޑު ކަންނެލިދަމާހެން ދަމާފަގެންގޮސް ވެހިކަލެއްގެ ތެރެއަށް ގުޅައަކަށް ޖެހިތަންދުށިން.

 3. މަ

  7 ފެބުރުވަރީގަ ހުޅުޖެހި މީހުންނަށް ކިހިނެއްބާ؟

 4. ބާާގީ

  ފެބްރުއަރީ 8 ގަ ތަންތަނުގަ ހުޅުޖެިހި މީހުނައް ހަދަންވީ ގޮތުގެ ވާހަކަވެސް މޫސަ ބުނެދޭން ވީނުން

 5. ހުސޭނުބޭ

  މަ އެދުވަހުވެސް ބުނިން މަގުތައްމަތި ފަސާދަކުރަން ނުކުމެތީ އިންސާނުންނެއްނޫނޭ! އެންމެ ފަހުން މޫސަވެސް އެއްބަސްވެއްޖެ އެދުވަހު ނުކުތީ އިންސާނުން ނޫންކަމަށް! މޫސަ އެބުނީ މަގުމައްޗަށް ނުކުތީ ބޮޑުކަންނެއްޔޯ! މޫސަޔަށްވިއްޔާ ބޮޑަށް އެނގޭނީ! އެދުވަހު މަސްތިލަކުރަން ހުރީވެސް މޫސަ!

 6. ރުޒާނާ ޗޮއްޕަޓު

  ހަހަހަހަހަ ދިފާޢީ ވަޒީރު. ކެކެކެކެކެކެ