އިންޑީޔާ ބޭނުންނަމަ ރާއްޖެ ހިފުމަކީ މާ އުދަގޫ ކަމެއް ނޫން ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލްއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑީޔާގެ ވައިގެ އަސްކަރިއްޔާއާއި ކަނޑުގެ އަސްކަރިއްޔާ އަދި އެނޫންވެސް އާލާތްތައް ބޭނުންކޮށްގެން ރާއްޖެ ހިފަން އައިސްފިނަމަ މިރާއްޖެ އިންޑިޔާގެ އިސްތިއުމާރުގެ ދަށަށް ނުގޮސް ނުވާނެ ކަމަށެވެ. މިހެން ވިދާޅުވެ މާރިޔާ ވިދާޅުވީ، އެއްވެސް ހާލެއްގައި މިއީ އިންޑިޔާއިން ކުރަން ބޭނުންވާ ކެމެއް ކަމަށް ވިދާޅު ނުވާ ކަމަށާއި ނަމަވެސް ހަޤީޤީ ނަޒަރަކުން މިކަމަށް ބަލައިފިނަމަ މިއީވާނޭ ކަމެއް ކަމަށެވެ.

އަދި އިންޑިޔާއިން މިފަދަ ކަމެއް ކުރަން ނުވިސްނާ ކަމަށާއި އިންޑިޔާއަކީ އަވަޢްޓެރި ޤައުމެއްގެ ގޮތުގައި އޮތުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމެވެ. ޑިފެންސް މިނިސްޓަރ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރާއްޖޭގައި އިންޑިޔާގެ ރާޑަރ ބެހެއްޓުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ، ރާއްޖެ އާއި އިންޑީޔާގެ މަޤްސަދު އެއްގޮތް ކަމަށާއި ދެ ޤައުމުންވެސް ބޭނުންވަނީ އިންޑީޔާ ކަނޑަކީ އަމާން އަދި އަސްކަރީ ބާރު ނުއޮންނަ ތަނަކަށް ހެދުމަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އަދި އިންޑީޔާގެ ނޫސްތަކުންވެސް ރާއްޖޭގައި އިންޑީޔާގެ ރާޑަރ ބެހެއްޓުމާ ބެހޭ ގޮތުން ވާހަކަދައްކަމުން އަންނަނީ އޮޅުމެއްގެ ތެރޭގައި ތިބެގެން ކަމަށާއި ރާއްޖެއަށް ރާޑަރުގެ ސަބަބުން ލިބިގެންދާނީ ފައިދާ ކަމަށެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ރާޑަރ ބެހެއްޓުމަށް އެއްބަސްވި އެއްބަސްވުމަށް ފާޑު ކިޔަމުންދާތީ، އެކަމަށް ރައްދު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ރާޑަރ ބެހެއްޓުމުގެ އެގްރިމޭންޓްގައި ސޮއިކޮށްފައިވަނީ ކުރީގެ ސަރުކާެރުން ކަމަށެވެ

"މިއެގްރީމެންޓަކީ ރައީސް ޔާމީންގެ ދައުރުގައި ސޮއި ކުރެވިފައިވާ އެގްރީމެންޓްއެއް. އަދި މިއެގްރީމެންޓްގެ ދަށުން ރާޑަރުގެ ބައެއް އިންފްރާސްޓަރޗަރުގެ މަސައްކަތައް މިހާރުވެސް ވަނީ ކުރިޔަށް ގެންދެވިފަ. މިސަރުކާރުން މި ޕްރޮޖެކްޓް ކުރިޔަށް މިގެންދަނީ." މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ 12 މަސްވެރިއެއް މީގެ ދެދުވަހެއް ކުރިން ގެއްލުނު ކަމަށާއި ރާޑަރުތައް ބަހައްޓާފައި ހުރިނަމަ މި މީހުން ހޯދުމަކީ ވަރަށް ފަސޭހަ ކަމަކަށްވާނެ ކަމަށާއި، ހަމަ ސީދާ އެމީހުން ތިބި ތަނަށް ދެވޭނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ދިވެހިންނަށް ރާޑަރުގެ ބޭނުން ހިފޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"ހެލިކޮޕްޓަރު އޮތީ ދިވެހީންގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެން އެމީހުން ކުރެން އެދިގެން މެޑިކަލް އެވަކުއޭޝަންތަކާއި އިންސާނިއްޔަތު ކަމަށްޓަކައި ކުރަން ޖެހުނު އުދުހުންތައް އުދުހުނީ. އަހަރެމެންނާއެކު އުދުހުންތައް ކުރީވެސް، އަހަރެމެން އެދިގެން. ދާންވީ ތަނަކާއި ދާންވީ ގޮތެއްވެސް ބުނެދެނީ އަހަރެމެން." މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވ ރާޑަރ ސިސްޓަމް މުހިންމީ ރާއްޖެއަަށް ކަމަށާއި އިންޑިޔާ ފަދަ ސެޓްލައިޓްތަކުން މުވާސަލާތު ކުރާ ޤައުމަކަށް ރާޑަރަކީ މުހިންމު އެއްޗެއް ނޫން ކަމަށެވެ.

ރާއްޖޭގައި އިންޑިޔާގެ އަސްކަރީ ރާޑަރެއް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު އެކަމަށްދަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

70 ކޮމެންޓް

  1. ހެޔޮނުވާނެ

    މިނިސްޓަރ ކަމުގަ ހުރެގެން ދައްކާވާހަކަ. ފިނޑީ ދިވެހި ސިފައިންބާ ނުނީ މި ފިނޑި މިނިސްޓަރ ބާ!

    • Anonymous

      ޑިފެންސް މިނިސްޓަރު އިންޑިޔާއަށްދިން ދައުވަތެއކޭ އެއީ. އިންޑިޔާގެބެކްޔާޑް ނު މިއީ.

  2. އައްޓަމަސް

    ހާދަ އިންޑިޔާވަންތަ ބަޔެކޭދޯ މި ރީދޫކުދިންމީ؟! މާރިޔާއިންޑިޔާއަށް ރާއްޖެދޭން ބޭނުންވިޔަސް އެކަމެއްނުވާނެ! އަދި އިންޑިޔާ ކިތަންމެބޭނުމަސް އިންޑިޔާއަކަށް ރާއްޖެ ނުވެސްހިފޭނެ!

  3. މޮހަނު

    މީނަ މީ އިންޑިއާ ގެ ޑިފެންސް މިނިސްޓަރ ތޯ؟ މި ޤައުމުގެ ދިފާއުގަ ތި ކަނބުލޭގެ ކުރިކަމަކީ ކޮބާ؟ އަހަރެމެނ މިތިބީ މިޤައުމު ޙިމާޔަތް ކުރަން ތައްޔާރަށް

  4. ހުސޭނު

    މޮޔަ ކަލޭގެ.. ނިކަމެތިކަން ގޮސް އެހެން ގައުމެއްގަ ދައްކަން ޖެހޭތަ..

    • Anonymous

      މީހުންނާ ހަތިޔާރު މަދު ގައުމުތަށް ދުނިޔޭގަ އެންމެ ގިނައީ. އެކަމަކު އެގަެުމުތަކަށް އަރާ އެތަންތަން ނުހިފޭނެ. އެއަށް ކިޔާނީ ފޭރުން. ފޭރުމުން ގާނޫނީގޮތުން ދޭ އަދަބަކީ ފޭރޭ ގައުމު ދުނިޔެއިންއެކަނިވެރިކުރުން. މިއީ އދ އޭކިޔާތަނުގަ ދުނިޔޭގެ އެންމެން އެއްބަސްވެފައިވާގޮތް.

  5. އަލީ

    ބޭނުންވިޔަކަސް ނުހިފޭ .. މަތިގޮތް ނިމިގެނ ވާނީ؟

    މާރީޔާ. އީމާންވާން ދަސްކުރަން ފެނޭ

    • Anonymous

      އިސްތިއުމާރުކުރިޒަމާން ނިމި މިއީ ގާނޫނީ ޒަމާން. މިގައުމުގެ ޑިފެންސް މިނިސްޓަރަކީ ގާނޫނީ ވަކީލަކަށްވެހުރެ އެކަންކަން އެނގިހުރެ އިންޑިޔާއަށް ރާއްޖެވިއްކާލިކަން ދޭހަވާގޮތަށް އެދައިތަ އެވާހަކަ ދެއްކީ. ދިވެހިން ހޭއަރާ މިގައުމު ސަލާމަތްކުރަން ނުކުންނަންވެއްޖެ.

  6. ްައައިސާ

    ޑިފެންސު މިނިސްޓަރައް މީނާ ލުމަކީ ވިލާތުން ފަރަންޖީއަކައް ރާއްޖޭގެ ޑިފެންސު މިނިސްޓަރުކަން ދިނުމަކީ ތަފާތެއް ނެތެވެ. މިއީ އެއްގޮތަކައްވެސް ގައުމީ ވަތަނީ ވިސްނުމެއް ހުރިމީހެއް ނޫނެވެ.

  7. އަހާށޭ

    މިއީ މިނިސްޓަރަކު ގައުމުން ބޭރުނޫހަކަށް ނޫނީ އެއްވެސް މީހެއްކައިރީ ބުނެގެން ނުވާނެ ފެންވަރުގެ ވާހަކައެކެވެ. އަބަދުވެސް އިންޑިޔާ ބަލަނީ ރާއްޖެއަކީ އެމީހުންގެ ތަނެއްގެގޮތުގައިއެވެ. އެކަން ނުކުރެވުނީ އެއިރު މައުމޫނުގެ ސަރުކާރުން އިނގިރޭސިންނާއި އެމެރިކާއާއި ގާތް ގުޅުމެއްއޮވެފައި އދ. އދި ކޮމަންވެލްތު ޤައުަކަށްވުމުންނެވެ. މިފަދަ ވާހަކައެއް މާރިޔާދެއްކީމަ އަހަރެން ބުނާނީ މާރިޔާ ރާއްޖޭގެ ޑިފެންސު މިނިސްޓަރަކަށް އަރަފޯދިވެގެންވާ މީހެއް ނޫން އދި މިލަިޓަރީ ބެކްގަރައުންޑް ނެތުމާއި އެމީހުން އެހެރީ އަންހެނެއްވީމާ ބޯރަނގަޅައް ކާލާފައި . ހުރިހާ ސިއްރުތައްވެސް ކިޔާދީ އަތުގައި ހުރި ހަތިޔާރުގެ އަދަދުވެސް ނުބުނަންތަ؟

  8. ޗެލްކާ

    ޗައިނާއިން ބޭނުންނަމަ އިންޑިއާ ވެސް ހިފިދާނެ..

    • އަބޫ

      ރަނގަޅު ވާހަކައެއް ?

  9. މާރިތާ

    ކަލޮޔާގައުމެއްނެތް

  10. ަައަލީ

    ކަމަނާ ބޭނުންވަނީ އިންޑިޔާއިން މިރާއްޖެ ހިފަންދޯ. ބުނަންހުރި އެއްޗެތި ގިނަކަމުން ދެން ނުބުނާނަން.

    • އާދަނު

      އެކަމަނާ ބޭނުވެގެން އެއުޅެނީ ޖީއެމްއަރް ގެނަން އިންޑިއާއިމް ވެސް އެކަން ނުވެގެން އެއުޅެނީ

  11. ނުރަބޯ

    ދިވެހި ރާއްޖެއަކީ ކިތައްމެ ކުޑަޔަސް މިނިވަން މުސްތަޤިއްލު ގައުމެކެވެ. އަދި އދ ގެ ކުޑައިގެ ދަށު ގައިވާ މެންބަރު ގައުމެކެވެ. އެހެންކަމުން މި ގައުމުގެ ސަބަބުން ދުނިޔޭގެ ސުލްހަޔާ ސަލާމަތަށް ނުރައްކައު ނުވާހާ ހިނދަކު މިފަދަ ގައުމަކާމެދު ޢަސްކަރީ ފިޔަވަޅެއް ނޭޅޭނެ އެވެ. އަދި އެފަދަ ޙާލަތެއްގައިވެސް ޢަސްކަރީ ފިޔަވަޅެއް އެޅޭނީ އެފަދަ ފިޔަވަޅެއް އަޅަން އދ ގެ ސަލާމަތީ މަޖްލިހުން ފާސްވުމަށްފަހުގައެވެ. އެހެންކަމުން އިންޑިއާ ބޭނުންވިޔަސް ޢަސްކަރީ ގޮތުން ބާރު ގަދަވިޔަސް މިގައުމަށް އަރާ މިގައުމު ނުހިފޭނެ އެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ދިފާޢީބާރުގެ އެއްމެމަތީ ވެރިއެއްގެ ގޮތުގަހުރެ ތިޔަފަދަ ބަހެއް ބުނިބުނުމަކީ އިންޑިއާ އަށް މިގައުމުހިފާ އިސްތިޢުމާރު ކުރަންދިން ދަޢުވަތެއް ކަމަށް ގަބޫލުކުރެވެއެވެ. އަދި ތިޔައީ ބުނެގެންވާނެ ބަހެއްވެސް ނޫނެވެ. ތިޔަހެން ވިއްޔާ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ކުދިގައުމުތަކަށް އަރާ ހިފަމުންދާންވީނޫން ހެއްޔެވެ؟ ދުނިޔޭގައި އިންޑިއާ އަށްވުރެ ބާރުގަދަ ދައުލަތްތައް ނެތްހެއްޔެވެ؟ އެފަދަ ގައުމަކުން އިންޑިއާ އާއި ދިމާކޮށްފިނަމަ އިންޑިއާއަށް ކުރެވޭނެ މާބޮޑުކަމެއް ނެތަސް. އެފަދަ ޙަމަލައެއް މައިތިރި ކުރުމުގެ ބާރުނެތްކަން އިންޑިއާއިން ހާމައެއް ނުކުރެއެވެ. ނުވެސްކުރާނެއެވެ. އެހެންކަމުން ތިޔަފަދަ ނުކުޅެދުންތެރި ބަހެއް ބުނުމުގެ ބަދަލުގައި މާރިޔާ ބުނަންޖެހޭނީ “ބޭރުގައުމަކުން ދިވެހިރާއްޖެ ހިފާ އިސްތިޢުމާރު ކުރަން ދިމާކޮށްފިނަމަ ދިވެހި އެންމެފަހު މީހާޔާ ޖެހެންދެންވެސް މާތްﷲގެ ވާގިފުޅާއެކު ޖިހާދު ކުރާނެކަމަށެވެ. ދިވެހިންނަކީ މީގެކުރިންވެސް އެފަދަ އިސްތިޢުމާރީ ބާރުތަށް މާތްﷲގެ ވާގިފުޅާއެކީ ޖިހާދު ކޮށްގެން ބަލިކޮށްފައިވާ ބައެއްކަން ހަނދާންކޮށްދީ އަންގައިދޭން ޖެހޭނެއެވެ.

    • ރަސުން

      ސަޅި ލިއުން ކޮޅު

  12. ޓިނު ބިންތި އަދުރޭ

    މިފަދަ މަގާމެއްގައި ހުރި މިފަދަ މީހަކު ބޭރުގެ ނޫހަކައް މިފަދަ ތަސައްވަރެއް ދެއްކުމަވީ ވަރައް ދަށުދަރަޖައިގެ އަމަލެއް.

  13. ޔާމީން

    ދެން އިވޭނީ އިންޑިއާއަށް އެންބަސީ އަޅަންދިން ބިމުގަ ފައްޅިވެސް އެޅިދާނޭ ބުނާ އަޑު...

  14. ޖޮއްބެ

    މިކަހަލަ ފިނޑި މޮޔައިންނަށް މިފަދަމަގާމެއް ޙަވާލު ކުރުމަކީ މިގައުމުގެ މިނިވަންކަމަށް އޮތް ވަރަށްބޮޑު ބިރެކެވެ. މިކަނބުލޭގެ އަވަހަށްގެނެސް އޭނާ މިމަގާމުން ދުރުކުރަން އެމްޑީޕީގެ އިސްވެރިންނަށް ގޮވާލަމެވެ.

  15. ދެއުޅި

    ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގެ ރާގުން ވަރަށް ބޮޑު އެއްޗެއް ވިސްނިއްޖެ. ދެން ބުނެލާހިތްވަނީ ބައެއް ބޭފުޅުން ވިދާޅުވިހެން އަހަރެންގެ ޤައުމާެއި މާތް ރަސްކަލާނގެއާ ވަކީލޭ. ސަލާމް

  16. ނާ ހަމަ

    ދިސް ކަމިންގް އައުޓް އޮފް ޑިފެންސް މިނިސްޓަރ

  17. ސަންކަރު

    އޭދިވެހިރައްޔަތުންނޭ ހޭލާތިބޭށޭ މިއަނިޔީވެރިކަން ދިގުލައަފިނަމަ މގައުމުސުންނާފަތިކޮށްލާނެ

  18. އިމުރާނު

    މާރިޔާގެ ފިރިމީހާ އާމިރަކީ ކުރިން ސިފައިންގޭގޢި އުޅުނު މީހެއް މަސްތުވާ އެއްޗެތި ބޭނުންކުރުމާއި ރާ ބުއިމުގަ އަރާ ހުރި މީހެއް. ނޮވެމްބަރު 3 އާ ވެސް ކޮންމެވެސް ގުޅުން ތަކެއް އޮތް މީހެއް މާރިޔާ ތިޔަ ދައުވަތު ދެނީ އިތުރު ނޮވެމްބަރ 3 އަށް 19 ދިވެހީން ޝަހީދު ކުރި މީހުންހިމެނޭ ސަރުކާރަކުން ގައުމުގެ މިނިވަންކަން ނީލަން ކިޔާފާނެ.

    • އަގްލީ ބެޓީ

      ފިރި މީހާއޭ!
      އައްނިގެވެރިކަމުގައި ދެމީހުން އެއްކޮށް ހިނގާފައި ގޮސް މާރިޔާ ތީމުގެއަށް ވަނީމާ އެކަލޭގެ ހުންނާނެ ބޭރު ގޭޓކައިރީ މާރިޔާ ނިމިގެން އަންނަންދެން.

  19. މުޖާހިދު

    ކޮންފަދަ ވާހަކަ އެއް ތިޔަ ބުނީ.. ކަލޭގެ ވިސްނުމާއި
    ޕްލޭން ވަރަށް ރަނގަޅަށް ހާމަ ވެއްޖެ.

    ބުނަންތަ، ކަލެއާއި ކަލޭގެ ދީން ގަބޫލު ނުކުރާ ޕާޓީ މީހުން ހީކުރަނީ ނަޞްރަކީ އަދަދުން ނުވަތަ ހަތިޔާރު
    ގިނަ ވެގެން ލިބޭ އެއްޗެއް ކަމަށްތަ؟ ނޫން ނޫން

    އަހަރެމެން އިންޑިއާ އާއި އެމްޑީޕީ މާތްﷲގެ ވާގިފުޅާއި އެކު ވަރަށް ފަސޭހައިން ބަލި ކުރާނަން.

  20. ބަލާވެރިކަން

    މިހިރީ ޑެފެންސް މިނިސްޓަރުގެ ވިސްނުން ހުރިވަރު. ދެން ކިހިނެއް ގައުމުދިފާއުކުރާނީ ؟

  21. އަގްލީ ބެޓީ

    މެޑަމް ސަރ! ތިވިދާޅުވީ ވަރަށް ދަށުދަރަޖައިގެ ބަހެއް.

  22. ހަސަނުބޭޭބެ

    ޖެނުއަރީމަހުންފެށިގެން މާލޭގެ އެކަސަރަހައްދުތަކުގައި ރޭގަނޑު ދަންވަރު ފިހާރަތަކާއި އޮފީސްތައްފާޅާތީ ސިފައިންނާއި ފުލުހުންގެ ސަމާލުކަމަށްދަންނަވާލަމެވެ. އަޅުގަނޑު ގެ ފިހާރަފަޅާލިތާ ހަފުތާއެއްގެތެރޭގައި އަމިންބިލްޑުވެއަރ ފަޅާލައިފި ،މެސްކޯފަޅައިލައިފި، މިފްކޯ ހެޑްއޮފީސް ފަޅައިލައިފި މިފްކޯ މަސްފިހާރަފަޅައިލައިފި އެހެންވީމައި ރޭގަނޑު ދަންވަރު މާލެ ތެރެ ރަނގަޅަށްބެލެހެއްޓުން ފުލުހުންގެ އިސްވެރިންގެފަރާތުން އަޅުގަނޑުމެންވަރަށްބޮޑަށްއެދެވެ.

  23. އެއްބައި ތަންތަން ވަކިވަކިން ހޭލާނެ

    މާރިޔާ ކައިރިޔަށް ހިލޭ ފިރިހެނަކަށް ވަންނާކަށް މާ އުނދަގުލެއް ނުވާނޭ އެކަމަކު އެކަން ކުރާކަށް މީހަކު ނޫޅެޔޭ ކިޔުން ކަހަލަ އައުކުވާޑު ވާހަކައެއްމި ، ޑިފެންސް މިނިސްޓަރޯމިއީ ، މާރިޔާ އިސްތިއުފާ.

  24. ޙުސެން

    މިނިސްޓަރ ބުނަން ވާހަކައެއް. އިންޑިއާ ކީކުރަން، ލަންކާ ނޫނީ ބަންގާޅަށްވެސް މި ރާއްޖެ ފަސޭހަ ކަމާއެކު ފިހިދާނެ. އެކަމު ޤައުމުތަކުން މޮޔަވެެގެން ނޫޅޭ. ބާރު ފޯރުވަނީ އެހެން ގޮތްގޮތުން. އަހަރެމެންގެ ކަންކަން ނިންމަންޖެހޭނީ އަހަރެމެން އަމިއްލަޔަށް. ބަޔަކު ދަށުވެފައި ތިބެގެން ނުވާނެ. އިންޑިއާ ކީކުރަން އެއްވެސް ގައުމެއްގެ. އިންޑިއާގެ މުސީބާތުން ސަލާމަތް ކުރޭ މިޤައުމު. ސްޓޯން އޭޖުން ފެށިގެންވެސް ހެޔޮއެދިގެން އެމީހުން ކަމެއް ކޮއްދީފައެއް ނެތް މި ޤައުމަކަށް.

  25. ޥިންދު

    މިހާރުންމިހާރަށް މާރިޔާ އިސްތިއުފާ ދޭންޖެހޭ ނުވަތަ އެމަޤާމުން އޭނާ ޢަޒުލްކުރަންޖެހޭ. މަޤާމުގެ ހައިސިއްޔަތުންދެއްކޭނެ ވާހަކައެއް ނޫން އެއީ.

  26. ގައުމިވަންތަ

    މިނިސްޓަރު އިސްތިއުފާދިނުމަށްގޮވާލަން

  27. ayya

    މީނަޔައް މިނިސްޓަރުކަން ދިނުމައްވުރެ މޮޔައަކު އަތަށް ކަނޑިއެއް ދިނުންވެސް މާރަނގަޅުވާނެ

  28. އިންޑިޔާ

    ރާއްޖެ އިންޑިޔާއިން ހިފާކަށް ނެތް ހިފާ ނިމިއްޖެ، ދެން އޮތީ އެކައުންޓްތަކަށް ފައިސާޖަމާކުރުން.

  29. ގޫގުލާ

    އިންޑިޔާއިން ބޭނުމީޔާ ކުރު ސްކާޓް ލައިގެން އުޅޭމީހުން ރޭޕްވެސް ކުރެވިދާނެ.. އެއީ އެމީހުން ވަރަށް މޮޅުކަމެއް.. ހަމަ ކުރެވިދާނެ ވާހަކަ މިބުނެލީ..

  30. ބުރިޓޯ

    ޘިފެންސް މިނިސްޓަރ ގެ މަގާމުން އިސްތިއުފާ. ތިދައްކާދެނީ ކޮނކަހަލ ނާވާބިލްވާހަކައެއްތަ ؟ ބލ އެއްނު. .. ބޭރުގައުމުތަކައް ދުވެހިރައްޔިތުންގެ ފައިސާގަ ދަތުރުކޮށް ރާއްޖެ ތަމްސީލުކޮށް ރާއްޖެއަށް ތިޔަހޯދައުދެނީ ކޮންރީތިނަމެއްތަ.؟ ތިމާމެންގެ އަމިއަލަގައުމައް ގަދަރުކުޑަ ކުރާ ރނޑކާޅުން ޑިފެންސް މިނިސްޓަރުގެ މަގާމް ދީ މުޅިގައުމުގެ ހައިބަތާގަދަރައް އުނިކަން ލިބޭގޮތައް ވާހަކަ ނުދައްކާ އިސްތުއުފާދީ.

  31. ނަން

    އިންޑިއާ ބޭނުމިއްޔާ އިންޑޮނޭޝިއާވެސް ހިފިދާނެ.

  32. ޙަގީގަތް

    ޢެއްވެސް ހާލަތެއްގާ ހަގީގަތުން ބޭރުވީމާ އެޔަށް ކިޔަނީ ވަހުމެެއްގެ ތެރޭގާ އުޅެވޭކަމަށް. ޢިންޑިޔާއިން ރާއްޖެ ހިފަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ޢިންޑިޔާ މީހުން މިހާރުވެސް އުޅެނީ ބޭކާރު ފަގީރު މީހުން ގިނަވެގެން. ޢެތަނަށް ދިވެހިން އިތުރު ކޮށްގެން އިތުރަށް ހާސްކަން ބޮޑު ކުރަން އިންޑިޔާ މީހުން ބޭނުންވާނެ ހެން ހީނުވޭ. ޢިންޑިޔާ މީހުންނަކީވެސް ގަމާރު ބަޔަކަށް ވާތީ އެމެރިކާ ހެދެން އުޅެނީ. ޢެމީހުންވެސް އެމީހުނަގެ ސައިޒުން ޖިއޮޕޮލިޓިކްސް ކުޅޭނީމާ އަހަރެމެންނަށް އަހަރެމެންގެ މުހިއްމުކަން އިހްސާސްވަނީ

  33. މާރިޔާ

    ރަޝިޔާ ބޭނުން ނަމަވެސް ރާއްޖެ ހިފޭނެ.

  34. Anonymous

    މި ރާދަރުތަކުގެ ސަބަބުން މިގައުމު އަޅުވެތި ކުރަން ފަސޭހަވާނެ

  35. އެލެކްސް

    މާރިޔާ މޮޔަވީތަ؟
    ދިވެހި ރާއްޖޭގެ ދިފާއީ ވަޒީރު އިންޑިއާއަށް ރާއްޖެ ބޭނުންނަމަ ހިފޭނެ ކަމަށް ބުނުމަކީ ދިވެހި ސިފައިންނާއި ފުލުހުންނާއި އަދި ގައުމު ދެކެ ލޯބިވާ ރައްޔިތުންގެ އިހުސާސްތަކަށް އަރައިގަތުން، އަދި މަގާމަށް ކުފޫހަމަނުވާ ކަމުގެ އަލިގަދަ ދަލީލެއް، ދިވެހި އަސްކަރިއްޔާ އާއި ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމެއް، ގައުމު ދެކެ ލޯބިނުވާ ދިވެހި ރާއްޖެ ބިޑަށްލައިގެން ކައިބޮއި އުޅޭ މީހުން ހިންގާފަދަ ހަޑިހުތުރު އަމަލެއް، މި ސަރުކާރުގެ ފެންވަރު ވަރަށް ރަނގަޅަށް ވަޒަން ކުރެވޭ ކަމެއް. ބައިނަލް އަގުވާމީ މުއާހަދާ ތަކާއި ކަންކަން އިންނަ ގޮތް ނޭގުމުގެ އަލާމާތެއް. ސަރުކާރަށް 3 މަސް ހިފަހައްޓާނުލެވުނު ކަން ސާފުކޮށް ދޭހަވާ ކަމެއް. އިންޑިއާ ބޭނުންނަމަ މާރިޔާގެ އިއްފަތް ވެސް ފޭރި ގަނެވިދާނެ އެކަމަކު ދިވެހިން ހަމަ އަތްޖަހާލަޖަހާލަ ތިބޭނީ ތަ؟

  36. ޢަބޫ

    މާރިޔާއަށް އެގޭތަ އަސްކަރިއްޔާގެ ވަޒީރަކަށްވެހުރެ ދައްކަން ނުވާޒާތުގެ ވާހަކަ ދެއްކީމާ ދެންވާނީ ކިހިނެތްތޯ. އަސްކަރިއްޔާގެ ސައިޒަށް ބަލަންޔާ ދުނިޔޭގެ އެތައް ގައުމެއް އެބައޮތް އިންޑިޔާ އަށްވުރެ މާ ބާރުގަދަ. ޢެހެންވީމާ މިނިސްޓަރަކަށް ހުރެ ސިޔާސީ ވާހަކަ ނުދައްކާ.

  37. ދދދދދދ

    މިހިރަ އެއްޗަކު ހިތުން ނިކަން ނަލަ ހެދިގެން ގޮސް އެހެރަ ހިނގަނީ. އަމައްޔާއި ދެން.

  38. ކިނބޫ

    އެޖެންޑާ ވަރަށް ސާފު. "އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފިދާނެ". އެހެންވީމަ ކޮންމެހެން އަޅުވެތި ނުވާކަށް އުޅޭނެ ކަމެއް ނެތް. އަމިއްލައަށް ގޮސް އެމީހުންގެ އުނގަށް ވެއްޓި ޖީބަށް ލާރިކޮޅެއް ކަހާލީމަ ނިމުނީ. ދިފާއީ ވަޒީރުގެ ވާހަކަ ހުރި ގޮތަކީ މިހިރީ. ދިވެހިން ހަމަ ބަލަން ތިބޭނީތަ އަދިވެސް. ނޫނީ ދަމާ ހަލާ އަނގަ ވަތަށް ވައްޓާލަން ނުކުންނާނީތަ؟

  39. ޖޭމްސް

    މޮޔަވީތަ؟ މިއީ ޑިފެންސް މިނިސްޓަރަކު ދައްކާ ކަހަލަ ވާހަކަތަ؟ ރާއްޖެ ހިފައިން ޗައިނާއިން އަޔަސް ހިފޭނެއޭ ބުނަންވީ އެއްނު.. ޤައުމަކުން، އެހެން ޤައުމެއް ހިފާއިރު އޭގެ ކޮންސިކުއެންސް ތަކެއް ހުންނާނެ.. އަސްކަރީ ގޮތުން ބަލިކަށިވިޔަސް، މުސްތަޤިއްލު ޤައުމެއް ހިފާއިރު، އެހެން ޤައުމުތަކުން އަޅާ ފިޔަވަޅު ތަކެއް ވެސް ހުންނާނެ.. އެހެން ނޫންނަމަ، ބޮޑު އެތި އައިސް ކުޑައެތި ކާލާ އުސޫލުން، ކުޑަ ޤައުމެއް މިނިވަންކަމާއެކު ނޯންނާނެ.. ކޮންމެ ބަޔަކުވެސް، ޤައުމުތައް ހިފަމުން ދާނީ..

  40. ޛޮންބެ

    މި އީ އަންހެނުން މިކަހަލަ މަގާމުތަކަށް ލާންނުވާނެ ސަބަބު...މިކަހަލަ ބޮލު ރޮދިންނާ ގައުމު ހަވާލު ކުރަންވާނެތަ...

  41. އަހުމަދް

    ﷲ އިރާދަކުރެއްވިއްޔާ ނޫނީ ހަމަ ނުފިފޭނެ

  42. ކަނަމަނަ

    ދިވެހިޤައުމުގެ ދިފާޢީ ވަޒީރަކަށްހުރެ ދިވެހިޤައުމު އެހެންބަޔަކު އައިސް ހިފިދާނެޔޭ ބުނެ ވާހަކަދެއްކި ފުރަތަމަ މީހާ މިއީ. ބަލަ ތިޔަބުނާ އިންޑިޔާއަކީ އެންމެ އެވޭލާ ޒަމާނުއްސުރެ އެކިފަހަރުމަތިން ރާއްޖެއަށް ވެރިވެގަތުމަށް ރާއްޖެއައިސް ހަނގުރާމަކޮށް ބައެއްފަހަރު ރާއްޖެ އެމީހުންގެ އަޅުވެތިކަމަށް ގެންގޮސްފައިވާ ބައެއް. ހޮޅިންނާއި މަލަބާރީންނަކީވެސް ހަމަ އިންޑިޔާ މީހުން. އެކިބާވަތުގެ އުޅަނދުތަކުގައި އައިސް އުތުރުގެ ރަށްރަށަށް އަރައި އެރަށްރަށުން ތަކެތި ފޭރި އުޅުނުބައެއް. މިއީ ތާރީޚްދަންނަ ޙަޤީޤަތެއް.

  43. ރަންނަ މާރި

    ބުނަން ވާހަކައެއް އަވަހަށް އިސްތިއުފާ ދީފައި ގެއަށްދޭ

  44. ވަތަނީ

    ދިވެހިރާއްޖޭގެ ދިފާއީ ވަޒީރުކަމުގެ މަގާމުގައި
    ހުންނަމީހަކު ސީދާކޮށް ނުވަތަ ނުސީދާކޮށް
    ނަމަވެސް ގައުމުގެ މިނިވަންކާއި ސިއާދަތަށް
    ލޮޅުމެއް އަރާފާނެ ނުވަތަ މަގުފަހިވާނެ ބަސްމަގެއް ބޭނުން ކުރުމަކީ ގައުމަށް ޣައްދާރު
    ވުންކަމަށް ބެލެވޭނެއެވެ ދިވެހިންނަކީ ދިވެހި
    ކާބަފައިންނަކީ އަމާންދޭ ބައެއްނީޫނެވެ މާލާއި ޖާނުން ގައުމަށްޓަކާ ގުރުބާންވާ ބައެކެވެ.

  45. މޮހީ

    މިކަލޭގެ ހާދަވަކޭ އަރާފަމިހިރީ މިގައްމައް މިއާލާތުންނެކޭ އަހަރުމެންނެކޭ ވާނީހަމަހަމަ ފަރަންޖީން ކާރިޔައްގޮސް ސަލާންޖަހާއިރު ކޮބާލަދު

  46. އަހްމަދު

    މިކަމަނާ މިކަމައްތަސައްރަފެއްނުފުދޭ މަޖިސްފަށާގޮތައް މިކަމަނާ މިނިސްޓަރުކަމުން ވަކިކުރުމަކީ ވަރައްބުއްދިވެރިކަމެއް މިކަހަލަމީހުން މިފަދަމަގާމަކަށް ގާބިލެއްނޫން

  47. ރަސީދު

    މާރިޔާ ބޭނުމިއްޔާ މޯދީ އާ އިމދެވިވެސް ދާނެ

  48. ގިޓަރިސް

    މި ރާއްޖޭގެ ދިފާއީ ވަޒީރު މިބުނަނީ މާދަމާ ހެނދުނު އިރުއަރާއިރު ވެސް އިންޑިއާ ބޭނުންނަމަ މި ރާއްޖެ އޮންނާނީ އަޅުވެތި ކަމުގައޭ ދޯ؟ އެހާވަރުގެ ގައުމެއްގައި ބޮޑު ހޭދަ ކޮށްގެން ކީއްކުރަން ބާއްވާ އަސްކަރިއްޔާއެއް. ކީއްކުރާ ދިފާއީ ވަޒީރެއް. އަސްކަރިއްޔާ އަކީ ރާއްޖޭގަ ފިލުމުކުޅެ ނަށަން ތިބޭ ބައެއްތަ؟ އިންޑިއާ މީހުން ބުނާފަދައިން އަތުގައި ތަނޑިއަޅުވާފަ ބައިތިއްބަން ވީނުންދޯ.

  49. ޙަސަނުބެ

    ބަލަ އެވަރުގެ ފެވަރު ހުރި ރާޑަރުތައް އެ ގައުމުގާ ހުރިއިރު ވިއްސާރާގާ ބެހުނު އެގައުމުގެ ޑިންގީތައް ވީތަން ނުހޯދުނީ ކީއްވެބާ ބަލަ މިހާރު ވެސް ރާއްޖޭގާ ހުރި ރާޑަރުތަކައްވެސް އޮޑިތައް އޮންނަތަން ފެންނާނެ އެ އޮޑިތަކުގާ ރާޑާ ރިފްލެކްޓަރ ހަރުކޮށްފާ ހުންނަ ނަމަ ކިތައްމެ ރާޑަރެއް ހަރުކުރިއަސް އޮޑި އޮންނަ ތަނެއް ނޭގޭނެ މޮޔަޔާ ތިމާއަށް މަގާމެއް ލިބުނަސް ތިމާއަށް ނޭގޭ ކަންތަކުގާ ވާހަކަ ނުދައްކާ ދެން ކަލޭނެން އިންޑިއާއިން މިލިއަނުން ލާރި ނަގައިގެން ތި އުޅެނީ އެމީހުނައް ރާއްޖެ ދޭންވެގެން ތީ އެއްވެސް ގައުމިއްޔަތެއް ހުރި ބައެއްނޫން ތީ އަމިއްލަ ފައިދާއައް އުޅޭ ބައިގަނޑެއް ތީ މިޤައުމައް ގައްދާރުވާ ބައިގަނޑެއް ލަދު ހަޔާތް ކޮބައިތޯ

  50. ޓަވަރު

    އިންޑިޔާ ބޭނުންނަމަ ނާރިޔާ ރޕ ވެސް ކުރެވިދާނެ!

  51. ޓަވަރު

    ﷲގެ ވާގިފުޅާއެކު އިރާދަކުރެއްވިއްޔާ ތިކަމެއް ނުވާނެ!

  52. ޑިމޮކްރަސީ

    މާރިޔާ އަށް މާރިޔާގެ ދަރިފުޅު ރޭޕްވެސްކުރެވިދާނެ. ޢެކަމު އެއީ އިންސާނިއްޔަތާ ޚިލާފު އަމަލެއް. ބާރުއޮތީމަ ކުރަންބޭނުންވާ ކޮންމެ ކަމެއް ކުރުމަކީ ހުއްދަކަމެކޭތަ ތި ބުނަނީ . މިފަދަ އިންސާނިއްޔަތާ ޚިލާފު ވާހަކަދައްކާމީހުންނަށް ރައްޔަތުންގެ ފައިސާއިން މުސާރަދީ މަޤާމުގަ ބައިތިއްބާެގެންނުވާނެ.

  53. އާދަނު

    އިންޑިއަން އޯޝަން ކީމަ މުޅިކަނޑު ވޭތަ އިންޑިޔާގެ ތަނަކަށް އެހެންވީޔާ މިރާޖޭ ކަނޑުގެ ވެރިފަރާތަކީ ވެސް އިންޑިޔާތާދޯ.
    ތިބުނާ ސެޓްލައިޓް ތަކާއެޗެހި އޮންނައިރު މިއިންޑިޔާ ކަނޑަށް ގެއްލުނު މެލޭޝިޔާ ފަލައިޓް އެމީހުނަށް ނުފެނުނީ ކީވެ

  54. އެދުރު

    މިނިސްޓަރު ކަމުން އިސްތިއުފާ ދީބަލަ ، ތީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރަކު ވާހަކަ ދައްކަން ޖެހޭ ގޮތެއް ނޫން ، ދިވެހިރާއްޖެ އާ ދިވެހި ސިފައިންނާ ދިވެހިންގެ އަގު ވައްޓާލުން ތީ ، އިންޑިއާ އާ މާރިޔާ ކަހަލަ ދެތިން ޣައްދާރުން ބޭނުން ވިޔަކަސް އަދި މިޤައުމު އަޅުވެއްޗެއް ނުކުރެވޭނެ

  55. މާރިޔާ

    މިބުނާވާހަކައަކީ... އެމީހުން ބޭނުންވާ ތަންކޮޅު މިފަހަރު އިންޑިޔާ ދަތުރުގަ މިއައީ ދައްކާލާފައޭ، ވަރައް ހިތްހަމަޖެހިފަ ބަޔެއް އިންޑިޔާ ކުދިންތިބީ.. ސޯ، އެމީހުން ބޭނުމިއްޔާ ހިފިދާނެތާދޯ؟

  56. އިންސާނާ

    ބަލަ ފިނޑިންގެ މިނިސްޓަރު ތިވިދާޅުވިގޮތައް ކަންތައްހުއްޓަސް ދުނިޔޭގެ އެއްވެސް ޑިފެންސުމިނިސްޓަރަކު ތިހެންވިދާޅުނުވޏެކަމީ ޔަގީންކަމެއް މިރާއްޖެ ރައްޔީތުންނައް މިއޮތީ މޮޔަ ކުދިންކޮޅެއްގެ އަތައް ކަނޑިއެއް ދެވިފަ ދެން ޖެހޭނީ ދާކޮމްމެދީމާލަކުން ބޯތިރިކޮއްގެންދާން

  57. މާރި

    "މި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ މައިބަދަ ކަމުގައިވާ ދިވެހި ސިފައިންނަކީ، ސިފަވަންތަ އަޚްލާޤާއި، ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، މިއަހަރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ. އަދި ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދައިދެވޭނެ."
    ކޮން ބޭނުމެއްގައިތޯ؟ ތަމްރީނުތައް އިންޑިއާއިން އެހީ އިންޑިއާއިން ކަނޑު ބެލެހެއްޓުން އިންޑިއާއިން އިންޓެލިގެންސް އިންޑިއާއިން
    ޥީމާ އިންޑިއާއިން ރާއްޖެ ހިފުމަކުން ނުހިފުމަކުން ވާ ފައިދާއެއްވެސް ނެތް.
    ކަނޑު ބަލަހައްޓަން އިންޑިއާ
    އެއްގަން ބަލަހައްޓަން އިންޑިއާ
    ވައިގެ ސަރަހައްދު ބަލަހައްޓަން އިންޑިއާ
    އިންޑިއާ ފުލުހުން، އިންޑިއާ ނޭވީ، އިންޑިއާ އިންޓެލިގެންސް، އިންޑިއާ ވައިގެ ސިފައިން، އިންޑިއާ ރާޑަރު. ދިވެހިން އިންޑިއާ މީހުން އެމީހުންގެ ބަހެެއްނެތި ނޭވާލުންވެސް މަނާ.
    ކާނާ ހަމައެކަނި އިންޑިއާއިން،
    މަސައްކަތު މީހުން ހަމައެކަނި އިންޑިއާއިން،
    ޑޮކްޓަރުން ހަމައެކަނި އިންޑިއާއިން،
    ޓީޗަރުން ހަމައެކަނި އިންޑިއާއިން،
    ރިސޯޓްތަކަށް ހަމައެކަނި އިންޑިއާ މީހުން.
    އެއްގޮތަކަށްވެސް އަޅުވެތި ނުވޭ.

  58. ރެވިތެޔޮ

    ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި، އިސްތިގުލާލާއި ސިޔާދަތު ދިފާއުކޮށް ދެމެހެއްޓުމުގައި މިނިސްޓަރ މާރިޔާ ގެ ދައުރެއް ނެތީތަ؟ ހިތު ހުރިއެއްޗެތް ގައުމުގެ ދިފާއުގައި ހަނގުރާމަކުރަން ﷲ ގަންދީ ހުވާކޮށް ތިބި މީހުންނަށް ނިސްބަތް ކޮއް އެބުނަނީ މީ މަގައުމުގެ ސަލާމަތީ ބާރުތަކަށް ކުރި އަޑިހުތުރު މަލާމާތެއް. އިންޓަވިއު ކުރި މީހާވެސް އިނީ ބަސް ހުއްޓިފަ.

  59. ބާރަތު

    ދިވެހި ދިފާއީ ވަޒީރުގެ މަގުސަދަކީ ރާއްޖެ ދިފާއު ކުރުމުގެ މަސައްކަތް ކުރުންތޯ ނޫނީ އިންޑިއާ މީހުން ރުއްސުންތޯ؟ ރާއްޖޭގެ ދިފާއީ ވަޒީރު އުޅެނީ އިންޑިއާ މީހުންލައްވާ ރާއްޖެ ހިއްޕުވަންތޯ މިއީވެސް ސުވާލެއް. މާރިޔާގެ މިނިވަން ހިޔާލަށް މަރުހަބާ އެކަމަކު ދިވެހި ދިފާއީ ވަޒީރު ވީމަ ބުނަން ނުވާނެ އެއްޗެހި ހުންނާނެ ތިޔައް ކިޔަނީ ދެއުޅި އެއްނުވުން.

  60. ޙަސަނޫ

    މާ މައްޗައް ތި ދަނީ މާރިޔާ.. ކިޔޭ ނުކިޔޭ އެއްޗެއް ނޭންގޭ.

  61. ޥެސްތ

    މނޑފ ހިންގުންވެސް ދޯދިޔާ. ޣެއްމެބޮޑަށް ގައުމީ ޖޯޝްގއނެސްދީ، ސިފައިން މޯޓިވޭޓް ކުރަންޖެހޭ މީހާ އެއައީ ގައުމުގެ ސޯޓް ގޮސް އެހެންގައުމެއްގައި އިނދެ ބާލާފައި.

  62. އެލެކްސް

    މި ސަރުކާރު ދަމަހައްޓަން ކުރާ މަސައްކަތަކީ އަޅުވެތި ކަމަށް އެޅޭ ފިޔަވަޅެއް

  63. މާރި

    ޔާ ﷲ މި ނުބައި މީހުންގެ ކިބައިން މިޤައުމު ސަލާމަތް ކޮށްދެއްވާ ދޭވެ އާމީން