ޖަލުތަކުގެ އޮޑިޓު ހެދުމަށް ހޯމް މިނިސްޓްރީން އުފައްދާފައިވާ ކޮމިޝަންގެ މެންބަރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބައްދަލުކުރައްވައިފިއެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކޮމިޝަންގެ މެމްބަރުންނާ އެކު ބޭއްވުނީ ވަރަށް ރަނގަޅު ބައްދަލުވުމެއް ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް އެމަނިކުފާނު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި 237 ދުވަހުގެ ތެރޭގައި ދިމާވި ކަންތައްތަކުގެ މައުލޫމާތު ކޮމިޝަނުގެ މެމްބަރުންނާ ހިއްސާކުރެއްވި ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މައުމޫން ހައްޔަރު ކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެ ސަރުކާރު ވައްޓާލަން އުޅުމުންނެވެ. އެކަމުގެ މުއާމަލާތްތައް ކުރުމަށް މައުމޫން ބޭނުން ކުރެއްވި ފޯނު އެމަނިކުފާނު ފުލުހުންނަށް ނުދެއްވުމުން އެމަނިކުފާނުގެ މައްޗަށް ޙުކުމެއް ވެސް އައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން ހައި ކޯޓުން ވަނީ ޙުކުމް ބާތިލް ކޮށްފައެވެ.

ޖަލުތައް އޮޑިޓް ކުރަން އުފައްދާފައިވާ ކޮމިޝަނުން އަންނަނީ ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ ދައުލަތުގެ މަތީ މަގާމްތަށް ފުރުއްވާފައިވާ ފަރާތްތަކާއި ބައްދަލުކުރަމުންނެވެ.

ޖަލުތައް އޮޑިޓް ކުރާ ކޮމިޝަނުން ވަނީ ޖަލުތަކާއި ބެހޭ ޝަކުވާ ހުށަހަޅަން މީގެ ކުރިން ފުރުސަތު ހުޅުވާލާފައެވެ. މިހާރު އެޝަކުވާތައް އެކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އެކީއްކުރަން.....؟ ހޫނ ޖަލުގެ ކަންކަން އެއްމެ މޮޅަށް އެނގޭނީ އެބެއަށް އެއީ ފަޒާ އަށް ހަވަޔަށް ޖެހި ބަޑިން އެތައް ގައެދީންނެއް މަރުވެ ޒަޚަމުވެފައިވާތީ.

  2. ނަފުރަތު

    ގާނޫނާއި ގަވާއިދާ ޚިލާފެއް ނުވޭތަ ކަލޭ ފޯނު ނުދިނުން؟ މުސްކުޅިބެ ހިއްސު ކެނޑި ދެބަން ދިހާރަވެ މޮޔަ ގޮވަނީތަ؟