މޫނު ނިވާކޮށްގެން ވަޅި ހިފައިގެން ހދ.ކުޅުދުއްފުށީ ފިހާރައަކަށް ވަދެ، ސޭޓަށް ބިރު ދައްކައިގެން ފައިސާތަކެއް ފޭރިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ފިހާރައަކަށް މޫނު ނިވާކޮށްގެން މީހަކު ވަދެ ވަޅިއަކުން ބިރު ދައްކައިގެން ފައިސާ ފޭރިގަތް މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުންނަށް ހުށަހެޅީ މިރޭ 21:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލައިގައި މިހާރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ 36 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް އޭނާ ފޭރުނީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް އަދި ފޭރުނު ފައިސާތައް މިހާރު ފެނިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ.

ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަބުލޯ

    ޖަޒީރާ ރައާޖެ

  2. އަކުރަމް

    އަސްތާ ސިޓީއެއްގެ ދަރަޖަ ކަށަވަރުވަނީ؟ ގޮތްކުޑަ ލަދުކުޑަ މީހުންގެ އުޅެންޖެހޭތާ ސިޓިއެއް ވިއްޔާ!!

  3. ސަޓޯ

    މަސްކަނޑަން ދަނިކޮއް ފޭރޭ ހިތްވީ ކަންނޭނގެ ދޯ

  4. ޝެން

    އަނެއްދިވެހިރާއްޖެ ރަށަށް.

  5. ޓުރިލިޔަން

    ސިޓީއެއްގެ ދަރަޖަ މިހާރު ލިބިދާނެ އެހެންވީމަ....

    1
    1
  6. ހައްހައްހާ

    އާސަރުކާރުގެ މެނިފެސްޓޯ އަކީ “ ކުށް” ކުރުން ގިނަކުރުން!! ކޮބާ ޔާމީނޭ ކިޔާގެން އަބަދު އެއްޗެހި ކިޔާ މިއުޅެ “ ރީނދޫ “ ޕާޓީގެ މީހުން!! މިސަރުކާރު އައި ފަހުން މިއުޅެނީ ހަމަ ނޭވާނުލެވިގެން !! ޔާމީނު ވަރެއް ހަމަނެތް !! އެއީ ހަމަ ބެސްޓް

    1
    1
  7. ޖަހާންގީރު

    ވަގު ވޯޓް ސަރުކާރުގަ ފޭޜުން އިންތިހާ

  8. ނަރުޓޮ

    ނަން ނުޖެހީ ކީއްވެޔޯ

  9. ހުސޭނުބޭ

    އެސޮރުމެންނަށް އެނގޭ މި ސަރުކާރުގައި ޔާމީނު ނޫން މީހަކު ކުށެއް ނުކުރާނެކަން! އެހެންވީމާ ހަމަ ގަދަޔަށް ފޭރެންވީ!