ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިސްތިހާރު ކުރުމަށް "ވަގުތު" އިން ކޮށްފައިވާ އިއުލާނާއި އެއްގޮތައް ހެންވޭރު އުތުރު ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ހަމަޖައްސާ އޭނާ އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޝައިނީ ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ފެށުނީއްސުރެ ދައުރު ނިމެންދެން ފިޝަރީޒް މިނިސްޓަރު ކަން ކުރައްވާފައެވެ. ސަރުކާރުގެ ސިޔާސަތުތައް ހާއްސަކޮށް އިޤުތިޞާދީ ދާއިރާ އިން ތަންފީޒު ކުރެއްވުމުގައި ޝައިނީގެ ދައުރު ވަރަށް ބޮޑަށް ފެނުނެވެ. އަދި ސަރުކާރުން އިދިކޮޅު ފަރާތްތަކާއި އެކު ކުރި ސިޔާސީ މަޝްވަރާތަކުގައި ވެސް ޝައިނީ އިސްކޮށް ހުންނެވިއެވެ.

ޝައިނީ ވަނީ ތިން ސަރުކާރެއްގައި ޖުމްލަ 27 އަހަރު ޚިދުމަތް ކުރައްވާފައެވެ.

ޝައިނީ އާއި އެކު "ވަގުތު" އިން ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއި ކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ޝައިނީ އާއި އެކު "ވަގުތު" އިން ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއި ކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ކުރިއަށް އޮތް ދުވަސްތަކުގައި ޝައިނީގެ ކެމްޕޭން ޕޯސްޓަރުތައް "ވަގުތު" އިން ފެންނާނެއެވެ. އަދި ޝައިނީގެ ކެމްޕޭން ކުރިއަށްދާ ގޮތާއި، ޝައިނީގެ ސިޔާސަތުތައް "ވަގުތު" ގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެ.

މިހާތަނަށް ކެންޑިޑޭޓުން "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ޕެކޭޖް ނަންގަވާފައި ނުވާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް އަދިވެސް "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. "ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 9974666 ނުވަތަ 9152162 އަށެވެ.

ޝައިނީ މިއަދު "ވަގުތު" އަށް އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބަދުﷲ (ޖެރީ)
ޝައިނީ މިއަދު "ވަގުތު" އަށް އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބަދުﷲ (ޖެރީ)

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިލެކްޝަންސް ކޮމިޝަނުން ތަރުތީބު ކުރުމުގެ ކުރިން ވެސް "ވަގުތު" މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.